އއ ފެރިދޫގެ ލޭންޑް ޔޫޒް ޕްލޭނުގެ މައްސަލަ ހޫނުވެ އެރަށު ރައްޔިތުން ޝަކުވާތައް ބަންޑުން ކުރަން ފަށައިފިއެވެ.

މިކަން ފެންމަތިވެފައިވަނީ އަލަށް އެކުލަވާލި ލޭންޑް ޔޫޒް ޕްލޭނަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ބޭއްވުނު ބައްދަލުވުމުގައި ބައިވެރިވި މީހުން ޕްލޭނާމެދު ނުރުހޭ ކަމަށް ވޯޓުލައި ފާސްކޮށްފައިވަނިކޮށް އަލުން ވޯޓުނެގުމަށް ކައުންސިލުން ތައްޔާރުވެ މިރޭ މި ވޯޓު ނެގުމަށް އިއުލާނު ކުރުމުންނެވެ.

އެނގިފައިވާ ގޮތުން ޕްލޭނާ މެދު ރައްޔިތުން ނުރުހުން ފާޅުކުރަމުންދަނީ އެ ޕްލޭނުގައި ރަށުގެ ހުޅަނގުފަރާތުން 95،000 އަކަފޫޓުގެ ބިމެއް ޓުއަރިޒަމްގެ ވިޔަފާރިއަށް ހާއްސަކޮށްފައިވުމުންނެވެ.

ޕްލޭނާ މެދު ނުރުހުން ފާޅުކުރަމުންދާ މީހުން ބުނާ ގޮތުން މިއީ ރަށުގެ ގުދުރަތީ ރީތިކަން ލިބިފައިވާ އެންމެ ހިތްގައިމު އެއް ސަރަހައްދު ކަމުން މިތަން އެއްކޮށް ވަކިބަޔަކަށް ދޫކޮށްފިނަމަ ފެރިދޫގެ ގެސްޓް ހައުސް ވިޔާފާރިން މަންފާ ހޯދުމުގެ ފުރުސަތުން ރަށުގެ ރަށްވެހިން މަހުރޫމު ވެގެންދާނެ އެވެ. އަދި ބާރު ސްޕީޑުގައި ލޯކަލް ޓޫރިޒަމް ކުރިއަރަމުން ދަނިކޮށް މިގޮތަށް ކުރާ ކަމަކުން ރަށުގެ އިގްތިސާދު ފުނޑުފުނޑުވެ ރަށުގެ ރައްޔިތުންނަށް ރަށުގެ ކަންކަމުގައި އޮންނަ ބާރު ނެތިގެން ދާނެ ކަމަށް އެ މީހުން ބުނެއެވެ.

މިފަދަ ގޮތަކަށް ބިން ދޫކޮށްފައިވާ އަވަށްޓެރި ރަށްރަށުގެ މީހުންނަށް ލިބެމުންދާ ގެއްލުންތަކާއި ހައްލު ނުކުރެވިގެން އުޅޭ ބޮޑެތި މައްސަލަތައް ފެންނާން އޮތް ކަމަށް އެ މީހުން ފާހަގަކުރާއިރު، އެކަމުން ފިލާވަޅުލިބިގަނެ އެކަން ނުކުރުމަށް ތަކުރާރުކޮށް ކައުންސިލުގައި އެދިފައިވާ ކަމަށް އެމީހުން ބުނެއެވެ.

މިވާހަކަތައް ކައުންސިލުން އަޑު އެހުމެއް ނެތި، މި ޕްލޭން ފާސްކުރުމަށް ކައުންސިލު ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ރަށުތެރޭގައި ތަފަތު ވާހަކަތައް ދެކެވެމުން ދާ ކަމަށް އެރަށު މީހުން ބުނެފައި ވެއެވެ.

