ކަންބަޅި ކަތިލާ އުސޫލުން ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ޖުމުހޫރީ ޕާޓީ (ޖޭޕީ) ގެ ބޭފުޅުން ވަކި ކުރެއްވުމުގެ ކުރިން މަގާމުތަކުން އިސްތިއުފާ ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެންނެވީ ޖޭޕީގެ އިތުރުން އަދާލަތު ޕާޓީ އާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އުފެއްދެވި އެމްއާރުއެމްގެ އެހީއާ އެކުގައި ކޯލިޝަނަކުންނެވެ. މި ސަރުކާރުގައި ތިއްބެވި ވަޒީރުންގެ ތެރެއިން ތިން ވަޒީރުންނަކީ ޖޭޕީގެ ސްލޮޓްގައި ތިއްބެވި ވަޒީރުންނެވެ.

އޭގެ ތެރޭގައި ގާސިމްގެ އަނބިކަނބަލުން، ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އާއި ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަނާއި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ހިމެނިވަޑައިގަންނަވައެވެ. ޖޭޕީން ވަކިން ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމުމާ ގުޅިގެން ޖޭޕީގައި ހުންނެވި ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު ރޭ ވަނީ ޕާޓީން އިސްތިއުފާ ދެއްވައިފައެވެ.

މި ބޭފުޅުންގެ އިތުރުން ސްޓޭޓް މިނިސްޓަރުންނާއި މިނިސްޓަރުގެ ނައިބުންގެ އިތުރުން ސަރުކާރުގެ އެކިއެކި މަގާމުތަކުގައި ޖޭޕީގެ އެކިއެކި ބޭފުޅުން ތިއްބަވައެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ރާއީ ވިދާޅުވީ މިއަދުން މިއަދަށް ޖޭޕީގެ ސްލޮޓްތަކުގައި ތިއްބެވި ހުރިހާ ބޭފުޅުން އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ. އަދި އިސްތިއުފާ ނުދެއްވައިފި ނަމަ، ވަކި ކުރައްވާނެ ކަމުގެ އިންޒާރު ވެސް އޭނާ ދެއްވިއެވެ.

"މި ހުރިހާ ދުވަހު ސަރުކާރުން ބޮޑު ޕޯޝަނެއް ޖޭޕީއަށް ދީގެން މި ތިބެނީ މިތާ ތިބި މެމްބަރުން އެކަމާ ދެކޮޅަށް އެއްޗެކޭ ނުބުނެ. މިއަދު ރައީސް އަށް ދޯކާދީފައި އެގޮތަކަށް އެކަމެއް ނުކުރެވޭނެ. އަޅުގަނޑުމެން އެކަން ކުރިއަކަށް ނުދޭނަން." ރާއީ ވިދާޅުވިއެވެ.

ލަދު ހަޔާތެއް ހުރިނަމަ ޖޭޕީ ސްލޮޓްތަކުގައި ތިބި މިނިސްޓަރުންނާއި މަގާމުތަކުގައި ތިއްބެތި ބޭފުޅުން އިސްތިއުފާ ދިނުމަށް ރާއީ ތަކުރާރުކޮށް ވިދާޅުވިއެވެ. އަދި ރައީސް ސޯލިހްގެ ސަރުކާރަށް ވަފާތެރި ނޫނިއްޔާ އެ ބަޔަކު ޖެހޭނީ ބޭރުކުރަން ކަމަށާއި އެކަން ސަރުކާރުން ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއީ ވިދާޅުވީ މިއަދު ދޯކާ ދޭ ފާޑަށް ޖޭޕީއިން ނިކުމެ ކުއްލިއަކަށް ފާޅުވެފައި ތިމަންނަ ވެރިކަން ކުރާނަމޭ ބުނި ކަމުގައި ވީނަމަވެސް އެ މަގަކުން އެކަން ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އެ މަގުން ކަންކަން ކުރިއަށް ގެންދިއުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އެހެންވީމަ ވަރަށް ލަދު ހަޔާތް ކުޑަކޮށް ފަހަރަކު މީހަކު މިތަނަށް ގެނެސް ކަންބަޅި ކަތިލާ އުސޫލުން ވަކި ކުރުމުގެ ކުރިން އިސްތިއުފާ ދޭށޭ މި ބުނަނީ . ލީޑަރު ކައިރީގައި މި ބުނަނީ އިސްތިއުފާ ދޭން ބުނާށޭ." ރާއީ ވިދަޅުވިއެވެ.

