ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ވ.އާރަށުގެ މައްސަލައިގައި ހުކުމް އިއްވިތާ ދެމަހެއްހައި ދުވަސް ފަހުން އެމައްސަލައިގައި ދައުލަތައް 52 މިލިއަން ރުފިޔާ ދައްކަން އެމަނިކުފާނުގެ މައްޗަށް އަމުރު ނެރުނީ އިޖުރާއަތާއި ހިލާފަށް ހައިކޯޓުން ނިންމި ނަމަވެސް އެއަމުރު ބާތިލް ނުވާނެ ކަމަށް ދައުލަތުން މިއަދު ހައިކޯޓުގައި ބުނެފިއެވެ.

ޔާމީން ދައުލަތައް ފައިސާ ދައްކަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައިކޯޓުގައި އިސްތިއުނާފު ކުރުމުން މިއަދު އެމައްސަލައިގެ އިސްތިއުނާފު ޝަރީއަތް ހައިކޯޓުގައި ވަނީ ފަށާފައެވެ.

ހައިކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ޔާމީންގެ ވަކީލުން ވިދާޅުވީ ކްރިމިނަލް ކޯޓުން އަމުރު ނެރުނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓުން ސިޓީއެއް ފޮނުވުމުން ކަމަށާއި އެއީ ޖިނާއީ އިޖުރާއަތުގެ ގާނޫނު އޮތް ގޮތުން ވެސް ކުރެވޭނެ ކަމެއް ނޫން ކަމަށް ޔާމީންގެ ވަކީލުން ވިދާޅުވިއެވެ. ފައިސާ ދައްކަން ނެރުނު އަމުރުގައި ހުރި ބައިތައް ހިމަނަން ޖެހޭނީ ޔާމީނަށް އިއްވި ހުކުމުގައި ކަމަށް ޔާމީންގެ ވަކީލުން ވިދާޅުވިއެވެ.

ދައުލަތުން ބުނީ ޔާމީންގެ މައްޗަށް ކޮށްފައިވާ ފައިސާ ދެއްކުމުގެ އަމުރު ނެރުން އިޖުރާއަތުތަކާއި ހިލާފު ކަމަށް ބަހުސްގެ ބޭނުމަށް ބެލި ނަމަވެސް އެއީ މުޅި އަމުރު ބާތިލް ކުރަން ޖެހޭނެ ސަބަބެއް ނޫން ކަމަށެވެ.

އަމުރު ނެރުން އިޖުރާއަތުތަކާއި ހިލާފު ކަމަށް ނިންމައިފިނަމަ އެއީ ފަހުން ރަނގަޅު ކުރެވޭނެ އިޖުރާއީ އައިބެއް ކަމަށާއި އިދާރީ އިންތިޒާމްތަކާއި ގުޅޭ އިޖުރާއަތުގެ އައިބުތައް ރަނގަޅު ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ދައުލަތުން ބުންޏެވެ.

"އަމުރު ނެރުން އިޖުރާއަތުތަކާއި ހިލާފު ކަމަށް ނިންމި ނަމަވެސް އެއަމުރުގެ ސަބަބުން އަސާސީ ހައްގެއް ގެއްލިގެން ދިއުމުގެ ފުރުސަތެއް ނެތް. އަދި އަސާސީ ހައްގަކަށް އުނިކަމެއް ލިބިފައެއް ވެސް ނެތް. މިއަމުރާއި ގުޅިގެން ގެއްލެން އޮންނާނެ އަސާސީ ހައްގަކީ އިސްތިއުނާފު ކުރުމުގެ ހައްގު. އިސްތިއުނާފު ކުރުމުގެ ހައްގު ގެއްލިފައެއް ނެތް. ދައުލަތައް މުދަލާއި ފައިސާ ނެގުމުގެ އަމުރު އިސްތިއުނާފު ކުރުމުގެ ހައްގު ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ވަކި މާއްދާއެއްގެ ދަށުން އެބައޮތް." ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

ހުކުމެއް އިއްވުމަށްފަހު ހުކުމަށް ބަދަލެއް ނުގެނެވޭނެ ކަމަށާއި ނަމަވެސް ހުކުމަށް ބަދަލެއް ގެނައުމަށް ތިން އިސްތިސްނާއެއް އެބައޮތްކަން ފާހަގަކޮށް ދައުލަތުން ބުނީ ހާމަކަން ބޮޑު ގޯހެއް ހުކުމުގައި އޮތްނަމަ އެކަން އިސްލާހު ކުރެވިދާނެ ކަމަށެވެ. އެހެންކަމުން ފަހުން އަމުރު ނެރުން ގޯސް ނުވާނެ ކަމަށް ދައުލަތުން ބުންޏެވެ.

ނަމަވެސް ދައުލަތުން ބުނީ ޖިނާއީ މައްސަލައިގައި އަންނަ ހުކުމަކަށް ފަހު ހުކުމް ކުރާ ވަގުތު، ޝަރީއަތުގެ ފަހުގެ މަރުހަލާގައި ވެސް ފައިސާ އާއި މުދާ ނަގަން އަމުރެއް ނެރެވިދާނެ ކަމަށް ދައުލަތުން ތަކުރާރުކޮށް ބުންޏެވެ.