ބައެއް މީހުން ބުނާގޮތުން ކުއްލިޔަކަށް މިވަރުބޮޑު ބިމެެއް ލޭންޑް ޔޫސް ޕްލޭނަށް އިތުރުކޮށްފައިވަނީ ވަރަށް ފަހުން އުފެދުނު ސިޔާސީ ޕާޓީއެއްގެ އިސްވެރިޔަކު މިކަމަށް ވާގިވެރިވެ ކައުންސިލުގެ މެމްބަރުންނަށް ހުށައެޅުންތަކެއް ހުށަހަޅައިގެންނެވެ. މިކަމުގައި ކައުންސިލާއި ކައުންސިލުގެ އިދާރީ އިސް ބައެއް ވެރިންގެ ބައިވެރިވުން އޮތްކަމަށް ތުހުމަތު ކޮށް އެރަށުން ވާހަކަ ދެއްކި މީހަކު ބުނިގޮތުގައި ކައުންސިލްގެ އަންހެން މެމްބަރަކާއި އިސްވެރިޔަކު މުވައްޒަފުންނާ ބައްދަލުކޮށް މި ޕްލޭނަށް ވޯޓު ނުލައިފިނަމަ ވަޒީފައަށް އުދަގޫވާނެކަމަށް ބުނެ މުވައްޒަފުންނަށް ބިރުދައްކާފައިވެއެވެ.

އަދި ކައުންސިލް އެހެން މެމްބަރަކު މިލިޔަނުން ހަރަދުކޮށްގެންވެސް މިވޯޓް ކާމިޔާބު ކުރާނެ ކަމަށް ބުނެ މިއަދު އޮންނަ ވޯޓަށް ކައުންސިލުން އެދޭގޮތަށް ވޯޓްލާނެ މީހުން މާލޭއިން ގެންދިޔުމަށް މަސައްކަތް ކުރަމުން ދާކަން ވަނީ އެނގިފައެވެ. އަދި މިދަތުރަށއ ކައިރީ ރަށެއްގައި ފުޅާ ދާއިރާއެއްގައި ގެސްޓް ހައުސް ވިޔަފާރި ކުރާފަރާތަކުން ލޯންޗެއް ހަމަޖައްސައިދީފައިވާކަމަށްވެސް ރަށުތެރޭ ވާހަކަ ދެކެވެމުންދާކަމަށް އެރަށުން ވާހަކަދެއްކި މީހަކު ބުނެފައި ވެއެވެ.

މިކަމާ ދެކޮޅަށް ވާހަކަދައްކާ މީހުން ބުނާގޮތުގައި މި ގޮތަށް ބިން ދޫކޮށްފައިވާ ރަށްރަށުން ބިން ދޫކޮށްފައިވަނީ މިކަމުން ރަށުގެ ތަރައްޤީއާއި ރަށު މީހުންނަށް ލިބޭނެ އިގްތިސާދީ މަންފާގެ ހުވަފެންދައްކައި ގެންނެވެ. ނަމަވެސް ހުވަފެން ބިލާހަށްވެ ކޯޅުމާއި ހަމަ ނުޖެހުން ފިޔަވައި އެހެން އެއްޗެއް ނުލިބުނުތާގައި ބިންކޮޅުވެސް ވަނީ އަތުން ބީވެ ގޮސްފައިވާ ކަަމަށާއި، މި ބިންތަކަކީ ރަށުގެ ބިމަށް ވުރެ އެވެނި މިވެނި މީހެއްގެ ގެސްޓް ހައުސް ސަރަހައްދަށް ވެ އެތަނާ ކައިރިޔަށް ދިއުމުގެ ހުއްދަވެސް ރަށު މީހުންނަށް ނެތް ކަމަށް އެރަށު މީހުން ބުނެފައި ވެއެވެ. އަދި އެތަންތަނުން ވަޒީފާ ދެނީ ފިލިޕީންސް ނުަވަތަ ބަންގްލަދޭޝް މީހުންނަށް ކަމަށާއި، ގެސްޓް ހައުސްއަށް ބޭނުންވާ ތަކެތި ގަންނަނީ ރަށުން ބޭރުން ކަަމަށް ބުނެފައި ވެއެވެ.

މިކާމާ ދެކޮޅަށް ނިކުމެތިބި ރައްޔިތުން ވަނީ ރައްޔިތުންނަށް ހަމަހަމަ ކަމާއެކު ވިޔަފާރި ކުރެވޭނެ ގޮތްތަކެއްވެސް ކައުންސިލް އިން ފަހިކޮށްދޭންޖެހޭ ކަމަށް ބުނެފައެވެ.

އެރަށު ބައެއް ރައްޔިތުން ބުނެފައިވާގޮތުގައި، މީގެކުރިން ބޭއްވި ފަސް ބައްދަލުވުމުގައިވެސް ރައްޔިތުންވަނީ މިކަމަށް ނޫނެކޭ ބުނެފައެވެ.

