ސިނާއީ މަސައްކަތައް ހާއްސަ ކޮށްފައިވާ މާލޭގެ އިންޑަސްޓްރިއަލް ވިލެޖް ބޮޑު ގޮނޑަކަށް ވެއްޖެ އެވެ.

އިންޑަސްޓްރިއަލް ވިލެޖަކީ ގުދަންތަކާއި ވޯކްޝޮޕާއި ވެހިކަލް މަރާމާތުކުރާ ގަރާޖު ފަދަ ތަންތަން، މާލެ ތެރޭގައި ހެދުން ހުއްޓުމަކަށް ގެނެސް، އެފަދަ ތަންތަން މީހުން އުޅޭ ސަރަހައްދާ ދުރަށް ގެންދަން ކަމަށް ބުނެ، ކުރީގެ ސަރުކާރުން ހިއްކި ސަރަހައްދެކެވެ.

މާލޭގެ ހުޅަނގު ދެކުނު ފަޅުން ހިއްކި ހަތް ހެކްޓަރު ބިމުގައި ހެދި އިންޑަސްޓްރިއަލް ވިލެޖް މިހާރު އޮތީ ވެހިކަލްތަކުން ތޮއްޖެހި، ފުރި ބާރުވެފައެވެ. އުކާލަން ޖެހޭ ދަގަނޑުތަކާއި ކުނިބުނީގެ އެތައް އެއްޗެއް ހުރީ އެތަނަށް އުކާލައިފައެވެ. އެ ތަނުން ކުނި ނޫން އެއްޗެއް ނުފެނެއެވެ.

މާލޭ އިންޑަސްޓްރިއަލް ޒޯންގައި ކުނިއަޅާފައި -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އެ ވިލެޖް މީގެ ކުރިން ބެލެހެއްޓީ މާލޭ ސިޓީ ކައުންސިލުން ނެވެ. ނަމަވެސް ތިލަ-މާލެ ބްރިޖްގެ މަސައްކަތް އެ ސަރަހައްދުގައި ކުރަމުންދާތީ އެ ސަރަހައްދު މިހާރު ބަލަހައްޓަނީ ޕްލޭނިން މިނިސްޓްރީއިން ނެވެ.

މި މައްސަލައާއި ގުޅިގެން ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމު ކަމާލުއްދީން ވިދާޅުވީ އިންޑަސްޓްރިއަލް ވިލެޖް ކުނިން ފުރިފައިވަނީ އާންމު ފަރާތްތަކުން އެ ސަރަހައްދުތަކައް ކުނި އަޅަމުންދާތީ ކަމަށެވެ.

އެ ސަރަހައްދު ސާފު ކުރުމުގެ މަސައްކަތް މިނިސްޓްރީއިން ކުރަމުންދާ ކަމަށާއި ނަމަވެސް ސާފުކުރާއިރަށް ކުނިން އެތަން ފުރޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިހާރު އިންޑަސްޓްރިއަލް ވިލެޖަށް ކުނި އެޅުމުގެ މައްސަލަ ހައްލު ކުރުމަށް އެ ސަރަހައްދަށް އާންމުނަށް ނުވަދެވޭ ގޮތަށް ބަންދު ކުރުމަށް އަޅުގަނޑުމެން މި މަސައްކަތް ކުރަނީ. އެ ސަރަހައްދުގެ ބިއްދަށު ފަރާތައް އާންމުންނަށް ނުވަދެވޭނެ ގޮތަށް. އަޅުގަނޑުމެން އެތަން ސާފުކުރަން، އެކަމު ހަމަ ކުނި ނަގާއިރަށް އަނެއްކާވެސް ހުންނަނީ ކުނި އަޅާފައި." އަކްރަމް ވިދާޅުވި އެވެ.

މާލޭ އިންޑަސްޓްރިއަލް ޒޯންގައި ކުނިއަޅާފައި -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އަކްރަމް ވިދާޅުވީ އިންޑަސްޓްރިއަލް ވިލެޖް ސާފުކޮށް ބެހެއްޓޭނީ އާންމުން ވެސް އެމީހުންގެ ފަރުދީ ޒިންމާ އަދާކޮށްގެން ކަމަށެވެ.

