ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިހާރު ކުޅުއްވަމުން ގެންދަވަނީ އެމްޑީޕީއާ އިދިކޮޅު އޭޖެންޓެއްގެ ރޯލު ކަަމަށް އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެ އެވެ.

ވައްޑެ އެގޮތަށް ވިދާޅުވީ އޭނާ މިއަދު ކުރެއްްވި ޓުވީޓުތަކެއްގަ އެވެ.

ވައްޑެ ވިދާޅުވީ މި ދައުރު ނިމިގެންދާ އިރު ސަރުކާރުގެ ބޮޑެތި ސިޔާސީ މަގާމުތަކުގައި ތިބި މީހުން ޑިސިޕްލިން ނުކުރެވި، އެވެރީން ލައްވައި ސަރުކާރުގެ ސިޔާސަތު ނުހިންގުވި، ސަރުކާރު ތެރޭ އެތައް ސަރުކާރެއް ހިނގާން ދޫކޮށްލެވިފައިވާ ކަމަށެވެ.

އަދި ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ޒިންމާ އޮތް ރައްޔިތުން މަޖިލިސް "ރައީސުލްޖުމްހޫރިއްޔާގެ މަޖިލިހަކަށް" ހައްދަވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އަދި މަޖިލިސް ކޮމިޓީތައް ވެސް މިނިސްޓްރީތަކުގެ "ބިއުރޯތަކަކަށް" ހަދައި ނިމިއްޖެ ކަމަަށްވެސް ވައްޑެ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެއީ އެމްޑީޕީން ބަޔާންކުރަމުން އައި ހެޔޮވެރިކަމާ ދިމާ އިދިކޮޅު ކަމަށެވެ.

"އެމްޑީޕީ އުފެދުން މަގްސަދުތަކާ އެންމެ ދެކޮޅު ހެދި މީހުންތައް ގެނެސް އެންމެ އަރިހުގައި ބައިތިއްބަވައިގެން ރައީސް ސޯލިހު މިހާރު އެކުޅުއްވަނީ "އެމްޑީޕީއާ އިދިކޮޅު" މީހުންގެ އެޖެންޓެއްގެ ރޯލެވެ."، ވައްޑެ އިތުރަށް ވިދާޅުވެފައި ވެއެވެ.

ވައްޑެ އަކީ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއިދު ކުރައްވާ ބޭފުޅެކެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މަޖިލީހުގެ ފެކްޝަންގެ ބޭފުޅުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ އެވެ. ހާއްސަކޮށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ފަދަ ބޭފުޅުން ނަކީ އެމްޑީޕީއަށް އޮތް ބޮޑު މުސީބާތެއް ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބަށް އެމްޑީޕީން ނެރޭނެ ކެންޑިޑޭޓެއް ހޮވުމަށް ބޭއްވި ޕްރައިމަރީން ރައީސް ނަޝީދު ވަނީ ބަލިވެވަޑައިގެންފަ އެވެ. އަދި އޭގެ ފަހުން ވެސް ވައްޑެ ހުންނަވަމުން ގެންދަވަނީ ރައީސް ނަޝީދާ އެކުއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. މަލްދާ

    ވައްޑެ ސިޔާސީ ގޮތުން ބަލިކަށީ އެއްނު؟
    ގައުމުގެ ވެރިމީހާ މަޖިލިސްކުރާ ގެއަކީ އޭނަގެ ތަނަކަށް ހެދުމުން އޭގެ މާނައަކީ ވެރިމީހާ ގަދަކަން. ހަޖަމު ނުވަނީ ދެއްތޯ

    1
    1
  2. އަލީ

    ވައްޑެމެންގެ ލަދު ކޮބާ؟ ރ. ނަޝީދު އެމްޑީޕީއާ އިދިކޮޅަށް ފާޅުގަ މަސައްކަތް ކުރަމުންދާއިރު އެއްޗެއް ބުނަން ނުކެރުނުތާ އޭނާއަށް ފާޅުގަ ސަޕޯޓް ކުރުމަކީ ވައްޑެ ހޮވަން މަސައްކަތްކުރި މީހެއްގެ ހައިސިއްޔަތުން މިއަދު ލަދުގަނެ ދެރަވާކަމެއް.

    1
    2
  3. މުހައްމދު

    މީނައްކީ ކޮންތާކުން ނުކުމެގެން އުޅޭ ބްރާންޗެއް

    1
    2
  4. ޢިޔާބު

    ތިހާ ފޯރިއެއް ހުރިއްޔާ ނޯކޮންފިޑެންސަކަށް ދޭބަލަ. އަނގަ ނާރުވާ

  5. އައުޓް

    ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ޖީވަން ޝާހިދު ޖަލަށް ގަޅާލާ އެއީ ބޮޑު ވަގެކޭ ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ޖީވަން ޝާހިދު ޖަލަށް ގަޅާލާ އެއީ ބޮޑު ވަގެކޭ ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ޖީވަން ޝާހިދު ޖަލަށް ގަޅާލާ އެއީ ބޮޑު ވަގެކޭ ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ޖީވަން ޝާހިދު ޖަލަށް ގަޅާލާ އެއީ ބޮޑު ވަގެކޭ ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ޖީވަން ޝާހިދު ޖަލަށް ގަޅާލާ އެއީ ބޮޑު ވަގެކޭ ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ޖީވަން ޝާހިދު ޖަލަށް ގަޅާލާ އެއީ ބޮޑު ވަގެކޭ ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ޖީވަން ޝާހިދު ޖަލަށް ގަޅާލާ އެއީ ބޮޑު ވަގެކޭ ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ޖީވަން ޝާހިދު ޖަލަށް ގަޅާލާ އެއީ ބޮޑު ވަގެކޭ ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ޖީވަން ޝާހިދު ޖަލަށް ގަޅާލާ އެއީ ބޮޑު ވަގެކޭ ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ޖީވަން ޝާހިދު ޖަލަށް ގަޅާލާ އެއީ ބޮޑު ވަގެކޭ ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ޖީވަން ޝާހިދު ޖަލަށް ގަޅާލާ އެއީ ބޮޑު ވަގެކޭ

