މާލެ އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ނިމާލްގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ދައުލަތަށް ނުވަތަ ރައްޔިތުންނަށް ފައިދާއެއް އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރުމުގެ ދައުވާ ކޮށްފިއެވެ. އެދައުވާ ނިމާލްގެ މައްޗަށް ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު 28 ގައި ކަމަށް ޕީޖީ އިން މިއަދު ވިދާޅުވިއެވެ. ނަމަވެސް ދައުވާ ކުރިކަން ޕީޖީ އޮފީހުން މިއިއުލާން ކުރީ ރައްޔިތުން މަޖިލީހުގެ ގުރައިދޫ ދާއިރާގެ އިންތިހާބު އަންނަ އޭޕްރީލް މަހު ބާއްވާނެކަން އިއުލާން ކުރިތާ ދެދުވަސް ފަހުންނެވެ.

ނިމާލް އަކީ އިދިކޮޅު ޕީޕީއެމް ސެނެޓްގެ މެންބަރެކެވެ. ރައްޔިތުން މަޖިލީހުގެ މެންބަރު ކަމަށް ނިމާލް ކުރިމަތިލުމުގެ ފުރުސަތު އެބައޮތް ކަމަށް ޕީޕީއެމްގެ ބައެއް ސަޕޯޓަރުން ބުނެއެވެ.

ނިމާލްގެ މައްޗަށް ދައުވާ އުފުލީ ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މަގާމުގައި އޭނާ ހުރިއިރު އަމިއްލަ ކުންފުނިތަކާ ދެމެދު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތާ އެއްގޮތަށް ތަކެތި ފޯރުކޮށް ނުދެވުނުނު ނަމަވެސް ލިކްއިޑޭޓެޑް ޑެމޭޖަސްގެ ގޮތުގައި 2.54 މިލިއަން ރުފިޔާ އުނިނުކޮށް، އެ ކުންފުނިތަކަށް ފައިސާ ދިނުމުންނެވެ.

ފެނަކައިގެ ފައިނޭންސް ޑިވިޝަންގެ ޑިރެކްޓަރު ދަފްތަރު ނަންބަރު 13520، މިންހާޖު ވަހީދުގެ މައްޗަށް ވެސް އެ މައްސަލައިގެ ދައުވާ އުފުލި އެވެ.

ޕީޖީ އޮފީހުން ބުނީ ފެނަކައިގެ ޕްރޮކިއުމަންޓް ޕޮލިސީގައި އަދި ނިއުމެޓިކް ޕްރައިވެޓް ކުންފުންޏާއި ޕްލާންކްޓަން އިންވެސްޓްމަންޓް ކުންފުންޏާ ދެމެދު މުދާ ގަތުމަށް ވެފައިވާ އެއްބަސްވުންތަކުގައި ވެސް މުއްދަތަށް މުދާ ފޯރުކޮށްނުދެވިއްޖެ ނަމަ ލަސްވި ދުވަސްތަކަށް ލިކުއިޑޭޓެޑް ޑެމޭޖަސް އުނިކުރަން ވާނެ ކަމަށް ބުނެފައި އޮންނަ ކަމަށެވެ.

ނަމަވެސް އެ ދެ ކުންފުންޏާ ދެމެދު ފެނަކައިން ކޮށްފައިވާ މުއާމަލާތްތަކެއްގައި އެއްބަސްވި މުއްދަތުގައި ދައުލަތަށް މުދާ ލިބިފައި ނުވާއިރު، އޭގެ ބަދަލުގައި ދައުލަތަށް ލިބެންޖެހޭ ލިކުއިޑޭޓް ޑެމޭޖަސް ދައުލަތަށް ލިބިފައިނުވަނީ ނޮވެމްބަރު 2013 އިން ސެޕްޓެމްބަރު 2016 އާ ހަމައަށް ފެނަކައިގެ އެމްޑީގެ މަގާމުގައި ހުންނެވި ނިމާލް އަދި މިންހާޖުގެ ސަބަބުން ކަމަށް ބުންޏެވެ.

