ގަޓް ދެއްކުމުގެ ނިޔަތުގައި އިންސާނުންނާއި މުހާތަބު ކުރާއިރު "ކަންބަޅި" އާއި އެޅުވުމަކީ ދަށު ދަރަޖައިގެ އަމަލެއް ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިހް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޒައިދު މިގޮތަށް ވިދާޅުވީ، މަކުނުދޫ ދާއިރާގެ މެމްބަރ މުޙައްމަދު ރާއީ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ބައެއް މެމްބަރުންނަށް ނިސްބަތްކޮށް ދައްކާފައިވާ ވާހަކައަށް ފާޑުކިޔަމުން ކޮށްފައިވާ ޓްވީޓެއްގައެވެ.

"އިންސާނުންތަކަކަށް ނިސްބަތްކޮށް ކަންބަޅިން އަޅުވައި، އެވަރުން ނުފުދިގެން ކަންބަޅި ކަތިލާ ގޮތަށޭ ކިޔައި މި ހަދަނީ ހާދަހާވާ ދަށު ދަރަޖައިގެ ވާހަކަތަކެއް" ޒައިދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މިފަދަ ވާހަކަތަކަކީ ރައްޔިތުންގެ މަޖިލީހުގައި މެންބަރެއްގެ ހައިސިއްޔަތުން ހުންނަ މީހަކު ގަޓު ދައްކަންވެސް ދެކެވިގެންވާނެ ވާހަކަތަކެއް ނޫން ކަމަށެވެ.

މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވާހަކަދައްކަވަމުން ރާއީ ވިދާޅުވީ، ޖޭޕީގެ ސްލޮޓްތަކުގައި ތިއްބެވި ހުރިހާ ބޭފުޅުން އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ. އަދި އިސްތިއުފާ ނުދެއްވައިފި ނަމަ، ވަކި ކުރައްވާނެ ކަމުގެ އިންޒާރު ވެސް އޭނާ ދެއްވިއެވެ.

"އެހެންވީމަ ވަރަށް ލަދު ހަޔާތް ކުޑަކޮށް ފަހަރަކު މީހަކު މިތަނަށް ގެނެސް ކަންބަޅި ކަތިލާ އުސޫލުން ވަކި ކުރުމުގެ ކުރިން އިސްތިއުފާ ދޭށޭ މި ބުނަނީ. ލީޑަރު ކައިރީގައި މި ބުނަނީ އިސްތިއުފާ ދޭން ބުނާށޭ." މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަމުން ޖުމްހޫރީ ޕާޓީގެ ސްލޮޓްގައި ސަރުކާރުގެ އިސް މަޤާމްތައް ފުރުއްވަމުންދާ ބައެއް ޖޭޕީ މެމްބަރުންނަށް ރިޢާޔަތްކޮށް ރާއީ ވިދާޅުވެފައިވެއެވެ.

ރާއީ ވިދާޅުވީ ސަރުކާރުން ޖޭޕީއާއެކު ހަދާފައިވާ ކޯލިޝަން ވަނީ ނިމިފައި ކަމަށެވެ. އެހެންކަމުން މިހާރު ޖޭޕީގެ ފަރާތްތައް ތިބި މަގާމުތަކުން ވަކިކޮށް ސަރުކާރަށް ވަފާތެރި މީހުން ލާންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެންނެވީ ޖޭޕީގެ އިތުރުން އަދާލަތު ޕާޓީ އާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އުފެއްދެވި އެމްއާރުއެމްގެ އެހީއާ އެކުގައި ކޯލިޝަނަކުންނެވެ. މި ސަރުކާރުގައި ތިއްބެވި ވަޒީރުންގެ ތެރެއިން ތިން ވަޒީރުންނަކީ ޖޭޕީގެ ސްލޮޓްގައި ތިއްބެވި ވަޒީރުންނެވެ.

އޭގެ ތެރޭގައި ގާސިމްގެ އަނބިކަނބަލުން، ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އާއި ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަނާއި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ހިމެނިވަޑައިގަންނަވައެވެ.