  6. ލާމު

    ވައްޑެމެންގެ ލޮލުގައި އެޅިފައި ތިޔަހަރަ އަނދުނެއްދޯ.

  7. ހަސަނު

    އަޅުގަނޑަށް ހީވަނީ ތިބޭފުޅުން ތިޔަ އުލުއްވަނީ މިހާރު މޮޔަފުޅުވެގެން ހެން މިހާރަކު ތި ފިކުރެއްގެ ދިރުން ހިފައިގެން ނުކުތަސްވެސް ތި ނުވިކޭނެ ބްރަދާރ

  8. އަބްދޫ

    ކޮންމެ މީހަކުވެސް އެމިހަކަށް ފެންނަ ވާހަކައެއް ބުނެލީމަ ނިމުނީ .މިހާރު މިހުރި ސާލިހަކީ އެމްޑިޕީ ގެ އިސްވެރިޔާ އެމްޑިޕީން ކެންޑިޑޭޓަކަށް ނެރެ އިންތިހާބު ކާމިޔާބުކުރި އެމްޑީޕީ ސަރުކާރުގެ ވެރިޔާ. ދިވެހި ގައުމުގަ މިއޮތީ ޕާޓީ ނިޒާމެއް .ވެރިޔަކީ ޕާޓީ ވެރި އެއް. ކުރީޒަމާނުގަ ނާސިރުގެ ވެރިކަން މައުމޫނުގެ ވެރިކަން ކިޔަކަސް މިހާރު ކިޔޭނީ އެމްޑީޕީ ވެރިކަން ޕީޕީއެމް ވެރިކަން ޖޭޕީ ވެރިކަން ، މިހާރަކު ނުކިޔޭނެ ނަސީދު ގެވެރިކަން ސާލިހްގެވެރިކަން ވަހީދުގެ ވެރިކަން ޔާމީނުގެ ވެރިކަން. މިހާރު މިއޮތީ އެމްޑިޕީ ގެވެރިކަން ޕާތީ އަށް ނިސްބަތްކުރެވެނީ ބަރުލަމާނީ ނޫނީ ރިޔާސީ ވީމައެއް ނޫން އިންޑިޔާގަ ބީޖޭޕީ ވެރިކަން ނުވަތަ ކޮންގްރެސް ވެރކަން އިގިރޭސި ވިލާތުގަ ލޭބަރ ޕަޓީ ވެރިކަން ނުވަތަ ކޮންޒަޓިވް ޕާޓީ ވެރިކަން އެމެތިކާގަ ރިޕަބްލިކަން ޕޮާޓީ ވެރިކަން ނުވަތަ ޑިމޮކްރަޓިކް ޕާޓީ ވެރިކަން . ރާއްޖޭ ގެ ރައްޔިތުންނަށް މި އެގެނީ ބޯދާ ޒަމާނުގެ ވެރިކަމުގެ ނިޒާމް ،ފުރަތަމަ އެމްޑީޕީ 2008 ގަ ވެރިކަމަށް އައީ ކޯލިސަނަކުން ،ކޯލިސަން ދަމަހައްޓަން އޭރު ވެރިކަންކުރި މީހާ އަކަށް ނެގުނު އެހެންވެ ދެން ޕިޕީ އެމް ވެރިކަމަށް އައީވެސް ކޮލިސަނަކުން ، އެކޮލިސަންދަމަހައްޓަން ޔާމީނަކަށް ނޭގުނު އެހެންވުމުން ދެންވެރިކަމަށް މިއައީ ސާލިހް .ސާލިހް މަސައކްތަ އެބަކުރޭ ކޯލިސަން ދަމަހައްތަން ،ޕަޓީގެ ވެރިކަން ދަމަހައްޓަން ސާހިލް ކުރާ މަސައްކަތަށް ނަސީދު ވަނީ ހުރަސްއަލަން ފަށާފަ. ފުރަތަމަ ބުނެފި ބޮޑުވަޒީރަކަށް ހަދާދެށޭ ،އެކަންނުވީމަ ބުނެފި ވެރިކަމުގެ ނިޒާމް ބަދަލުކޮށްދޭށޭ.މިހާވަރުނަ ޕާޓީ މެމްބަރުންނަށް އެގެން އެބަޖެހޭ ނަސީދަކީ އެއްވެސް ގޮތެއްފޮތެއް އަދަބެއް އިހުތިރާމެ އުޑެއްބުޑެއް ނުދަންނަ ޖާހިލަކުކަން.ދިވެހިގައުމާއި އެމްޑީޕީގެ ވެސް ހަލާހަކީ ތިޔަ ނަސިދު