ބ. ދަރަވަންދޫ ބަނދަރު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

އެމްޓީސީސީން ވިދާޅުވީ ދަރަވަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް މިދިޔަ އާދިއްތަ ދުވަހު ފެށިއިރު، މިހާރު ކުރިއަށް ދަނީ ހާބަ ބޭސިން ފުން ކުރުމުގެ މަސައްކަތް ކަމަށެވެ.

މި މަޝްރޫއުގެ ދަށުން 30,504 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އާ ހާބަ ބޭސިން ފުންކުރުމާއި، 1843 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި، 4126 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ރޭމްޕް އޭރިއާ ފުންކުރުމާއި، 2301 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 352 މީޓަރުގެ ސަރަަޙައެއްގައި ބޭރުތޮށިލުން ހިމެނެއެވެ.

އަދި 83 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 248 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށިލުމާއި، 24 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމާއި، 10 މީޓަރު ދިގު 9 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި، 140 މީޓަރު ދިގު ދެ މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުމާއި، 2104 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫއަކީ 55.48 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢަލީކޮއި

    ޤާބިލު ވެރިން ވ ތަފާތު ދެއްތޯ؟

  2. ކުޑަކަތީބު

    ބަދަނރު ކޮނެގެން ތަރައްގީވާނަމަ ދިވެހިން ތިބޭނީ ގޮނޑުހޮވާގެންނުކާ ދަރަނިފޮތުގަ ނުޖައްސާ ކަނޮމަތީފިހާރާއިގެ ކޮއްމެވެރިއަކު ފޮޅުކޮނެ ބިންހިއްކިއަސް ގަދަރައީސޭކިޔާ ވޯޓްނުދޭނެ ތަރައްގީވެފަހުރި ރައްޔިތަކު އެހެންވީމަހަކަތަ އާދިލްމެންގޮވަނީސިޓީއޭ ކުޅަނދެއްގެވާހަކަ 25 ބުރިފެނުނީމަވާގޮތާ