ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލިހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމަށް އޮތް ގޮތަކީ ފަހަތަށް ޖެހިވަޑައިގެން ރިޔާސީ އިންތިހާބުގައި މި ސަރުކާރާ އެކީގައި ދެމިހުންނެވުން ކަމަށް މަޖިލިހުގެ މަކުނުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެއެވެ.

އަންނަ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބުގައި ކޯލިޝަން ހެދުމަށް ރައީސް، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް ވަނީ މި ސަރުކާރުގައި ހިމެނޭ ކޯލިޝަން ޕާޓީތަކަށް ދައުވަތު ދީފައެވެ. މިހާތަނަށް އައިއިރު، އެކަމަށް އިޖާބަ ދިނީ އަދާލަތު ޕާޓީ އެކަންޏެވެ.

ޖޭޕީން ވަނީ ރައީސްގެ ދައުވަތު ގަބޫލު ނުކޮށް، އެ ޕާޓީން ވަކިން ރިޔާސީ އިންތިހާބުގައި ވާދަ ކުރަން ނިންމައިފައެވެ. އަދި އެ ޕާޓީގެ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ އިރު، މާދަމާ ޕްރައިމަރީގައި ވާދަ ކުރުމުގެ ފުރުސަތު ހަމަވާނެއެވެ. ސަރުކާރު ކޯލިޝަންގައި އޮތް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރުއެމް އިން ރިޔާސީ އިންތިހާބުގައި އަމަލު ކުރާނެ ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.

ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ރާއީ ވިދާޅުވީ ޕްރައިމަރީގައި ގާސިމް ވާދަކުރައްވަން ނިންމަވައި ޕާޓީ އަށް ހުށަހަޅުއްވާ ހިސާބުން ޖޭޕީގެ ސްލޮޓްތަކުގައި ތިއްބެވި ބައެއް ވަޒީރުންނާއި ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން އިސްތިއުފާ ދެއްވަން އުޅުއްވާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި އެބޭފުޅުން ދެން މަސައްކަތް ކުރައްވާނީ ސަރުކާރާއެކުގައި ކަމަށް ވިދާޅުވިއެވެ.

ޖޭޕީގެ ސްލޮޓްތަކުގައި ސަރުކާރުގެ އެކިއެކި މަގާމުތަކުގައި ގިނަ ބޭފުޅުންތަކެއް ތިބި ކަން އޭނާ ފާހަގަކުރެއްވިއެވެ. އެބޭފުޅުންގެ ކުރިމަގަށް ވިސްނަން ޖެހޭ ކަމަށް ވެސް ރާއީ ވިދާޅުވިއެވެ. މި ހުރިހާ ދުވަހު، އެމްޑީޕީގެ މެމްބަރުން ވާހަކަ ދެއްކެވީ ގާސިމްގެ ދިފާއުގައި ކަމަށް ރާއީ ވިދާޅުވިއެވެ.

އަދި ކެންޑިޑެސީ ހުށަނާޅުއްވައި ސަރުކާރާ އެކީގައި ގާސިމް ވަޑައިގަތީމަ، ގާސިމްގެ ދިފާއުގައި އެމްޑީޕީގެ މެމްބަރުން ވާހަކަ ދެއްކެވުމުގައި ދެމިތިއްބަވާނެ ކަމަށް ވެސް ރާއީ ވިދާޅުވިއެވެ. މަޖިލިހުގައި ޖޭޕީގެ ތިއްބެވީ އެންމެ ދެ މެމްބަރުން ކަމަށާއި އެ ބޭފުޅުން ގާސިމްގެ ދިފާއުގައި އެއްޗެއް ވިދާޅު ނުވާ ކަމަށް ރާއީ ވިދާޅުވިއެވެ.

ރާއީ ފާހަގަ ކުރެއްވި ދެ މެމްބަރުންނަކީ އިސްދޫ ދާއިރާގެ މެމްބަރު އަލީ ހަމީދާއި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިންނެވެ.

