ރ. ދުވާފަރާއި ބ. ދަރަވަންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ އެކު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

ޕްލޭނިންގް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރައްވާފައިވަނީ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫގުއެވެ. އަދި އެމްޓީސީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެކުންފުނީގެ ސީއީއޯ އާދަމް އާޒިމްއެވެ.

މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ދުވާފަރު ބަނދަރު މަރާމާތު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ދުވާފަރު ބަނދަރު އަޕްގްރޭޑްކުރުމަށްޓަކައި ދައުލަތުގެ ބަޖެޓުން 59،919،360.12 ރުފިޔާ ހަރަދުކޮށްގެން ހިންގާ މި މަޝްރޫއުގެ މަސައްކަތް 365 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ އެއްބަސްވެފައެވެ.

ދަރަވަންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް އެމްޓީސީސީއާ މިއަދު ހަވާލު ކުރަނީ. --

ދަރަވަންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއުގެ ދަށުން، އެ ރަށު ބަނދަރުން 1843 ކިއުބިކް މީޓަރު ފުން ކުރުމަށާއި 352 މީޓަރ ބޮޑު ހިލައިގެ ބޭރު ތޮށި ޖެހުމަށް ވަނީ ހަމަޖެހިފައެވެ. އަދި 83 މީޓަރ ބޮޑުހިލައިގެ ރިވެޓްމެންޓު ޖެހުމަށް ހަމަޖެހިފައިވާއިރު 248 މީޓަރުގެ އެއްގަމު ތޮށި ޖެހުމާއި އެކު 24 މީޓަރ ބޮޑުހިލައިގެ ގްރޮއިން ޖެހުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އަދި މަގު ބައްތިތައް ޖެހުމާއި ނެރު ބައްތި ހަރުކުރުންވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ. ހަމަ އެއާއެކު، 30،504 ކިއުބިކް މީޓަރުން އަލަށް އިތުރުކުރެވޭ ބަނދަރުގެ ބޭސިން ފުންކުރުމުގެ މަސައްކަތް ކުރެވޭނެއެވެ.

މި މަޝްރޫއުގެ ދަށުން ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި 248 މީޓަރ ސްކޯރިންގ އެޕްރަން ޖެހުމާއި، 2 ނެވިގޭޝަނަލް އެއިޑް ގާއިމްކުރުމާއި، 74 މޫރިންގ ރިންގްއާއި 34 މޫރިންގ ބޮއި ހަރުކުރުމާއި 2104 އަކަ މީޓަރު ޕޭވްމަންޓް ހެދުންވެސް ހިމެނެއެވެ.

ދުވާފަރު ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއުގެ ދަށުން، އެ ރަށު ބަނދަރުން 39،135 ކިއުބިކް މީޓަރ (މެދު ދިޔައިން ފެށިގެން 3.0- މީތަރ ހަމަވާ ވަރަށް) ފުން ކުރެވޭނެއެވެ. އަދި ކޮންކްރީޓް ޖެޓީއެއް ހެދުމުގެ މަސައްކަތްވެސް ކުރެވިގެންދާނެއެވެ.

މި މަޝްރޫއުގެ ދަށުން ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި 248 މީޓަރ ސްކޯރިންގ އެޕްރަން ޖެހުމާއި، ދެ ނެވިގޭޝަނަލް އެއިޑް ގާއިމްކުރުމާއި، 74 މޫރިންގ ރިންގްއާއި 34 މޫރިންގ ބޮއި ހަރުކުރުމާއި 2104 އަކަ މީޓަރު ޕޭވްމަންޓް ހެދުންވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ރައްޔިތުން މޮޔަހައްދަން ބޮލަށް ޗިޕްޖަހަން ތަރައްގީއޭ ކިޔާފަ އަބަދުވެސް އާބާތުރަފިލުވަން ރައްޔިތުން ގަބޫލެއް ނުކުރާނެ، މިއޮތް ތަހުޒީބު ޒަމާނުގައި، ރައްޔިތުން ބޭނުމީ ރ ޔާމީނު ކޮށްދެއްވިކަހަލަ ކޮންކްރިޓް ތަރައްގީ، ޒަމާނީ ތަރައްގީ، މިނާގާބިލު ސަރުކާރަށް ރައްޔިތުން އޮޅުވައެއްނުލެވޭނެ،

    4
    2
  2. ކެތި

    ކިތަންމެވަރަކަށް އަޕުގުރޭޑު ކުރިޔަސް ސޯލިހަކަށް ދެނެއް ވެރިކަމެއް ނުލިބޭނެ ސޯލިބޭޅައެއްޗެއްއެޅީ ޔާމީންޖަލަށްލީ ރަށްޔަތުންނަށް އެނގޭ ވަށްކަންކުރި މީހުންތިބީ ސޯލިބޭގެ ހިމާޔަތުގަކަން .......ދެން ތިހާވަރަށް ނުތެޅޭ ތެޅުނުތެޅުނުހެން ފައިބާނީ ހުޅުނބު.

    2
    1