ކަންބަޅިތަކެއް ކަތިލާހެން ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ މެމްބަރުން ކަތިލާ ތަން ބަލަން ނިކަމެތިކަމާއެކު ތިބި ކަމަށް އެޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރައީސަށް ދެ ވަނަ ދައުރެއް ދިނުމަށް ކޯލިޝަން ހެދުމަށް ޖޭޕީ ހިމެނޭހެން ޕާޓީތަކަށް ދައުވަތު ދީފައިވަނިކޮށް އެ ޕާޓީން މިދިޔަ އަންގާރަ ދުވަހު ބޭއްވި ކައުންސިލް ބައްދަލުވުމުގައި ވަނީ އަންނަ ސެޕްޓެމްބަރު މަހު ބާއްވާ އިންތިހާބުގައި ވާދަކުރަން ނިންމާފައެވެ.

އެއާއި އެކީ ސަރުކާރަށް ތާއިދު ކުރާ ބައެއް ބޭފުޅުން ވަނީ ސަރުކާރު ވަޒީފާތަކުގައި ތިއްބެވި ޖޭޕީގެ ވަޒީރުން މަގާމުން ވަކި ކުރަން ޖެހޭ ކަމަށް ގޮވާލާފައެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވެސް ވަނީ ކަންބަޅިކަތިލާ އުސޫލުން މެމްބަރުން ވަކި ކުރުމުގެ ކުރިން ޖޭޕީގެ ވަޒީރުން އިސްތިއުފާ ދިނުމަށ ގޮވާލާފައެވެ.

ކަންބަޅި ކަތިލާ އުސޫލުން ވަކިކުރުމުގެ ކުރިން ޖޭޕީގެ ބޭފުޅުން އިސްތިއުފާ ދެއްވާ: ރާއީ

"އެހެންވީމަ ވަރަށް ލަދު ހަޔާތް ކުޑަކޮށް ފަހަރަކު މީހަކު މިތަނަށް ގެނެސް ކަންބަޅި ކަތިލާ އުސޫލުން ވަކި ކުރުމުގެ ކުރިން އިސްތިއުފާ ދޭށޭ މި ބުނަނީ . ލީޑަރު ކައިރީގައި މި ބުނަނީ އިސްތިއުފާ ދޭން ބުނާށޭ." ރާއީ ވިދަޅުވިއެވެ.

ރާއީގެ މިވާހަކަތަކާއި ގުޅިގެން މަޖިލީހުގެ މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަށް ފޮނުވި މެސެޖެއްގައި ގާސިމް ވިދާޅުވީ، ކަންބަޅިތަކެއް ކަތިލާ އުސޫލުން ޖޭޕީގެ މެމްބަރުން ކަތިލާތަން ބަލަން ނިކަމެތި ކަމާއެކީ ތިބޭނެ ކަމަށެވެ.

ގާސިމް އެފަދައިން ވިދާޅުވުމުން މަޖިލީހުގެ ރައީސް ވަނީ ގާސިމްގެ ދިފާއުގައި ވާހަކަ ދައްކާފައެވެ.

އެގޮތުން ނަޝީދު ވިދާޅުވީ، އެއްވެސް ބޭފުޅަކި ވަކި ނުކުރެވޭނެ ކަމަށެވެ. ނަޝީދު ވިދާޅުވި ގޮތުގައި ޖޭޕީގެ ވަޒީރުން ވަކި ކުރެވޭނީ "އަޅުގަނޑުމެން ފަހަނަ އަޅާ ގޮސްގެން" ނެވެ.

"އަޅުގަނޑުމެންވެސް މިއުޅެނީ ހަމަ މިރާއްޖޭގައި. އެއްވެސް ބޭފުޅަކު ވަކި ކުރެވޭނީ އަޅުގަނޑުމެން ފަހަނަ އަޅާ ގޮސްގެން." ގާސިމް ވިދާޅުވި ބަހަށް އިޝާރާތް ކުރައްވައި ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މަގުމައްޗަށް ނެރެން ސަރުކާރުން އުޅެނީތޯ؟ ޓިއާ ގޭސް އާ ކުޑަގޮޅި އާ އަނދަގޮނޑިވެސް ވަރަށް ރަނގަޅަށް ދަންނަން، އަދިވެސް އޮވެވިދާނެ" ނަޝީދު ވިދާޅުވިއެވެ.