"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި (ގާސިމް) ފަހަތަށް ޖެހިލާފައި ރީތި ގޮތުގައި މި ސަރުކާރާ އެކީގައި ގޮސް މި އިންތިހާބު ކާމިޔާބު ކުރުން މާ ރަނގަޅު ވާނެ" ރާއީ ވިދާޅުވިއެވެ.

ރާއީ ވިދާޅުވި ގޮތުގައި ޖޭޕީއާ ނުލާ ވެސް ރިޔާސީ އިންތިހާބު އެމްޑީޕީ އަށް ކާމިޔާބު ކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީން ކަން އެބައޮތެވެ. އެކަމަކު، އުނދަގޫތަކެއް ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އުނދަގޫތަކެއް ހުއްޓަސް، އަޅުގަނޑުމެން މި ދަނީ އެކަންތައްތައް ކުރަން،" ރާއީ ވިދާޅުވިއެވެ.

ރާއީ ވިދާޅުވީ ސަރުކާރު ހިންގުމުގެ ތެރޭގައި ކަންތައްތައް ދަނީ މުޅިން ފަސޭހަކޮށެއް ވެސް ނޫނެވެ.

މީގެކުރިން މަޖިލިހުގައި ބޭއްވި ޖަލްސާއެއްގައި ރާއީ ވިދާޅުވީ "ކަންބަޅި ކަތިލާ އުސޫލުން" ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވަކި ކުރެއްވުމުގެ ކުރިން މަގާމުތަކުން އިސްތިއުފާ ދެއްވުމަށް ގޮވާލައްވައިފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެންނެވީ ޖޭޕީގެ އިތުރުން އަދާލަތު ޕާޓީ އާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އުފެއްދެވި އެމްއާރުއެމްގެ އެހީއާ އެކުގައި ކޯލިޝަނަކުންނެވެ. މި ސަރުކާރުގައި ތިއްބެވި ވަޒީރުންގެ ތެރެއިން ތިން ވަޒީރުންނަކީ ޖޭޕީގެ ސްލޮޓްގައި ތިއްބެވި ވަޒީރުންނެވެ.

ކަންބަޅި ކަތިލާ އުސޫލުން ވަކިކުރުމުގެ ކުރިން ޖޭޕީގެ ބޭފުޅުން އިސްތިއުފާ ދެއްވާ: ރާއީ

އޭގެ ތެރޭގައި ގާސިމްގެ އަނބިކަނބަލުން، ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އާއި ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަނާއި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ހިމެނިވަޑައިގަންނަވައެވެ. ޖޭޕީން ވަކިން ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމުމާ ގުޅިގެން ޖޭޕީގައި ހުންނެވި ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު ވަނީ ޕާޓީން އިސްތިއުފާ ދެއްވައިފައެވެ.

މި ބޭފުޅުންގެ އިތުރުން ސްޓޭޓް މިނިސްޓަރުންނާއި މިނިސްޓަރުގެ ނައިބުންގެ އިތުރުން ސަރުކާރުގެ އެކިއެކި މަގާމުތަކުގައި ޖޭޕީގެ އެކިއެކި ބޭފުޅުން ތިއްބަވައެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

  1. ހުސެން

    މިއީ ކާކު ގާސިމް އަށް އިންޒާރު ދޭން.

    34
    1
    • ޙގ

      ޢެއީ ރާއްޖެތެރޭ ގުއިނުދެކޭ ކާޅުގަނޑެއް

      14
      1
  2. 2023

    މި ހަމަ ޖަންގަލިން ނުކުމެ އުޅޭ ސޮރެއް. ތިހެން އަދި މަޖުބޫރުކޮށްގެން ޑިމޮކްރަސީއެއް ނުހިންގޭނެ. ރަސްކަމަކަށް ބަދަލުކޮށްލަން ބުނަންވީނު ހިންނަވަރު ސޯލިހު ކުމާރު ކައިރި؟ މިކަހަލަ ވާންޗޯ ސޮރުތަކޭ ސޯލިހު ރާޖު މިގެންގުޅެވެނީސް.

