ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެ ބަދަލުވަނީ "ޑިމޮކްރަސީގެ ދޮންބައްޕަ" އަކަށް ކަމަށް ވިދާޅުވެ، މަޖިލިހުގެ ދާންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ޔައުގޫބް އަބްދުﷲ ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފަޅީގައި ހުންނެވި ޔައުގޫބް އެގޮތަށް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމް ވާދަކުރައްވަން ނިންމެވުމާ ގުޅިގެން މަޖިލިހުގެ މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕެއްގައި ނަޝީދު މަރުހަބާ ވިދާޅުވުމުންނެވެ.

އެ މެސެޖަށް ރައްދު ދެއްވައި އެ ގްރޫޕްގައި ޔައުގޫބް ވިދާޅުވީ ފުރަތަމަ ފަހަރަށް ބޭއްވި ވާދަވެރި ޕްރައިމަރީއަކުން ނާކާމިޔާބުވުމުން ނަޝީދު ބޮޑާ ހާކަމުންދާ ކަމަށެވެ.

"ފުރަތަމަ ފަހަރަށް ބޭއްވުނު ވާދަވެރި ޕްރައިމަރީއަކުން ބަލިވީމަ ބޮޑާހާކަމުން ތި ދަނީ. ތިމަންނައަކީ ޑިމޮކްރަސީގެ ބައްޕައޭ ކިއާ ދެއްކި ވާހަކަ މިހާރު އެ ބަދަލުވަނީ ދޮން ބައްޕައަށް،" ޔައުގޫބް ލިޔުއްވިއެވެ.

އަންނަ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) ޓިކެޓުގައި ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަން ނިންމަވައި އެ ޕާޓީ ލީޑަރު އަދި ރައްޔިތުންގެ މަޖިލިހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ފޯމް ހުށަހެޅުއްވީ މިއަދުއެވެ.

ޖޭޕީގެ 151 ވަނަ ކައުންސިލް ބައްދަލުވުމުގައި ވަނީ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި އެ ޕާޓީން ކެންޑިޑޭޓު ނެރެން ނިންމުމުން، އެ ޕާޓީން ވަނީ ރިޔާސީ ޓިކެޓަށް ޝައުގުވެރިވާ ބޭފުޅުން ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފައެވެ. އެ ފުރުސަތު މިއަދު 12 ޖެހިއިރު، ބަންދު ކުރިއިރު، ރިޔާސީ ޓިކެޓަށް އެދިވަޑައިގެން ފޯމް ހުށަހެޅުއްވީ ވެސް ގާސިމް އެކަންޏެވެ.

އެހެންވެ، ޕްރައިމަރީއަކާ ނުލައި ގާސިމަށް ޖޭޕީގެ ރިޔާސީ ޓިކެޓު ވަނީ ކަށަވަރުވެފައެވެ.

ޖޭޕީގެ ސެކްރެޓަރީ ޖެނެރަލް އަލީ އާރިފަށް ގާސިމް ފޮނުއްވި ސިޓީއެއްގައި ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖޭޕީގެ ފަރާތުން ކެންޑިޑޭޓަކު ނެރުމަށް މިދިޔަ ފެބްރުއަރީ 25 ގައި ކުރިއަށް ދިޔަ ޖޭޕީގެ ހަތަރު ވަނަ ގައުމީ ކޮންފަރެންސަށް ހުށަހަޅައި ފާސް ކުރި ގަރާރާއި އަދި ޖޭޕީގެ 151 ވަނަ ބައްދަލުވުމަށް ހުށަހަޅައި ފާސް ކުރި ގަރާރުން ޕާޓީ އަށް ލާޒިމްކޮށްފައިވާ ކަމަށެވެ.

ރިޔާސީ ކެންޑިޑޭޓެއްގައި ހުންނަން ޖެހޭ ޝަރުތުތައް ފުރިހަމަވާ އެތައް ބޭފުޅުން ޕާޓީގައި ތިއްބެވި ނަމަވެސް ޖޭޕީގެ ޕްރައިމަރީގައި ވާދަކުރުމުގެ މުއްދަތުގެ އެންމެ ފަހު ވަގުތާ ހަމައަށް އަންނަމުން ދިޔަ އިރު ވެސް އެއްވެސް ބޭފުޅަކު ޕާޓީގެ ޓިކެޓުގައި ވާދަކުރުމަށް އެދި ހުށަހަޅާފައި ނުވާ ކަމަށް ގާސިމް ވިދާޅުވިއެވެ.