ޖޭޕީގެ ސްލޮޓުގައި މިވަގުތު ސަރުކާރުގެ އެކި މަގާމުތަކުގެ ގިނަ ބޭފުޅުން އެބަތިއްބެވެ.

އޭގެ ތެރޭގައި ގާސިމްގެ އަނބިކަނބަލުން، ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އާއި ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަނާއި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ހިމެނިވަޑައިގަންނަވައެވެ. ޖޭޕީން ވަކިން ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމުމާ ގުޅިގެން ޖޭޕީގައި ހުންނެވި ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު ރޭ ވަނީ ޕާޓީން އިސްތިއުފާ ދެއްވައިފައެވެ.

މި ބޭފުޅުންގެ އިތުރުން ސްޓޭޓް މިނިސްޓަރުންނާއި މިނިސްޓަރުގެ ނައިބުންގެ އިތުރުން ސަރުކާރުގެ އެކިއެކި މަގާމުތަކުގައި ޖޭޕީގެ އެކިއެކި ބޭފުޅުން ތިއްބަވައެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. ޗާމީ

    އަހަރެން އަތުގަ ނެތިގެން އުޅެނީ ކޯޗެއް.. ހައް ހައް ހައް..

    30
  2. އަލްޖިބްރާ

    ތިޔަ ތެޅެނީ އަމިއްލައަށް ކަތިލެވެން ވެގެން !

    17
    2
  3. އުރުމިލާ

    ޖާސިމު ހަތެރެސްފައިގަ ބިޑި އަޅުވައިގެން ގެންގޮސް އިންޑިޔާ ސިފައިންނާއި ހަވާލުކުރުންވެސް ޕޮސިބަލް.

    16
    2
  4. އއ

    ބޮޑުތަނުން ޖެހޭ ކަންތައްގަނޑެއް ހިންގަން . ސަބަބަކީ ސަރުކާރު ނިމޭ ގަޑިޖެހެންދެން އިސްލާހައް މަސައްކަތެއް ނުކޮއް ހުރިހާ ނާޖާއިޒު ފައިދާއެއް ހޯދަ ހޯދާފަ ވެރިމީހާއާ ބަޢާވާތް ކޮއް މާ ރީތިބައެއްގެ ގޮތުގަ ޖޭޕީ އުޅޭތާ 40 އަހަރުވީ!!!! މިހާގިނަދުވަހު މިގޮތަެއ މަކަރާހީލަތް ހެދިގެން ނުވާނެ .!!! ޖޭޕީ އޭ ކިޔައިގެން ތިއުޅޭބައިގަނޑައް އެއްމެންޝާމިލް އަދަބެއް ލިބެންޖެހޭ. !!!! ނިހާނު އަލީ އާރިފު އެނޫންވެސް ކޮރެޕްޓް ކޮއްމެމީހަކައް ހިމާޔަތްދޭ ހޮހަޅައަކައް ޖޭޕީ މިވަނީ ވެފަ.!!!! މީ ދިވެހިރައްޔިތުން ލަދުގަންނަންޖެހޭވަރުގެ ބޮޑު މައްސަލައެއް.!!!

    18
    4
  5. މުގާބޭ

    ނަޝީދު އުޅެނީ ޞާލިޙުދެކެ ރުޅިއައިސްގެން އެކިގޮތްގޮތަށް ސަރުކާރަށް ދުއްޕާން ކުރަންވެގެން. ޖުމުހުރީ ޕާޓީ ވަކިން ވާދަކުރަން ނިންމި ހިސާބުން ޖޭޕީގެ މެންބަރުން ޖެހޭނީ އިސްތިޢުފާދޭން! ސުލޮޓްތައް ހުސްކުރަން. ޤާސިމުއަށް އެއުޅެނީ، ނިހާނުމެން ފަދަ ޕީޕީއެމްގެ ބޯގަޅިން އަވާމެންދުރެއް ދައްކައިގެން. ނަޝީދަކަށް ދެން ދުވަހެއްގަވެސް ވެރިކަމަށް ނާދެވޭނެ! ނަޝީދު ހުންނަންޖެހޭނީ، އޭނާގެ ސައިޒުގަ ގޮޅީގަ. ވެރިކަން އެކުރަނީ ޞާލިހު. ތިމާވެރިކަމަށް ހޮވީމަ ކޮސްގޮވާ ކޮސްހަދައިގެން އިސްތިޢުފާދިނީ، ނޯ ޗޮއިސް ފޯރ ނަޝީދު

