ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މިހާރު ހުކުމް އިއްވާފައިވާ މައްސަލައިގެ ޝަރީއަތުގެ މަޖިލީގުގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ޒިޔަތު ނުދައްކާ ވާހަކަތަކެއް އެދެމީހުން ދެއްކި ވާހަކަތަކެއް ކަމަށް ބުނެ ކްރިމިނަލް ކޯޓުގެ ހުކުގައި ލިޔެފައިވާ ކަމަށް ތުހުމަތު ކޮށްފިއެވެ.

މިތުހުމަތު ކޮށްފައި ވަނީ ޔާމީންގެ ގާނޫނީ ވަކީލު އަބްދުﷲ ޝިޔާޒް އެވެ.

ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓުގައި ހިމެނޭ ޕޮއިންޓެއްގެ ސްކްރީން ޝޮޓާއިއެކު ޝިޔާޒް ކުރި ޓްވީޓެއްގައި ވިދާޅުވީ ސެޕްޓެމްބަރ 06 ވަނަ ދުވަހު ކްރިމިނަލް ކޯޓުގައި އަދީބު އަދި ޒިޔާތު ދެއްކިވާހަކައިގެ ރެކޯޑިންގ މިއަދުވެސް ޔޫޓިއުބް މެދުވެރިކޮށް އަޑުއައްސަވާ ލެއްވޭނެ ކަމަށާއި އަދީބު އާއި ޒިޔަތު މިވާހަކަ ދެއްކިތޯ، ތިޔަ ބޭފުޅުން އަމިއްލައަށް ރެކޯޑިންގ އަޑުއައްސަވާލެއްވުމަށް އެދޭކަމަށެވެ.

ޝިޔާޒް އާއްމު ކުރި ސްކްރީން ޝޮޓްގައި ވަނީ މޯލްޑިވސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަނާ ހަވާލުކުރި 1354016 ޗެކް އސްއޯއެފް ނަމަކަށް ކިޔާ ކުންފުންޏެއްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާކޮށްދިނުމަށް 2015 ސެޕޓެންބަރު 10 ވަނަ ދުވަހު ބޭންކް އޮފް މޯލްވްސް އަށް ހުށަހެޅުމުން އެ ފައިސާ ޖަމާކޮށްފައި ވަނީ އެސްއޯއެފްގެ އެކައުންޓަށްކަން ފާހަގަކުރެވޭ ކަމަށެވެ. މިކަން ހިނގާދިޔަ ގޮތް ދައުލަތުން ހުށަހެޅި ހެކިން ކަމަށްވާ އަދީބުއާއި، ޒިޔަތު ޝަރީއަތުގެ މަޖިލީހުގައި ތަފްސީލްކޮށް ކިޔައިދީފައިވާ ކަމަށް ވެސް ޝިޔާޒް އާއްމުކުރި ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓުގެ ސްކްރީން ޝޮޓްގައި ވެއެވެ.

ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް އިއްވިއިރު ޝަރީއަތުގެ މަޖިލީހުގައި ކިޔާފައި ނުވާ އެތައް ބައެއް ލިޔުމުން ހަވާލުކުރި ހުކުމުގައި ލިޔެފައި އޮތްކަމަށް ވިދާޅުވެ ޕީޕީއެމްގެ އިސް ބޭފުޅުން ވެސް ވަނީ ކުރިން ކަންބޮޑުވުން ފާޅުކޮށްފައެވެ.

ޔާމީންގެ މައްޗަށް އިއްވި ހުކުމް އިސްތިއުނާފު ކުރުމުގެ މަސައްކަތް އެމަނިކުފާނުގެ ގާނޫނީ ވަކީލުން އަންނަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ޝަކީލޫ

    ގާޒީ ކަލޭ މަރެއް ނުވާނެ ތޯއްޗެ

    47
    2
    • ވިސްނާ

      ޔާމީނު މަރެއް ނުވާނެތަ؟ އޭނަ އަދީބުމެން ލައިގެން ކުރި ކަމެއްކަން ކިރުބޯ ޅަ ކުއްޖާއަށްވެސް އެނގޭނެ. ހާއްސަކޮށް އޮޑިޓަރ ޖެނެރަލް އަށް ހެދި ގޮތުން އެކަން ޔަގީންވި. ސަޕޯޓު ކުރިޔަސް ވަގަކު ވާނީ ވަގަކަށް. ހަލާލެއް ހަރާމެއް ނުބަލައި އޭނަ ގެޔަށް ވެއްދީ ރައްޔިތުންގެ ފައިސާ