ރާއީ ވިދާޅުވީ ސަރުކާރުން ޖޭޕީއާއެކު ހަދާފައިވާ ކޯލިޝަން ވަނީ ރެއާ ހަމައަށް ނިމިފައި ކަމަށެވެ. އެހެންކަމުން މިހާރު ޖޭޕީގެ ފަރާތްތައް ތިބި މަގާމުތަކުން ވަކިކޮށް ސަރުކާރަށް ވަފާތެރި މީހުން ލާންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. ރައީސް ސޯލިހް ދެވަނަ ދައުރަކަށް ގެންނަވާނީ އެ މަގުން ކަމަށް ވިދާޅުވިއެވެ.

ރައީސް ސޯލިހް ބަލި ނުކުރެވޭނެ ކަމަށާއި 2023 ވަނަ އަހަރު ދެވަނަ ދައުރަކަށް ރައީސް ހުވާ ކުރައްވާނެ ކަމަށް ވެސް ރާއީ ވިދާޅުވިއެވެ. އެ ހިސާބުން ރާއްޖޭގެ ތާރީހުން ދުށް ކިންގް މޭކާގެ ހިސްޓްރީ ނިމިގެންދާނެ ކަމަށް ރާއީ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

29 ކޮމެންޓް

  1. ؛؛

    އަވަސް ކުރެ

    7
    10
  2. ކަޅުމަންޖެ

    ހައްހައްހާ މީ ކޮންތާކު ބީތާ އެއް 5 އަހަރުގެ ދައުރެއް ގެ ކޯލިޝަން އެއްބަސް ވުމެއް އޮތީ ޖޭޕީ އިން ރިޔާސީ އިންތިޚާބަށް ކުރިމަތި ލާން ބުނުމަކީ އަދި ކިންބަޅި ކަތި ލަން ޖެހޭ ސަބަބެއް ނޫން . އިރާދަ ކުރެއްވިއްޔާ ރާއީ ތިގެންގުޅޭ ބޮޱު ކަންބަޅި ބަނޑު ވަތަށް ވެއްޓޭ ތަން ބަލަން މިހުރީ. ވެރި ކަމާހެދި ބޫތު ކެވިގެން ރާއީ ތި އުޅެނީ ހޭފުބަލިވެގެން!

    68
    3
  3. އެކްސް

    މީހުން ކަތިލާ ވާހަކަ އެއީ ޓެރަރިޒަމްގެ އަމަލެއް ނޫންބާ...

    44
    • ތަގު އެމްޕި

      ސޯލިހު ފެކުސަން މީހުން ކިތަންމެ ބޮޑު ކުށެއްކުރިއަސް ކުއްވެރިއެއް ނުވާނެ.

      މީހުން މަރާ ކަތިލަން ގޮވަން އެކެރެނީ އެހެންވެ. ސޯލިހާ އޭނާގެ އައުވާނުން ބޭނުންވަނީ މިގޮތަށް ބިރު ދައްކާގެން ވެރިކަމުގައި ތިބެން. އެހެން މީހަކު ވެރިކަމަށް ކުރިމަތިލާތީ މަރަން ކަތިލަން އެގޮވަނީ.

      މިސޮރުމެންގެ އަހުލާގެއް ނެތް ހަމަ ސީދާ ތަގުން.

      15
      • Anonymous

        ބަލަ އިބޫ އަށް ދެވަނަ ދައުރެއްދޭން ޖެހޭތަ،؟ 2018 ގެކޯލީޝަން ސަރުކާރު ހެދީވެސް އެގޮތަށް ތޯ ؟ ސަރުކާރު ނިމެންދެކަށް މދައުރު ނިމެން ދެކަށް ކޯލީޝަން ސަރުކާރުގެ ސިޔާސީ މީހުނާއި އެކު ސަރުކާރު އޮންނާނެ ! ރިޔާސީ ކެޑިޑޭޓުން ވާދަކުރުމުގެ ފުރުސަތު ކޮންމެ ސިޔާސީ ޕާޓީ އަކަށް ލިބިގެންވޭ !