    12
    13
  6. އަޙުމަދު

    ސިޔާސީ ގޮތުން ޖޭޕީން ރިޔާސީ އިންތިހާބުގައި ވާދަ ކުރަން ނިންމެވުމަކީ އެމީހުން ނަށް ލިބިފައިވާ ޑިމޮކްރަސީ ގެ ހައްގެއް. މީގެ މައްސަލަ އަކަށްވާނީ ރައީސް އިބްރާހިމް އަށް ތާއީދު ކުރާނެކަމަށް ބުނެ އެއްބަސްވުމަށް ފަހު އިންތިހާބުގައި ޖޭޕީން ވަކިން ކެނޑިޑޭޓް ނެރެގެން ވާދަކުރާގޮތަށް ނިންމާފިނަމެއެވެ. އެގޮތަށް ނޫން މިކަން މިދިޔައީ، ދެން އޮތީ ޖޭޕީގެ ފަރާތުން ސަރުކާރުގައި ތިބި ބޭފުޅުން ހަދާނެ ގޮތަކީ ކޮބައިތޯއެވެ. އެބޭފުޅުން ބޭނުން ވެއްޖިއްޔާ އިސްތިއުފާ ދިނުން ނޫނީ ރައީސް އިބްރާހިމް އެބޭފުޅުން ވަޒީފާ އިން ވަކިކުރުން، މިއީ ރައީސް އިބްރާހިމް އަށް ލިބިގެންވާ ޙައްޤެއް. މި އުސޫލުތައް ފަހަނައަޅައި ހެއްދެވި ނެހެއްދެވިއަށް ގޮވާ ހަދާއިރު ފަހުން ވެސް އެހީތެރިކަމަށް އެދެންޖެހިދާނެ ކަމަށް ވިސްނުން ބެހެއްޓުމަކީ ބުއްދިވެރިގޮތަކީ. 2018 އިންތިހާބުގައި ރައީސް އިބްރާހިމް އަށް ވެރިކަން ލިބުނީ ޞައްޙަ ވޯޓުން ކަމަށް ވާނަމަ އެކަމުގައި، ރައީސް ނަޝީދު ، ރައީސް މައުމޫނު، ގާސިމް، ނާޒިމް. އަދީބު، ޑރ ޖަމީލް، އަދާލަތު، ތިމަރަފުށީ މުސްތަފާ، މިހެންގޮސް ވަރަށް ގިނަބަޔަކު ބައިވެރިވުން އޮވެގެން ވެރިކަމަށް އާދެވުނީ. މިހާރު ޙާލަތު ބަދަލުވެއްޖެ، ނާޒިމް ޕާޓީ ހަދައިފި، ރައީސް ނަޝީދު، ތާއީދު ނުކުރާނެ ކަމަށް ވިދާޅުވެއްޖެ( ފަހު ވަގުތު ރައީސް އިބްރާހިމް އަށް ތާއީދު ވެސް ކޮށްފާނެ ) ރައީސް މައުމޫނު ތާއީދު ނުކުރާނެ، ޖޭޕީން ތާއީދު ނުކުރާނެ ކަމަށް އަދި ފެންނަނީ، ތިމަރަފުށީ މުސްތަފާ، ޑރ ޖަމީލް މެން ތިބީ ރައީސް އިބްރާހިމް އަށް ތާއީދު ނުކުރާގޮތަށް، އެހެންކަމުން، 2023 ގެ އިންތިހާބު ރައީސް އިބްރާހިމް އަށް ޞައްޙަ ވޯޓުން ކާމިޔާބު ކުރެވޭނެ ފޯމިއުލާއެއް ނެތް. އަދާލަތާއި، އަދީބާއި، ސަންސިޔާމް ޕާޓީ ގެ ހަރަކާތް ތަކަށް ބަލާއިރު އެވަރުގެ ސަޕޯޓެއް ރައީސް އިބްރާހިމް އަށް ހޯދައި ދެވިދާނެ ކަމަށް ގަބޫލު ނުކުރެވެއެވެ. ރައީސް އިބުރާހިމް ޞައްޙަ ވޯޓުން އިންތިހާބު ކާމިޔާބު ކުރަން ބޭނުންވާ ނަމަ، ރައީސް ޔާމީން ގާނޫނީ ހަމަތަކުގެމަތީން އިންތިހާބުގައި ވާދަކުރެވޭނެ މަގު ފަހިކޮށްދޭންޖެހޭ. ރައީސް ޔާމީން ފިޔަވައި އެހެން ކެންޑިޑޭޓް އަކު ޕީޕީއެމް އިން ނެރުނަސް ޔާމީން އަށް އޮތް ތާއީދު ހޯދޭނެކަމަށް ނުބެލެވޭ. ޖޭޕީ އަށް ވިސްނިގެން އުޅެނީ ކަމަށްވެދާނެ ޕީޕީއެމްގެ ބައެއްވޯޓު އަތުލެވިދާނެކަމަށް މިކަމަކީ ނުވާނެ ކަމެކޭ ބުނާކަށް ނެތިން، އެހެން ނަމަވެސް އެމްޑީޕީގެ އެއްވެސް ވޯޓެއް ޖޭޕީގެ ކެންޑިޑޭޓް އަށް ލިބިގެން ދާނީ ރައީސް ނަޝީދު ގެ ސަޕޯޓަރުން ގެ ވޯޓު، ދެން ބާކީ ވޯޓު ލިބޭނެ ފަރާތަކީ ރައީސް އިބްރާހިމް، ނަމަވެސް އެވޯޓުން އިންތިހާބު ކާމިޔާބު ނުކުރެވޭނެ. ރައީސް ޔާމީން ކުރިމަތި ލުމުން ޖޭޕީން ދެކޭ ހުވަފެންތައް ބިލާހަކަށް ވެގެން ދާނެ، އަދި ދެވަނަބުރަށް ދާނީ ރައީސް އިބްރާހިމް އާއި ރައީސް ޔާމީން ތިން ވަނަ ލިބޭނީ ޖޭޕީ އަށް، އެހެންކަމުން ދެވަނަބުރުގައި ޖޭޕީން ތާއީދު ކުރާނީ ރައީސް އިބްރާހިމް އަށް، ރައީސް ނަޝީދު އާއި ރައީސް މައުމޫނު އަދި ނާޒިމް ވެސް. ސިޔާސަތަކީ ހާލަތަށް ރިޔާއަތްކޮށް ބަދަލު ގެންނަންޖެހޭ އެއްޗެއް.