މިކަމާއި ގުޅިގެން ފެރިދޫ ކައުންސިލްގެ ރައީސް އިސްމާއިލް ޝާހު "ވަގުތަށް" ވިދާޅުވީ، ކައުންސިލުން ކަންކަން ނިންމާނީ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށާއި ރައްޔިތުން ކޮންމެ ގޮތަކަށް ނިންމިއަސް އެގޮތަކަށް ކައުންސިލުން އަމަލު ކޮށްދޭނެ ކަމަށެވެ.

ޝާހު ވިދާޅުވީ، ލޭންޑް ޔޫސް ޕްލޭން ފާސް ކުރުން މިރޭ 8:30 ގައި އެރަށު ސްކޫލުގައި އޮންނާނެ ކަމަށާއި މިރޭގެ ފާސް ކުރުން ޖަލްސާއަކީ މި ޕްލޭން ފާސް ކުރުމަށް ބާއްވާ ދެވަނަ ޖަލްސާ ކަމަށެވެ.

"ފުރަތަމަ ޖަލްސާ މިދިޔަ މަހުގެ 15 ގައި ބޭއްވިއިރު، ފާސް ނުވީ. އޭރު ދެން ރައްޔިތުންގެ ކޮމެންޓްސް ހޯދައިގެން އިސްލާހު ކުރަން ޖެހޭ ކަންކަން އިސްލާހު ކޮށްގެން މިރޭ ފާސް ކުރަން މި ރޭވީ" ޝާހު ވިދާޅުވިއެވެ.

ޝާހު ވިދާޅުވީ، މިރޭގެ ޖަލްސާގައި ވެސް މި ޕްލޭން ފާސް ނުވެއްޖެއްޔާ އަނެއްކާ ވެސް ރައްޔިތުން ފާހަގަ ކުރާ ކަންކަން އިސްލާހު ކުރުމަށް ފަހު ވޯޓަށް އަހާނެ ކަމަށެވެ.

މިކަމާއި ގުޅިގެން ރައްޔިތުން ނޫނެކޭ ބުނެފި ނަމަ އަލުން ޕްލޭން ހަދައިގެން އާއެކޭ ބުނަންދެން އެކަން ކުރިއަށް ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ﷲ ސުބުހާނަހޫ ވަތަހާއާލާ އަޅުގަނޑުމެންނަށް ގުދުރަތީ ރީތިކަން ދެއްވާފައިވަނީ ގުދުރަތީ ރީތި ކަމުގެ ބޭނުން ރަނގަޅު ގޮތުގައި ހިފުމަށް" ޝާހު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ބްރޯ

    ސިޓީ ހޮޓަލެއް އަޅަން އެމް.އެން.ޕީ ގެ ބޮސް އަށށް ދޭން ނިންމާފައިވަނީ. ތުހުމަތު ކުރެވޭގޮތުގައި ގިނަ އަދަދެއްގެ ފައިސާގައި ކައުންސިލަރުން ހިއްޕެވި. އަދި މިކަމަށް ކެމްޕެއިން ކުރަންކަމަށް ބުނެ މާލެއިން ބަޔަކާ ފައިސާ ހަވާލުކުރި ކަމަށާއި ލޯންޗްހިފުމަށްވެސް އެފަރާތުން ޚަރަދުކުރި ކަމަށްވަނީ.

    4
    5
  2. ފެރިދޫގެ ރައްޔިތެއް

    މި ޚަބަރު ލިޔެފައިމިވަނީ 30 އަހަރު ވަންދެން ފެރިދޫ ކައުންސިލްގައި މަސައްކަތްކުރި އަޙްމަދު ޞަބާޙްއާއި ކަލޭފާނު ދޮންބެތޯ؟

    6
    4
  3. ޅިޔަންބެ

    ވަގުބުޅާ އަމަލުވުން ތޯ މިއީ؟

    1
    4
  4. ނުފެންނަ

    ސިޓީ ހޮޓާ ހެދީމާ ސޭޓް ފިހާރައިގެ މެގުނަމް އަށްވެސް ވަރަށް އަސަރު ކޮށްލާނެ ކަބުލޯ

    • ސޭޓް ފިހާރައިގެ މެގްނަމް

      ކަލޯ މަށާ ތި ބެހެގަތީ ކިހިނެތްވެގެން. ހަމަގައިމުވެސް މިފިހާރާގަ ހުރި ތަކެތި ކުނިވެފަ ހުއްޓައެއް ނުވިއްކާނެ.

