ސްކޫލް ތައް ހިންގުން ހަރުދަނާ ކުރުމަށް ޤާބިލް ޕްރިންސިޕަލުން އުފެއްދުމަށްޓަކައި، ޕްރިންސިޕަލުން ތަމްރީން ކުރުމަށް ބޭނުންވާ ޙާއްސަ ސްކޮލަރޝިޕް ޕްރޮގްރާމްތައް ސްޕޮންސަރ ކުރުމަށް އެމްޑަބްލިޔުއެސްސީން އާއި އެޑިއުކޭޝަން މިނިސްޓްރީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއަދު އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި މި ރަސްމިއްޔާތުގައި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕަރމަނަންޓް ސެކްރެޓަރީ އަޙްމަދު ޢަލީ އެެވެ. އެމްޑަބްލިޔުއެސްސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރު އަލްފާޟިލް ހަސަން ޝާހް އެވެ.

އެމްޑަބްލިޔުއެސްސީން ބުނީ، މި އެއްބަސްވުމުގައި، ރާާއްޖޭގެ ސްކޫލްތަކަށް ބޭނުންވާ ގާބިލް ޕްރިންސިޕަލުން އުފައްދާ ތަމްރީން ކުރުމަށްޓަކައި މާސްޓަރސް ޑިގްރީ ލެވެލް ކޯހުގެ 10 ސްކޮޕަލަރޝިޕާއި އަދި ކުރު މުއްދަތުގެ 110 ކޯސް ސްޕޮންސަރ ކުރުމަށް ވަނީ ހަމަޖެހިފައިކަމަށެވެ.

މި ޕްރޮގްރާމްތައް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ އެމްޑަބްލިޔުއެސްސީގެ އިޖްތިމާޢީ ޒިންމާގެ ދަށުން ދެ އަހަރު ދުވަހުގެ މުއްދަތަށެވެ.

ރާއްޖޭގައި ސްކޫލްތައް ހިނގުމަށް ހާއްސަކޮށް، ތަމްރީން ލިބިފައިވާ ބޭފުޅުން މަދުކާމައި އެކު ސްކޫލްތައް އެންމެ އެކަށީގެންވާ ގޮތެއްގައި ހިނގުމަށް ވަނީ ދަތިތަކެއް ދިމާވެފައިކަމަށާއި، ދަރިވަރުންނަށް ރަނގަޅު ތައުލީމެއް ފޯރުކޮށްދިނުމާއި ސްކޫލްތަކުގައި ކިޔަވައިދިނުން ރަނގަޅު ކުރުމަށްޓަކައި ފެންވަރު ރަނގަޅު ޕްރިންސިޕަލުން ތިބުމަކީ ކޮންމެހެން މުހިންމުކަމެއްކަމަށް އެމްޑަބްލިޔުއެސްސީން ބުނެފައި ވެއެވެ. އަދި އިލްމީ ގާބިލް ރަނގަޅު ޕްރިންސިޕަލުން ސްކޫލްތަކުގައި މަސައްކަތްކުރުމަކީ ދަރިވަރުން ރަނގަޅު ނަތީޖަ ހޯދުމަށް މެދުވެރިވާ ސަބަބެއްވެސް ކަމަށްވެސް އެމްޑަބްލިޔުއެސްސީން ބުނެފައި ވެއެވެ.

އެމްޑަބްލިޔުއެސްސީން ބުނީ މުޖުތަމައަށް ނުހަނު ބޮޑަށް ބޭނުންޖެހިފައިވާ ރޮނގަކުން ދިވެހިން އުނގެނުމާއި ބިނާކުރުމަށް މިފަދަ ފުރުސަތެއް، އެ ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން ފަހިކޮށް ދެވުމަކީ އެ ކުންފުންޏަށް ލިބިގެންދިޔަ ވަރަށް ބޮޑު އުފަލާކާއި ޝަރަފެއް ކަމަށް އެ ކުންފުނިން ދެކެއެވެ. އަދި މިއީ މުޖްތަމައަށް އޭގެ މަންފާއާއި ލާބަ ނުހަނު ބޮޑަށް ލިބިގެންދާނެ ކަމެއްކަމުގައިވެސް އެމްޑަބްލިޔުއެސްސީން ދެކެއެވެ.

އެމްޑަބްލިޔުއެސްސީން އަބަދުވެސް މަސައްކަތް ކުރަމުން އަންނަނީ މުޖްތަމައުގެ ކުރިއެރުމާއި، ލާބައާއި އަދި މަންފާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކޮވިޑް

    އިމާމުން ތަމްރީން ކުރަން އިންޑިއާ އަށް ، ނޫސްވެރިން އިންޑިއާ އަށް . މިހާރު އިންޑިއާ ގުއި ވީ ތޯ؟

  2. ފަޒާ

    ފޫޅުމާއިން ތަމްރީނުކުރަން އެހީވާންވީނޫންތޯ..

  3. އިބްރާހިމް

    ފެން އަގުހެޔޮ ކުރިއްޔާ މާބޮޑަށްވެސް ރައްޔިތުމީހާއަށް ފައިދާވާނެ. މީގެ ކޮންމެ ކުންފުންޏަކުން ރައްޔިތުން ފެލާފަ ލިބޭ ލާރި ހަރަދަު ކުރަނީ ނާޗަރަންގީ ކުޅެން. ދެން ސަރުކާރަށް އެންމެ ބޮޑު ޑިވިޑެންޑެއް ދެވެނީ ކޮންބަޔަކަށްތޯ އޮންނަ ވާދަވެރިކަމުގައި ފުންމާލަނީ ރައްޔިތުންގެ ޖީބަށް.