ކުރީގެ ރައީސް އަބްދުﷲ ޔާމީން 11 އަހަރަށް ޖަލަށް ލާން ކޮށްފައިވާ ހުކުމް އެމަނިކުފާނުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރަން ހުށަހެޅިތާ މިއަދަށް 15 ދުވަސް ވެގެން ދިޔައިރު އަދިވެސް ކޯޓުން އެއްވެސް ޖަވާބެއް ނުދޭކަމަށް ޕީޕީއެމް އިން ބުނެފިއެވެ.
ޔާމީންގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރީ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހު އެވެ.
ޕީޕީއެމްގެ އިސް ބޭފުޅުން ގެންދަވަނީ މިދިޔަ ހޯމަ ދުވަހުން ފެށިގެން ކޮންމެ ދުވަހަކު ހައިކޯޓަށް ވަޑައިގެން ޔާމީންގެ މައްސަލައިގައި ކޯޓުގެ ޖަވާބެއް ލިބޭތޯ މަސައްކަތް ކުރަމުންނެވެ. ނަމަވެސް އަދިވެސް ކޯޓުން އެއްވެސް ޖަވާބެއް ނުދޭކަމަށް މިއަދު ވެސް ޕީޕީއެމް އިން ބުންޏެވެ.
އިސްތިއުނާފަށް ހުށަހަޅާ މައްސަލަތަކުގައި ހައިކޯޓުން ނިންމާ ގޮތެއް ސަރުކާރު ބަންދު ނޫން 14 ދުވަސް ތެރޭގައި މައްސަލަ ހުށަހެޅި ފަރާތައް އަންގަން ޖެހެއެވެ. ޕީޕީއެމް އިން ބުނާ ގޮތުގައި ޔާމީންގެ މައްސަލަ އަކީ ގައުމުގެ މަސްލަހަތާއި ގުޅިފައި އޮތް މައްސަލައަކަށް ވުމުން އެމައްސަލަ އާއި މެދު ގޮތެއް ނިންމަން 14 ދުވަހު މަޑުނުކޮށް ވީއެންމެ އަވަހަކަށް އެމައްސަލަ އާއިމެދު ގޮތެއް ނިންމަން ޖެހެއެވެ.
ޔާމީނަށް 11 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ ވ. އާރަށުގެ މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ދައުވާ އާއި، ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ ސާބިތުވުމުންނެވެ.
ހައިކޯޓުގައި މިހާރު ތިއްބެވި ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު އަލްއުސްތާޛު ޙުސައިން ޝަހީދު އާއި ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ފައިސަލް ފިޔަވައި ދެން ތިއްބެވި ހުރިހާ ފަނޑިޔާރުންނަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވި ބޭފުޅުންނެވެ.
އިބުރާހީމް އައްވެސް މިދުވަސް އައުމައް އެދި ﷲ ގެ ހަޒްރަތުގަ ދުވާކުރަން އަެރައް އެނގޭނެ ވާގޮތް ގޮތްކުޑަ ޗޯރޭ
ވަރަށް އަނިޔާވެރިކޮށް މިގެންދަނީ!! ކޯޓްތައް ސިޔާސީ ވެގެންނުވާނެ!! ކޯޓްތަކުގައި ތިބޭ ފަނޑިޔާރުން އިންސާފުން އެއްކިބާވެގެންނުވާނެ!! ކޮންމެ ފަރުދަކުވެސް ޙައްގު ހޯދަން ކޯޓަށް ދިޔައީމަ ކޯޓުންޖެހޭ އެކަމެއް ވީޖާވެސް އިންސާފުވެރިކަމާއެކު ބަލާ ގޮތް ނިންމަން!! ވަރަށް ބޮޑަށް ހައްދުފަހަނައަޅާގޮސްގެން މިއުޅެނީ!! ޙައްގުއަރާ ކޮންމެ މީހަކާވެސް އަރާ ހަމަކުރާނެ!! ކޮންމެވެސް އެއްދުވަހަކުން ކޮންމެވެސް އެއްގޮތަކަށް!! އިލާހީ ޙުކުމް ދުވަހަކުވެސް ބާޠިލެއްނުވާނެ!!
ހީވާކަހަލަ އަބަދު ވެރިކަމުގަ ތިބެވޭނެއޭ. މިހާ ވިސްނުމެއް ނެތް ވެރިއަކު ހީއެއް ނުވޭ ރާއްޖޭގަ މިހާތަނަށް ވެރިކަން ކުރިހެނެއް. ނޫނީ ހަމަ އިއްޑިއާގެ ނުފޫޒުގެ ސަބަބުއް އިތުރު ގޮތެއް ނެތީބާ. އިއްޑިއާ އައުޓް. ސޯލިހު އައުޓް
ޑރ އިޔާޒު ބުނާނެ ކޯޓަށް ވައްދާ މައްސަލައެއް ކޯޓުގެ ދޮރުގައި ތާށިވެފައި އޮތުމަކީ އެކަން ބައްލަވާ ފަނޑިޔާރަށް ޕްރޮމޯޝަން ނުދޭންވީ ސަބަބެއް ނޫނޭ!
ގޮތްކުޑައީ ޗޯރޭ އެއް ނޫން، ގޮތްކުޑައީ ކޯޓް
ހިސާނުގެ އަމުރަށް ފަޑިޔާރުގެ ހިސާރުކޮއްގެންތިބި ފަޑިޔާރުން ﷲވޮޑިގެންވާކަން ހަދާންނެތީ...
ވެރިކަމެއް ދެއްވަނީﷲ އެވެރިކަން އަނބުރާގެދަވާނީވެސްﷲ. ކިތަންމެވަރަކަށް ބަގުޑިބެއްދިޔަސް ވަގުތުޖެހުމާއެކު ވެރިކަން އަނބުރާގެންދަވާނެ. މުޅިގައުމާދިވެހި ދައުލަތާ ވެސް ކޮށްލަން ބޭނުން ސުވާލަކީ ވެރިކަން ކުރާ ކޮންމެ ރައީސް އެއްގެ ބޮލުގަ ވައްކަމުގެ އިލްޒާމް އަޅުވާ ޖަލައް ލުމަކީ ދިވެހިރާއްޖޭގެ ސަގާފަތަކަށް ހަދަންބޭނުންވަނީތޯ ؟؟؟. އެހެންވިއްޔާ ރައްޔިތުން ވޯޓުދީ އިންތިހާބުކާމިޔާބު ވާއިރައް ލަސްނުކޮށް 5އަހަރައް ޖަލައްލާންވީނޫންތޯ. ހިތްފުރެންދެން ޖަލައް ލެވުނީމަ އެކުޅިހުއްޓާލާނީ.
މަގޭ މައްސަލަ އިސްތިއުނާފް ކުރަންވެސް ޖަމަލޭމެން ދޮޅުއަހަރު ނެގި . އެހެންވީމާ ކޯޓުން ބަލައިގަންނަން ހަމަ އެހާދުވަސް ނެގުން އެއީ މައްސަލައަކަށްވަނީ ކީއްވެތޯ؟