ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް އާލާސްކަންފުޅާ އުޅުއްވާތީ ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެ ވަޑައިގެންނެވޭ ގޮތް ނުވުމުން މިއަދު މަޖިލިސް ޖަލްސާގައި އޭނާ އާއި ކުރަން ތާވަލް ކުރި ސުވާލު ކެންސަލް ކޮށްފިއެވެ.
މަހުލޫފްއާއި ސުވާލު ކުރަން ހުށަހެޅުއްވީ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް އެވެ. އެ ސުވާލު މިއަދުގެ ޖަލްސާއަށް އޮތީ އެޖެންޑާ ކޮށްފަ އެވެ.
ނަމަވެސް މިއަދުގެ ޖަލްސާ ފައްޓަވަމުން ރައްޔިތުންގެ މަޖިިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަހުލޫފް އާލާސްކަންފުޅާ އުޅުއްވާތީ މަޖިލީހަށް ހާޒިރު ނުވެވޭނެކަން އަންގަވާފައިވާ ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ އާލާސްކަންފުޅާ އުޅުއްވާކަން މަހުލޫފް އެންގެވީ މަޖިލީސް ފެށެން އުޅެނިކޮށް ކަމަށެވެ. "ވަޒީރު ހެޔޮހާލު ކޮޅާ ވީމާ އަނެއްކާވެސް މަޖިލީހަށް ވަޑައިގަންނަވަން ދަންނަވާނަން" ރައީސް ނަޝީދު ވިދާޅުވި އެވެ.
ރިޔާޒް މަހުލޫފާ ސުވާލުކުރަން ހުށަހެޅުއްވީ ރިޔާޒްގެ ދާއިރާގައި ހިމެނޭ ތ. ވޭމަންޑޫގެ ޒުވާނުންގެ މަރުކަޒުގެ މަސައްކަތްތަކާ ގުޅޭ ގޮތުން ނެވެ.
އެ މަރުކަޒު ތަރައްގީ ކުރުމުގެ މަސައްކަތް މިދިޔަ ނޮވެމްބަރު މަހު ފަށައި މި އަހަރުގެ ޖެނުއަރީ އެކަކަށް ނިމޭނެކަމަށް ސަރުކާރުން ލަފާކުރި ނަމަވެސް އެ މަސައްކަތް ކުރިއަށް ނުދާ ކަމަށް ރިޔާޒް ވިދާޅުވެއެވެ. އެހެންކަމުން އެ މަސައްކަތް ކުރިއަށް ގެންދަން މިހާރު ރާވާފައި އޮތް ގޮތާއި އަދި އެ މަސައްކަތް ނިމޭނެ ތާރީގާ ގުޅޭ ގޮތުން ރިޔާޒް ސުވާލު ހުށަހަޅުއްވާފައި ވެއެވެ.
ތިޔަކަމެއް ނޭންގޭ ކެންޕޭނުގާ އުޅޭތަން ފެންނަނީ ތިޔ މީހުން ހަދާނެތަ ތެދެއް
ތިޔަ ކަހަލަ މީހުން ރަނގަޅު ނުވިއްޔާ ރަނގަޅުވާނީ
އެބަހުރި މަޖީދިއްޔާ ސްކޫލު ކާރިގައި، އަންހެނުންނާ ދަރިވެސް ގޮވައިގެން. ނޭގެ ކުރާކަމެއް
ދެންމެ އޭނާ ހުޅުމާލޭ އެންސިސް ސަރަހައްދުގައި ފޯނު ކަންފަތުގައި ޖަހައިގެން ހުއްޓާ ދުށިން. އެއީ އާލާސްކަންފުޅާ އުޅުއްވާތީ.
ގަލޮޅު ސްޓޭޑިއަމް އަޅުއްވާތީ ތޯއްޗެ 😏