    7
    5
  7. ޢަހޫތަ

    ކަންބަޅިތަކެއް ކަތިލާހެންކަތިލާފަ ނޫންތޯ ސްޓާފުންގެ ސާރވިސްޗާރޖްކޮޅު ދިރުވާލީ. ޢަދި ކިތައްމީހުންނަށް ރިސްވަތުދެވުނުތޯ ވިސްނާލަބަ. ތީކީ އަނގަފުޅާކުރަން މާތާހިރުމީހެއްނޫން.

    26
    4
  8. ކަކުނި

    ގާސިމަކީ އިންޑިޔާގެ އޭޖެންޓެއް. އޭނާ ކޯލިޝަންގަ އޮވެގެން ރައްޔިތުންގެ ފައިސާ ކެއިއިރު ރައްޔިތުންގެ ކަންބަޅިތަކެއްހެން ގުރުބާން ކުރަމުން ދިޔަ

    24
    2
  9. ޒަރީނާ

    އާދޭސްކޮށްފާބުނަން ވެރިކަމަށްހޮވުނަސް ތިޔަބަހުރުވައިން ވާހަކަފުޅުނުދައްކަވާތި!! އަނބިއަނބިކަނބަލުންނަށްވެސްދަންނަވަން ފިރިކަލުންނަށް ރީތިމާތްބަހުން ވާހަކަފުޅުދައްކަވަން ދަސްކޮށްދެއްވާށޭ !!

    18
  10. މުހައްމދު

    ޥެރިކަން

  11. Anonymous

    ކޮންމެ ސަރުކާރެއްގައި ބަގުޑި ބައްދައިގެން ދައުލަތުން އެތައް މުދަލެއް ކައްވާލައިފި. އެއަށްފަހުގައި ވެސް އެ ބުނަނީ ތިމަންމެންނަކީ ކަންބަޅިތަކެކޭ. ތިމަންމެންނަކީ އިންސާނުންނޭ ބުނަން ވެސް ލަދުގަތީތާ! އިންސާނިއްޔަތުކަމެއް ހުރިނަމަތާ އިންސާނުންނޭ ބުނަން ކެރޭނީ ވެސް.

