އިކޮޅު ފަރާތްތަކުން ސަރުކާރު ވައްޓާލާނެ ކަމަށާއި ބޮޑު ދުވަހެއް ކަމަށް ގިނަ ތާރީޚްތަކެއް ނެރުމުންދާ ކަމަށާއި ފެބްރުއަރީ 30 އަކީވެސް މިބޭފުޅުން ބޮޑު ދުވަހެއް ކަމުގައި ބުނުއްވި ދުވަހެއްކަމަށް ފޮނަދޫ ދާއިރާގެ މެންބަރު އަބްދުލް ރަހީމް އަބްދުއްﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އަދުރޭ ވިދާޅުވީ މާދަމާގެ އެއްވުމަކީ ޣައިރު ޤާނޫނީ އެއްވުމެއް ކަމަށާއި ރައްޔަތުންނަށް ހެޔޮއެދޭ ޕާޓީއެއްގެ ހައިސިއްޔަތުން މިއެއްވުމަށް އަތޮޅު ތެރެއިންވެސް އަދި މާލެއިންވެސް އެއްވެސް ބޭފުޅަކު ބައިވެރިވެ ވަޑައިނުގަތުމަށް ގޮވާލާ ކަމަށެވެ.
ޕީޕީއެމް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް ވިދާޅުވީ ޤައުމުގެ އަމާންކަން ނަގާލުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތްތަކެއް ކުރަމުންދާކަމަށާއި ރައްޔިތުންނަށް އޮޅުވާލައިގެން ރައްޔިތުން މަގުމަށްޗަށް ނެރުމަށް މަސައްކަތްތަކެއް ކުރަމުން ގެންދަވާ ކަމަށެވެ.
މީގެ އިތުރުން މިއަދުގެ ނޫސްވެރިންގެ ބައްދަލު ވުމުގައި އަދުރޭވަނީ ސުޕްރީމް ކޯޓުގައި އެންމެ އިސްކޮށް ތިއްބަވައިގެން އަބްދުﷲ ސައީދާއި އަލީ ހަމީދު ކުރެއްވި ކަންކަމުގެ ސަބަބުން އެ ކޯޓުގެ އަގު ވެއްޓި މީހުން ސުޕްރީމް ކޯޓަށް ކުރަމުން ދިޔަ އިތުބާރު ގެއްލިފައިވާ ކަމަށް ވިދާޅުވެފައެވެ.. އެހެންކަމުން އެ ބޭފުޅުންގެ ސުލޫކީ މައްސަލަތައް ބެއްލެވުމަށް ފަހު އެ ބޭފުޅުން މިހާރުން މިހާރަށް ވަކި ކުރުމަށް ޖޭއެސްސީއަށް ގޮވާލާ ކަމަށެވެ. އެހެން ނޫންނަމަ އަލުން ޝަރުއީދާއިރާއަށް އިތުބާރު ހޯދޭނެ ގޮތެއް ނޯންނާނެ ކަމަށް ވެސް އަދުރޭ ވިދާޅުވި އެވެ.
ފެބްރުއަރީ ގައި 30 އާދޭތަ..
ޢެ އައީތާ
މީކޮން ކަލންޑަރެއްގަ އިންނަ ތާރީޚެއް.
ކަލެއަށް ތަ އިނގެނީ ޓިނުވަގު
ޢަދުރޭ ބޮޑުވަރު ފެބުރުވަރީ ގައި 30 ނާންނަކަންނުދަންނަނީ ކާކް
ކަލޭމެން ވެރިކަމުގަ ތިއްބަކާ މިގައުމުގެ އެއްވެސް މުއައްސަސާއެއް ބަލައިގަނެވޭކަށް ނެތް! އެ މުއައްސަސާތަކަކީ މިހާރު އަހަރުމެން ކުރިމަތީ ވާލުގުޔެއް ފަދަ
ރޯނު އެދުރޭ
ދޮގުހަދާވަރު މިއެގެނީ
މުޒާހަރާ އަށް ނުދިޔަޔަސް ވޯޓް ދެވޭ ދުވަހެއްގަ އިރާދަކުރެއްވިއްޔާ ރ.ޔާމިން އަކަށް ނުދޭނަން ވޯޓެއް. ވ ސަލާމް އަދުރޭ މެންނަށް.
ވަރަށްވުރެ މީހާ މަތިވީމާ ވާގޮތް އެއީ، އައްސައްޔިދު މަޤާމުވެސް ތަބަކަށް ލާފައި ވެދުމަށް އެރުވީނު.
ފެބްރުއަރީގައި މީނާއަށް އެކަނި 30 އަންނަނީ
ޤާނޫން ބަދަލްކޮށްލީ ކަމަށްވާނީ 30 އަންނަ ގޮތައް!!! އެހެންޔާ ފަހެ މިހާރު ޤާނޫނަކީ ޕީޕީއެމް އިން ބޭނުންގޮތަކަށް ކުޅެލަން އޮތް އެއްޗެއް- ވ ސަލާމް
މީނާ އަކީބޮޑު މުނާފިގެއް. ދޮގު ހެދިޔަސް ވާހަކަ ވިހެޔަސް މީދން ތަންފުކެއް ބޮޑުވަރު.. މިކަލޭގެ ދައްކާ ވާހަކަ ދިވެހި ރައްޔަތުން އަހާނެތަ. ހުދު އޭނާގެ އަނބި ވެސް ް ޤަބޫލު ނުކުރާނެ.. ކެޕްޓަން ޔާމީނާ އެ އޮޑީގެ ފަޅުވެރިން ދޯނި ފަރަށް އަރުވާ ހަލާކު ކޮށްލައިފި. ދިވެހިން ނުތިބޭނެ ބަލާކަށް އަތްއުރާލައިގެން ދެން. އަދި މިވަގުތު ނިޔުސް އިން އިނދިކޮޅު މީހުން ނަށް ހަޑިކުރަން މިހަބަރު ލައިފި އެއްނު. މިނޫހުގައިވެސް ތިބެނީ އެފާޑުގެ ބޯގޯސް މީހުން. ނުކުރޭނެ މި ކޮމެންޓް ޖަހާކަށް. ސަރުކާރު ޕްރޮމޯޓް ކުރާބައެއް މީ.. ސަރުކާރުގެ މަލަމަތި ރީތި ކުރާ ނޫހެއް..
އަކުރެއްބަކުރެއް ނޭގުނަސް މިހީވަނީ ތިމަންނަ ވަރެއްނެތް ހެން.ގެނެރަލް ގެ ސުލޫކެއް އަބުރެއް އެބައޮތްތޯ ؟ގުދޯއި ގުދޯއި
އަދުރޭ އެއް ނޫން މޮޔަވީކީ،، ފެބުރުވަރީ 30 އެއީ ލާދީނީ ނަޝީދު މާލެ އަންނަ ދުވަސް،،،،، އެދުވަސް އައިއްސިއެއްނު... ދެން ލަލަލާ..
ކަލޯ މޮޔަބޮލަށްއެރީތަ؟ ފެބުރުއަރީ 42 ބަޔާޅީހޭ ނުބުނީ ކީއްވެ؟ ކަލޯމެން އަޅެ ހަމަތަ؟
އައްސަލާމު އަލައިކުމް. ކޮންބޭފުޅެއްތޯ
އަދުރޭ ވިދާޅުވެއްޖެއްޔާ 30 ކީއްކުރަން 40 ވެސް އޮއްނާނެ...ހަހަހަ
30 ފެބްރުއަރީ؟