2001 ވަނަ އަހަރު ވިޔަފާރިވެރިންގެ ޖަމިއްޔާގެ ތެރޭގައި މަރާލައިފައި އޮއްވާ ފެނުނު އަޒްލީނާ ނަފީސްގެ ގާތިލް އަބްދުﷲ ޒުހެއިރު މަރުވެފައި އޮއްވާ މިއަދު ފެނިއްޖެ އެވެ.

ކ.ދިއްފުށީގައި މިހާރު ދިރިއުޅެމުން ގެންދާ ޒުހެއިރު ފެނުނީ އެ ރަށުގެ އަތިރިމަތީގައި ޖޯއްޔެއްގައި އޮއްވަ އެވެ. އޭނާގެ މަރުގެ ރިޕޯޓް ލިބުމާއި ގުޅިގެން ފުލުހުންގެ ޓީމެއް މިހާރު ވަނީ އެރަށަށް ގޮސްފައެވެ.

މަރުވިއިރު ޒުހެއިރުގެ އުމުރަކީ 48 އަހަރެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ ދިއްފުށީ އުތުރު ފަރާތު ބީޗްގައި ހުރި ޖޯއްޔެއްގައި ޚަބަރު ހުސްވެފައި އޮތް މީހަކު ފެނިގެން އެރަށު ހެލްތު ސެންޓަރަށް ގެންގޮސްފައިވާ ކަމަށް މިއަދު 12:20 ކަންހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

ހެލްތު ސެންޓަރަށް އޭނާ ގެންދިޔަ އިރުވެސް ވަނީ މަރުވެފައި ކަމަށް ފުލުހުންނަށް މައުލޫމާތު ލިބިފައިވާ ކަމަށާއި މިކަމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ގއ.މާމެންދޫ ޖަވާހިރުމާގޭ އަޒްލީނާ ނަފީސް މަރާލި ހާދިސާ އަކީ އޭރު އެތައް ދިވެހިންނެއް ބިރުން ފިއްކަނޑައިގެން ދިޔަ ހާދިސާ އެކެވެ. ގަސްދުގައި މީހުން މެރުން އޭރު އިންތިހާއަށް މަދު މިދިވެހިރާއްޖޭގައި ޒުވާން އަންހެނަކު މަރާލުމަށްފަހު އޭނާ މަސައްކަތް ކުރަމުން ދިޔަ އޮފީހުގެ ފާހާނާތެރޭގައި އޮތުން އެއީ އޭރަށް ބަލާއިރު ވަރަށް އާދަޔާއި ހިލާފު ކަމެކެވެ. އަޒްލީނާ މަރާލީ 2001 ވަނަ އަހަރުގެ އޭޕްރީލް 05 ވަނަ ދުވަހު އެވެ.

އޭނާގެ ގާތިލު ޒުހައިރު އަކީ ހދ.ކުޅުދުއްފުއްޓަށް ނިސްބައިވާ މީހެކެވެ. އޭނާގެ މައްޗަށް 25 އަހަރުގެ ޖަލު ހުކުމެއް އިއްވި ނަމަވެސް ޕެރޯލްގެ ދަށުން 2013 ވަނަ އަހަރުގެ އޮކްޓޯބަރ މަހު އޭނާ ވަނީ މިނިވަން ވެފައެވެ.

އަޒްލީނާގެ މަރުގެ މައްސަލައިގައި އިތުރު ދެމީހެއްގެ މައްޗަށް ވެސް ޖަލު ހުކުމް އައެވެ. ނަމަވެސް އެމީހުންގެ މައްޗަށް ހުކުމް އައީ އަޒްލީނާ މަރާލުމުގައި ބައިވެރިވެގެންނެއް ނޫނެވެ. އެމީހުންނަކީ ޒުހެއިރު އަށް ބައެއް ކަންތައްތަކުގައި އެހީތެރިވި ބައެކެވެ. އެމީހުން ވެސް މިހާރު ވަނީ މިނިވަން ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ހަސަނު

    ޙދ ކުޅުދުއްފުށީ މީހެއްތަ މީ؟؟

    13
    1
  2. 22

    މިވީ 22 އަހަރު މެރި މެދުރުންތައް މަދުވީސް ތިމީހާއަށް އެކަށީގެންވާ އަދަބު އޭރު ދިން ނަމަ

    54
  3. ޅޮހި

    މިގައުމުގަ މާރާމާރީތަކާއި ގަތުލު ތައް ގިނަ ކުރި ބަޔަކީ އެމްޑީޕީ. މިހާރު ކުރީގަ އޮތް އަމާން ދުވަސްވަރު މަތިން ވަރަށް ހަނދާންވޭ