ޝެއިހް ޒައިދަކީ ރައީސް ޞޯލިހަށް ތާއީދުކުރާ ދީނީ އިލްމުވެރިޔެކެވެ. އެހެން ނަމަވެސް، މި ސަރުކާރުގެ ބައެއް މީހުންގެ ވާހަކަތަކާއި ގުޅިގެން އޭނާ ފާޑު ކިޔާ ހަދައެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ހާލުފޮޅި

    މަހިތަށް ހަމަ އަރަނީ ރާއްޖޭގަ މިއުޅޭ ހިތުން ޝޭހުން މީ ސީސީޓީވީ ތަކެއްބާއޭ.. ހުރިހާ ތަނަކަށް ލޯ ދިއްކޮށްގެން ހުރިހާ ކަމަކާ ބެހޭނެ.. ބެހެން ޖެހޭ ކަމެއް ވިއްޔާ އެންމެން ތިބޭނީ ގޭގަ ފިލާ ރަޖާއަޅައިގެން…

    22
    3
  2. ލުޓޭރުންގެ ސަރުކާރު

    އިންސާނުން ކޮތަރުތަ ކެއްގެ ސިފައިގަ ވާހަ ކަދެއް ކީމަ ކޯންޗަ ކައްތަވަނީ..ޒައިދުމެންނަ އިވެނީ އެއް ކަންފަތުން ފެންނަނީ އެއް ލޮލުން ތަ..ސޯލިހު ކިޔާ ކޮއްމެމީހަ ކީ ސޯލިހުމީހެއްނޫން ޒާހިދު ކިޔާ ކޮއްމެ މީހަ ކީ ޒާހިދުތެދުވެރިއެއްވެސްނޫން މީހަ ކަށް ކިޔާ ނަމަ ކުން މީހާ ޒުހުދުވެރިނުވާނެ..ޒައިދުމެންނަ ކަމުނުދަނީ ޔާމީން ކިޔާމީހުން..ގާސިމު ސޯލިހު ކިޔަންޏާ ރުހެވޭ.

    21
  3. ކަންބަޅި

    ޒައިދު މޮޔަ ނުގޮވާ. އެ އެއިބާރާތައް ބެލިޔަސް އިނގޭ އިންސާނުންނަކަށް ކަންބަޅިތަކޭ ކިޔާފަ ނެތްކަން. ކަންބަޅިތައް ކަތިލާ އުސޫލުން ކަންތައްކުރާ ވާހަކަ އެއޮތީ. އުސޫލެއްގެ ވާހަކަ އެބޭފުޅާ ދެއްކެވީ. އޮޅުވާލުލައްވާ.

    15
    3
    • އަހަންމަދުު

      ހާދަ ގަމާރު ސޭކެއް. މީނަޔަކަށް ނޭގޭ
      ދެއްކޭ ނުދެއްކޭ ވާހަކައެެއް.

  4. ހެހެހ

    އެމްޑީޕީއަކީ އަބަދުވެސް ގަދަބަދަވިކަމާއި ޖައްބާރުކަމުގައި ކަންކަން ހާސިލްކުރާބައެއް ، އެމީހުންނަކަށް ނޭނގޭނެ އެހެން މީހުންނަކަށް އިޚްތިރާމްކުރާކަށް ، އެމީހުންގެ ނަޒަރުގައި ދެންތިބީ ޖަނަވާރުން

    14
    1
  5. Anonymous

    ފިނދަނަ ކިޔަން އޯކޭތޯ.
    ކަންބަޅި ކިޔާބައަކަށް ވާގިވެރިވެގެން ހުރުން އޯކޭތޯ

    16
  6. ބީތާ

    ހަރުބަސް، ތިގޮތަށް ހުރޭ ބްރޯ.

  7. ވަހީދު

    ފޮތުން އިލްމުއުނގެނިގެންތިބޭހާލު އެހެންމީހުން މަގުފުރައްދަން އުޅޭމީހިންނަށް ކިޔަނީ ފޮތްތެރިކާފަރުން.

  8. ހަސަނު

    ކޮންތާކު ތީނަ މަޝްހޫރުވެގެން އުޅެނީ..... މަ ދަންނަ އިލްމުވެރިންނެއްނޫން ތީކީ....

  9. ޖުއްބާ

    އެހެން ވެއްޖެޔާ ކަލޭ އަވަހައް ތުނބުޅިބާލައި ކަންބަޅިއެއްގެ ސޫރައްއައް ހުރުން ހުއްޓާލާ.

  10. ޢަވަ

    ކުރީގަ އުޅުނު ށޭހުންމިހާރު ތިބީމަގާމްތަކުގަ. ދެންއެންމެ އަވަހަށް ލިބޭނެ ބާކީ ތިބި ށޭހުންނަށް.