ރަމަޟާން އެންމެ ބާރު ބޮޑު ގަޑިތައް ކަމަށްވާ ހަވީރު 4:00 އިން ރޭގަނޑު 8:00 އާ ހަމައަށް އެއްގަމު އުޅަނދުގައި މުދާ ނުއުފުލޫނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ މިއަދުން ފެށިގެން ޝައްވާލު މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް މާލެ ސަރަހައްދުގައި ވިޔަވާރި މުދާ އެއްގަމު އުޅަނދުގައި ގަނޑުކޮށް އުފުލުމަށް ވަކި ގަޑިތަކެއް ކަނޑައަޅާފައެވެ.

އެގޮތުން ހަވީރު 4:00 އިން ރޭގަނޑު 8:00 ޖެހުމާ ހަމައަށް އެއްގަމު އުޅަނދުގައި މުދާ ނުއުފުލޭނެއެވެ. އަދި ހެނދުނު 6:00 އިން 9:00 ޖެހުމާ ހަމައަށްވެސް ވިޔަފާރި މުދާ އެއްގަމު އުޅަނދުގައި އުފުލުމަކީވެސް މަނާކަމެއް ކަމަށް ޓްރާންސްޕޯޓުން ވަނީ ކަނޑައަޅާފައެވެ.

މީގެ އިތުރުން ބުރިޖުން މުދާ އުފުލާ ފަރާތްތަކަށްވެސް ވަގުތުތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން މުދާ އުފުލޭނީ ހެނދުނު 9:000 އިން ހަވީރު 4:00 އަދި ދަންވަރު 1:00 އިން ފެށިގެން ހެނދުނު 6:00 ޖެހުމާ ހަމައަށް ކަމަށްވެސް ވަނީ ކަނޑައަޅާފައެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވީ، ކައްކާ ގޭހާއި ބޯފެން ހިފައިގެން ބްރިޖް ހުރަސްކޮށް ދަތުރުކުރެވޭނެ ވަގުތުތަކީ ހެނދުނު 9:00 އިން ހަވީރު 4:00 އަށް އަދި ރޭގަނޑު 8:00 އިން ފެށިގެން ހެނދުނު 6:00 ޖެހުމާ ހަމައަށެވެ.

މި އެންގުމާ ޚިލާފުވާ ފަރާތްތަކުން ގާނޫނުގެ ދަށުން 750ރ. އިން ޖޫރުމަނާ ކުރެވޭނެ ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ފގގ

    ކަލޭމެން ބޭރުގެ އެހީ ލެބީނެކަމަށް ބިލިޔަނުން ވަނީ ޖަހާފައެވެ. އެކަމަކު އެންމެ ލޯލާރިއެއްވެސް ނުލިބެއެވެ. ދެންއޮތީ އެކިފަރާތްތަކުން ސަރުކާރަށް ދައްކަންޖެހޭ 23 މިލިޔަން ރުފިޔާއެވެ މީގެ ތެރޭން މިހާތަނަށް ލިބުނީ 2 ދެލައްކަ ރުފިޔާއެވެ. އެކަމަކު އާއްމު ރައްޔިތުން ޖޫރިމަނާ ކޮށްގެން ކޮންމެ މަހަކުވެސް އެތައް މިލިޔަނެއް ތިދަނީ ކަށްވަމުންނެވެ. މިއަދު މިހާރަށްވުރެ ބޮޑުކުރުމަށްޓަކައި މީގެ ކުރީގެ ސަރުކާރުތަކުން ޕޮލިހަށްވައްދަނީ ޖިސްމާނީ ތައުލީމީ ގާބިލް ބައެއްތޯ އެތަކެއް ޓެސްޓްތަކެއް ހެދުމަށްފަހު އޭގެތެރޭން އެންމެ މަތީވަނަ ހޯދާކުދިންނެވެ. އެކަމަކު އެއުސޫލު ބަދަލުކޮށް ހަށިގަޑުގެ މަސްފަލަނަމަ އެމީހަކީ ޕޮލިހަށް އެންމެ ގާބިލުމީހާކަށް ގާނޫނު ބަދަލުކޮށް މިއަދު އެވަނީ ފާސްކޮށްފައެެވެ. މިކުދިންގެ ވަޒީފާއަކީ ރެއާއި ދުވާލު އަތްފުނާ އަޅައިގެން މީހަކު ޖޫރިމަނާ ކުރެވޭތޯ މަސައްކަތްކޮށް އެފައިސާ ރިޔާސީ އިންތިހާބުގައި މީހުނަށް ރިޝްވަތު ދިނުމަށްޓަކައި ބޭނުންކުރާށެވެ.