  4. ޤައުމިއްޔަތު

    ޑޮމޮކޮރޮސޯ މިނިވަންކަމާ ހަމަ ހަމަ ކަމާ އިންސާފޫގެ ތިލަފަތުގައި ރިހަ ކެކެކެމުން ދަނީ. ހެ ހެ ހެ އަމިއްލައެދުމެ މިމީހުންގެ ހަމަނެތީ.

    18
  5. ފެކުޓް

    ކަތިލަން ގޮވުމަކީ ޓެރަރިޒަމްގެ އަމަލެއް. މައްސަލަ ބަލާ!

    34
    1
  6. ޖޯކާ

    "އެހެންވީމަ ވަރަށް ލަދު ހަޔާތް ކުޑަކޮށް ފަހަރަކު މީހަކު މިތަނަށް ގެނެސް ކަންބަޅި ކަތިލާ އުސޫލުން ވަކި ކުރުމުގެ ކުރިން އިސްތިއުފާ ދޭށޭ މި ބުނަނީ ."

    ރާއި ކަލޭ މައިތިރިވެލާ. ތިހެން އިންޒާރުދީގެން އަދި ކަންކަމެއް ނުވާނެ. މާ ގައްޑާ ވާން ނޫޅޭ. އެހެންނޫނަސް ތިޔަކީ ދެން ދުވަހަކު މަޖުލިހުގެ ފައިފުހިވެސް ފެންނާނެ މީހެއް ނޫން ކަލޯ

    20
  7. ސަޟަލް

    މި ސަރުކާރަކީ މިހާރު ހުސް ކަރުދާސް ފޮއްޓެއް ކަހަލަ އެއްޗެއްކަން ގަބޫލުނުކުރެވޭ ބަޔަކު ތިބިއްޔާ އަޑުއައްސަވާށެވެ. ޖޭޕީއިން ރިޔާސީ އިންތިޚާބަށް ނިކުތުމަށްނިންމުމާއިއެކު އެމްޑީޕީ ކޯލިޝަނުން މަދުވެގެން 28000 ވޯޓު ގެއްލިއްޖެއެވެ. އަދި ދިރުމެއްގެފެށުން ގޮފީގެ ސަބަބުން ސޯލިހުއަށް 24000 ވޯޓު ގެއްލިއްޖެ އެވެ. އެމްއާރްއެމްގެ އަދަދަކީ ކިރިޔާ 3000 ކަމަށް ވާއިރު ސޯލިހުއަށް ގާތްގަޑަކަށް އޮތީ އަދާލަތާއި އެކު 30000 ވަރަކަށް ވޯޓެވެ. ދެން ކިހިނެތްތޯ ކޯލިޝަން ޕާޓްނާރއެއް ނެތި ސޯލިހު އިންތިޚާބު ކާމިޔާބު ކުރާނީ.؟ވީމާ ކުރިއަށް އޮތީ އެމްޑީޕީގެ ވެރިކަމެއް ނޫންކަމުގައި ބަލައިގެންވާހަކަ ދެއްކުން ބުއްދިވެރިއެވެ.

    21
    • ސުލޭ

      ވަރަށް ރަނގަޅު އަނދާޒާއެއް. ހުރިހާ އެމްޑީޕީ މަޖިލީސް މެމްބަރުންވެސް މިކަމަށް ރިއާއަތްކުރުން ބުއްދިވެރިވާނެ ދެން އަންނަ ދައުރަކަށް ކުރިމަތިލުމުގެ ވިސްނުން ހުރިކަމުގައިވާނަަމަ. ރާޅާއި ދެކޮޅަށް މާކަނޑުގައި ފަތާނީ މޮޔައިން.