      5
      14
      • Anonymous

        "ވިސްނާ" ކޮމެންޓަށް ބުނެލެވޭނީ އަދިބު ލައިގެން ކުރިކަމެކޭ ވީއިރު އަދީބުވެސް ތެދުވެރި އިޚުލާސްތެރިއެއްނަމަ މީހަކު އޭނަލައްވާ ނުބައިކަމެއް ކުރުވަންއުޅުނަސް ނުކުރާނެ ނޫންތޯ؟ކަލޭގެ ވާހަކައިންވެސް އެގިއްޖެ އެޚިޔާނާތުގައި އޭނަވެސް ބައިވެރިވެފައިވާކަން. ވީއިރު ތިޔަބުނަނީ އަދުލު އިންސާފުވެރިގޮތަކީ އޭނަ ފިނިކޮޓަރީގައި އަރާމުކޮށް ބަހައްޓާފަ ރ ޔާމީނަށް އެކަނި ހުކުމްކޮށް ޖަލަށްލުންހޭ؟؟

  2. Anonymous

    އިސްލާމީދައުލަތެއްގައި އިސްލާމީ ޝަރީޢާ ޢަދުލުވެރިގޮތެއްގައި ނުހިނގާނަމަ އެތަނެއް ފަސާދަވެ ނެތި ދިއުމަކީ ގާތްކަމެއް،

    58
  3. Anonymous

    ﷲގެ ކުޅަދުންވަންތަކަމާއެވެ!!!މިސަރުކާރު ޝަރުޢީކޯޓުގެ ފަނޑިޔާރުންގެ ފެންވަރާއި ނުބައިކަން ފާޅުވަމުންމިދަނީ، އަހަރުމެން ރައްޔިތުންނަށްއިނގޭ މިސަރުކާރުގެ މަކަރުވެރި ޖާހިލު ފަނޑިޔާރުން ކޮންމެފަދަ މަކަރެއްވެސް ހަދާފާނެކަން ރ.ޔާމީނު އުމުރަށް ޖަލުގައި ބެހެއްޓޭތޯ، ނޫންންނަމަ ސީދާއް އެމަނިކުފާނަށް ނުވެސް ކުރެވޭނެ ދައުވާއެއްކުރަން ނުވެސްޖެހޭނޫންތަ؟؟ އެތައްޚާއިނުން ހިމެނޭ މައްސަލައެއްގަ އެމަނިކުފާނަށް އެކަނި ޝަރީއަތް ހިންގަނީ ޢަދި މައްސަލައިގެ އެއްމެ މައިމުލުން ނުވަތަ އެމަނިކުފާނަށް ފާސިގުންކަމަށް ސުޕުރިންކޯޓުން ކަނޑައަޅާފައިވާ ބައެއްގެފަރާތުން ހެކިހޯދައިގެން ގައުމެއްގެ ސަރުކާރަކުން މިހާވަރަށް ބޭއިންސާފުވާނީ، މަކަރުވެރި ހަރާމްގޮތަށް ވޯޓްކާމިޔާބުކޮށްގެން ވެރިކަންކުރަން ކެރިގެންއުޅޭބަޔަކަށް ހިންގަން ނުކެރޭނެ ޖަރީމާއެއްވާނެތަ؟ އެމަނިކުފާނު މިނިވަންކޮށް ހުރިއްޔާ މިސަރުކާރު ފެއިލްވެ ކުރިމަތިވާނެ ނާކާމިޔާބުވެސް އިނގޭތީ ބަޔަކަށް ހަޖަމުނުވެގެން ގަޔަށް ހިނިއަރައިގެން ތެޅިފޮޅެނީ، ﷲގެ ރަހުމަތްފުޅުން ރ.ޔާމީނަށް ލިބެމުންދާ ނުހައްގު އޏިޔާތަކަށް ޙައްޤަށް ނަސްރުދެއްވާށި އާމީން 🤲

    69
    3
  4. ޑައެލޯގް

    ޔާﷲ ޔާމީނަށް ހުކުމް އިއްވިނުބައި ގާސީ ގަދަފަދަހިއްޕެވުމަކުން ހިއްޕަޕަވާފާނދޭވެ. އަދި އަޅަމެންނަށް އެކަން އަވަހަށް ދައްކަވާނޑެވެ.

