ފަރުވާކުޑަވުމުގެ ސަބަބުން ނުވަތަ އަތުން ބީވެގެންދާ ކުޑަ ކުޑަ ކަމެއްގެ ސަބަބުން މީހެއްގެ ޙައްޤެއް ގެއްލިއްޖެނަމަ އެއީ މަޢާފު ކުރެވޭނެކަމެއް ނޫން ކަމަށް އުއްތަމަ ފަނޑިޔަރު އަހްމަދު މުއުތަސިމް އަދުނާން ވިދާޅުވެއްޖެއެވެ.

އުއްތަމަ ފަނޑިޔާރު މިހެން ވިދާޅުވީ ބާ ކައުންސިލުގެ ފަރާތުން ބޭއްވި، ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަދިނުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ ކޮންމެ ޤާނޫނީ ވަކީލެއްގެ ވެސް މަޤުޞަދަކަށް ވާންވާނީ ތިމާއާ ހަވާލު ކުރެވޭ މަސައްކަތު ގައި، ލިބުނު ޢިލްމާއި ތަމްރީނުގެ އަލީގައި ތެދުވެރިކަމާއި އަމާނާތްތެރިކަމާއި އިޚްލާޞްތެރިކަމާއެކު ޚިދުމަތް ފޯރުކޮށްދިނުމެވެ. "ވަކީލުކަމުގެ މަސައްކަތް ކުރައްވާއިރު އެންމެ ހިނދުކޮޅަކަށްވެސް ރޮ ނގުން ކައްސާލައިގެ ން ނުވާނެ. އަބަދުވެސް މަސައްކަތް ކުރައްވަން ވާ ނީ ކަމަށް ކަމޭ ހިތައިގެން. ފަރުވާކުޑަވުމުގެ ސަބަބުން ނުވަތަ އަތުން ބީވެގެންދާ ކުޑަ ކުޑަ ކަމެއްގެ ސަބަބުން މީހެއްގެ ޙައްޤެއް ގެއްލިއްޖެނަމަ އެއީ މަޢާ ފު ކުރެވޭނެކަމެއް ނޫން. އަދި އެކަންކަމާ މެދު އެމީހަކާ ސުވާލުކުރެވޭނެ ކަން އަބަދުވެސް ހަނދުމަފުޅު ބަހައްޓަވަންވާނެ." އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

އުއްތަމަ ފަނޑިޔަރު ވިދާޅުވީ އަލަށް ޤާނޫނީ ފަންނާ ގުޅިގެންދާއިރު ހަނދާނުގައި ބަހައްޓަންޖެހޭ ކަމަކީ، ބައެއް ފަހަރު ޢަމަލީ މައިދާނަށް ނިކުމެ ކާމިޔާބީ ޙާޞިލުކުރުމަށް ކޮންމެވެސް ވަރެއްގެ އިންތިޒާރެއް ކުރަން ޖެހިދާނެކަމެވެ. "އެއީ، އެކަމުގެ ޠަބީ ޢަތް. ނަމަވެސް މާޔޫސް ވުމެއްނެތި ހިއްމަތާއެކު މަސައްކަތުގައި ދެމިތިބު މަކީ ކަމުގެ ފަރުވާ. ހިއްވަރާއެކު ގަދައަޅައި މަސައްކަތްކުރުން. މިހެން ދިމާވެއްޖެ ޙާލަތެއްގައި، ހިލޭސާބަހަށް ތިމާގެ ޚިދުމަތް ފޯރުކޮށް ދެވިދާނެ ދިމާތަކަކީ ކޮބައިތޯ ބަލައި، އެއިން ދިމާލަކަށް މިސްރާބުޖަހައި، ޙައްޤު ހޯދުމަށް އަޑުއުފުލުމުގެ ޤާބިލުކަން ނެތް ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެ ވިދާނެ. ހިލޭ ސާބަހަށް މަސައްކަތް ކުރުމަށް ހުޅުވާ އެންމެ ދޮރަކުން އެމީހެއްގެ މުސްތަގުބަލަށް އިތުރު އެތައް ދޮރެއް ހުޅުވިގެން ހިނގައިދާނެ." އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ދައުލަތުގެ ގުޅުން ހުރި އިދާރާތަކުން އަދި ލޯ ފާމުތަކާއި ކުންފުނިތަކުންވެސް، އަލަށް ގުޅިވަޑައިގަތް ވަކީލުންނަށް ތަޖުރިބާ ހޯދުމުގެ ފުރުޞަތު ފަހިކޮށް ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ވިސްނާލުމަށް އެދެމޭ

    އެވަރު އެގޭނަމަ ނުހައްގު ހުކުމް ކުރަން ބިރުގަންނާނެ..ސަބަބުވެރި ފަޑިޔާރު ރޔާމީނުއަށް ހަރާން ހުކުމެކޮއްފަ އުމުރާވިޔަސް...

