ހީފައި ޖޯކު ޖަހާ ވަރުގެ ކަންކަން ބޮޑެތި ވަޒީރު ބޭފުޅުންނަށް އެނގިވަޑައިގަންނަވަން ޖެހޭނެ ކަމަށް އުނގޫފާރު ދާއިރަގެ މެމްބަރު މުހައްމަދް ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

ވައްޑެ މިފަދައިން ވިދާޅުވެ، ޓުވިޓެއް ކުރައްވާފައިވަނީ ރޭ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެމްޑީޕީގެ ރިޔާސީ ޓިކެޓު ހަވާލު ކުރުމަށް ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ދެއްކެވި ވާހަކަތަކާއި ގުޅިގެންނެވެ.

ޖަލްސާގައި މާރިޔާ ވިދާޅުވީ، މި ދޭތެރެއިން މީޑިއާތަކުގައި ކޮންމެ ރެއަކު އަވަށްޓެރި ގައުމުގެ މިލިޓިރީއާ ދިމާލަށް ވަރަށް ބަރާށް އެކި ގޮތްގޮތަށް ގޮންޖައްސަވައި ވާހަކަދެއްކެވި ބޭފުޅުންގެ ތެރޭގައި ވެސް ފައުޖުގެ ކުރީގައި ދިދަ ހިއްޕަވައިގެން ބޭފުޅަކު ހުންނެވި ކަމަށެވެ.

"ތުބުޅި ބާލައްވައިގެން އާއިލާއެކުގައި އެ ގައުމަށް ވަޑައިގެންނެވި. ވަޑައިގަންނަވައިގައި ދެން ފެނިގެން ދިޔައީ އަބުރާ ވަޑައިގެންތައް. ކެމެރާތައް ހުރީ އަޅުވާފައި. ވަޑައިގެން ވާހަފުޅުދައްކަވަމުން އަޅުގަނޑުމެންނަށް ފެނުނީ މޫނުގައި އަތް އަޅުއްވާ. އަޅުގަނޑަށް ހީވީ ކުޑަކޮށް ކީރިތި ކުރެއްވުނުހެން. ކޮންމެ އަކަށް ވިދާޅުވީ މުޅި އުމުރު ތިމަންނަ ހޭދަކުރީ ސިފައިންނާއި ފުލުހުންގެ ތެރޭގައި ކަމަށް. ދިދަ ހިއްޕަވައިގެން ކުރީގައި ޖަޑިބެއްހެން ހުންނަވާތަން ފެނޭ. ވަޑައިގެން ހޭދަކުރެއްވީ އިމިގްރޭޝަންގެ ފިނި ކޮޓަރިއެއްގައި. އެކަމު އަބުރާ ވަޑައިގެންނެވީ ކީރިތި ކުރައްވަމުން. މި ވަރު މީހުން ނިކުމެ އުޅެނީ." މާރިޔާ ވިދާޅުވިއެވެ.

މާރިޔާގެ އެވާހަކަތަކާއި ގުޅިގެން ވައްޑެ ވިދާޅުވީ، ހީފައި ޖޯކު ޖަހާ ވަރުގެ ކަންކަމާ، ސީރިޔަސްވާން ޖެހޭ ވަރުގެ ކަންކަން ވަކިކުރާން، ބޮޑެތި ވަޒީރު ބޭފުޅުންނަށް އެނގިވަޑައިގަންނަވަން ޖެހޭނެ ކަމަށެވެ.

މާރިޔާގެ އެ ވާހަކަތަކާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އެކަމަނާއަށް އަމާޒުވިއެވެ.

މިއާއެކު ފަހުން މާރިޔާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޒަރޫރީ ބޭނުންތަކަށް ދާން ޖެހޭ ގައުމުތަކަށް ހިތުހުރި އެއްޗިހި ނުގޮވުމަށް ބުނެބުނެ ތިއްބާ ހިތުހުރި އެއްޗެއް ގޮވާފައި ގޮސް އެ ގައުމަށް އެރީމަ އެތަނުން ފޮނުވުމުން، އެއީ ރޯން ޖެހޭ ރުއިން ފެނި އެގޮތަށް އިތުރު ރައްޔިތަކަށް ނުވުމަށްޓަކައި ވެސް އެ ވާހަކަދައްކަން ކެރެން ޖެހޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޖާނޭ

    ޑިފެންސް މިނިސްޓަރ އަށް އާޖުފާޖު ނޭގޭ. ތަންދޮެު ނުދަންނަ މޮޔަމީހެއް.Dިފެންސް މިނިސްޓަރ ކަމަށް ތަސައްރުފު ނުފުދޭ.

