މާލެ މަގުމަތީގައި ސަލާން ޖަހަން އުޅުނު ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާއި ކައިވެނިކޮށްގެން، ރެސިޑެންޓް ވިސާގައި ރާއްޖޭގައި އުޅެމުންދާ މީހެއް ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ބުނެފިއެވެ.

ޖަޕާން މީހަކު މާލެ މަގުމަތީގައި ސަލާން ޖަހާ ކަމަށް ބުނެ މީހަކު މި މަހުގެ 13 ވަނަ ދުވަހު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ، ފާރިސް ނަމަކަށް ކިޔާ މީހަކާ ކައިވެނިކޮށްގެން 13 އަހަރުވެއްޖެ ކަމަށް އޭނާ ބުނާ ކަަމަށެވެ. އަދި މިހާރު އޭނާއާ 3-2 ދެ ފަހަރު ދިމާވެއްޖެ ކަމަށްވެސް ބުންޏެވެ.

"ބައެއްް މީހުން ކައިރީ ބުނަނީ، ރޭ ވަރިކޮށްފަ ގެއިން ނެރެފި ކަމަށާއި، ނުކައި ނުބޮއެ ހުރި ކަމަށް".

އޭނާ ވަނީ މިއީ ކިހިނެއް ކޮންތާކުން އައިސްގެން އުޅޭ މީހެއްތޯ ބަލާ، އޭނާގެ ގައުމަށް އޭނާ އަނބުރާ ފޮނުވާލަ ދިނުމަށް ގޮވާލާފައެވެ. އޭނާ ބުނާގޮތުން ގިނައިން މި މީހާ ސަލާން ޖަހައިގެން ފައިސާ ހޯދަނީ އެކަނި ދިމާވާ ފިރިހެނުން ކައިރިންނެވެ.

އޭނާގެ އެ ޓްވީޓަށް ކޮމެންޓް ކުރި ބައެއް މީހުންވެސް ވަނީ، އެ މީހުންނާއި އެ އަންހެން މީހާއާ ދިމާވެފައިވާ ކަމަށް ބުނެފައެވެ.

"އަސްލުވެސް މަވެސް ރޭ ނޫން ކުރީ ރޭ 100ރ ދިނިން ފިރިމީހާ ހޮސްޕިޓަލްގައި ކާނެ އެއްޗެއް ނުދޭ ބުނީމަ". އިތުރު މީހަކު ކޮމެންޓް ކޮށްފައި ވެއެވެ. އަދި އިތުރު މީހަކު ވެސް ވަނީ، އޭނާ ކައިރީގައި، ފިރިމީހާ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިވާ ކަމަށް ބުނެ، ކާނެ އެއްޗެއް ހޯދަން އެދުނު ކަމަށް ބުނެފައެވެ.

އެ އަންހެން މީހާ ވަނީ ފުލުހުންގެ ބެލުމުގެ ދަށުން އިމިގްރޭޝަނާއި އިއްޔެ ހަވާލު ކޮށްފައެވެ.

އިމިގްރޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އޭނާއަކީ ދިވެއްސަކާއި ކައިވެނިކޮށްގެން ރެސިޑެންޓް ވިސާގައި ރާއްޖޭގައި އުޅެމުންދާ މީހެއް ކަމަށެވެ.

މާލެ މަގުމަތީގައި ޖަޕާނު އަންހެނަކު ސަލާން ޖަހަނީ!

"އަދި މުޖުޔަމައުގެ އާއްމުންގެ ހަމަޖެހުމާއި ރައްކާތެރިކަމާއި ގުޅުވާ މި ބިދޭސީ ފަރާތާއި ގުޅޭގޮތުން ފާހަގަވެފައިވާ މައްސަލާގައި ރާއްޖޭގެ އިމިގްރޭޝަންގެ ގާނޫނާ ހިލާފު ކަންތައްތަކެއް ހިމެނޭތޯ ކަށަވަރު ކުރުމަށް މި އިދާރާއިން މި މައްސަލަ އިތުރަށް ބަލަމުންދާ ކަމުގައި ދަންނަވަމެވެ". އެ ބަޔާނުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ބުރޯ

