މިއަދު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއިން ފެނުނީ ގައުމުގެ އިޖްތިމާއީ ފޭރާން އިތުރަށް ހަލާކުވާނެ ހުތުރު މަންޒަރެއް ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެ އެވެ.

އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަދު ފެނުނީ ސަރުކާރުން ރައްޔިތުންގެ ފައިސާއަށް ވޯޓު ގަނެ، ވަޒީފާތަށް ބަހައި، އެވަރުން ނުވެގެން ވޯޓު ފޮށިތައް ފަޅައި، މާރާމާރީ ހިންގައި ގައުމުގެ އިޖްތިމާއީ ފޭރަން އިތުރަށް ހަލާކުވާނެ ހުތުރު މަންޒަރުތަކެއް ކަމަށެވެ.

ރާއްޖޭގައި މަލްޑި ޕާޓީ ޑިމޮކްރަސީގެ މުސްތަގުބަލާއި މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.

ރާއްޖޭގެ އެންމެ މީހުން ގިނަ ސިޔާސީ ޕާޓީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓު ލުން ފެށީ މިއަދު ހެނދުނު 9:00 ގައެވެ. އަދި ވޯޓުލުން ނިމިފައިވަނީ ހަވީރު 5:00 ގަ އެވެ. އެކި އެކި މައްސަލަތައް ދިމާވެ ބައެއް ވޯޓުލާ މަރުކަޒުތަކުގައި ވޯޓުލުން ފެށިފައި ވަނީ ލަހުންނެވެ.

އަދި ވޯޓުލާ ގިނަ މަރުކަޒުތަކެއްގައި ހަމަނުޖެހުންތައް ވަނީ ހިންގައިފައެވެ. އެގޮތުން އިސްކަންދަރު ސްކޫލް، ތާޖުއްދީން ސްކޫލް، ހިރިޔާ ސްކޫލައި ވަނީ ހަމަނުޖެހުންތައް ހިންގާފަ އެވެ.

އެކި އަތޮޅު ތެރޭގެ ރަށްރަށުގައި ހަމަނުޖެހުން ހިނގައި މައްސަލަ ހޫނުވެ ވޯޓު ފޮށިތަށް ހަލާކުކޮށް ވޯޓު ކަރުދާސްތައް ވެސް ވަނީ ވީދާ ކުދިކުދިކޮށްފައެވެ. އޭގެ ތެރޭގައި ގދ. ތިނަދޫ، ގައްދޫ ހިމެނެއެވެ. މިފަދަ މައްސަލަތަކާއި ގުޅިގެން ފުލުހުން ހަތަރު މީހަކު ހައްޔަރުކުރި އެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. މޮހޯ

    ބައެއްމީހުން މިހާރު ކިޔާ އާދަނު ނިދީގަވެސް ފެންނަނީ ޔާމިނައް ވެރިކަންލިބިގެން އުޅޭތީޔޯ މިއިންތިޚާބަކީ ޕީޕީއެމްގެ އިންތިކާބެކޯ

    5
    7
  2. އަހުޒާމް ނަޢީމް

    ދިވެހި ޤައުމުގެ އިއްފަތްތެރިކަން ފޭރިގަތީ ޕޯޗުގީޒުންނާއި ހޮޅިން އެކަންޏެއްނޫން،އެކަން މިހާރު ކުރަނީ މަޖިލިސްތެރެއިން އިއްޒަތްތެރި މެނބަރުން.....ކަލޯމެން ތިކަހަލަ ހަބަރުކީމަ ބަނޑުސަކަރާތްވާގޮތްވަނީ

    10
    1
  3. ފާތު

    ދެން އަޅާނުލާ. އެކަން ނިމިޖެއް

    6
    3
  4. ޓިނޭ

    ގުދޯގުދޯ ނުގޮވާ! ތިމާމެންވެރިކަމުގައި ފާރުމަތިން މެންބަރުންއުކާ އިންސާނީ ކަރާމާތް ނަގާލާ މީހުންގެ ދަތްދޮޅި ދުއްވާލުމަށް ސިފައިންނަށް އިރުޝާދުދިން މައްކާރެއް. މުޅިގައުމުގައި ވައްކަމާއި ފޭރުން ޢާންމުކުރި ދިއުޅިއެއްނުވާ ބޮކަރެއް. ކޮންވާހަކައެއް މިއަދުދައްކާކަށް. މަޑުން އަނގަނުތަޅަހުރޭ!

    8
    7
  5. ޢަގީ

    ޙުކުމް ހަރާމް ވައްކަން ހަލާލު. މަޖްލިސް މެންބަރުންގެ ދަތްދޮޅި ދުއްވާލަން ބުނިމީހާ މޮޔަފުޅުވީތޯ

    5
    5
  6. ރަބަރޭ

    ކަލޭ ތިޔަހަރީ ޔާމީނު ވެރިކަމުގައި ޑިފެންސް މިނިސްޓަރު ކަމުން ކަލެއަށް ލިބުނު ލާރިގަނޑު ފެނި ދުނިޔެއިން މޮޔަވެފައި ލާރިއަށް ބޫތު ކާފައި