އއ. ފެރިދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ޕްލޭނިންގ މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްފިއެެވެ.

ފެރިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމްއެވެ. އަދި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގްއެވެ.

އެމްޓީސީސީން ބުނީ، މި މަޝްރޫއުގެ ދަށުން ބަނދަރުގެ 7848 ކިއުބިކް މީޓަރުގެ ސަރަހައްދު (މެދު ދިޔައިން ފެށިގެން 3- ހަމަވާ ވަރަށް) ފުން ކުރުމާއި ނެރުގެ 4268 ކިއުބިކް މީޓަރު (މެދު ދިޔައިން ފެށިގެން 4.0- މީޓަރ ހަމަވާ ވަރަށް) ފުން ކުރާނެ ކަމަށެވެ. އަދި އާ ބަނދަރު (މެދު ދިޔައިން ފެށިގެން 3.5- ހަމަވާ ވަރަށް) ފުން ކުރެވޭނެ ކަމަށެވެ.

  • މި މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތައް:
  • 147 މީޓަރު ބްރޭކްވޯޓާ ޖެހުން
  • ސޭންޑްފިލް ބްރޭކްވޯޓަރ ޖެހުން (142 މީޓަރ ބޭރު ރިވެޓްމަންޓް، 131 މީޓަރ އެތެރެ ރިވެޓްމެންޓް)
  • 10 މީޓަރ ސަބްމާޖް ބްރޭކްވޯޓަރ ޖެހުން
    90 މީޓަރު ރިވެޓްމެންޓް ޖެހުން
    213 މީޓަރު އެއްގަމު ތޮށި ޖެހުން
    213 މީޓަރު ސްކޯރިން އެޕްރޮން ޖެހުން
    51 މޫރިންގ ރިންގް ހަރުކުރުން
  • 10 މޫރިންގ ބޮއި ހަރުކުރުން
    90 އަކަ މީޓަރު ރޭންޕެއް ހެދުން
  • އެކްސެސް ޕްލެޓްފޯމް އެޅުން
    02 ނެވިގޭޝަން ލައިޓް ހަރުކުރުން

    • 29 މަގު ބައްތި ހަރުކުރުން
    • 2481 އަކަ މީޓަރ ޕޭވްމަންޓް ހެދުން

ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކުރި މި މަޝްރޫއުގެ އަގަކީ 50،805،698 ރުފިޔާއެވެ. މި މަޝްރޫއު ނިންމަން ޖެހެނީ 365 ދުވަހުގެ ތެރޭގައެވެ.