  8. އަހްމަދު

    މިހާރު މަކުނުދޫދާއިރާގަ މިހިރީހަމަ މަކުނެއްބާ ގަމާރުވިއަސް މީބޮޑުވަރު މިމީހުންނަކައްނޭނގޭބާ ކޯލިޝަންހަދާފައޮތީ 2023 ވަނައަހަރު ނޮވެމްބަރު18އާ ހަމައަށްކަން މިކަހަލަ ކޮހުންލައިގެން އިބްރާހިމާއެކު ކޯލިޝަން ހަދާނީވެސް ސަންޝިޔާމުކަހަލަ ނަގޫފިތިފަތިބިމީހުން

    20
  9. އެލެކްސް

    މީނާގެ ބަސްމަގު ހާދަ އަނިޔާވެރިޔޭ ދޯ؟ މީ އިމުރާނު ސީރިޔާއަށް ފޮނުވަން ތައްޔާރު ކުރި މީހެއްތަ؟ ނިރުބަވެރި މީހެއްގެ ސިފަ ހާދަ ބޮޑޭ.

    25
  10. ސދސަ

    ކަލޭ މާދަން ހުންނާނެ ކޮޅެއް ކަލެއަށްވެސް ނޭނގޭ ހާލު އަނގަ ނުގެޅުއްވުން އެދެން.

    8
    1
  11. އަޝްރަފު

    މީ މާގަދަ މީހެއް. މީނަޔަށް ކިތަށް ޕްރޮޖެކްޓް ދީގެން އުޅެނީ އަނެއްކާ؟

  12. ކޮމެންޓްކުރާމީހާ

    ސަރުކާރަށް ތާއީދުނުކުރާ މީހަކު ރާއީ އެބުނި ވާހަކަ ހާއްސަކޮށް ލައިވްއެއްގައި ބުނިކަމަށް ވާނަމަ އެމީހަކަށް ޓެރަރިޒަމްގެ ދައުވާ ކުރާނެކަމަށް ޤަބޫލުކުރެވޭ.

  13. އަޝްރަފު

    ސޯލިހުގެ ސަރުކާރުގެ ނެތް ގާބިލު އެކަކުވެސް، މި ގައުމަށް ބޭރުގެ އެއްވެސް އިންވެސްޓްމެންޓެއް ނުގެނެވުނު. ދެން ގައުމުގެ ރައްޔިތުންނެއް ނުތިބޭނެ ވަކި ސޯލިހު ވެގެން ބަޔަކަށް މުސާރަ ދޭން ކޮންމެހެން އަތްޖަހާކަށް، ރައްޔިތުނަށް ކީތްތަ ތިޔަ އެދުމާޢިގެން ތިބި މެމްބަރުންނަށް އެއްޗެއް ލިބުނިއްޔާ ނޫނީ ނުލިބުނިއްޔާ؟

  14. ދާއިރަ

    ކުމުންދު މީހުންނަށް ލިބިފަ ތިހިރޭ ތަގެއް. ތިޔަ މީހާ ކުރަނީ ކޮން ޒާތެއްގެ އަނދިރި ވިޔަފާރިއެއްކަން ރަށު މީހުން ދަނޭ

  15. ހައިޝަމް

    ހައްދުފަހަނަ އަޅާފަ ތިބި ބަޔެއްގެ ވިސްނުން ހުންނަ ގޮތް.. ބަހުރުވައިން ވެސް މަގާމަށް ފިޓު ނުން ގޮލައެއް

  16. ރަފޫ

    އިބޫ އެދަނީ ބޮޑުތަނުން ބަލިވާން އެކަން އެބަޖެހޭ ގަބޫލް ކުރަން

    • ހާނިމް

      ބީތާވާނީ މިވަރަށް. އިބޫ ފަހަތަށް އަރާ ކަމަށް ދެއްކިގެން ކެނެރީ ގޭނަޝީދުގެ ރޭވުމަށް ޕާޓީ ތެރޭ ހައިޖާނު އުފައްދަން ވާހަކަވާހަކަ އޮލަކުރުން މީނާގެ މަގްސަދަކީ. މިކަން އިގޭނެ ރައްޔިތުން މަޖްލިސްއަށް އިމްރާންގެ ނޯކޮންފިޑެންސް ލާއިރަށް އިބޫ އެއްއަތުގައި ހިފެހެއްޓިއަސް ހަތަރެސް ފިއްތާގެން ވިޔަސް ބޭރުކުރަން ވޯޓް ނުދޭނެ ގޮތަކީ ނެތްގޮތެއް

  17. ބުއްޅަބޭ

    އެންމެ ފުރަތަމަ ޤުރުބާން ކުރަންވީ ރާއީ އޭ ނަންގަނެވުނު ކަންބަޅި!