    13
    1
  2. Anonymous

    ހައްހައް

  3. އިސްޢާފް ސަލީމް

    ރައީސް ޔާމީނަށް ދީފައި އެވާ އަނިޔާއަކީ ސަރުކާރުން ނުޙައްޤުން އެމަނިކުފާނުގެ ޙައްޤަށް އަރައިގަނެ ޢަބުރެ ކަތިލައިލުމުގެ ނުބައި ޢަމަލެކެވެ. އެމަނިކުފާނަށް ރައްޔިތުން އަރުވާފައިވާ ރިޔާސީ ކެނޑިޑެންސީ ފޭރިގަތުމެކެވެ. މާތްﷲ ގެ ރަޙުމަތްފުޅާއެކު ދާދި އަވަހަށް ރައީސް ޔާމީނަށް އަނިޔާދިންމީހުންނާ މިދުވަސް ބައްދަލުކުރާނެއެވެ. އެދުވަހަކުން އަނިޔާއޭ އަލިފާނޯއޭ ނުގޮވައްޗެވެ.

  4. ޢަޒްރާ

    ހައްގުގެ ވާހަކަ ބާއްވަންވީ ތަޅުލާފަ އެމްޑީޕީ ކޮނޑުގަ ޑިމޮކްރަސީ އަތުގަ ފެހި ގާނޫނު މެޖޯރިޓީ ރައްޔިތުންގެ މަޖިލިސް ޖީބުގަ ކރަޕްޝަނާއި ފަސާދަ ދެން ކީކޭ ބާ މކިޔަނީ އުއްތަމަ ފަނޑިޔާރުވެސް ލާދީނިއްޔަތަށް އެއްބާރުލުން ދެނި ކަމެއް ރަނގަޅު ކުރުމުގެ ނިޔަތެއް ނެތް

  5. Anonymous

    އެންމެ ގިނަ މައިންނާއި ދަރިންނާއި ފިރިންގެ ހައްގުތައް ގެއްލުވާލާފައިވަނީ މުއްތޮ ގާޒީއެވެ. އޭނާއަކީ ފުރާޅަށް ބަލަހައްޓައިގެން ދެބަންދިހާރަވެފައި އިނދެ ސަރިއަތްކުރާ ކަނޑުކޮސް ގާޒީއެކެވެ. މަގުމަތީގައި ވެސް އުޅެނީ ސޭކުފާޑަކަށެވެ. ކޯޓުތަކުގެ ގާޒީންގެ ތެރޭގައި ސޭކުން އުޅުނަސް މަނިކުފާނުމެންނަށް ހަމަ އޯކޭއެވެ.

  6. ހުސޭނުބޭ

    ރޯ ނުބައިކޮށް އެ ބުނީ. ރަގަޅު ގޮތަކީ މަގޭ މަޤާމު ގެއްލިއްޖެނަމަ އެކަން ހިތުން ފޮހެއެއްނުލެވޭނެ. ވީމާ މަތީ ފަރާތުގެ އޯޑަރަށް ސަރީއަތް ނިންމާނީ.

