ޗާގޮސް މައްސަލައިގައި އަންނަ ހުކުރު ދުވަހު ބޮޑު ބަގާވާތެއް ރާއްޖޭގައި ކުރަން އުޅޭ ކަމަށް މަޖިލިހުގެ މަކުނުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެއެވެ.

މިއަދު ކުރިއަށް ދިޔަ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ރާއީ ވިދާޅުވީ ޖޫން މަހުގެ ދެވަނަ ދުވަހުގައި ޗާގޮސް މައްސަލައިގައި ރާއްޖޭގައި ބޮޑު ބަގާވާތެއް ކުރަން އުޅޭ ކަމަށެވެ.

އިމުގެ މައްސަލައިގައި އިދިކޮޅު އިއްތިހާދުން އެއްވެގެން ބޭއްވުމަށް ހަމަޖެހިފައިވާ އެ ޖަލްސާގައި އެއްވެސް ދިވެހި ރައްޔިތަކުން ބައިވެރިވެވަޑައިނުގަތުން ރާއީ އެދިލެއްވެވި އެވެ.

"މީގެކުރިންވެސް ހިންގާފައިވާ މިފަދަ ކަންކަމުން ރާއްޖެއަށް ކުރިމަތިވި އުނދަގޫ ފެނިގެންގޮސްފައިވަނީ. އެހެންކަމުން އެއްވެސް ރައްޔިތަކު އަމިއްލައަށް ކުށެއްގެ ތެރެއަށް ނުދިއުމަށް އަޅުގަނޑު އެދެން." ރާއީ ވިދާޅުވި އެވެ.

ބާނަ ބާނާ ތިއްބާ ތިޔަ ވިއްކާލީ ކަނޑު، މިނަމުގައި ކަނޑުވިއްކުމާ ދެކޮޅު އިއްތިހާދުން އަންނަ ހުކުރު ވިލޭރޭ އާޓިފިޝަލް ބީޗުގައި ވަނީ ޖަލްސާއެއް ބޭއްވުމަށް ނިންމާފަ އެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ގާނޫނުން ލިބިގެންފައިވާ އަދި މަސްވެރިން ބޭނުން ކުރަމުން ދިޔަ 200 ނޯޓިކަލް މޭލުގެ ހާއްސަ އިގްތިސާދީ ސަރަހައްދުން 4500 އަކަ ކިލޯ މީޓަރަށް ވުރެ ބޮޑު ބައި ދޫކޮށްލާފައިވާތީ މިއީ ދިވެހިންގެ ހައްގު ގާނޫނީ މުދަލަކުން ބޭރުގެ ބަޔަކަށް ސަރުކާރުން ނުހައްގުން ދޫކޮށްފައިވާ ސަރަހައްދަކަށްވާތީ ސަރުކާރުގެ މި އަމަލު ގަބޫލު ނުކުރާނެ ކަމަށް ބުނެ ޕެޓިޝަނެއްގައި މިހާރުވެސް ދަނީ ސޮއި ކުރަމުންނެވެ.

އެ ޕެޓިޝަންގައި ގޮވާލާފައިވަނީ އެ ނިންމުން ރާއްޖެއިން ބަލައިނުގަންނާނެ ކަން މޮރޮޝިސް ސަރުކާރާއި އިޓޮލޮސްއަށް އާ ކަމާ ބެހޭ އެހެން ފަރާތްތަކަށް ސަރުކާރުން އަންގާ ދެއްވުމަށާއި މި މައްސަލަ އަލުން ބަލާ ދިނުމަށް އިޓޮލޮސްއަށް ދައުލަތުން ހުށަހަޅާ ދިނުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ވާނޭ

    ތިކަން ކުރަން ލަސްވެސް ވެއްޖެ

    10
  2. ޝަފާން

    ރައްޔިތުންގެ ރުހުމެއް ނެތި ރައްޔިތުން ނޭދޭގޮތަށް ރައްޔިތުންނަށް ގެއްލުންވާނޭހެން އަދި ވަތަނަށަ ގެއްލުންވާނޭހެން ގައުމުގެ ރައުސްމާލެއް އެއްވެސްބަދަލެއް ނެތި ދޫކޮއްލައިގެން ތިބޭއިރު ރައްޔިތުން ބަގާވާތްވެސް ވެސް ކުރާނެ އަދި ވެރިކަމުންވެސް ވައްޓާލާނެ އަދި ޝަރީއަތްކޮއް އަދަބުވެސް ދޭނެކަން ދެނެތިބެންޖެހޭނެއެވެ.