    24
  3. ޤާސި މް

    އަހަރެން ފަހަތަކަށް ނުޖެހޭނަން!

    22
  4. މާލޭ މުޙައްމަދު

    ކަލޯ ރާއީ. ކަލޭ ހޭބަލިވެބަލަ. ކަލޭމެން ގަދަބަސް ބުނެފަ ތިހެންތިއުޅެނީ ވަގުތު ޖެހުމުން އެކަކަށް އެއްކަމެއްވެސް ނުކުރެވޭނެ. މިވެރިކަން ހިތިގޮތަކަށް ނިމިގެންދާތަން ބަލަން މިތިބީ.

    38
    2
  5. އަހުމަދު

    ހާދަ ގޮތެއްނެތޭ މިރާއީ... މިއީދެންކާކު އެމީހަކަށް އިގޭނެދޯ އެމީހަކު ވެރިކަމަށްލާންވީމަވެސް ..

    19
  6. މޑޕ މެމްބަރުން

    ތިގޮތައް ޤާސިމަކަށް ބިރެއްނުދެއްކޭނެ، ޤާސިމް ބިރެއްވެސް ނުގަންނާނެ، އަންނަ ރިޔާސީ އިންތިހާބުގަ ޤާސިމްގެ ނަން ވޯޓް ކަރުދާހުގަ އޮށްނާނެ، 11 ނޮވެމްބަރުގަ ހުވާކުރައްވާނީ ޤާސިމް އިބުރާހީމް، އޭގެފަހުން ރާއީވެސް ކިޔަން ޖެހޭނީ އިއްޒައްތެރި ރައީސުލްޖުމްހޫރިއްޔާ ޤާސިމް އިބްރާހީމް. މިސަރުކާރުން މޑޕގެ އަސާސްތައް މުގުރާލާ ޕާޓީއަށްޓަކާ ގުރުބާންވި މީހުންގެ ބަސްޤަބޫލުނުކޮށް މާދުރުންއައި ޑީއާރުޕީ ބައިގަނޑާ އަދާލަތުގެ ހައެއްކަ ކެނައިންބުނާގިތައް ކަންތައްތައް ކުރުމުގެ ނަތީޖާވަރަށް ހިތިކޮށްފެންނަނީ

    13
    1
  7. ބޮޑުވަޒީރު

    މިގައުމުގައި އިންޑިއާސިފައިން ބޭތިއްބުމާ ދެކޮޅު މީހަކު މިސަރުކާރަށާއި ގާސިމްސޭޓަކަށް ތާޢީދެއް ނުކުރާނެ. ރާއީ އަކީ ޚާއިނެއް.

    15
    1
  8. ސަޢީދު

    މީނަ ހޮވިމީހުންވެސް ދެން ދުވަހަކުވެސް މީނަ ނޮހޮވާނެ، ބޮޑު ސޮހޮލެއްތީ.. ތިގޮތަށްހަޅޭލެވި އެތައް މެމްބަރުންނެއް ތި މަޖިލީހުން ގެއްލިގެން ހިނގައްޖެ އާދޭސްކޮށްވެސް ނުހޮވިގެން. ތިމާ ދައްކާ ވާހަކައިގައި ބުރަދަެއްވެސް ހުންނަން ޖެހޭނެ ތިފަދަ ތަންތަނަށް ވަދެ ތިބޭއިރު.

