ވަކި ވަގުތެއްގެ ކުރިން މިސްކިތްތައް ސާފު ނުކުރުމަށް މާފަރު މިސްކިތްތަކުގައި މަސައްކަތް ކުރާ މަސައްކަތު މުވައްޒަފުންނަށް މާފަރު ކައުންސިލުން އަންގައިފިއެވެ. މި އެންގުން އެންގީ މާފަރު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އަމީނާ މުޙައްމަދެވެ.

މިކަމާއި ގުޅޭގޮތުން "ވަގުތު" އަށް މައުލޫމާތު ދެމުން، މާފަރު ނޫރު މިސްކިތުގައި މަސައްކަތް ކުރާ މުވައްޒަފަކު ބުނީ، މީގެ ކުރިން މިސްކިތު ގޯތިތެރެއާއި އެއްކޮށް، މުޅި މިސްކިތް ސާފު ކުރަމުން އަންނަނީ ފަތިސް ނަމާދުކޮށް ނިމުމުން ކަމަށާއި، ނަމަވެސް މިހާރު އެގޮތަށް ސާފު ކުރުން ކައުންސިލުން މަނާކޮށްފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ގެންގޮސްފަ އެންގީ މީގެ ފަހުން މިސްކިތްތައް ސާފުކުރަންވާނީ ކޮންމެ ދުވަހެއްގެ ހެންދުނު 7:30 ން 9:30 އަށް ކަމަށް. އޭގެ ކުރިން މިސްކިތްތައް ސާފުކޮށްގެން ނުވާނެ ކަމަށް. މީގެ ކުރިން އޮންނަ އުޞޫލެއް ނޫން މީކީ. މީގައި ބޭނުންވަނީ މިސްކިތްތައް ސާފުކޮށް އޮތުން، މުވައްޒަފުން އޮބަހައްޓައިގެން ތަޅު އަޅުވައިގެން ވަކި ވަގުތެއްގައި ވަކި ކަމެއް ކުރުމެއް ނޫން. ސިވިލް ސާރވިސް ޤަވާއިދުގައިވެސް އޮންނަނީ ރެއާ ދުވާލެއްގެ ތެރޭގައި ދެ ގަޑި އިރާއި ބައި ސާފުކުރުމުގައި ހޭދަ ކުރަންވާނެ ކަމަށް" ނަން ނުޖެހުމަށް ޝަރުތުކޮށް އެ މުވައްޒަފު ބުންޏެވެ.

މާފަރު އެހެން މިސްކިތެއްގައި މަސައްކަތް ކުރާ މުވައްޒަފަކު "ވަގުތު" އަށް މަޢުލޫމާތު ދެމުން ބުނީ، ސެކްރެޓެރީ ޖެނެރަލް އަމީނާ މުޙައްމަދު ގެންދަނީ މުވައްޒަފުންނަށް ބިރު ދައްކަމުން ކަމަށާއި، ޤަވާއިދުގައި ނެތް ކަމެއް އޮތް ކަމަށް ދައްކައިގެން ކަންކަން ކުރުމުގައި މަޖުބޫރު ކުރަމުންދާކަމަށެވެ.

"އަޅުގަނޑުމެން މީގެ ކުރީގައި ރަނގަޅަށް ސާފުކޮށް މިސްކިތްތައް ބަލަހައްޓަމުން މި އައީ. އިރު އަރަންވާއިރަށް ގިނަ ދުވަސް ދުވަހު އޮންނާނީ ސާފުކޮށް ނިމިފައި. ދެން ކޮންމެ ނަމާދެއް ކައިރިވީމަ ގޮސް އަނެއްކާވެސް ކުނިކަހާ ސާފުކޮށްލަނީ. ނަމަވެސް މިހާރު ވަކި ގަޑިއެއް ޖެހެންދެން މިސްކިތުގައި މަޑުކޮށްގެން އެބަ ތިބެންޖެހޭ ކައުންސިލުން ކޮންމެސް މީހަކު އަންނަންދެން. ސާފު ނުކުރާނަމަ ފިޔަވަޅު އަޅަންވީ. ނަމަވެސް މަޖުބޫރުން ކަންކަން ކުރުވުމުގެ އާދަ ދޫކޮށްލަންޖެހޭ" ނަން ނުޖެހުމަށް ޝަރުތުކޮށް އޭނާ ބުންޏެވެ.

މިކަމާއި ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށް މާފަރު ކައުންސިލްގެ ނައިބު ރައީސް މުޙައްމަދު އާމިރު އަށް ގުޅުމުން ވިދާޅުވީ ތިޔައީ އިދާރީ ކަމެއް ކަމަށާއި، އެކަމާއި ގުޅޭގޮތުން ޖަވާބު ދާރީވާނީ ކައުންސިލްގެ އެސްޖީ ކަމަށެވެ.