އެހެންވެ، ޕާޓީގެ ލީޑަރުގެ ހައިސިއްޔަތުން ހުންނެވި މީހަކީ އޭނާ ކަމަށްވުމާ އެކު، މާތް ﷲ ގެ ވާގިފުޅާއި މިންވަރުފުޅުން ޕާޓީން އެދޭ ގޮތް ހާސިލްކޮށް ދިނުމަށް މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ޖޭޕީގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ކުރިމަތިލުމަށް ގަސްތު ކުރައްވާ ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ޖެރާޑް

    ޔައުޤޫބު ކަލޭތީ ކޮރަޕްޝަން ބަލާށޭ ކިޔާފައި އެންމެ ގަދަޔަށް މަޖިލިސް ވޯޓްގައި ވާހަކަ ދެއްކިމީހާ.. މެމްބަރަކުން ލިބުނީމާ ސަރުކާރާއި ގުޅިގެން ކޮރަޕްޝަން ހިންގަނީ އަދި ނުވިތާކަށް އެއްބަނޑު ދައްތަ ލައްވާވެސް ވަގުހަދުވާފި.. ކަލޭ މާތާހިރެއް ނޫނޭ ރައީސް ނަޝީދާއި ބެހޭކަށް.. މަގުމަތިން ކުއްލިއަކަށް އެމަނިކުފާނުގެ ވެރިކަން ވައްޓާލިއިރުވެސް ދައުލަތުގެ ފައިސާއަކުވެސް ޖެހިލާފަ ނެތޭ..

    39
    4
    • އަސާސީ

      ޔައުގޫބަކީ ސިޔާސީ ކަންކަމުގައި އަންނި ކައިރި އަދި ހަމަ ނާސަރީ ކުއްޖެއް ހެހެހެ

      32
      4
      • އޮޑިޓަރު

        ޔައުގޫބަކީ ޗޯރު ސޯލިހު ކުމާރުގެ ބޯއިއެއް. މި ބޯއީ ލައްކަ ދޯންޏާ ޕުރޮޖެކުޓުތައް ހޯދާ ލައްކަ ތަނަށް އަމިއްލަ ޖީބު ބޮޑުކޮއްފި. މިކަލޭގެ އޮޑިޓު ކޮއްފިއްޔާ ލައްކަ ކޮރަޕުސަން އޮންނާނެ.

        21
  2. ހަންޑިކުޑަ

    ޔަޢުގޫބޫ! ޑިމޮކްރަސީގެ ދޮންބައްޕަ އަކަށް ނުވަތަ ދޮން މަންމަ އަކަށް ރަޢީސް ނަޝީދު ބަދަލު ވެގެން ވިއަސް ރަޢީސް ނަޝީދު މިފަހަރު ވެރިކަން ހޯދައި ދެއްވަން ބޭނުންފުލުވަނީ އޮނަރަބަލް ޤާސިމް އިބްރާހީމަށެވެ. ޔަޢުޤޫބު މެންނަކީ ރަޢީސް ނަޝީދާއި ދިމާލަށް އެއްޗެކޭ ބުނެވޭނެހާ ފެންވަރު ހުރި ބޭފުލެއް ކަމަކަށް އަނފިރިން ނުދެކެމުއެވެ. ވ ވެދުން.

    39
    3
    • Anonymous

      ވެރިކަން ހޯދާދީފަ ސޭޓުގެ ބޮލަށް ފައިން އަރާނެ.

      9
      4
  3. ދާންދޫ.

    ވަގު ހިފަން އައި ކަލޭގެ ހިންގާ ޖަރީމާ އިގޭނެ އޮޑިޓަރުންނަށް. ލައްކަ އަޑި ނުބައި ބޯ ނުބައި އިންސާނެއް. ދެން ތިޔަ ގޮނޑި ކޮއްކޮ އަތުވެސް ނުޖެހޭނެ!!!!

    44
    1
    • ފައިނޭންސް

      އެކަލޭގެ ހިންގާ ޖަރީމާ ފޮރުވަން މަތި އަޅަން ދެެއްކި ވާހަކައެއް އެއީ. ތިޔާ ޔައުގޯބެއް އަހުން ދަންނަމޭ

      13
    • ޖޯން ޅިޔަނު

      ނުލަފާ ވައްތަރެއް ޖަހަނީވެސް އަޑި ނުބައި

      12
  4. ހުސޭނުބޭ

    މީނަ ނަޝީދަށް ބަފާބެ ކިޔަން ތައްޔާރުވަނީބާ؟

    23
    1
    • ޢެވެސްދޮން

      ދޮންބަފައިބެ

      10
  5. ޟެން

    ޔައުގޫބުގެ ފެންވަރެއް ނޫން ރައިސް ނަސީދާ ބެހުމަކީ . ފެންވަރު އޮޅިގެން ތިއުޅެވެނީ. މެންބަރުކަން ލިބުނަސް ޔައުގޫބު ވާނީ ޔައުގޫބައް.

    16
    1
  6. ޑައެލޯގް

    ޔައުގޫބޫ އިބޫ ޕްރައިމަރީން ކާމިޔާބުވީ ހުރިހައި ބާރެއް އަތަށްނަގައި ވަގުފައިސާއިންނެވެ. އެނޫންނަމަ އަންނި ހޮވޭނީ

    12
  7. Anonymous

    "ފިކުރެއްގެ ދިރުން " މަޖިލިހުންވެސް ބޭރުކޮށްލާބަލަ،

    3
    8
  8. އޮޑީޓަރު

    ވަގު ހިފަން އައި އޮޑިޓަރުވެސް އެވައްތަރު ބޮޓަކަށް ވެގެން ދައުރު ނިމެނީ!

    3
    1