    14
  9. އަލަމެޓާ

    މި ރާޢީ ހާދަހާވާ ވަރުގަދައޭ ދޯ! މީނަތަ ވެރިޔަކީ ؟؟ ކަލޯ އަމިއްލަ ނަފުސާ ސުވާލު ކޮށްބަލަ ތީ ކާކު ތޯ ؟ ގާސިމަށް ތިދެނީ ފާޑެއްގެ އިންޒާރެއް ދެއްތޯ ؟ ތިޔައީ ޑިމޮކްރަސީގެ އުސޫލެއް ނޫން ޑިމޮކުރަސީ ތަންދެނީ ފަރުދީ މިނިވަން ކަމަށް ، ފޯސް ކުރުމެއް ބިރުދެއްކުމެއް ޑިމްކޮރަސީގައި ނޯވޭ ، މަޖުލީހަށް ވަދެވުނީމަ ތީ ދެން ބޮޑުވަރު...

  10. ރާއީިި

    ކަލޭތީ ކާކު ތަނެއް ދޮރެއް ނޭނގި ޤާސިމްގެ ވަހަކަ ދައްކަން. ކަލޯ ފުރަތަމަ ދަސްކުރޭ ރާއްޖޭގެ ޕޮލިޓިކްސް. ހުތުރުގޮތަކަށް ސިޔާސީ ޙަޔާތް ނިމެންޖެހޭނެ ގޮލައެއްތީ. ކަލޯ ވާނުވާނޭނގި ކޮން ބޭކާރު އަނގައެއް ތަޅާކަށް. ކޮންމެވެސް ކޮލެޖަކުންނަމަވެސް ޑިޕްލޮމާއެއްވެސް މޯރަލް އެޑިއުކޭޝަން ދަސްކުރަން ދޭބަލަ.

    5
    2
  11. ވވ

    ކޮންމެއަކަސް މި ސަރުކާރު މިދަނީ ޑިސްއިންޓަގުރޭޓުވަމުން.

  12. ފޮޓޯތަށް ހުންނާނެ އަދިވެސް ވަގުތު ޖެހުނީމަ ހަވާލު ކޮއްދޭނަން

    މިގޮލާ މިއީ އެއްކޮން ހަމަ ގޮލައެއްހެނެއް ހިޔެއްނުވޭ. މީނާހިތުން މީނާމިއީސަރުކާރު. ގާސިމު ކޮންމެގޮތަކަށް އުޅުނަސް އެއީނކަލެއާއި ބެހޭ ކަމެއްނޫން

  13. ކަލޯ

    ގަނަ ތެޅޭ ވަރަކަށް ހުޅުނބު ދާނީ. ކަލޭ ތީކާކު ފުއްޕަން. މާދަމާ ވެސް ކަލޭ ހަމަ ބިމަށް ތިރިވާނެ ގޮތެއް ﷲ ތަޢާލާ މެދުވެރިކުރައްވަފާނެ.. އޭރުން އޮންނާނެ ރާކަނިމަސް ކެވިފައި.

  14. އާމިރު އަޙްމަދުު

    ކަލޯ، އިސްލާމްދީން ޤަބޫލުކުރުމުގަވެސް މަޖުބޫރުކަމެއް ނުވޭ،، ދެނޯ.. މީހަކު ހޭބަލި ނުވާނެތަ؟؟

  15. އަހްމަދު

    އެނގިދާނެތާ މިތިބީބަލަން މަގާމުގެދަހިވެތިކަމުގަ ޕާޓީދޫކޮށްފަ ދާމީހުންވެސް އެނގިގެންދާނެތާ

  16. މަޗާ

    ބަލަ ގާސިމަށް ނޭގޭނެ ކަމެއް ނުން މިއީ .ޔާމިނު އެކޭ އެހެން މީހުންނެކޭ ހަމަ މިކަމުގަ ވާނީ އެއްގޮތެއް.ޔަމިނަށް އަނިޔާވެރިއެކޭ ކިޔުން ހުށްޓަލަންއެބަ ޖެހޭ. ގާސިމު ކުރިމަތި ލާނެ.