  18. ހަންޑިކުޑަ

    މަނިކުފާނަށް ރައްޔިތުން ނުކުމެ މިފަހަރު ކަންބަޅި ކަތިލާ ބޮޑު މަންޒަރު ފެންނާނެކަމަށް އުއްމީދުކަރަނމު!

  19. ައަހްމަދު

    އެމްޑީޕީގެ އަސްލު ސޫރަ ފެންނަން އެއުޅެނީ. ހިއްވަރު ކުރޭ1ޖޭޕީގެ އެއްވެސް މީހަކު ސަރުކާރުން އިސްތިއުފާދޭކަށް ނުޖެހޭނެ.ސަނީފް އެއުޅެނި ބޮލަށް މނ އަރާގެން. ދެންލަލަލާ.މިކޮމެންޓް ޖަހާލަދޭތި....................

    6
    2
  20. އަހްމަދު

    މަޖްލީސް މެންބަރުންނަށް މީހުން ކަތިލުމިގެ ހުއްދަލިބުނީ ކޮންދުވަހަކު! މީ މާގަޓްވެގެން އުޅޭ ގޭންގުސްޓާރެއް!

  21. ޒީރޯ ޓޮލަރަންސް

    ގަދަބަސް ބުނަން މީނަމީ ކޮންތާކުން އައިސްހުރި މީހެއްބާ؟ މިމީހުނަށް އޮތީ ކޮންމޮޅެއް.

  22. Hahaha

    ކައެ އޮވެބަލަ ގޭގަ ރޯން. ހެހެ

  23. ހަސަން ހުސެއިން

    ހައްހައްހާ ހެއްވާކަމެއް ހާދަބިރެކޭ ދޯ މި އިބްރާހީމް ފެކްޝަންއިން މި ގަންނަނީ މި ދެން ކިހާބޮޑު އުނދަގުލެއް މީނަނޫނީ ރައީސްކަމަށް ކުރިމަތިލުމަކީ ދިވެހިރާއްޖޭގެ ޤާނޫނުމަނާކުރާކަމަކީތަ ޔާމީން ޢަބްދުލް ޤައްޔޫމް ކުރިމަތިލާވާހަކަ ޕީޕީއެމް އިން އިން ހަމަ ބުނާއިރަށް އެފަކީރު ޖަލަށް ޤަސިމް ރައީސް ކަމަށް ވާދަކުރައްވާވާހަކަ ހަމަ އިޢުލާން ކުރައްވާއިރަށް ކަންބަޅިބަކަރިއަކަށްވެ ކަތިލަންވީ ޖަލަށްކަންނޭންގެ ގާސިމްވެސް ލާނީ ރަޢީސްކަމަށް މޮޔަވެފަހުންނަމީހަކު ހަޔާތުގަވެސް ނުދެކެން މމިހާރުވެސް މުޅިޤައުމު އިނދަޖައްސާލައިފި ޤައުމު ހިންގަން އެނގެނީކީވެސް ނޫން

  24. އަހަންމަދުު

    މިކަހަލަ ގަބުޅިއަކަށް މަޖިލިހަށް ގެނައުމަށް ދާއިރާގެ ރައްޔިތުން ވޯޓު ނުދެއްވާތި. ވިސްނާލަށްވާ. އެއްވެސް ވޯޓަކީ ތިމާ ހިތްއެދޭހާ މީހަކަށް ދިނުމުގެ ހައްގު ތިމާއަށް ލިބިގެންވާ އެއްޗެއް ނޫން. ވޯޓު ދޭންވީގޮތްވެސް އިސްލާމް ދީނުގަ ވަނީ އަންގަވާފަ ﷲ އަށް ބިރުވެތިވޭ. މިކަމުގަވެސް ވަކި ޕާޓީއަކުން
    ނޫނީ ވަކި މީހަކު ބުނެދޭނެ އެއްޗެށް ނޯންނާނެ. ަ ާ

  25. ައަންހެންމަންޖެ

    ވެރިކަމުން ދުރުކުރަންޏާ ރުޅިގަދަވާނެ އެއީ މައްސަލައެއްނޫން