    16
  12. ަސދަސދ

    ރާއީގެ ވާހަކަޢާއި ގުޅިގެން ޖޭޕީ ސްލޮޓްގައި ތިއްބެވި މިނިސްޓަރުންނާއި އަދި އެހެނިހެން ފަރާތްތަކަށް ސިކިއުރިޓީ ދީ ބައެއްގެ ފަރާތުން މިނަފްރަތާއި ގުޅިގެން އައިސްދާނެ ހަމަލާއަކުން ސަލާމަތް ކުރުމަށް ފުލުހުންނަށް އިލްތިމާސްކުރަން،
    މިކަހަލަ އިންޒާރުތަކަކީ ބަލައިގަނެވޭނެ އެއްޗެއްނޫން.

    11
    1
  13. އައުޓް

    ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް

    9
    1
  14. އަހްމަދު

    މަޑުމައިތި ކިޔަމަންތެރި ކެތްތެރި ރައްދުމަލާމާތުގެބަސް
    މަދުވުމަކީ ފަހުޒަމާނުގަ މީހުން ބަލައިގަންނަކަމެއްނޫން

  15. ތައްޓޭ

    ގާސިމް މީހުން ސިމްޕަތީ ހޯދުމަށް ތިޒާތުގެ ދޮގު ވާހަކަ ދެއްކިޔަސް ގަބޫލު ކުރާނެ ރަށްޔތެއްނެތް

    8
    1
  16. ސީނޫ

    މިފަހަރު އަހަރެމެން މި ދައުރުގައި ޖޭޕީ ކޯލިޝަނުގައި އޮވެ ގައުމުގެ މިނިވަންކަން ހީނަރުކޮއްލި އިރު ހައްުޕު ކިޔައިގެން ތިބި ތިބުމަށާއި އަދި ކޮވިޑުގައި ވިލާގެ މުއައްޒަފުންނަށް ދިން ނިކަމެތިކަމާއި އަދި މި ދައުރުގައި ޖޭޕީމެދުވެރިކޮއް ވިލާ ގުރޫޕުން ހޯދިނ ނާޖާއިޒު މަންފާތަކަށް ރިއާއަތްކޮއް ހުރިހާވޯޓެއް ދޭނީ ޕީޕީއެމް އިން ނެރޭ ކެންޑިޑޭޓަކަށެވެ. އެއީ ރާއްޖޭގެ މިނިވަންކަމަށް ޕީޕީއެމްގެ މެމްބަރުންނާއި ވެރިން ކޮއްދެއްވި ޚިދުމަތުގެ އަގުވަޒަން ކުރުމަށާއި އަދި ރައީސް ޔާމީންގެ ޒައާމަތުގައި ގެނެސްދިން ތަރައްގީއާއި އަދި 2018 ލެވުނު ނުބައި ވޯޓުތަކުގެ ބަދަލެއްގެ ގޮތުގައެވެ. ދެނެއް އެއްވެސް ކުނިބުނި ޕާޓީއަކަށް އަދި އެއްވެސް ލާދީނީ ޕާޓީއަކަށް އަދި އެެއްވެސް ޝޭޚުންގެ ޕާޓީއަކަށް ނުވަތަ ޖީތަންދުރާ ހެދިގެން ނިކުންނަށް ކެންޑިޑޭޓަކަށް ވޯޓެއް ނުލާނަމެވެ.

  17. ސަރީ

    މިފަހަރު އަހަރެމެން މި ދައުރުގައި ޖޭޕީ ކޯލިޝަނުގައި އޮވެ ގައުމުގެ މިނިވަންކަން ހީނަރުކޮއްލި އިރު ހައްުޕު ކިޔައިގެން ތިބި ތިބުމަށާއި އަދި ކޮވިޑުގައި ވިލާގެ މުއައްޒަފުންނަށް ދިން ނިކަމެތިކަމާއި އަދި މި ދައުރުގައި ޖޭޕީމެދުވެރިކޮއް ވިލާ ގުރޫޕުން ހޯދިނ ނާޖާއިޒު މަންފާތަކަށް ރިއާއަތްކޮއް ހުރިހާވޯޓެއް ދޭނީ ޕީޕީއެމް އިން ނެރޭ ކެންޑިޑޭޓަކަށެވެ. އެއީ ރާއްޖޭގެ މިނިވަންކަމަށް ޕީޕީއެމްގެ މެމްބަރުންނާއި ވެރިން ކޮއްދެއްވި ޚިދުމަތުގެ އަގުވަޒަން ކުރުމަށާއި އަދި ރައީސް ޔާމީންގެ ޒައާމަތުގައި ގެނެސްދިން ތަރައްގީއާއި އަދި 2018 ލެވުނު ނުބައި ވޯޓުތަކުގެ ބަދަލެއްގެ ގޮތުގައެވެ. ދެނެއް އެއްވެސް ކުނިބުނި ޕާޓީއަކަށް އަދި އެއްވެސް ލާދީނީ ޕާޓީއަކަށް އަދި އެެއްވެސް ޝޭޚުންގެ ޕާޓީއަކަށް ނުވަތަ ޖީތަންދުރާ ހެދިގެން ނިކުންނަށް ކެންޑިޑޭޓަކަށް ވޯޓެއް ނުލާނަމެވެ.

