އެމްޑީޕީގެ ކޮންމެ ކެންޑިޑޭޓެއް ކާމިޔާބު ކުރިޔަސް، މިހާލަތުގައި ރިޔާސީ އިންތިހާބު ފަސޭހަކަމާއެކު ޕީޕީއެމްގެ ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ކާމިޔާބު ކުރައްްވާނެ ކަމަށް ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.
އާދަމް ޝަރީފް މިހެން ވިދާޅުވީ، އެމްޑީޕީ ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ދަނިކޮށް، ކުރެއްވި ޓްވީޓެއްގައެވެ. އެމްޑިޕީ ޕްރައިމަރީގައި ވާދަކުރައްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، އެމްޑީޕީގެ ރައިސް މުހައްމަދު ނަޝީދެވެ.
އާދަމް ޝަރީފް ވިދާޅުވީ، އެމްޑީޕީގެ ކޮންމެ ކެންޑިޑޭޓެއް ކާމިޔާބު ކުރިޔަސް، މިހާލަތުގައި ރިޔާސީ އިންތިހާބު ފަސޭހަކަމާއެކު ޕީޕީއެމްގެ ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ކާމިޔާބު ކުރެވޭނެ ކަަމަށެވެ.
"މިއަދު ނަތީޖާ ނުކުންނަގަތުން، ޕީޕީއެމްގެ ރިޔާސީ އިންތިހާބުގެ ސްޓްރެޖިސް، ޓެކްޓިކްސް އަދި ރެޓޮރިކް ބަދަލުވާނެ". އޭނާ ވިދާޅުވިއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި މިއަދު ހެނދުނު 09:00 ގައި ވޯޓް ލުން ފެށިގެން ކުރިއަށް ދާއިރު ބައެއް ފޮށިތަކުގައި މައްސަލަތައް ދިމާވިއެވެ.
މި އިންތިހާބުގައި އެމްޑީޕީގެ 57،255 މެމްބަރުންނަށް ވޯޓުލުމުގެ ހައްގު ލިބެއެވެ. މިއީ އެމްޑީޕީގެ ސިޔާސީ ތާރީހުގައި ބާއްވާނެ އެންމެ ވާދަވެރި ޕްރައިމަރީ އަށް ވާނެއެވެ.
ﷲގެ އިރާދަފުޅާއި ހެޔޮރަޙުމަތްފުޅުން އާދަމްޝަރީފު ވިދާޅުވިފަދައިން އެމްޑީޕީގެ ކޮންމެ ކެންޑިޑޭޓަކާއިއެކު ރ. ޔާމީނު ރިޔާސީ ރޭހަށް ވަޑައިގަތަސް އެމަނިކުފާނު ރިޔާސީ އިންތިހާބު ކާމިޔާބު ކުރަށްވާށި، އާމީން
ޑޮލަރުކޮޅެއްް މާރުކޮށްގެން ރިޔާސީ އިންތިހާބް ކާމިޔާބު ކުރެވިދާނެ !
ޖަލުގައި އޮވެގެން ތިޖަހާ ހިސާބު ޖައްސަވަނީ އަދުރޭތޯ ނޫނީ އާދަނުއަށް ހުވަފެނެއް ފެނުނީތޯ
ކިހިނެއްހޭ ކާމިޔާބު ކުރާނީ އަދި އިސްތިއުނާފު ނުކުރެޔޭ ހުކުމެއް ، މަތީ ދެ ކޯޓުން ސަލާމަތް ވިޔަސް ޖުލައިގައި އިންތިހާބަށް ކުރިމަތިލާން އިއުލާނު ކުރާއިރުވެސް ޔާމިން މިނިވަން ނުވާނެ.
މޮޔަގޮވަނީ ތޯއްޗެއް
ބޮޑު ވަޒީރު ހޮވިއްޖެނަމަ އަހަރެމެން ވޯޓްދޭނީ ޔާމީން އަށް.
ޖަލުގައޮވެގެން ވެރިކަމަށް ކުރިމަތިލެވޭގޮތަށް ދިވެހި ޤާނޫނުގައި އޮވޭތަ ؟
ތި 57،255 މެމްބަރުން ތެރޭގައި މިހާރު އެމްޑީޕީ އިން ފޫހިވެ އެކްޓިވްކަން ގެއްލިފައިތިބި މެމްބަރުން މަދެއް ނުވާނެ. މަޔޫސްނުވާ ވަރެއް ނޫން. ހުރިހާ ބާރެއް ހޯދާދީފި. މަގުމަތީ ދުވެފި. ގޮފިހަދާ ހަރުގެ ހަދާ އަތުގައި ހުރި އަމިއްލަ އާމްދަނީ ކޮޅު ގުރުބާން ކޮށްފި. އެކަމަކު ރާއްޖެތެރޭ މީހުން ނިކަމެތިކޮށް މާލޭގެ މަދުބައެއްގެ ގެދޮރުގެ އަޅުންނަށް ހަދާ ސިޔާސަތު ގެންގުޅެނީ. ނުވިތާކަށް އިންޑިޔާގެ އެޖެންޓުންތަކެއް އިސްސަފުގަ ތިބީ.
ބަލަ ޔާމީނު ޖަލުގައި އިންނަވައިގެންތޯ ވެރިކަން ކުރައްވާނީ. ފިޔާގައި ތިއްބެވި މުޢިއްޒު، ޑރ. ވަޙީދު ފަދަ ތަންކޮޅެއް ސަހަލު ބޭފުޅަކު ނުކުމެގެން ކިރިޔާ ވެސް ޗާންސެއް އޮތީ.