ފަތުރުވެރިކަމުގެ ނަފަޔާއި މަންފާ މިހާރު ސީދާ ރައްޔިތުންނަށް ލިބޭ ކަމަށް ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.
މައުސޫމް އެގޮތަށް ވިދާޅުވީ އޭނާ މިއަދު ކުރެއްވި ޓުވީޓެއްގަ އެވެ.
އެ ޓުވީޓުގައި ފަތުރުވެރިކަމުގައި ހާސިލު ކުރެވުނު މިންވަރަށް ވަނީ އަލި އަޅުވާލައިފަ އެވެ. އެގޮތުން މިހާރު ފަތުރުވެރިކަމުގެ ނަފަޔާއި މަންފާ މިހާރު ސީދާ ރައްޔިތުންނަށް ލިބޭ ކަމަށް ވިދާޅުވެ އޭގެ ސަބަބުތައް ވެސް ވިދާޅުވި އެވެ.
އެގޮތުން ކޮމިއުނީޓީބޭސްޑް ޓޫރިޒަމް (ރައްޔިތުންގެ ފަތުރުވެރިކަން) މިހާރު ރާއްޖޭގެ ހުރިހާ އަތޮޅަތަކާއި ސިޓީތައް ހިމެނޭގޮތައް 118 ރަށަށްވަނީ ފުޅާވެފައިވާ ކަމަށް މައުސޫމް ވިދާޅުވި އެވެ.
"909 ފެސިލިޓީގައި 16،300 އެނދު. އެއީ ރައްޖޭގެ ޖަުމްލަ އެނދުގެ %27" މައުސޫމް ވިދާޅުވި އެވެ.
މައުސޫމް މިއަދު ކުރި ޓްވީޓަކީ އޭނާގެ މިނިސްޓަރުކަމުގައި ފެށި ހޯމް ސްޓޭ ވިޔަފާރި އެއްގޮތަކަށް ވެސް ކުރިއަށް ނުގޮސް އެވިޔަފާރި ފެއިލް ވުމުން ކުރިމަތިވެފައިވާ ފާޑުކިޔުންތަކަށް ދިން ރައްދެއް ކަމަށް ބެލެވެއެވެ. ހޯމް ސްޓޭ ފެށުމުގެ ކުރިން އެވިޔަފާރި ކާމިޔާބު ވާނެ ކަމަށް ވިދާޅުވެ މައުސޫމް ވަރަށް ގިނަ ވާހަކަތަކެއް ދެއްކެވިއެވެ. ނަމަވެސް އޭނާ ވިދާޅުވި ގޮތައް އެއްވެސް ކަމެއް ނުވިއެވެ.
ފަތުރުވެރިކަމުގެ ނަފަޔާއި މަންފާ ސީދާ ރައްޔިތުންނަށް ލިބޭ، ކޮމިއުނީޓީބޭސްޑް ޓޫރިޒަމް (ރައްޔިތުންގެ ފަތުރުވެރިކަން) މިހާރު ރާއްޖޭގެ ހުރިހާ އަތޮޅަތަކާއި ސިޓީތައް ހިމެނޭގޮތައް 118 ރަށަށްވަނީ ފުޅާވެފަ. 909 ފެސިލިޓީގައި 16،300 އެނދު. އެއީ ރައްޖޭގެ ޖަުމްލަ އެނދުގެ %27
— Abdulla Mausoom (@Mausoom_Maus) April 6, 2023
ފަތުރުވެރިކަމުގައި ބޮޑެތި ކާމިޔާބީތަކެއް ހޯއްދެވި ކަމަށް ވިދާޅުވި އިރު މައުސޫމްއަކީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް އައްޔަނުކުރެއްވި ބޭފުޅެކެވެ. ނަމަވެސް ޖުމްހޫރީ ޕާޓީން އަންނަ ރިޔާސީ އިންތިހާބަށް ވަކިން ނުކުންނަން ނިންމުމުން މައުސޫމް ވަނީ ޖޭޕީ ދޫކުރައްވައި ސަރުކާރު ފަޅިއަށް އަރުއްވައިފަ އެވެ.
މި ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރުކަމަށް އައްޔަން ކުރެއްވި މައުސޫމް ވަނީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްގެ ސަން އައިލެންޑް ރިސޯޓުގެ މެނޭޖަރު ކަން ވެސް ކުރައްވައިފައެވެ.
ދޮގު ހެދުން މިއޮތީފެށިފަ
ދިވެހިންގެ ފަޅުތަކާ ރައްތައް ވިއްކައިގެން ދައުލަތުން ދިވެހިންގެ ޓެކްސް ފައިސާއިން ހަރަދު ކޮއް މާކެޓުކޮއްގެން. ބޭރުމީހުން ނައް 80 ޕަސެން ވަޒީފާ ދީފަ ހުރިހާ ބޮޑެތި މުސާރަ ދޭ ވަޒީފާ ތަކުގާ ބޭރުމީހުން. މުޅި ރިސޯޓުގެ ޖުމްލަ މުސާރަ ސީޓުގެ 95 ޕަސެންޓް ދަނީ ގައުމުން ބޭރަށް. ފެން ދިވެހިންނަށް އޮތީ މިކަމުން ކޮން މޮޅެއް
އަޅުގަނޑުމެން ތިލަމާލެ ބްރިޖުން ދެކޮޅަށް ދަތުރުކުރާއިރު ފަތުރުވެރިކަމުން މަންފާލިބޭ މީހުން އެ ބެރިޖުގައި ނަށަމުން ދުވާތަން ވަރަށް ރީތިކޮށްފެނޭ.
މުޅި ރިސޯޓައް ވަންނަ 100 ޑޮލަރަކުން 95 ޑޮލަރު ދަނީ ގައުމުން ބޭރަށް. ސަރުކާރުން އިސްތިހާރު ކުރަން ކުރާ ހަރަދު ވެސް ނުލިބޭ
އަނގައޮތީމާ ކޮންމެ އެއްޗެކޭވެސް ބުނެވިދާނެ. ބޭފުޅާ ތިފޮނިކަޑަން އޮތީ މަދުދުވަސްކޮޅެއް.
ފަތުރުވެރިކަމުގެ ނަފާއާއި މަންފާ ރައްޔިތުންނަށް ހޯދަދޭން ބޭނުން ސަރުކާރެއްނަމަ ރާއްޖޭގައި 2 ރިސޯޓަށްވުރެ ގިނަ ރިސޯޓު ހިންގާ ހުރިހާ ކުންފުންޏަކީ ޕަބްލިކަށް އާންމު ހިއްސާވިއްކަން ޖެހޭ ބަޔަކު ކަމުގައި ލާޒިމް ކުރާ ގާނޫނެއް ހަދާނެއެވެ.
ކަލޭމެން ފަތުރުވެރިކަމޭ ކިޔައިގެން ވާހަކަނުދައްކާށެވެ. ކަލޭމެނަކީ ރާއްޖެއަށް ޓުވަރިސްޓުން ނައުމަށް ގޮވާ ބޯއިކަޓްކުރަން ގޮވިބައިގަނޑެވެ.
ކަލޭމެން ފަތުރުވެރިކަމޭ ކިޔައިގެން ވާހަކަނުދައްކާށެވެ. ކަލޭމެނަކީ ރާއްޖެއަށް ޓުވަރިސްޓުން ނައުމަށް ގޮވާ ބޯއިކަޓްކުރަން ގޮވިބައިގަނޑެވެ.