ބ. އަތޮޅު ކުޑަރިކިލަށް ނިސްބަތްވާ މަސްވެރިއަކު މާތްﷲގެ އިސްމަފުޅު ލިޔެވިފައިވާ މަހެއް މިއަދު ބާނައިފިއެވެ.

އެރަށު ކައުންސިލް ރައީސް އަބްދުލް ހަންނާން އައްބާސް ވިދާޅުވީ، އެއީ އާއްމުކޮށް ރިސޯޓްތަކަށް ފަރުމަސް ކިރަން، ފަރުމަސް ބޭނުމުގައި އުޅޭ ރަހުމަތު ދޯނި މަސްވެރިއަކު ބޭނި މަހެއް ކަމަށެވެ.

"އެކަމުގެ ތެރޭގައި އުޅެނިކޮށް މިއަދު ބޭނި "މާނިޔާ" މަހެއްގެ ބޮލުގައި ﷲގެ އިސްމަފުޅު ލިޔެވިފައި އޮތްތަން ފެނުނީ". އޭނާ ވިދާޅުވިއެވެ.

ކުޑަރިކިލު މަސްވެރިއަކު ބޭނި މަހެއްގައި ﷲގެ އިސްމަފުޅު -

ހަންނާން ވިދާޅުވިގޮތުގައި، އެކަން ފާހަގަވި ފަހުން މިހާރު ރަށުގެ ކޮމިއުނިޓީ ގްރޫޕްގައިވެސް އެ ވާހަކަ ވަރަށް ގިނައިން ދައްކަމުން ދެއެވެ.

މީގެ ކުރިންވެސް ރާއްޖެއިން ބޭރުގައި އަދި ރާއްޖޭގައިވެސް ﷲ ގެ އިސްމަފުޅުވާ ތަކެތި ފެނިފައި އެބަހުއްޓެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހަސަނު

    ﷲގެ ކުޅަދުންވަންތަ ކަމާއެވެ..
    ﷲއަކުބަރު...

    64
    1
  2. އައިމަން

    މިކަހަލަ ކަންކަމާ ދިމާވީމައެއްނޫން، އަބަދުވެސް ތިމާ ދިރިހުންނަ ކޮންމެ ސިކުންތަކުވެސް މާތް ﷲގެ މަތިން ހަނދާން ކޮށް އަޅުކަންމަތީ ދެމިތިބެންވީ. ތިމާގެ ފެނުމާއި އިވުމާއި ބުއްދިއަކީ ކޮންފަދަ ނިއުމަތެއްތޯ ހިތަށްއަރާ މީހުން ވަރަށްވެސް މަދު، ޤުރްޢާނާއި ސުންނަތަކީ ޤިޔާމަތާއި ހަމައަށް ދެމިގެންވާ މުޢުޖިޒާތެއް ކަން ދަނެގެން އެއާމެދު ވިސްނާ ފިކުރުކުރަންވީ، ފެންނަ މަންޒަރަކީ އިސާހިތަކު ނެތި ފަނާވެދާނެ އެއްޗެއް...