މިއަދުގެ އަޑުއެހުން ނިންމާލީ މާދަމާ ޝަރީއަތުގެ އަޑުއެހުމެއް ބޭއްވުމަށް ތާވަލުން ޖާގަ ލިބިއްޖެނަމަ މާދަމާ އަޑުއެހުމެއް ބާއްވާނެކަން އިއުލާން ކުރުމަށްފަހު އެވެ.

ޔާމީންގެ ވަކީލުން ވަނީ މިމައްސަލައިގައި ހައިކޯޓުން ގޮތެއް ނިންމަންދެން ޔާމީން ދައުލަތައް ފައިސާ ދައްކަން ނެރުނު އަމުރަށް އަމަލު ކުރުން ފަސްކުރުމަށް ވެސް ހައިކޯޓުގައި އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. Anonymous

    ގޯސް އެއްޗެއް ސައްހަ ނުވާނެ. ސައްހަ ނޫންއެއްޗަކަށް އަމަލެއް ނުކުރެވޭ. އަމަލު ނުކުރެވޭ އެއްޗެއްވާ ދިވެހިރާއްޖޭގެ ގާނުނުތައް ގޮތައް. އެއެއްޗެއް އޮތްކަން ނޫން ކަމެއް ނެތް. އެއީ ބާކާރު އެއްޗެއް. އެއެއްޗެއް ހެދުމަށް ހޭދަވި ވަގުތު ބޭކާރު. މަސައްކަތް ބޭކާރު. ދެން އެހިފައިގެން ތިބެންވީ؟
    މޮޔައިން ތި މުއައްސަސާތަކަށް ލާފަ ތިބޭކަމަށް ބެލެވެނީ ތިކަހަލަ ދެއުޅިއެއްނުވާ ވާހަކަ ދައްކާތީއޭ.

    32
  2. ހުސޭނުބޭ

    ގޯސް އެއްޗެއްކަން ކަނޑައެޅިގެން ދައުލަތަށްވެސް އެނގޭ@ ދެން ބާތިލު ނުވަނީ ކީއްވެ! ފަނޑިޔާރުން ފިއްކެނޑުވީމާ ތިހެން ހިފަހަޓާލެވިދާނެ.

    43
  3. ޢ

    ހަމަގައިމުވެސް މިއަދު ތިޔަކޮސްވާހަކަ ދެއްކެވީ ދައުލަތުގެވަކީލުން ރޯދައައްތިބެގެންކަންޔަގީން

    15
  4. އަލްޖިބްރާ

    ފައިސާގަޑު މާޅާލީމަ ހަމަ ހެޔޮވަރު ! އެ ފައިސާ ދައްކަން އެންގީމަ އެންގިބަޔަކު ގޯސްވީ ! މީވެސް މިރާއްޖޭގެ ބައެއްގެ ކުރިމަތީގައި ހަރާން ހުކުމެއް ދޯ ؟

    4
    19
    • އައްޔަ

      އެބުނާހެން. އަދި އިބުރާހީމް މުޙައްމަދު ސޯލިޙް ކިޔާ މީހެއްވެސް އެބައުޅޭ އޭގެ 37 މިލިއަން ރުފިޔާ ދިއުވާލައިގެން. ދެން އޭނަ ދިރުވާލި ފައިސާގަނޑުގެ ވާހަކަނުދައްކަން އެކަކަށް ކޮން ރުޅިއެއް މި ބާލަނީ.

  5. އައްޔަން

    ދައުލަތުގެ މި ވާހަކަ އިންވެސް އެނގެނީ ދައުލަތުން ކޯޓަށް ނުފޫޒު ފޯރުވާފައިވާ މިންވަރު

    19
  6. މެކުނުން

    ޔާމީންއަކީ ބޮޑުވަގެއް މަކަރުވެރިއެއް ހިޔާނާތްތެރިއެއް، ނަމަވެސް ހުޅުމާލެ ފޭސް2 ހިއްކާފަ އެތައްޓަވަރެއް އަޅާފަ، މާސިންގާ ބްރިޖްއެއް އަޅާފަ، 25 ބުރީގެ ހޮސްޕޓަލެއް، އެތައްރަށެއްގެ ބަދަނރު، އެއާރޕޯޓް، ބޮޑުތަކުރުފާނު ބައެއްގަ ތާރުއަޅާފައެވަނީ، ވަގުހިފަން އައި މިސަރުކާރު ވަގުންގެ އަތްދަށުވެ މުޅިދައުލަތް ދަވާލީ، މިއައްވުރެ "ވަގު" ޔާމިންވެސް މާރަނގަޅު،

  7. މަހުދީ

    މިކަހަލަ ދެކޮޅު ނުުޖެހޭ ވާހަކަ ދައްކާ ވަކީލުން އަދި ދުވަހަކުވެސް ނިދެކެން. ބަލަ ގޯސްވީމާ އެއަް އަމަލުކުރާކަށް ނުޖެހޭނެ. އެޖެހޭނީ ބާތިލްކުރަން. އަތަށް ތިބެ ގޮއްވަނީ