    54
    9
  4. މޫސާފުޅުބެ

    ޕެރޯލްގެ ދަށުން މީހުން މަރާ މީހުނަށް ލުއިގޮތްތައް ހަމަޖައްސައިދިނުމަކީ، އެންމެން އަތްޖަހަން ޖެހޭކަމެއްތާދޯ؟

    48
    3
  5. އަލީ

    އާމީން

    12
    2
  6. ހެއްހެ

    ރެސްޓް އިން ޕީސް

    3
    18
  7. އޭނާ

    މީސްތަކުންގެ ނިމުން ދެނެވޮޑިގެން ވަނީ މާތް ކަލާންގެ އަހަރުނަށް އެނާ އައް ބަދުބަސް ބުނުމުގެ ހައްގެއް ނެތް
    ޖަންނަތުގައި ލައްވާށި

    31
    7
  8. ނާނި

    ޙައްޤު އަދަބު ދެއްވާ ފަރާތުން ދެއްވީ،

    21
  9. ކޭ

    ދުނިޔޭގައި އިންސާފު ނުލިބުނަސް އިންސާފު ލިބޭނެ ދުވަހެއްވޭ ކުޑަ އަދަބެއްގައި ދުނީޔޭގައި އުޅެވިދާނެ. ޒިޔާދާ މަރާލި އޭނަގެ ފިރިމީހާވެސް މަރުވީ ތިކަހަލަ ގޮތަކަށް.

    37
  10. ޓޮމް

    ’’މީނާ މަރައިލި ކުށެއްނެތް ފުރާނައަށް، ހަމަގައިމުވެސް ﷲ ގެ ދަރުބާރުގައި ޙައްޤު އިންސާފު ލިބިދެވޭނެ. الحمدلله“

    49
  11. ޙުސެންބެ

    ޚުޅުދުއްފުއއޓަކީ އެހާވެސް މީހުން ނުޅަފާ ރަށެއްކަން. ޥަރައްގިނަބސޔަކުބުނޭ!!!!!!!!

    15
    14
    • ޙގ

      ބޮޑުރަށަކާ ބަލާއިރު ނިސްބަތުން ކުށްމަދު ރަށެއް ކުޅުދުއްފުއްޓަކީ. ތަފާސް ހިސާބު ބަލާލާ.

      22
      6
      • ކަލޯ

        ކުޅުދުއްފުށި ބޮޑު ރަށަކަށްވީ ކޮންއިރަކު؟ ތިޔަކީތީ ތި ރަށު މީހުން އެކަނި ދަންނަ ކަމެއް

        4
        4
        • ޣ

          އޯކޭ. ރާއްޖޭގެއުތުރުން އެންމެ އާބާދީ ބޮޑީ ކުޅުދުއްފުށީގައި. ބިމުގެ ގޮތުން ވެސް ރާއްޖޭގެ ގިނަ ރަށްރަށަށް ވުރެ ބޮޑުވާނެ. ގަބޫލު ކުރުމާ ނުކުރުން އެއީ ތިބޭފުޅާގެ ކަމެއް.

          2
          1
      • މުބީނު މާރނީ

        ކުޅުދުއްފުށީ މީހުން އޭރުގެ ހެލްތު މިނިސްޓަރު އަޙްމަދު ޢަބްދުއްﷲ ހިފާއްޓަ-ބަހައްޓާފަ ގަޔަށް އެތައްފަހަރަކު ސިނގިރޭޓް ވެސް ނިއްވި. ތިޔަ ރަށުން އުފެދުނު މޮޅު ކަމަށް ކިޔާ ދެ ޑޮކްޓަރުންނަކީ ވެސް ވަރަށް ނުބައި ދެ މީހުން. އެކަކު ބުނި ރާއްޖެ ގެނބުމުގެ ކުރިން ރާއްޖޭ އެންމެން މަރުވާނެޔޭ ވެސް.

    • ކަމަނަ

      ކުޅުދުއްފުށި މީހުން ނުލަފާ ވާހަކައެއް ނޫން ދައްކަނީ ޖެހިލުން ކުޑަ ކެރޭ ބައެއްކަމުގެ ވާހަކަ ދައްކަނީ

      5
      5
  12. ގއ.މާމެންދޫ

    ޙަޤީޤީ ތަޙުޤީޤު ފެށުނީ..

    13