    7
    1
  7. އަބްދޫ

    ކީރިތި ގުރްއާނުގެ ަލްމާއިދާ ސޫރަތުގައިވާ ވައްކަމުގެ ހައްދަށް އޮޅުން އަރުވާފަ ގާނޫނުއަސަސީގެ 109 ވަނަ މާއްދާގެ އޮތް އިސްލާމްދީނުގަ ހައްދުކަނޑައެޅިފައިވާ ކުށެއް ކަމުގައިވާ ވައްކަން ކުރިކަން ސަރީއަތަށް ސާބިތުވެ ހުކުމް ތަންފީޒު ކުރެވިފައިވާ ގ. ކެނެރިގެ މުހަންމަދު ނަސީދު ރިސާސީ އިންތިހާބުގަ ވާދަކުރެވެގޮތްހެދުމަކީ ދިވެހި އެތައްރައޔިތުންގެ ހައގުތަކާއި 4 ކެންޑިޑޭތުންގެ ހައްގަށްވެސް ދިފައިވާ ބޮޑުގެއްލުމެއް . އިސްލާމީސަރީއަތް ކީރިތި ގުރްއަނައި ރަސުލާގެ ސުންނަތާއި ދަންނަ ބެކަލުންގެ އިޖްމައާއި ގިޔާސް ގެ މައްޗަށް ބިނާ ވެފައިވާ އިރު ކީރިތި ގުރްއާނުގަޔާއި ރަސޫލާގެ ސުންނަތުގަ ވާރިދު ވެފާ ނެތް ކަންކަމަށް މެނުވީ ދަންނަ ބޭކަލުންގެ އިޖްމައާއި ގިޔާސް ނުކުރެވޭނެތީ ރަސޫލާ ސުވަރުގެ ވަޑައިގަންނަވާ ފަހުން އިސްލާމީ ހައްދަކަށް އެއްވެސް ބަދަލެއް ގެނެވިދާނެބާ؟ ވައކަމުގެ ހައްދުން ތައުޒީރު އައިސްފަވަނީ މުސްލިމުންގެ ދެވަނަ ހަލިީފަާ އުމަރުގެ ފާނުގެ ހަލީފާކަމުގަ އައި ތަދުމަޑުކަމެއްގެތެރޭ ވައްކަމުގެ ހައްދު ސާބިތުވި ބަޔަކު ވައލކަންކުރީ ދިރިހުރުމަށް ބަނޑުފުރާނަ މުއްތިކުރުމަށް އެހެންއެއވެސް ގޮތެއްނެތިގެންކަން ސާބިތުވި ފަރާތްތަކަށް ތައުޒީރީ އަދަބު ދަންނަބޭކަލުންގެ އިޖްމާއުން ކަނޑައެޅުމަކީ ވައްކަމުގެ ހައްދު ދެބަޔަކަށް ބެހިގެންވުންބާ؟ދަންނަބޭކަލުން އިޖްމާއު ނަންގަވާފައިވަނީ ކީރިތި ގުރްއަނުގައިވާ ﷲ ގެ ވަހީ ގަ އޮތް ދެކޮޅުވެރިކަމަކާއި ނުލާ މަޖްބޫރުވެގެން މިފަދަ ކުށަކަށް އަރައިގަނެވޭ މިހާއަށް އަފޫކުރައްވާނެ ކަމަށް އޮތް އޮތުމުގެ މައްޗަށް ބިނާކޮށް، ވައްކަންކުރެވުނު ކާއެތިކޮޅަކީ މަޖްބޫރު ވެގެން އެހެން އެއްވެސް ގޮތެއްނެތިގެން ކަން ސާބިތު ވެއްޖެނަމަޔާއި ތިމާގެ ހައްގު އޭގެތެރޭ ހިމެނޭ މުދަލަކުން ކުރެވޭ ވައްކަމުގަ ހައްދު ގާއިމް ނުކުރަން އިސްލާމީ ދަންނަބޭކަލުން ނިންމަވަފައިވޭ.އެގޮތަށް އަމަލުކުރައވާފައިވެސްވޭ. ގ.ކެނެރިގެ މުހަންމަދުނަސީދު އެ ނެންގެވި އާސާރީ ތަކެތި ގެންގޮސްފަވަނީ ވެލަާނަާގޭ ގަ ހުރި ތަކެތި ބައިބަޔަށް އަޅާ އެތަކެތި ނީލަން ކީފަހުން މީހަކު އެތަކެތި ނީލަމުން ނަގާފަ ވަނިކޮށް. އެތަނުގެތެރޭ ނީލަމުން ނެގިތަކެތި ތަނުން ބޭރު ކުރަމުންދަނިކޮށް މި ނަސީދު އެތަނަށް ވަދެ މި އާސާރީ ތަކެތި އެއްވެސބަޔަކަށް ނޭގި ސިއްރުން ގެންދިއުމުން އަދި އެތަކެތި ގެންދިޔަކަމަށް ސަރިއަތުގަ އިއުތިރާފް ވުމާއި އެތަކެތި އޭނަގެ އަތުގަ އޭނަގެ ގެގަ ހުއްޓާ ތަހުގިގި އިދާރާއިން ހޯދާފިވުމުން އިސްލާމްދީނުގަ ހައްދު ކަނޑައެޅިފައިވާ ވައްކަން އޭނާގެ މައްޗަށް ސާބިތު ނުވޭބާ؟ ވައކަން ސާބިތު ވުމަކީ އަޅުގަނޑު ވައްކަން ކުރީމޭ ބުނުމެއްނޫން. ވެިފަރާތަށް ނުވަތަ ބަލަހައްތާފަރާތަށް ސިއްރުން ގެންދިއުމަށް އިއުތިރާފް ވުމަކީވެސް ވައްކަން ސާބިތުވުންނޫންބާ؟އަޅުގަނޑު އެތަކެތި ގެންދިޔައީ ވައްކަން ކުރުމުގެ ނިޔަތުގަ އެއް ނުނޭ ބުނެފިނަމަ ވައކަން ސާބިތު ނުވެދާނެބާ؟ އެހެނީ ސަރީއަތަކީ ތިމާގެ އަމަލުތަކާއި ތިމާގެ އިއުތިރާފުގެ މައްޗަށް ކަނޑައެޅޭ ނިޔާއަކަށް ވުމުން އެ ސަރުތު ފުރިހަމަވަނަމަވެސް ކުށްސާބިތު ވާނެކަންކަށަވަރު.ސްޕްރީމްކޯޓުން އެ މައްސަލަ ބެލި ލިއުމުގައިވަނީ އެތަންބަލަހައްތަން ތިބި މީހުންގެކުރިމަތީގަ އެތަކެތި ގެންދިއުމަކީ ހައްދު ސާބިތުވާ ކުށެއްނޫންކަމުގަ. ސްޕްރިމްކޯޓްގެ މި ވާހަކަތަކަށް ބަލާއިރު މާލޭގެ މަގުމަތީގަޔާއި ބާޒާރު މަތީ ހުންނަ އެހެން މީހުންގެތަކެތި ގެންދިއުމަކީ ވައްކަމެއްނޫންކަމަށް ދޭހަވޭ. އަދި ނަސީދު ކެންޑިޑޭޓަކަށް އިލެކްސަނުން ނިންމާފައިވާ ސްޕްރީމްކޯޓްގެ ހުކުމަށް ބަލާއިރު ކްރިމިނަލްކޯޓުން ކޮށްފައިވާ ވައްކަމުގެ ހުކުމް ބާތިލް ކޮށްފާނުވޭ.އަދި ހުކުމްގައިވާގޮތުން ކެންޑިޑޭޓެއްކަމަށް ކަނޑައަޅާ އިލެކްސަނުން ނިންމިޔަސް ކެންޑޭޓްއަކު ނޫންކަމަށް އިލެކްސަނުން ނިންމިޔަސް ސްޕްރީމްކޯޓް ގެ ހުކުމާ ދިމާވާގޮތަށް ކޮށްފާ އޮތް ހުކުމެއްކަން ސްޕްރިމްކޯޓްގެ ހުކުމު ބެލުމުންދޭހަވޭ.އަދި ސްޕްރީމްކޯޓްގެ ހުކުމަކީ ކިރިތި ގުރްއާނުގެ އަޔަތެއް މަންސުހު ކުރުމުގެ ބާރު ލިބިފައި ނުވާ އަދި ގާނޫނުއަސަސީގެ މާއްދާއެއްވެސް ހުއްޓުވުމުގެ ބާރު ލިބިފައިވާ ފަރާތަކަށް ނުވޭ. މިހެންވުމުން 6 ފަހަރު ރައީސްކަންކުރެއްވި މއ. ކިނބިގަސްދޮށުގެ މައުމޫނު އަބދުލް ގައްޔޫމާއި އިސްލާމްދިނުގަ ހައްދުކަނޑައެޅިފައިވާ ކުށެއްކުރިކަން ސަރީއަތަށް ސާބިތުވެފައިވާ ގ.ކެނެރިގެ މުހަނމަދު ނަސީދު 2008 ގެރިޔާސީ އިންތިހާބުގަ ވާދަކުރުމުގެ ފުރުސަތު ދިނުމުގެ ސަބަބުން އިއާދަ ނުކުރެވޭވަރުގެ ގެއްލުންލިބިފައިވާ އަނެއް 4 ކެންޑިޑޭޓުންނަށް ބަދަލު ލިބެން ނުޖެހޭބާ ؟