ރާއްޖޭގެ ބައެއް ހިސާބުތަކަށް ވައި ބާރުވެ ކަނޑުތައް ގަދަވާނެތީ ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.

މެޓް އޮފީހުން މިއަދު ހެނދުނު ނެރުނު ސަމާލުގައި ބުނެފައި ވަނީ ށ. އަތޮޅުން ފެށިގެން ކ. އަތޮޅާއި ހަމައަށް ވައި ބާރުވެ ކަނޑުތައް ގަދަވާނެ ކަމަށެވެ.

އެގޮތުން ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާ ކޮށްފައި ވެއެވެ. އަދި ކަނޑުތައް ގަދަވާނެ ކަމަށްވެސް ލަފާ ކޮށްފައި ވެއެވެ.

މި ސަމާލުގެ މުއްދަތު ހަމަވާނީ މެންދުރު 14:00 އަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ހިމާލިޔާ ފަރުބަދަ މަތީގައި އެނބުރޭ ވައިރޯޅިތައް ރާއްޖެއަށް އަތުވެއްޖެނަމަ ރާއްޖޭގައިވާ ބަލިކަށި އުސް އިމާރާތްތައް ވެއްޓޭނެއެވެ. މިހާރުއްސުރެ ސަލާމަތީ ފިޔަވަޅު އަޅައިގެން ތިބޭށެވެ.