    އެހެންވީމާ އަނެއްކާވެސް ތިޔަ އަންހެންމީހާ މަގުމަތިން ސަލާންޖަހަން ހުއްޓާދޯ ފެންނާނީ އަދި އިންނާނެ މަޖީދީމަގު އަގޯރާ ކުރިމަތީ ނުހިނގޭކަމައް ހެދިގެން އިންނަ ފިރެހެނެއް ދެފައި ސަލަތުން ހުރެ މުޅި މާލެތެރޭ ދުވާތަން ފެނޭ އެކަމް ރެޑްވޭވް ފިހާރައާ ހިސާބައް ދާންވާއިރައް ނުހިނގޭ މީހަކައް ބަދަލުވެގެން ދެފައި އޮރިކޮއްގެން އެތާގަ އިނދޭ ސަލާންޖަހަން

    31
    1
    • 🇲🇻 ވީ ލަވް ޔޫ 🇯🇵

      ޖަޕާނަކީ ރާއްޖެއަށް އަބަދުވެސް ނުހަނު މުހިންމު އެހީތަކެއްވެފައިވާ އަދި ވަމުންދާ ގައުމެއް!

    • 🇲🇻🤝🏼🇯🇵

      ތިމާހާއަށް ހެޔޮކޮށް ކަންތައް ކުރާތި.

  2. ހްކުރު

    ހަކުރުބޯ ސޮރަކާ އެކީ އުޅޭ މަނޖެއެއް ތިއީ.

  3. Ahmed

    ތީނާ ސަލާން ޖަހަން ޖެހުނު ސަބަބު އޮޅުންފިލުވާލަދީބަލަ

    23
  4. ދަރަނި ދަންތުރަ

    އެމްޑީޕީގެ ވައުދު ބޭސް ސިޓީއަށް ސަލާންޖެހުން ނައްތާލުން ، އެއްވެސް އިރަކު ބޭސް ސިޓީއަށް ސަލާންޖަހާކަށް ނުޖެހޭނެ ޑޮކްޓަރަށް ދެއްކީމަ ބޭސް ސިޓީ ދޭނެ ، ދިވެހިންގެ ގަމާރު ކަމުން މިހެންކީމަވެސް ތިލަފަތަށް ވޯޓު ދިން ، މިވެރިކަމުގައި ސަލާންޖެހުން ވަނީ ތިޔާގިވެފައި ، އެމްޑީޕީގެ ނޫ އިގުތިސޯދު ދިވެހިން ދަރާވިކިއްޖެ

    24
    5
    • ދަރަނި ބީތާ

      ބަލަ ހަބަރުގައި ލިޔެފައިވާ އެއްޗެއް ނުކިޔާ ކޮމެންޓު ކުރެވޭތޯ ތިބަލަނީ..އަޑުއެހުމުގެ އަދި ކިޔުމުގެ ގާބިލްކަމެއް ނެތީތަ

      2
      1
  5. ވާނުވާބެ

    އަނެއްކާ ޤާސިމް އިބްރާހިމް ނޫނީ ސަންޓްރެވެލް ޝިޔާމްތަ އިދެގެން އުޅެނީ

    18
  6. ރަން ރީނދޫ

    ސައޫދީ އެމްބަސީން ވަޒީފާ ދީފަ ހުންނަ އައްޑޫ ސޭޚެއްގެ ކޮއްކޮއެއްގެ ހަކުރު ބޯ ބަލިކުއްޖަކާ އިނދެގެން އުޅޭ މަންޖެއެއް.

    17
    1
    • ސިޔާސީ މުށި

      ނޫނޭ ގުޅުވާލިގޮތް އަދި މާ ކައިރި. އާދަމްގެފާނާ ހައްވާގެފާނާ ހިސާބުން ގުޅުވާލިނަމަ.

      3
      3
  7. ގާފޮރި

    ތިޔަހެން ކަމައްވާނަމަ އެކަކުވެސް އޭނައައްލާރިދިނުން ރަނގަޅެއްނޫންހެން ހީވަނީ

  8. ބަޗަން

    އެކޮޔާ ނުފޮށޭތި އެއްވެސް ކައުޅަކު ދެން.