ސެމްސަންގ ކުންފުނިން އެންމެ ފަހުން ނެރުނު އެ ބްރޭންޑްގެ ނޯޓް 9 އަށް ޕްރިއޯޑާ ކުރުމުގެ ފުރުސަތު ދިރާގުން ހުޅުވާލުމަށް ނިންމައިފިއެވެ.

ދިރާގުން ބުނީ ނޯޓް 9 އަށް ޕްރިއޯޑާ ކުރުން މާދަމާ ހުޅުވާލާނެ ކަމަށެވެ. އަދި ފޯނު ވިއްކާ އަގުތަކާއި، އިންސްޓޯލްމެންޓަށް ދޫކުރާ އަގުތަކާއި އަދި އެހެނިހެން މައުލޫމާތުތައް މާދަމާ ދިރާގުގެ ވެބްސައިޓު މެދުވެރިކޮށް ފެންނާނެކަމަށް ދިރާގުން ބުންޏެވެ.

ނޯޓް 9ގެ ފޯންތައް ވެސް ދޫކުރުމަށް ހަމަޖެހިފައިވަނީ ޕްރި އޯޑަރު ކުރާ ތަރުތީބުންނެވެ.

ސެމްސަންގ އިން ނެރުނު ނޯޓް 9 މިފަހަރު ތަފާތުވާނެކަމަށް އެންމެން ބުނާ އެކައްޗަކީ ކުލައެވެ. މި ފަހަރުގެ ފޯނާއެކު އާ ކުލަތަކެއް މި ވަނީ ނެރެފައެވެ. ނޯޓް 9ގެ ޑިސްޕްލޭގައި 6.4 އިންޗި ހުންނައިރު، ނޯޓް 9 ގައި އިންނަނީ "4000 އެމްއޭއެޗް" ބެޓެރީއެކެވެ.