އަންނަ އަޟްހާ އީދުގެ މުނާސަބަތުގައި އައްޑޫ ސިޓީ މަރަދޫގައި ކުލަގަދަކޮށް އީދު ހަރަކާތްތައް ކުރިއަށްގެންދިޔުމަށް ނިންމައިފިއެވެ.

މިފަހަރު މަރަދޫގައި އީދު ފާހަގަކުރުމަށް ނިންމާފައި ވަނީ ރަބީޢުލް ޤުލޫބް ފައުންޑޭޝަން އާއި ނޫރުލް އިސްލާމް ގުޅިގެންނެވެ.

ރަބީޤުލް ޤޫލޫބް ފައުންޑޭޝަންގެ ސެކެރެޓަރީ ޖެނެރަލް ހުސާމް ހުސައިން ވިދާޅުވީ، މިފަހަރުގެ އަޟްހާ އީދު މަރަދޫގައި ތަފާތު ގޮތަކަށް ކުރިއަށްގެންދިޔުމަށް ނިންމާފައިވާކަމަށެވެ. އެގޮތުން އީދުގެ އެންމެ ފުރަތަމަ ދުވަހު ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުން އޮންނާނެކަމަށް ހުސާމް ވިދާޅުވިއެވެ.

ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުން އޮންނާނި މަރަދޫ ޕާކުގައެވެ. އަދި އީދު ނަމާދަށްފަހު އީދު ސައި އެ ސަރަހައްދުގައި ކުރިއަށްދާނެއެވެ.

އަދި އެ ދުވަހުގެ ހެނދުނު 9:30ގައި ތަދްރީސުލް ގުރުއާން އާއި ހިފްސު ކުލާސްތަކުގެ ކުދިންގެ މެދުގައި ބައިސްކަލް ބުރެއް ބާއްވާނެކަމަށް ހުސާމް ވިދާޅުވިއެެވެ.

މި ހަރަކާތް ފަށާނީ ތަދްރީސުލް ގުރުއާން ކްލާސް ކުރިމަތިންނެވެ.

"މި ބައިސްކަލް ބުރުގައި ކުދިން ދާނީ ތަކްބީރު ކިޔަމުން. އީދު ތަކްބީރު ކިޔަން ޖެހެނީ ހަމައެކަނި މިސްކިތުގައި ނޫންކަމުން، އެއީ މަގުތަކުގައި އައި ބާޒާރުމަތީގައި އާއި ސަވާރިތަކުގެ މަތީގައިވެސް ކުރަން އޮތް ކަމެއް". ހުސާމް ވިދާޅުވިއެވެ.

މި ހަރަކާތައް ފަހު އެ ދުވަހު ހަވީރު ރަބީޤުލް ޤޫލޫބް ފައުންޑޭޝަންގެ ދަށުން ހިންގާ ތަދްރީސުލް ގުރުއާން އާއި ހިފްސު ކުލާސްތަކުގެ ދަރިވެރުންގެ ހަދިޔާ ބަދަލު ކުރުން ކުރިއަށްދާނެއެވެ.

އަދި 22 އޮގަސްޓް ވަނަ ދުވަހުގެ ހަވީރު މަރަދޫ ޕާކުގައި ކުޑަކުދިންގެ ހަވީރެއްވެސް ކުރިއަށްދާނެއެވެ. މި ހަވީރުގައި ސިފައިންނާއި ފުލުހުންވެސް ބައިވެރިވާނެއެވެ.

އަދި 23 އާއި 24 ވަނަ ދުވަހު ތަދްރީސުލް ގުރުއާން އާއި ހިފްސު ކުލާސްތަކުގެ ކުދިންގެ ފުޓް ބޯޅަ މުބާރާތާއި އަންހެން ކުދިންގެ ނެޓް ބޯޅަ މުބާރާތައި ފައިގެ ތަޅާ އަދި ރިލޭވެސް ކުރިއަށްދާނެއެވެ.

އެ ޖަމިއްޔާއިން ބުނީ އީދުގެ ހަރަކާތްތައް ކުރިއަށް ގެންދަނީ ވަރަށް ގިނަ ބައެއްގެ އެހީތެރިކަމާއި އެއްބާރުލުމާއެކުގައި ކަމަށާއި، އެ ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު