ތިރީސް ކިލޯގެ މަސްތުވާތަކެއްޗާ އެކު ރާއްޖެ އައި މީހެއްގެ ލަގެޖް ގެއްލުނު މައްސަލައެއް ފެންމަތިވެއްޖެއެވެ.

ފުލުހުން ބުނީ ޖެނުއަރީ އަށް ވަނަ ދުވަހު ރާއްޖެ އައި ޕާކިސްތާން މީހެއްގެ ލަގޭޖްގައި މަސްތުވާތަކެތި އެތެރެ ކުރިކަމުގެ ތުހުމަތުގައި ކަސްޓަމްސް އިން އޭނާ ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ. ނަމަވެސް އޭނަގެ ލަގެޖް ހަވާލުކޮށްފައި ނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ރާއްޖެ އޭނަ އައިއިރު 30 ކިލޯގެ އިތުރު ލަގެޖެއް ގެނައި ކަމަށާއި ލަގެޖް ގެންދިޔަ މީހެއް ނޭނގޭ ކަމަށް އޭނައާ ހަވާލާދީ ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނީ މިހާތަނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން ލިބިފައިވާ ފޫޓޭޖްތަކުން އެ ލަގޭޖް އަދި ދެނެގަނެވިފައި ނުވާ ކަމަށެވެ. އަދި އެއާޕޯޓުގެ ބައެއް މުހިންމު ދިމާތަކުގައި ސީސީޓީވީ ކެމެރާ ނެތް ކަން ފާހަގަ ކުރެވިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އޭނައާ މެދު ތުހުމަތުކޮށް ބަންދުގައި ބެހެއްޓޭނެ ހެކި ނެތުމުން އެމީހާ ވަނީ ދޫކޮށްލައިފައެވެ.

މިކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ހުސޭނުބޭ

    ފުލުހުންނާއި ކަސްޓަމް އޮފިސަރުން ގުޅިގެން ހިންގާ ބޮޑު ވިޔަފާރިއެއް ތިއީ

    23
  2. ކިސް

    ތިކަން އިގޭއިރު ގެއްލުނީމާ ވަރައްޖޯކު..

    13
  3. ލާދީނީ

    މައިދޮރޯއްޓޭ ކިޔާ އަޑުއިވޭ. ބުނާނެއެއްޗެއް ނޭނގުނު. ދޫނިތަކެއް މަރާލެވުނު ހަނދާންވަނީ. 30ކިލޯ ވާނުވާގައި.

    15
  4. އަންމަޑޭ

    އެމީހުންނަށް ތަނަކުން ގެންނަ ވައިބްރޭޓަރެއް ހިފެހެއްޓޭނެ ، ތިޔައީ ބޭކާރު ބައެއް

    14
  5. ނޫރު

    އަނެއްކާ ޖެނުއަރީ 28 ހުގައި ބަހަން ގެނައި ވެދުމެއް ނުންބާ.

  6. ރާކަނި ސައްތާރު

    ޢެއަރޕޯޓް އަށް ފަންސާސް ހަރު ފުރި މުސްކުޅި ވިއިރުވެސް ތާހާ މެންގެ އެޒަމާނާއި މިޒަމާން ފަހަނަ އަޅައި މިވެރިކަން ވެސަ ނިމިގެން ދާއިރު މުހިންމު ތަންތަނުގައި ކެމެރާ ނެތުމާ އަދި ހުރި މަދު ކެމަރާތަކުން ވެސް އިމޭޖް ގެ ކޮލިޓީ ދައްކަމުން މައްސަލަ ތަހުގީގު ތަކަށް ސާބިތު އެއް ނުވޭ...މި ދެއުޅި އެއްނުވާ ރޯނު އެދުރުންގެ އެއަރޕޯޓް ގެ ވާހަކަ މަމެން ދައްކާކަަށް ނެތީމޭ...ކިބުރު ވެރި ތާހާ އާއި ރުންކުރު ޔައުޖޫ މަހުޖޫ މިދެވަގުން ތި ތަނެއް ސުންނާފަތި ކޮށްފިޔޭ...އިންޑިޔާ އައުޓް ..ތާހާ ޔައުޖޫ މައުޖޫ އައުޓް

    • މަބޭ

      ސަބަބުވެރި އިންސާނަކު ފުލުހުންނާއި ކަސްޓަމްސް މިހާރުތިޔަދައްކާވާހަކަ ގަބޫލެއްނުކުރާނެ

  7. ދިވެހި ދިދަ

    ޔާމިން ނެގިކަމަށް ހުކުމްޖަހަންވީނު އަދީބު ހެކިބަސްދޭނެ

  8. ކިޔު

    ކަމާބެހޭ މުވައްޒަފުންގެ މައްޗަށް މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ދައުވާ ކުރެވެންވާނެ. ޥ ބޮޑު މައްސަލައެއް ތީ. ނޫސްބަޔާން ނެރުނަސް ޒިންމާއިން ބަރީއަވެވިގެން ނުވާނެ.

  9. ޖޫރީމޭ

    ތިލަގެޖްފެންނައިރުތީގާހުންނާނީޑްރަގެއްނޫނޭބުނާނީ ދެންބުނޭނައްތާލައިފީމޭ