މިމައްސަލައިގައި ނިމާލް އާއި މިންހާޖުގެ މައްޗަށް ދައުވާ އުފުލި ނަމަވެސް މައްސަލައިގެ ޝަރީއަތް ފަށާނެ ދުވަހެއް އަދި ނޭނގެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ނާސިރު

    ހާދަފިނޑި ސަރުކާރެކޭމީ ކިތައްމެ ވަރެއްކުރިޔަސް ތާއީދެއް މިހާރަކުނެތް މިސަރުކާރު ދެހާސް ތޭރައިގަ ބަދަލުވާނެކަންޔަޤީން

    12
    2
  2. ޖުލައި

    މިބާވަތުގެ ދަޢުވާތައް އެމްޑީޕީ ސަރުކާރުގެ އިސްފަރާތްތަކަށް އުފުލެން ފަށައިފިނަމަ ސަލާމަތް ވާނެ ހަމަ އެކަކުވެސް ނުހުންނާނެ.

    11
    1
    • ޖާނޫ

      ހާދަ ބިރުގަތީ. ގުރައިދޫ ދާއިރާގެ ގޮނޑި އެމް.ޑީ.ޕީއަށް ލާހިކެއްނޫން ނަގާކަށް. މިފަވަރު ކުޅިދައްކާލާނަ.ން.

  3. Anonymous

    އިބުރާހިމް މުހައްމަދު ސާލިހުގެ ނުބައިނުލަފާކަން މިފެނިގެންދަނީ އަދި މި ސަރުކާރުގައި އިސްކޮށްތިބި ފަރާތްތަކުގެ ނުބައިނުލަފާކަން މި ފެނިގެންދަނީ!އެއްވެސް މީހެއްގެ މިނވަންކަމެއްނެތް! ކޮންމެ ކުލައެއްގެ ކޮންމެ ސިފައެއްގެމީހަކަށްވެސް މިނވަމްކަން އޮންނަނަްޖެހޭ! އެމީހަކީ ކުށެއްކޮށްފައިހުރި މީހެއްނަމަވެސް އިންސާފު އަންނަންވާނީ އޭނައަށް އެންމެ ދަތިވާ ވަގުތަކުނޫން!ކުށެއްކޮށްފައޮތިއްޔާ އަވަހަށް ފިޔަވަޅު އަލަންވީ ލަސްނުކޮށް ތަފާތުކުރުމެއްނެތި!ސަރީއަތް ކުރަން ފޮނުވަންޖެހޭނީ އިންސާފު ގާއިމުކުރަން! ތިމާ ގެ މަންފާ އަކަށްނޫން! ދެވަނަ ދައުރެއްދޭންޖެހޭ އެއްވެސް ސަބަބެއްނެތް!

  4. ރިޔާސަތު

    މިއީ ނުހިގާ ކަމެއް ނޫން، މައްސަލަ އަކީ ސަރުކާރުން މިކަމަށް ފިޔަވަޅު އެޅޭލެއް ލަސްކަން. އެކަމުގެ ސަބަބުން މިއީ ސިޔަސީ ދައުވާކަމަށް ގަބޫލް ކުރަން ފަސޭހަވެގެންދޭ. އެހެނަސް މިއީ ދުވާލުގެ އަލިކަން ފަދައިން ހިނގިކަމެއް. މިކަމުގަ މީނައަށް އެބްމެ ބޮޑަށް އެހީވީ ކުރީގެ ޕޮލިސް ކޮމިޝަނަރ ނަވާޒު.

    1
    1
  5. ޒޯޒޯ

    ރ.ޔާމީނު ވެރިކަމުގައި ދައުލަތުގެ ކުންފުންޏަކުން ކޭ ފައިސާ ތައް އޯކޭ ދޯ!!! ސަރުބަތު ޕާރޓީއަށް މިހާރު ނުކެވޭތީ، ނޭވާ ހޮޅިއަށް އެޅިގެން ރައްޔިތުން ގުނބޯ ހައްދަން ދުވިއަސް ވައްކަމެއް ކޮށްފިއްޔާ އެ ވާނީ ހަމަ ވައްކަމަކަށް.........ތި ދައުވާ އެއް އުފުލަށް މާ ލަސްވެސް ވެއްޖެ.

  6. ޙަަަހަ

    ދެން ހަމަ އެމްޑޕ ރަނގަޅޭ ބުނާކުދިން ބުނާނެދޯ މީ އިއްތިފާގެކޭ ، އަޖައިބެއްނު ، މީ ހަމަ އަނިޔާވެރިކަން

  7. ޗޯރު

    މިވިސްނާލަނީ ޗޯރުގެ ވެރިކަން ނިމިގެން ޗޯރަށްވާނެގޮތަކާމެދު