  17. ދެބޯގެރި

    މީ އެއްކަލަ ކަންބަޅިކަތިލާ ސޮރުތާ އަނެއްކާ މޮޅު އެއްޗެއް ބުނެލީނު މީ ކޮންތާކުން މަތީތަޢުލީމު ހާސިލްކޮށްގެން ޤާނޫނުހަދާ މަޖިލީހަށް ވަދެގެން އުޅޭ ސޮރެއްތަ އަނެއްކާ؟؟؟

  18. ޛހހ

    4 ވަނަ ޕެރެގްރާފުން އެނގިއްޖެ ސަރުކާރުވެސް ރޯމަހެއް އެއްގަމަށް ލީމަތެޅޭހެން ތެޅެނީކަން. އާދޭސް ކުރަމުން ދުވަނީކަން.
    އިންޝާﷲ، މިބައިމީހުން ބަލިވާނެ. ޢަދި ހިނގި ޖަރީމާތަކަށް ޒިންމާވެސް ނަގަނޖެހޭނީ.

  19. ހެ

    މިހާރު އަޅުވެތި ކަމެއްނޯވެ.މާ ނުފުއްޕަ ހުރޭ.ހަދައްވީ ގޮތާ ކުރައްވީ ކައްތައް ކިޔައިދޭކަށް ނުޖެހޭނެ.

  20. Anonymous

    ފުރަތަމަ މަޖިލިސް ރައީސާއި ނައިބު ރައީސު ވަކިކޮށްބަލަ ! ޤައުމު ރަގަޅު މަގުގައި ކުރިޔަށް ދެވޭނީ އޭރުން !

  21. ފަރުޙަތު

    ފަހަތަށް ނާރައިފިއްޔާ އެންމެން ވަކިކުރޭ.. އަދި ނަޝީދުގެ ބަލާވެރިކަމުން ވެސް ސަލާމަތްވޭ.

    1
    1
  22. ޚިޔާލު 2

    ރާއީ އެބުނީ ހަމަރަގަޅަށް ގުޅިގެން ވެރިކަންކުރެވޭނި އެކަނި ވެރިކަމަށް އާދެވޭނެ އެކަކުވެސްނެތް

    1
    3
  23. ފާއިޒް

    ކަލޯ އަތައް ގޮވާނެތީ މަރަށް ތެޅެނީ ދޯ މިފަހަރު ޖަލުގެ ކުޑަގޮޅި ތި ހުރިހާ އެންމެންނައް ދައްކާލާނަން ރްއްޔިތުންނައް ހަރާން ކޯރުވެފަ ފިލާ ނުތިބެވޭނެ...ވަރައް ސަލާމް.

  24. ޑޮހޮޑާ

    ރާއީ ދެންވާގޮތް ބަލަން ހުރެލާ.

  25. ވިސްނާ

    ތިއީ އިންޒާރެއް ތިއީ ބިރުދެއްކުމެއް ތިފަދައިންޒާރުތަކާ، ބިރުދެއްކުމަށް ރަށްދުދެއްވާނެ
    ގާބިލްކަމާ ރަށްޔިތުންގެރުހުމާ،ލޯބިގާސިމްއަށް، ޖުމްހޫރީޕާޓީއަށްލިބިގެންވޭ ވީމާ، އަޅުވެތި
    ކުރެވޭނެކަމަށް ހީނުކުރާތި ވެރިކަންހޯއްދެވުމަށް ޖުމްހޫރީޕާޓީގެ ތާއީދު ބޮޑުވާނެކަން އިސްވެދިޔާ އިންތިޚާބުތަކުންއެނގިލައްވާނެވީމާ. ރާއީ ބިރުދައްކަންނޫޅުއްވާ އަޅުވެތިނުކުރެވޭނެ
    ފަރާތެއް އަޅުވެރިކުރަންއުޅުއްވުމަކީ ބޭކާރުކަމެއް އިންތިޚާބުގެ ނަތީޖާއަށް އިންތިޒާރުކޮށް
    ލެއްވުން ރާއީ އަށްއެންމެރަގަޅުވާނީ