    38
    3
  5. ދިވެހިޒުވާނުން

    ތިކަމުގައި މީހަކު ބުނި ވާހަކައެއް ދެވަނަ ފަރާތަކުން ދައްކާއިރު ނުވަތަ ލިޔާއިރު އޭގެ އަސްލަށް ބަދަލު އައިސް ހާދިސާ ނަފީކުރާފަދަ ބަދަލެއްނޫން ކަމުގައިވާނަމަ "ހުކުމަށް" އަންނާނެ އެއްވެސް ބަދަލެއް ނާންނާނެ

    5
    21
    • Anonymous

      "ދިވެހި ޒުވާނުން" ކޮމެންޓަށް ބުނެލެވޭނީ މިލިޔުން ކިޔާލާފައިހޭ ކޮމެންޓް ލިއުނީ، ކިޔާލާފަ ލިޔުނުނަމަ ެއިނގޭނެ ތިޔަބުނާގޮތަށް ހަމައެކަނި ބުނާއެއްޗެއްގެ މާނަފުށުނާރާފަދަ ލިއުންތައްނޫންކަން ކޯޓުން ދޫކުރި ލިއުމުގައި އިތުރުކޮށްފައިހުރީ އެއީ ކޮންވާހަކަތަކެއްކަން ބަޔާންކޮށްފައި ނެތަސް، ރ ޔާމީނުގެ ފަނޑިޔާރުންނަކީ ގަމާރުންންނޭތަ ކަލޭ ތިބުނަނީ ؟؟ ޢަދުލުވެރި ގޮތަކީ އެއްމެ ފިއްޔަކަށްވެ އުނިއިތުރެއް ގެނެސްފައިނުވުން، ރެކޯޑިން ނުވަތަ ޔޫޓިއުބުންވެސް ސާފުކޮށް ފެނި އިނގެންހުންނަ ޒަމާނެއްގަ، ދައުލަތުގެ ޝަރުއީ މުވައްސަސާ ތެރޭގަ މިފަދަ ނޭދެވޭ ޖަރީމާތައް ހިންގުމުން ރައްޔިތުން ކުރިމަތީގައި ދައުލަތުގެ ޝަރުއީ މުއައްސަސާގެ އިތުބާރު ގެއްލުންނޫންގޮތެއް ނެތެވެ.

  6. ދޮންބަންޑާރައިން

    ދުވާލުގެ އަލިކަން ފަދައިން ހަމަ ބުއްދި ހުރި ކޮންމެ މީހަކަށް އިނގޭނެ ރ.ޔާމިން ދައުލަތުގެ ހަޒާނާއިން އިމެއް ނެތް މިންވަރަށް ވައްކަން ކުރިކަން.
    ކޯޓަކުން އެކަން ސާބިތުވުމާއި ނުވުން އެއްފަޅީގަ ބާއްވަމާ.

    12
    35
    • ޝަކީލޫ

      މީ ގާޒީ ގެ ލިޔުމެއް ދޮންބަންޑރާޔަކީ ގާޒީ
      ގާޒީ ކިތައްމެ ނަމެއްގަ ތި ދިފާއު ކުރިޔަސް ހަރާމް ހުކުމެއްކަން މުޅި ރާއްޖެ ދަނޭ އެކަން ބަދަލެއް ނުވާނެ ކަލެޔަށް ބާރު އޮތީމަ ހުކުމް ކުރީ ތާ އަބަދު ތި ބާރުވެރި ކަމުގަ ހުރެ ވިދާނެތޯ؟؟ ފިރިއައުނާއި ގާރޫނުވެސް ތިހެން މަރަށް ފިލާގެން އުޅުނު ކަމަށް އެބަ އޮތް އެހެން ނިމި ދިޔައީ ވަރަށް ހިތިކޮށް . ﷲ ގެ ކޯފާ އިން

