ނިމިގެންދާއިރު ބަލިވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިހު ކަމަށާއި، ކާމިޔާބީ ލިބިވަޑައިގަންނަވާނީ ރައީސް ނަޝީދާއި ޝިފާޒްއަށް ކަމަށް ބާރަށު ދާއިރާގެ ކުރީގެ ރައްޔިތުންގެ މަޖްލީހުގެ މެންބަރު އަދި ހުޅުމާލެ ދާއިރާގެ ކައުންސިލަރ އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާއު މިފަދައިން ވިދާޅުވެފައިވަނީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ނައިބު ރައީސް މުހައްމަދު ޝިފާޒް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރުގެ މަގާމުން މިއަދު ވަކިކުރުމާއި ގުޅިގެން އޭނާ ކުރެއްވި ޓްވީޓެއްގައިއެވެ.

"ނިމިގެން ދާއިރު ބަލިވާނީ ރައީސް ސޯލިހެވެ. ކާމިޔާބު ކުރައްވާނީ ރައީސް ނަޝީދާއި ޝިފާޒެވެ. ހިތްވަރު ކުރައްވާށެވެ. މިކަން އަޅުގަނޑުމެން އެބަ ނިންމަމެވެ." ޝިފާޒްއަށް ކާމިޔާބީ ލިބިގަތުމަށް އެދެމުން ޝުޖާއު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

އަދި ހަމައެއާއިއެކު، ޝުޖާއު ވަނީ ޝިފާޒް އެމްޑީޕީއަށް ކޮށްދީފައިވާ ޚިދުމަތްތައް ފާހަގަކޮށް ރައީސް ސޯލިހުގެ މި ނިންމުމަށް ފާޑުކިޔާފައިއެވެ. " ޝިފާޒް އަކީ ރައީސް ސޯލިހް ވެރިކަމަށް ގެނައުމަށް ޓަކައި ބުރަ މަސައްކަތް ކުރެއްވި ބޭފުޅެކެވެ. ރައީސް ސޯލިހް މިހާ އިހާނެތިކޮށް ޝިފާޒް އާއި ދޭތެރޭ ކަންތައް ކުރައްވާނެ ކަމަށް އަޅުގަނޑު ދުވަހަކުވެސް ހީނުކުރަމެވެ" އަދި ރައީސް ސޯލިހުގެ އަނިޔާވެރިކަން ހައްދުން މައްޗަށް ދާކަމަށް ޝުޖާއުގެ ޓްވީޓްގައި އިތުރަށް ވިދާޅުވެފައިވެއެވެ.

ޝިފާޒަކީ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއިދު ކުރައްވާ ބޭފުޅެކެވެ. ނަޝީދު ކުރިއަށް ގެންދަވާ ފިކުރެއްގެ ދިރުން ހަރަކާތުގައި ވެސް އިސްކޮށް ޝިފާޒް ބައިވެރިވެއެވެ.

ޝިފާޒް އާއިއެކު ހަތް މިނިސްޓަރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ތިއްބަވައެވެ. އޭގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ޗީފް އޮފް ސްޓާފް ޢަލީ ޒާހިރު އަކީ ވެސް މިނިސްޓަރުންގެ ފެންވަރުގައި އެމަގާމަށް އައްޔަން ކުރައްވާފައިވާ ބޭފުޅެކެވެ. ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ މިނިސްޓަރުންނަށް ވެސް މިނިސްޓްރީތައް ހިންގަވަން ތިއްބަވާ މިނިސްޓަރުންނަށް ލިބޭވަރުގެ މުސާރައެއް ލިބެއެވެ. އެއީ -/57500 ރުފިޔާ އެވެ.

ޝިފާޒް މިނިސްޓަރުކަމުން ވަކިކުރިކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ކަށަވަރު ކޮށްދީފައެވެ. އެ އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވީ ޝިފާޒް މަގާމުން ވަކިކުރީ ރައީސުލްޖުމްހޫރިއްޔާއަށް ޤާނޫނު އަސާސީގެ 115 ވަނަ މާއްދާ އިން ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ކަމަށެވެ.

ޝިފާޒް މަޤާމުން ވަކިކުރުމާއިއެކު، އެ މަޤާމަށް އިބްރާހީމް ވަޙީދު ވަނީ މިއަދު ޢައްޔަންކުރައްވައިފައެވެ.