    20
  2. ކެނެރީ

    ވަގުތުން ވަގުތަށް ފިދަނަ މާރިޔާ އިސްތިއުފާ ދޭންޖެހޭ ، ދިވެހި ސިފައިންނަށް ވެސް ފުރައްސާރަކޮށް މަލާމާތް ކުރި މީހަކަށް ސޯލިބޭ ޑިފެންސް މިނިސްޓަރު ކަންދިނީ ސިފައިންގެ މޫނުމަތީ ޖެހި ވަރުގަދަ ތަފާލެއް

    15
  3. ލަދު

    ރައީސުންނާ މިނިސްޓަރުންނަކީ ކީއްކުރާ ބައެއްބާ، ގައުމަކަށް ބަލާއިރު އެއީ މުޅި ރައްޔިތުން ނަށް ހިދުމަތް ކުރަން ތިބޭބައެއް. ރައްޔިތުންނަށް ދިމާވާ ކަންކަމުގަ އެރައްޔިތު މީހާ ދިފާއު ކުރަން އެންމެ ކުރީސަފުގައި ތިބެއްޖެހޭނެ މީހުން. އެކަމަކު ކަންތައް މިހުންނަނީ ދިމާ އިދިކޮޅަށް. ދިފާއު ކުރުމުގެ ބަދަލުގައި އާޑަ ފުރައްސާރަނީ އަދި ނުވިތާކަށް ބޮޑެތި ޕޯޑިއަމް ތަކުގަ ރައީސްގެ ހާޒިރުގަ. އަދި މި މަލާމަތް ކުރީމަ ރައީސް މީހާ އަތްޖަހަނީ. މީ ކޮށްކަހަލަ ބައެއް މީ މިނިކާ ޖަނަވާރު ތަކަކަށްވުރެ ނުބައިބައެއް

    11
  4. ސަލާމް

    ދައުލަތެއްގެ ސިފަ ޖެހިފައިވާ ވެރިކަމެއްނޫން މިހާރު މިކުރަނީ ކީ.އަމިއްލަ ގޭގައި ކުރާކަހަލަ ވެރިކަމެއް. މީނައަކީ ދިވެހިރާއްޖޭގެ އެެއްކޮޅާ އިދިކޮޅުގެވެސް ޑިފެންސް މިނިސްޓަރ . މީނަ ހީކުރީ މިރާއްޖޭގައި ތިބީ ހުސްއެމްޑީޕީ މީހުންކަމަށްތަ؟ މީނާ ހުންނަނަްޖެހޭނީ އިދިކޮޅުމީހުންގެ ވެސް ޑިފެންސް މިނިސްޓަރަކަށް. އެހާވަރު ތަންދޮރު ނޭގޭ މީހަކު މިނިސްޓަރަކަށް ހުންނަކަށް މީނާ ކުފޫ ހަމަނުވޭ. މީނަ ގެންގުޅޭ އިންޑިޔާ އަކީ ދުނިޔޭގައިވާ އެއްމެ ބޮޑު ޑިމޮކްރަސީއަށްފައްކާވެފައިވާ ޤައުމު އެކަމަކު މިވީ ކިހިނެއް؟ނިކަމެތި މީހަކު ދިވެހިރާއްޖޭގެ މިނިވަންކަމުަށް އިންޑިޔާއިން އަރައިގެން އުޅޭތީ އަނގައި ބުނެލީ ބަހަކަށް ކުރިވަރުނިކަން ބަލާބަލަ. އޭގެ އިތުރަށް އިންޑިޔާމީހަކަށް ބަހެއްބުނީކީ ނޫން. އަތްވީއްލާ ޖެހީކީނޫން. އެމީހުންނަާދިމާކުރީކީނޫން. އެހެންނަމަތާ. މީނަ ސަމަދުބޭ އިންޑީޔާދިޔަތަނުން އިންޑިޔާ ސިފައިންނަށް ގުޅާ އެޖަރީމާ ހިންގީ. ދިވެއްސެއްގެ ހައިސިއްޔަތުން މާރިޔާ އިސްތިއުފާ.އިސްތިއުފާ.އިސްތިއުފާ.އިސްތިއުފާ.