ވިލިމާލެއިން ގެއްލިގެން ހޯދަމުންދިޔަ ކުޑަ ކުއްޖާ ފެނިއްޖެއެވެ.

ވިލިމާލެއިން 13 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ހުކުރު ދުވަހުގެ ދަންވަރު 1:33 ހާއިރެވެ.

އާއިލާއިން "ވަގުތު" އަށް މައުލޫމާތު ދިން ގޮތުގައި ޒޯޔާ ނަމަކަށް ކިޔާ އެކުއްޖާ ގެއްލިގެން ހޯދަން ފެށީ އިއްޔެ އިރުއޮއްސި 7:30 ހާއިރުއެވެ.

ވިލިމާލޭގައި ހުންނަ އެ ގޭގެ ކަންމަތީގައި ހުންނަ ފިހާރައަށް ދަނީ ކަމަށް ބުނެފައި ޒޯޔާ ނިކުތްގޮތައް ހަބަރެއް ނުވާ ކަމަށް އާއިލާއިން ބުނެ އެވެ.

ފުލުހުން މިއަދު ވިދާޅުވީ، ވިލިމާލޭން ގެއްލިގެން ހޯދަމުންދިޔަ ކުޑަ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ހުޅުމާލޭން ފެނިފައިވާ ކަމަށެއެވެ. އަދި އެކުއްޖާގެ ހާލު ރަނގަޅުކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ވިކިލީކްސް

    ވިލިމާލެއިން ގެއްލުނީ. ފެނުނީ ހުޅުމާލެއިން؟
    ގައިމު ފެރީއަކަށް އަރައިގެން އަދި އެއްގަމު އުޅަނދަކަށް އަރައިގެން ދޯ އެދިޔައީ؟؟ ހުޅުމާލޭ ގެސްޓު ހައުސް އަށް ފައިސާ ދެއްކިއިރު 18 އަހަރުނުވާ ކުއްޖެއް ވެެއްދީ ބެލެނިވެރިޔަކާނުލާ! މިކަހަލަ ކަންތައް މޮނިޓާކުރަންޖެހޭ މުއައްސަސާއެއް ނެތީތަ؟ ގެސްޓުހައުސް ވިޔަފާރިތަކުން މިފަދަ ނުބައިކަންތައްތަކަށް ހިތްވަރުދޭތީ އެފަދަ ތަންތަން ބަންދުރަކުރަންވީނު؟ ބަންގާޅީއަކު ހިންގާ ގެސްޓުހައުސެއްގަ ދިވެހި ޅަ އަންހެންކުދިންނާ ކުޑަކުދިން ހަލާކުގެތެރޭގަ! މިއީ ގައުމީ ބޮޑެތި މައްސަލަތައް!

    36
    • ސަނީ

      މަ ބިޓާ ބުނެގެން

  2. ކިޔުންތެރިޔާ

    ޓައިމް ޓްރެވަލް

  3. ޑރ. އަތައްގޮވާ

    ބަނޑުބޮޑުތޯ ޓެސްޓުކުރަން ވާނެ ބެލެނިވެރިން މިގޮތައް ގެއްލިފަ ފެނުނީމަ. އެއީ ޒަމާނީ ގޮތަކީ މިކަހަލަ ކޭސް ތަކުގަ.