  5. ކިރު ކަކުނި

    ޓީމް ޝާހް ހިނިތުން ވެލާ ވަރު މިހާރުވެސް ދީފ. މިލިޔަނުން ލިބެން އޮތިއްޔާ ދެން އޯކޭ އެއްނު ފައްޓަރު ބައި ވިއްކާލިޔަސް.

    2
    3
  6. އައްމަކަލޯ

    ވަރަށްބޮޑަށް އެއްފަރާތައް ޖެހި ޝަރީފް ލިޔެފައި އޮތް ހަބަރެއް. ލޯންޗް ހިފައިގެން މީހުން މާލެއިން ގެންދިޔަ ހަބަރު ލިޔުނު އިރު މި ޕްލޭން ފާސްވިޔަ ނުދޭން މާލެއިން ފެރިދޫގެ 60 ވަރަކަށް މީހުން ގެންދިޔަ ވާހަކަވެސް ލިޔެލިނަމަ. އިހުލާސްތެރިކަން ހުރި ވަރަކީ ކުރިން ތި ޕްލޭން ފާސްކުރަން އެންމެ ފޯރި ނެގިމީހުން ކައުންސިލްގެ ގޮނޑި ގެއްލުނީމަ މިހާރު އެ ދުވަނި ޕްލޭން ފާސްވިޔަ ނުދޭން.

    • މުއްސަނދިބެ

      ހައްގު ތެދެއް ތިބުނީ. މި ޚަބަރުގައި ވަރަށް ހަމަނުޖެހޭ ވާހަކަ ގިނަ. މައުލޫމާތު ދިންމީހަކު ގުދޯގުދޯ އެގޮވެނީ މިހުރިހާ ކަމެއް ކުރީ މައުލޫމާތު ހިއްސާކުރި ފަރާތުން. ފައިސާބެހީ ވެސް އެފަރާތުން. ކައުންސިލަރުންގެ ބޮލުގައި ނާޅުވާ. މިހުރިހާ ކަމެއްވެސް ކުރީ ގެސްޓްހައުސްތަކުގެ ވިޔަފާރިވެރިން، ކަލޭފާނު އަބްދުﷲ ކުރީގަ ހުރެގެން. ލަދުހަޔާތުގެ ކަންފުޅެއްވެސްނެތް.

  7. ތައްޚާން

    ބުޅަލާ، ބިން އެބަވިކޭ؟

  8. ނުފެނޭ

    ކުދިންނޭ ކައުންސިލަތެއްގެ މައިދައިތަ ވަރިވާންފޯމް ލައިފިޔޯ ފިރިމީހާ ވޯޓްދިން ގޮތުން ،
    ތިބުނީ ހަމަ ރަނގަޅަށް ބިންވިއްކުމާއި ދެކޮޅަށް ވޯޓުލާން އައީ ބިން ކުއްޔަށްދޭން ދެކޮޅު މީހުން މިރަށުގެ މެޖޯރިޓީ ބޭނުމެއްނޫން މިރަށުން ބިން ކުއްޔަށްދޭކަށް
    ގެސްޓްހައުސްހިންގާ މީހުންގެ ޖީބު މިއަދު ބޮޑުވިއްޔޭ ކިޔާ ބިންތައް 99އަހަރަށް ނުއަގުގަ ދޫކޮށްލަން އުޅެނީ ކީއްވެޔޯ ހަމަ ރައްޔިތުންދެކެ ވާ ލޯބިންތަ
    ގެސްޓްހައުސް ގިންގަނީ ވަކި އާއިލާއެއްނޫން މި ރަށުގެ އެންމެ ބޮޑެތި 3 އާއިލާ އިންވެސް ގެސްޓްހައުސް ހިންގށާ އަދި ކުރިއަށް އެބަ އޮއް ބޮޑެތި އާއިލާތައް ތި ވިޔަފާރިއށް ރެޑީވެފަ
    އަދިވެސް ބައެއް ކަމުވޮށިގެންވާ މިރަށުގެ ބައެއް މީހުންތިބީ 80 ގެ އަހަރުތަކުގައި ލާރިކޮޅެއްދީފިއްޔާ މާމަގެ ކަޑިކިވެސް ވިއްކާލާ ހިސާބުގަ
    މި ތިބީ އިރާދަކުރެއްވިއްޔާ ތީގަ ހުރި ބިންތައް މި ރަށު ރައްޔިޔުން އަތުން ދިޔަނުދޭން މަސައްކަތް ކުރަން