  18. އާސިފް ބިން ބަރްގިޔާ

    ދާއިމީގޮތަކަށް ނަސީދު އާއި އެކުއެކީ ސިޔާސީ މައިދާނުން ސޭޓުވެސް މިފަހަރު ބޭރުވެގެންދާނެ ކަމުގައި މުފައްކިރުން ދެކެއެވެ. އެއީ ސޭޓުމެން ކޮންމެ ދައުރެއްގައި ހިންގާ ޖަރީމާތަކެއް ހިންގުނަދޭކަށް މިހާރު އަލައް އަންނަ އެެއްވެސް ސަރުކާރެއް ލީޑަރެއް ބޭނުން ނުވާތީއެވެ

  19. ނާޒް

    ސޭޓާ ..ގާސިމު ކަލޭ ހަނދާންކުރާތި.. ކޮވިޑުގެ ދަތި ދުވަސް ވަރު ހެދި ގޮތް މުއައްޒަފުން ހަނދާނެއް ނުނެތޭ.. މިފަހަރު ފިސާރި ރަނގަޅަށް ފިލާވަޅު ދޭނެ.

    4
    1
  20. ބުރުގާ

    ގާސިމު ގަޅިފުޅުވީތޯ...

  21. ޢާދު

    މުވައްޒަފުން ނައް ދޭންޖެހޭ މުސާރަދީބަލަ ހަމަޔައް ދީބަލަ ވެރިކަން ނުލިބޭނެ ކަމައް ގާތީ

  22. މަރާއީ ތަ

    ފިރުޢައުނުގެ ވެރިކަމުގައި ހާމާނުވެސް ތިޔަކަހަލަ އަމުރުތައް ނެރެ، މީހުން ކަތިލައިހެދިކަށް ތާރީޚުގެ އަހުލުވެރިން ލިޔަފައިހުރޭ. ކަތިވަނީ ޖޭޕީ މީހުންތޯ ރާއީތޯ އިންސާފު ލިބޭނެ މަޖިލިސް އިންތިޚާބު އިޢުލާނުކޮށް ނިމޭއިރު. އެންމެ އިންސާފުވެރި ފަރާތުން ދެމީހުންގެ އިންސާފު ލިބޭނެ. އަދި ރިޔާސީ އިންތިޚާބަކީވެސް މިކަހަލަ އެއްޗެއް. ކޮންމެ ވެރިކަމަކީ ﷲ ދެއްވި ބަޔަކަށް ލިބޭކަމެއް. އަނިޔާ ވެރިކަމާ އަދުލު ވެރިކަމަކީ އެ ވެރިޔަކަށް ﷲ ހަވާލުކުރާ އަމާނާތެއް. އިޚްތިޔާރެއް. މިވަރު ނުދަންނަ ޖާހިލަކަށް ރާއީ ވުމަކީ ކިބުރުވެރިކަން. އެންމެ ބޮޑު ކިބުރުވެރިޔަކީ އިބިލީސް. އޭނާވަނީ ތަބަޢަވާނެ މީހުން ހޯދުމުގައި އަވަދިނެތި.

  23. އަންނި

    ވެރިކަން ކޮށްފަނޫނީ ހުއްޓާނުލާތި،ރައިޔިތުން ވެއްޖެ ނޫން ގާސިމުގެ ހުވަފެން ހަޣީގަތަކަށް ހަދާދޭން ،ޔަޣިން ގާސިމު ވެސް ކުޅިބައިން ސައިކުރާނެ ކަން، ، ފިލްމު ނިންމާލާނީ ޖަލު ގޮޅޔަކުން، ކުޅިބައިން ސައިކީ އެހެން ކުޅުންތެރިން ނިންމިހެން 🤭