    10
    1
  3. ވެއްޖެ

    ވެއްޓެނީ ވެއްޓެނީ ވެއްޓޭނެޔޯ

    7
    1
  4. އަޒީބެ

    ރާއީ ކަލޭ މިކަމާ ނުބެހީ .. ރައްޔިތުންނަށް މުހިއްމީ ދިވެހި ޤައުމު ، ކަލެޔަށް މުހިއްމުވީ ސަރުކާރާ ޗޯރު އބ .... ބަލަންތިބޭތި މުޅި ޤައުމު ނުކުންނާނެ

    8
    1
  5. ޑރ ސާޖީ

    ވަގު ސިޓީއަކީ ރައީސް ސޯލިހްގެ ހަރު މުދާތަ ފޮރުވާގެން ގެންގުޅެން.

    9
    1
  6. މަންކީ

    ކޮއްގެންވެސް ޗޯރޭ ބޭރުކުރަން ލަސްވެސް ވެއްޖެ

    9
    1
  7. އަބްދޫ

    ބަގާވާތެއް ކުރަން އުޅޭކަން އެގުނީ ބަގާވާތުގެ މޭސްތެރިއަކީ ރާއީ ތަ؟

    12
    1
  8. އިބްރާހިމްބޭ

    ޚިޔާނާތްތެރިންނަށް ތާއީދު ކުރާނީވެސް ޤައުމާއި ދީންދެކެ ލޯބިނުވާ މީހުންނެވެ.

    11
  9. މަނަދޫ

    ކަލެއަކަށް ނޭނގޭނެ ކަލޭ ބިރުގަންނަނީ ވެރިކަންވެއްޓިދާނެތީ އަހަރެމެން ގައުމުދެކެލޯބިވޭ ކަލޭ ގައުމުދެކެ ލޯބިނުވަނީ ކަލެއަށް ރިސްވަތުގެ ފައިސާލިބޭތީ އެހެންވެ ބިރުންތިތެޅެނީ މިފަހަރު ނަތީޖާދަށްކާނަން .

  10. އައިޝާފް

    ބަޣާވާތެއްކުރަންއުޅޭކަމަށްބުނާއިރުބަޣާވާތަކީކޮންސެ‘ޗެއްކަންމަޖްލިހުގެމެމްބަރަކަށްނޭގުނީތީހިތާމަކުރަން.

  11. ލޮލް

    ބަޣާވާތް ކުރާ ވައްތަރަށް ތެޅެންޏާ ބަޣާވާތްވެސް ކުރާނެ.

  12. އަޙުމަދު

    ޑިމޮކްރެސީގައި ބަޣާވާތެއް ނޯންނާނެ ރައްޔިތުންގެ ވެރިކަން ޙަވާލު ކުރަނީ އަދި ވެރިކަމުން ވަކި ކުރާނީ ވެސް ރައްޔިތުންނަށް ފެނުނީމަ އެވީ ވެރިކަމުން ދުރުކުރަން ޤާނޫނީ ހަމަތަކުގައި ރައްޔިތުން ހިފީމާ ކޮން ބަޣާވާތެއްތޯ؟

  13. އިސްޢާފް ސަލީމް

    ބަޣާވާތެއް ނޫކުރާނެ ޕީޕީއެމް ޕީއެންސީ އިސްވެގެނެއް! މީ ތޯތޯއެއްނޫން! ކަލޭ ބިރުންތިހިރާ ފުނޑުފުނޑުވަނީނު؟ އިރާދަކުރެއްވިއްޔާ ބޮޑުވެގެންވާ ފެއިލްވުމަކުން ޞާލިޙް ވޯޓުން ފެއިލްކޮށްލާ ވެރިކަން ނިންމާނީ!