އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާތިލް ކުރުމުގެ އަމުރަކަށް އެދި ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ކުރިއަށް ގެންދެވެން ނެތް ކަމަށް ސިވިލް ކޯޓުން ނިންމައިފި އެވެ.

އެމްޓީޕީއިން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ރިޔާސީ ޕްރައިމަރީ ބާތިލުކޮށްދިނުމަށާއި، އަލުން ބާއްވައިދިނުމަށް އެ ޕާޓީގެ މައްޗަށް ހުށަހެޅި މައްސަލައިގައި ދައުވާކުރުމަށް އެކަށީގެންވާ މަސްލަހަތާއި ހައިސިއްޔަތު، ދައުވާ ހުށަހެޅި ފަރާތުގެ ނެތްކަމަށް ކަނޑައަޅުއްވައި، އެ މައްސަލަ ކުރިއަށް ގެންދެވެން ނެތްކަމަށް ސިވިލް ކޯޓުން މިއަދު ނިންމައިފި ކަމަށެވެ.

އެމްޑީޕީގެ ޕްރައިމަރީއާ ގުޅުގެން ތިން ފަރާތަކުން ވަނީ ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި އެވެ. މި މައްސަލަ ކޯޓަށް ހުށަހެޅި މީހުންގެ ތެރޭގައި ހިމެނޭ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަދި މިހާރު ޕޮލިސް ބޯޑުގައި އިންނަވާ ހާމިދު އަބްދުލްޣަފޫރް ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ ޕާޓީގެ މެންބަރަކު ވަކިކުރުމަކީ މެންބަރާ މެދު އަޅާ ފިޔަވަޅެއްކަން އަސާސީ ޤަވާއިދުން އެނގެން އޮންނައިރު، ވަކިކުރި 39،000 މެންބަރުން ވަކިކުރީ ފިޔަވަޅު އެޅުމުގައި ޢަމަލު ކުރަންޖެހޭ އިޖުރާޢަތުތަކާ ޚިލާފަށް ކަމަށެވެ. އެހެން ކަމުން އެ ވަކި ކުރި މެމްބަރުންނަށް ވޯޓު ދިނުމުގެ ހައްޤު ގެއްލޭގޮތަށް ބޭއްވި އިންތިޚާބު ސައްޙަ ނޫން ކަމަށް ކަނޑައަޅައިދީ، އެ މެންބަރުން ހިމަނައިގެން އަލުން އިންތިޚާބު ބޭއްވުމަށް އެމްޑީޕީގެ މައްޗަށް އަމުރު ކޮށްދިނުމަށް އެ މައްސަލައިގައި ވަނީ އެދިފައެވެ.

ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ އިންތިހާބު 61 އިންސައްތައިން ކާމިޔާބު ކޮށްފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އެމަނިކުފާނާއި ވާދަ ކުރެއްވި، ކުރީގެ ރައީސް، އެމްޑީޕީ ރައީސް މުހައްމަދު ނަޝީދަށް މި އިންތިހާބުގައި ލިބިފައިވަނީ 39 އިންސައްތައެވެ.

އިންތިހާބު ކާމިޔާބު ކުރެއްވި ރައީސް ސޯލިހަށް ޓިކެޓް ވަނީ، ރަސްމީކޮށް އަރުވާފައެވެ.

އިންތިހާބުން ބަލިވުމާއި އެކީ ރައީސް ނަޝީދު ވަނީ އެ އިންތިހާބަކީ ސައްހަ އިންތިހާބެއް ނޫން ކަމަށް ވިދާޅުވެފައެވެ. އަދި ރައީސް ސޯލިހަށް ތާއިދު ނުކުރައްވާނެ ކަމަސް ނަޝީދު ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. Anonymous

    ތި މައްސަލަތައް ބޭރު ކުރަމުންގޮސް ހުރިހާ މައްސަލަ ތަކެއްވެސް ބޭރު ކޮށްލާ! ރައީސް ޔާމީން މިނިވަން ކުރޭ!

  2. އހ

    އަދި ބެލޭނެ ދުވަހެއް އަންނާނެ

    1
    1
  3. ނާނިސާ

    ކޯޓުތައް މިހާރު ތިހުރީ ޕްރޮގްރާމްކޮށްފައި! ބޭރުކޮށްލާނެ މި ސަރުކަރާއި މިނިސްޓަރުންގެ މައްސަލައެއްވެއްޖިއްޔާ! 6 މަސް އޮތީ ބާކީ!!

  4. އިބޫޓް

    އިބޫ އަކަށް ނުކެރޭނެ ޔާންޓެ މިނިވަން ކުރާކަށް

  5. Anonymous

    ޔާﷲ، ލާދީނީމީހާ ބަލިކުރައްވައި، ލާދީނީމީހާގެ އަނިޔާވެރިކަމާއި އޭނާގެ އަމިއްލަ އެދުން ބޮޑުކަމާއި އޭނާގެ ވެރިކަމަށް ދަހިވެތިވުމާއި އޭނާގެ މަކަރުވެރިކަމާއި އޭނާގެ ޙީލަތްތެރިކަމާއި އޭނާގެ ދޮގުވެރިކަމާއި އޭނާގެ ފަސާދަކުރުމާއި އޭނާގެ މިފަދަ އެންމެހައި ކަންތައްތަކުން އަޅަމެންނާއި އަޅަމެންގެ ދަރިންނާއި އަޅަމެންގެ ދަރީންގެ ދަރީން ސަލާމަތްކުރައްވައިފާންދޭވެ. އާމީން.