      8
      1
  7. ައަހާ

    ރައްޔިތުންގެ ބައިތުލްމާލު ކާ ހުރިހާ އެންމެންވެސް ޖަލަށްލަންވީ. އެކަކުވެސް ދޫކުރާނެ ކަމެއްނެތް. ދެން އަންނަ ސަރުކާރަކުންވެސް މިސްރުކާރުގެ ކަންތައްތައް ބަލައި ޖަލަށްލާންޖެހޭ ބަޔަކު ޖަލަށްލާންވީ. ބައިތުލްމާލު ކެއުން ހުއްޓުވަންވެއްޖެ

    34
    4
    • ގަޓުގަޓު

      ކީއްކުރަންތަ ޖަލަށް ލަނީ، އަނެއްކާ އަނެއް ހަރަދު،

  8. އާތިކާ

    އުއްޗު.........، އަންނި...........،ގުޅުނީ........ ސަލާމަތް ވަނީ! ސަލާމަތް ވަނީ މިފަހަރު ގަދަ ހިފުމަކަށް!!

  9. Anonymous

    "ދޮންބަންޑާރައިން" އަށް ބުނެލެވޭނީ އިމުން އެތެރޭގައިވާ މިންވަރުގެ ކުޑަ ވައްކަމެއް ނުވަތަ ޚިޔާނާތަކަށްވިޔަސް ހިމެނޭނީ އިމުން ބޭރުގައިވާފަދަ ބޮޑު މިންވަރެއްގެ ވައްކަމާއިޚިޔާނާތަކާއި ހަމަ އެއްކެޓެގަރީއެއްގައޭ، ވީއިރު އިތުރު އެތައްޚާއިނުން ބައިވެރިވާ ޚިޔާނާތަކަށްވާއިރު އެއްމެ ޚާއިނަކަށް ނުވަތަ ރ ޔާމީނަށް އެކަނި ޝަރީއަތް ހިންގައި ޙުކުމްކުރީމަ ނިމުނީހޭ؟؟؟ މިއީބާއޭ އިސްލާމީ ޝަރީއަތުގަވެސް އަދުލު އިންސާފު ގާއިމުކުރާންއޮތް ފޯމިއުލާއަކީ ނޫންނަމަ ހަމައކަނި ކަލޭމެންގެ ޒީރޯ ޓޮލެރެންސް އިންސާފު ބާއޭ؟؟

  10. Anonymous

    "ދިވެހި ޒުވާނުން" ކޮމެންޓަށް ބުނެލެވޭނީ މިލިޔުން ކިޔާލާފައިހޭ ކޮމެންޓް ލިއުނީ، ކިޔާލާފަ ލިޔުނުނަމަ ެއިނގޭނެ ތިޔަބުނާގޮތަށް ހަމައެކަނި ބުނާއެއްޗެއްގެ މާނަފުށުނާރާފަދަ ލިއުންތައްނޫންކަން ކޯޓުން ދޫކުރި ލިއުމުގައި އިތުރުކޮށްފައިހުރީ އެއީ ކޮންވާހަކަތަކެއްކަން ބަޔާންކޮށްފައި ނެތަސް، ރ ޔާމީނުގެ ފަނޑިޔާރުންނަކީ ގަމާރުންންނޭތަ ކަލޭ ތިބުނަނީ ؟؟ ޢަދުލުވެރި ގޮތަކީ އެއްމެ ފިއްޔަކަށްވެ އުނިއިތުރެއް ގެނެސްފައިނުވުން، ރެކޯޑިން ނުވަތަ ޔޫޓިއުބުންވެސް ސާފުކޮށް ފެނި އިނގެންހުންނަ ޒަމާނެއްގަ، ދައުލަތުގެ ޝަރުއީ މުވައްސަސާ ތެރޭގަ މިފަދަ ނޭދެވޭ ޖަރީމާތައް ހިންގުމުން ރައްޔިތުން ކުރިމަތީގައި ދައުލަތުގެ ޝަރުއީ މުއައްސަސާގެ އިތުބާރު ގެއްލުންނޫންގޮތެއް ނެތެވެ.

  11. Mohamed Shareef

    ޚެންގަރޫ ކޯޓެއްގެސިފަތަށް ހާމވަނީ.

  12. ގޯބިލި ފަޒުނާ

    އަހަރެމެންނަ އެގޭ ކަރަންފުތް ކާފުރުތޮޅި އަޅާނެކަން މާކުރިންވެސް