ކ. ހިންމަފުށި ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮންޕެމީ (އެމްޓީސީސީ) އަށް ހަވާލުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު އާދަމް އާޒިމްއެވެ.

މި މަޝްރޫއުގެ ދަށުން ރަށުގެ ދެކުނު ފަރާތުން ގިރަމުންދާ ސަރަހައްދުގައި 160 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުމާއި 53 މީޓަރުގައި ބޮޑު ހިލައިގެ ގްރޮއިން ޖެހުމާއި 127 މީޓަރުގެ ބޮޑުހިކައިން ބޭރުތޮށި ލުމުފެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ސަރުކާރުން އެމްޓީސީސީއާއި ހަވާލުކުރި މި މަޝްރޫއުގެ އަގަކީ 11،807،280.36 ރުފިޔާ އެވެ. މި މަސައްކަތް 180 ދުވަހުގެ ތެރޭގައި ނިންމަން ޖެހެއެވެ.