މިކަމުގެ މަޢުލޫމާތު ހޯދުމަށް އެސްޖީއަށް ގުޅޭތޯ ކުރި މަސައްކަތް ފޯނަށް ޖަވާބު ނުދެއްވާތީއާއި، މެސެޖަށް ރިޕްލައި ނުކުރައްވާތީ ކާމިޔާބު ވެފައެއް ނުވެއެވެ.

މިކަމާއި ގުޅޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް ކައުންސިލްގެ އިންފޮމޭޝަން އޮފިސަރ ނުޒުހަތު މުޙައްމަދަށް މެސެޖް ކުރުމުން ވިދާޅުވީ، މަޢުލޫމާތު ހިއްސާ ކުރެވޭނީ ފޯމު މެދުވެރިކޮށް ހުށަހެޅުއްވުމުން ކަމަށެވެ.

ސިވިލް ސާރވިސް ޤަވާއިދުގެ 122 ވަނަ މާއްދާގެ (ށ)ގެ 2 ވަނަ ނަމްބަރުގައި ބަޔާންކޮށްފައިވާ ގޮތުން، ވަކި ވަގުތެއްގައި ސާފު ކުރުމަށް ކަނޑައަޅާފައެއް ނުވެއެވެ. އެ މާއްދާގައި އޮންނަނީ، މިސްކިތާއި ގޯތިތެރެ ބެލެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ރެއާއި ދުވާލެއްގެ ތެރޭގައި 2 ގަޑި 30 މިނެޓް ހޭދަކުރަން ޖެހޭނެ ކަމަށެވެ.

މީގެ ކުރިންވެސް އެ އުޞޫލުން މިސްކިތްތައް އައީ ބަލަހައްޓަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ކަނބިލބި ކުޑައާދަނު

    އެސްޖީ ތިޔާހަރީ ބައެއްގެ ނުފޫޒު ދަށުވެފަ ނުވަތަ ޒާތީވެފަ. ނާތަހުޒީބު ބައެއް.

    ކައުންސިލް ރައީސްގެ މޫނަށްވެސް ސޭހް އިލްޔާސްގެ މޫނަށް ޖެހުނު ކަހަލަ މެޑިކަލް ކަންޑިސަނެއް ޖެހިފަ ތޯޗެ މިހާރު.

    17
    1
  2. Anonymous

    މިސްކިތްތަކަކީ ބިންމަތީގައިވާ ﷲގެ ގެކޮޅުކަމަށް ބުނެ.
    އަޅެފަހެ މިހާރު މާފަރު ކައުންސިލްގެ ނިންމުންތައް ނިންމަމުން ފަހަކަށްއައިސް މިދަނީ ވަރަށް ދެރަވަރު ގޮތަކަށް.
    އެހަށް ދުވަހު ޚަބަރެއްގައި އޮތް ވާރުތަ މުދާ ލިބޭ ޗ ގޯތި ނުދޭ ކަހަލަ ގޮތަކަށް. ވަރަށް ދީނުގެ ކަންފުޅެއް ނޭނގޭ ބައެއް. ވާރުތަ މުދަލުން އޭގެ ޙައްޤުވެރިން މަޙްރޫމު ކޮށްފި މީހާ ސުވަރުގެ ނުވަންނާނެކަމަށް އަންގަވާފައިވޭ.
    ވާރުތަ މުދާ ބަހާނެ ގޮތަށް ދާންދެން ކީރިތި ޤުރުއާނުގައި އަންގަވާފައިވާ އިރު ކައުންސިލްން މިއުޅޭނީ އުޑެއްބުޑެއް ނޭނގޭ ބަޔަކު އުޅޭހެން.
    އެކި މީހުންނަށް އެކި ނިޢްމަތް ދެއްވާފައި ވާއިރު ވާރުތަ މުދަލުން އޭގެ ޙައްޤު ވެރިން މަޙްރޫމު ކުރާކަށް ނުޖެހޭނެ

    19
    • ކޮއި

      މަހިތުން އެއީ ފަތިސްނަމާދުން މީހުން ފޭބީމަ މިސްކިތް ސާފު ކޮށްލާފަ ދެން އޮންނަ ވަގުތު އަމިއްލަ މަސައްކަތް ކޮށްފާނެތީ އެމީހުނަށް ކުރާ ޖެއްސުމެއް. މިސްކިތަށްއަރާ މީހުނަށް އުނދަގޫ ނުވާ ގޮތަށް މިސްކިތް ރަގަޅަށް ސާފުކުރުމުގައި ދެގަޑިއިރު ހަމަކުރާ ނަމަ ކޮބާ މައްސަލައަކީ.މާފަރު މީހުންނަކީ ޖާހިލު ބައެއް.