އެމްޑީޕީ ދެބައި ވެފައިވާއިރު ރައީސް ނަޝީދަށް ތާއިދުކުރާ ސަރުކާރުގެ އިސް ބޭފުޅުން މަގާމުން ވަކިކުރަން ފަށާފައި ވަނީ މި ހަފްތާގައެވެ. އެގޮތުން، އެންމެ ފުރަތަމަ މަގާމުން ވަކިކުރީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުގައި ހުންނެވި ހުސެއިން އަމުރު އެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. Anonymous

    އަނގަމަޑުންލައިގެން ވޯޓެއްލަންދެން މަޑުން ތިބެބަލަ. ވަކިކުރަން ޖެހުނީމާ ވަކިކުރާނެ. ވެރިންނަށް އެބާރުވަނީ ދީފާ.

    އަދި ބުނެލަން ތިއީ ބަހާ ޢަމަލާ ދިމާވާބައެއް ނޫން.

    9
    2
  2. ޑައެލޯގް

    އިބޫއާއި އިބޫގެ އައުވާނުން ބުނަނީ އިބޫއަކީ އެންމެނާވެސްގުޅޭ ކޯލިޝަންވެސް ހިފަހައްޓަންދަންނަ ހިތްތިރި މީހެއްކަމަށެވެ. އެކަމަކު އަމިއްލަ ޕާޓީގަޑުވެސް ނުހިފެހެއްޓި ގާސިމަށްވެސް ކޯލިޝަންހަދަން މަޖުބޫރުކުރާތަން މިފެންނަނީއެވެ.

    8
    6
  3. މުހައްމދު

    ކިތައްމެ މަސައްކަތެއް ކުރިއަސް ރައީސްއޮފީހުގެ މިނިސްޓަރަކަށް ހުރެ ރައީސްގެ ވެރިކަން ބަދަލުކުރަން މަސައްކަތް ކުރާ މީހަކު ބެހެއްޓުމަކީ އަރަތެއް ކަހަލަ ކަމެއް ތިޝުޖާއަކީވެސް ފިތުނަ އުފެއްދުމަށް ލާމަސީލު މީހެއް

    17
    7
  4. ނުނން

    މީއެއްކަލަ ޖޫސް ޕެޓީ ޝުޖާއު

  5. ފަހީ

    ނިމިގެންދާއިރު ކާމިޔާބު ލިބޭނީ މުސްލިމުންނަށް.. ލާދީނީ މީހުންނަކަށްވެސް ނޫން އަދި ހިނދުކޮޅުގައި ތިބޭ ބަޔަކަށްވެސް ނޫން އަދި ރާބޯ ބަަޔަކަށްވެސް ނޫނެވެ. އެމީހުންނަށް ތައްޔާރުކުރައްވާފައިވަނީ ނަރަކައެވެ.

  6. ފަޒާ

    ކޮވިޑުތެރޭ މާގިރި ހޮޓަލުގައި ހާދިސާތަކެއް ހިނގިކަމަށް އަލީވަހީދު އޭރު ބުނި. އެކަންކަން ތަހުގީގުކޮއްލަން އިބޫއަށް މިއީ ރަނގަޅު ދަނޑިވަޅެއްކަމުގައި ދެކެން. ކީކޭ އިބޫ ބުނަނީ.؟

    3
    1
    • ހަނޫމާން ސިންގް

      ޓޫލޭޓް ދެން ތިމައްސަލަ ބަލައިގެން އެމީހުންނަށް ފްރީ މީޑިއާ ޓައިމް އާއި އިތުރަށް ފޭމަސްވުން ނޫން ކަމެއްނުވާނެއެވެ. މިދުވަސްކޮޅު ދައްކަން އަންގައި ފައިސާ އާއި ބަލާ މައްސަލަތަށް ބުނާނީ ވެސް ގަބޫލްކުރެވެން ބޮޑުވާނީވެސް ސިޔާސީ އެޓޭކެއްކަމަށެވެ.

  7. ހަންޑިކުޑަ

    ރާމާ މަކުނުވެސް ދަރި ދޫކޮއް ދިޔައީ ދަރި ދެކެ ލޯބި ނުވާތީކީނޫން. މިހިރަ މިހިރަ ވާހަކަ ތަކުން ސުޖާޢު ވެސް އިބްރަތް ލިބިގަންނާނެ ކަމަށް އުއްމީދު ކުރަނމު.

    7
    1
  8. އަސް

    ސަރުކާރުގަ ތިބެ މޑޕ މީހަކު ރައީސްއާ އިދިކޮޅަށް ފާޅުގަ މަސައްކަތް ކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން. އަންނި މިޖަހަނީ ވަރަށް ހަޑި ސަކަރާތެއް.

  9. ޒިލޭބި

    ބާރަށު ކަލޯ މިކިޔަނީ ކީ ކޭތޯ ؟ މިކަހަލަ ކާމް ޗޯރުން ގިނަވެގެން ޕީޕީއެމް ހަލާކުވަނީ ، ނަމުގަ ޔާމީން ކަމުގަ މުއިއްޒު މިހާރު ނަޝީދު ފުކެއް ބޮޑުވަރު