ފުލުހުންގެ ހިދުމަތަށް އާންމުންގެ ހިޔާލު ހޯދަން ކޮންފަރެންސެއް ބާއްވަން ނިންމައިފިއެވެ.

"ޕޮލިސް އިނޮވޭޝަން އެންޑް ރިސާޗު ކޮންފަރެންސް" ގެ ނަމުގައި ބާއްވާ އެ ކޮންފަރެންސް އޮންނާނީ އަންނަ މާޗު މަހުގެ 18 އިން ފެށިގެން 20 ވަނަ ދުވަހުގެ ނިޔަލަށެވެ.

އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ އެ ކޮންފަރެންސްގެ މަގްސަދަކީ ކުށްތައް ހުއްޓުވުމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް ދެނެގަތުން ކަމަށެވެ.

ހަމަ އެހެންމެ އެ ކޮންފަރެންސްގައި ހުށަހެޅޭ ކަރުދާސްތަކަކީ އެކަމަށް މަގުފަހިކޮށްދޭނެ ކަރުދާސްތަކަަކަށް ވާނެ ކަމަށާއި އެކަމަށް ކަނޑައަޅަން ޖެހޭ ސިޔާސަތުތައް ކަނޑައެޅުމުން ތަންފީޒުކުރަން ޖެހޭ ފަރާތްތަކުން އެ ސިޔާސަތުތައް ތަންފީޒުކުރަމުންދާން ފެށުމުން ހެޔޮ ނަތީޖާ ފެންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މި ކޮންފަރެންސް ވެގެންދާނީ ރައްޔިތުން އެދޭފަދަ ހިދުމަތަކަށް ރައްޔިތުންގެ ފަރާތުން ހިޔާލު ހުށަހެޅުމަށް އެންމެ ތަނަވަސްކޮށް ލިބިގެންދާނެ ފޯރަމަކަށް." އިމްރާން ވިދާޅުވިއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޕޮލިސް ބޯޑުގެ މެމްބަރު އަހުމަދު ފަސީހު ވިދާޅުވީ މާޗު މަހު ބާއްވާ ކޮންފަރެންސްއަކީ ފުލުހުންގެ ތާރީހުގައި ވެސް ބާއްވާ އެފަދަ ފުރަތަމަ ކޮންފަރެންސް ކަމަށެވެ.

އޭނާ ވިދާާޅުވީ ތަހުޒީބު މުޖުތަމައުގައި އަބަދުވެސް ކަންކަން ނިންމަނީ އިލްމީ މީހުން ބައިވެރިކޮށްގެން ކަމަށެވެ.

"އަޅުގަނޑުމެންނަށް އަބަދުވެސް ފެނޭ އެންމެ އެކަށީގެންވާ ގޮތްތަކެއް ފުލުހުންގެ ތެރޭގައި ތައާރަފް ނުވާކަން. އެހެންވީމާ އަޅުގަނޑުމެން ތިންބައި މީހުން ހާއްސަކޮށް އިމްރާނާއި ކޮމިޝަނަރު ހަމީދާއި އަދި އޭގެ އިތުރުން ހޯމް މިނިސްޓްރީން ބައިވެރިވެގެން މި ފަށާ ކޮންފަރެންސްއަކީ ވަރަށް އެކަށީގެންވާ ނަތީޖާއެއް ލިބިގެން ދާނެ ކޮންފަރެންސްއަކަށް ވާނެ ކަން އަޅުގަނޑަށް ޔަގީން" ފަސީހު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަހުމަދު

    އާންމު ރައްޔިތުންގެ ޙިޔާލު؟ އޯކޭ..އާންމު ރައްޔިތެއްގެ ހައިސިއްޔަތުން މަ ބުނަން ބޭނުންވަނީ ތި ގޭންގު ހަމަ މިހާރު އުވާލަންވީއޭ..!!!!

  2. އަލިމުތް

    އޭން؟.... ބަލަ ކަލޭމެން ކިޔެވީ ކޯޗެއް؟ އަހަރުން އެން ކެޔޮޅުންތަ ކަލޭމެންނަށް ފުލުސް ކިޔާ ދޭންވީ؟ ތަނެއް އޮތިއްޔާ މަށަށް ވާނެއޭ ކިޔާފަ ބޯ ގަޅާތި އަދިވެސް.

  3. ކކކކކކ

    ދިވެހި އެއްވެސް ރަށްޔިތަކަށް ފައިދާއެއްވާ ތަނެއްނޫން ތީ ކުއްވެރިންގެ ދިފާއުގާ އުޅޭބަޔެއް