  3. އަހްމަދު

    ﷲގެ ގެކޮޅާމެދު އިހްމާލުވާމީހުންނާމެދު އަޅުގަނޑުމެންނައްވުރެބޮޑައް އެކަލާންގެބައްލަވާވޮޑިގެންވާނެ. އިންޝާﷲ

  4. ސަމްކުޅިބޭ

    ތިޔަ ކައުންސިލަށް ކިޔަންވީ ކާފަރުކައުންސިލް

    8
    1
  5. މަ

    ﷲ ލުއިފަސޭހަކޮއްދެއްވާފައިވާ ކަންކަން ބުރަކުރުން ހުއްޓާލަންޖެހޭ

  6. ހައިރާން

    ކައުންސިލްތައް ހަދައިގެން ނާތަހުޒީބު ވިސްނުމުގެ މީހުން ތަންތަނަށް ވަނީމާ ފެންނާނީ މިކަހަލަ ކަންކަން. ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި މުވައްޒަފުން މަސައްކަތްކުރުން ހަމަޖެހިފައި އޮންނަނީ ފްލެސިބަލްކޮށް. އަދި އެއް މުވައްޒަފަކަށް ހުއްޓަސް އެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށްފަހުގައި އެހެން މުވައްސަސާއަކަށް މަސައްކަތްކޮށްދިނުމުގެ ފުރުޞަތުވެސް އޮވޭ. މީގެ އެންމެ ސާފު މިސާލަކީ، ދިވެހިރާއްޖޭގައި ކޭބަލް އެންޑް ވަޔަރލެސްގައި ހުރި މުވައްޒަފު އެއީ އޭރު ބީބީސީގެ ރިޕޯޓަރެއް. މާނައަކީ ބީބީސީއަށް މަސައްކަތްކޮށްދޭ މީހެއް. ރާއްޖެއަށް ތަމަޅައިން އެރި ދުވަހު އެ ޚަބަރު ބީބީސީން ކިޔަމުން ދިޔައީ މި ދެންނެވި ރިޕޯޓަރު ޚަބަރު ދެމުން ދިޔަ ގޮތަށް. މީ ތަހުޒީބު ތަންތަނުގައި ކަން އޮންނަ ގޮތަކީ. މިކަހަލަ ކަންކަމާ ފާޑުކިޔައި މިއުޅެނީ ނާތަހުޒީބުވެފައި ތިބޭ ނާތަހުޒީބު ވިސްނުން ހުންނަ މީހުން.

  7. ޢަބްދުލްމުހައިމިން

    ބަލަ އަމީނާ މުޙައްމަދޫ! ތިބާ އަކީ މާމޮޅުމީހަކަށް ވެގެން އަމިއްލަ ޕްރޮޕެގެންޑާ ފަތުރަންނޫޅޭ! އެއްވެސް މުޥައްޒަފަކު ތަޅުއަޅުވައިގެން 24ގަޑިއިރަކު ނުގެންގުޅެވޭނެ. އެ މުޥައްޒަފުންގެވެސް ރައިޓްސް އޮންނާނެކަން ތިބާގެ ތި އުނި ސިކުނޑިއަށް ނޭނގޭތީ ހިތާމަކުރަން. މާގިނަ ދުވަހެއްނުވެ، ލިބިފައި ތިއިންނެވި މަޤާމުން އެއްފަރާތްވެ ގެއަށްދާންޖެހިދާނެކަންވެސް ހަނދާން ބަހައްޓައިގެން ކުރިޔަށް ދިއުމަށް ނަޞޭޙަތްތެރިވަން.

  8. ދިވެހިދަރި

    މިސްކިތަކީ މިބިންމަތީގައިވާ ﷲގެ ގެކޮޅުފަދަމާތްތަނެއް އަދި ފަސްވަގުތެއްގައި ﷲކަލިމަފުޅު
    އިވޭތަނެތް ވީމާ، މިހާމާތްތަނެއް ސާފުތާހިރުކޮށް ބޭއްވުމަކީ ވަކިވަގުތެއްކަނޑައަޅަންވީކަމެއްނޫން
    އެއީ ވަކިވަގުތެއް ކަނޑައަޅުމަށްވުރެ މާތްތަނެއް ވަކިވަގުތެއްކަނޑައަޅާ ބައެއްނިންމުންތަށް
    ނިންމަނީ ތަނުގެމާތްކަމާ ﷲގެ ކުޅަދުންވަންތަކަންގަބޫލުނުކުރާ ބައަކުހިތްހަމަޖެއްސުމަށް
    އަދި އެފެންވަރަށްގޮސް ނުފޫޒްދަށުވާ ފަރާތެއްކަމަށްބެލެވޭ ނަމަވެސް އިންސާނުންނާ، މިސްކިތްތަކާ އެންމެހާ ތަކެތި އުފެއްދެވިފަރާތަށް ވިސްންވާލައްވާ