ކުނި މެނޭޖުކުރުމުގެ ގާނޫނޫގެ ދަށުން މަގުމަތީގައި ކުނި ބެހެއްޓުމަކީ މަނާކަމެކެވެ. ކުނި އަޅާ މީހުންނަށް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އަށް ފިޔަވަޅު އެޅުމުގެ ހުއްދަ ވެސް އޮވެ އެވެ.

އިންޑަސްޓްރިއަލް ޒޯން ކުނި ބަރާވެފައިވާ މައްސަލަ އީޕީއޭގެ ސަމާލުކަމަށް އައިސްފައިވާ ކަމަށް އެ އިދާރާއިން ބުނެ އެވެ. ނަމަވެސް ޕްލޭނިން މިނިސްޓްރީއާއި މެދު އެ އޭޖެންސީއިން ފިޔަވަޅެއް ނާޅަ އެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ސަކިނާ

    ގޮޑު ކުރަމމީ ކޮނަބައެއް؟ ހަމަ ހުރެފަ ނުވާނެ ގޮޑެއް

  2. ސޯނީ

    ފަރަންކޭސި ވިލާތުގެ ގޮނޑުމަތިން ކިޔަވާގެން އައި ލާދީނީ ގޮނޑުންތަކަކަށް ކޮން ގޮނޑެއް ސާފުކޮށް ނެގޭނީ. ޥައްކަން ކުރުމާ ރާބޮއި ފާޙިޝް ޢަމޅުތައް ކުރެވޭނި. ސޯލިހޫ. ކޮބާހެ ތިޔަބުނާ ކުރެވުނު ކަންކަން. ފޫކޮޅުން ވަސްފިލުވަން އެނގޭބާ

    13
    1
  3. މަކަރެ

    މާލޭގަ ގޮޑުނުވާ ތަނެއް ދައްކަބަލަ ވެރިޔަކައް ވެސް ހުރީ ގޮނޑެއް ކަކަހަލަ އެއްޗެއް

    15
    1
  4. ގދ.ހަވަރު ތިނަދޫ ސިޓީގެ ހިތުންމޭޔަރު ޕްރޮފެސަރު ޑޮކުޓަރު އަލްއުސްތާޒު ޖާނުން ބޮޑު ކުޑަސިކުޑީގެ ވެރިޔާގެ ޓީމު

    ގދ.ހަވަރު ތިނަދޫ ސިޓީގެ ނުވި މޭޔަރުގެ ދުރު ވިސްނުންފުޅާއެކު ތިނަދޫ މޫނުމަތި ހިއްކައިގެން އެހަދާ އިންޑަސްޓްރިއަލް ޒޯނު ތިއަށްވުރެވެސް ހާލު ބޮޑުވާނެކަމަށް މިބަލަނީ ސަބަބަކީ އެބޭފުޅާ ބިގަރު މޭޔަރުގެ ވިސްނުންފުޅުހުރީ ތިނަދޫ ކުނިގޮނޑުވެސް އިިންޑަސްޓްރިއަލް ޒޯނަށް ބަދަކުކުރާގޮތަށްވީމައެވެ ޖާނުން ބޮޑު ކުޑަ ސިކުޑީގެ ވެރިޔާ ބުނަނީ ދުންނާރާގޮތަށް ކުނި އަންދާ މެޝިނެއް އިންޑަސްޓްރިއަލް ޒޯނުގައި ގާއިމު ކުރާނެކަމަށެވެ.
    ޢަދި މަބޮޑޭވާ ސައުދު އަލީ ބުނީ މިހާރު ކުނިކޮށި ހުރިބިނުގައި 7000 ފުލެޓު އަޅާދޭނެ ކަމަށެވެ. 2024 މަޖުލިހަށް ތިނަދޫ އުތުރު ދާއިރާއަށް ހިތުން މޭޔަރު ކަމުން ބޯހަރު ނަމުން ބިގަރު ސައުދު އަލީ ހޮވާދިނުމަކީ ރޯނުއެދުރު ސައުދު އަލީ ޓީމުގެ ވަރަށް ބޮޑު އެދުމެކެވެ

    8
    1
  5. ޑަ ލާސްޓް

    ތީތިކަން ވާންޖެހޭ ގޮތޭބުޖުމުގެ ފުރުސަތު އެބައޮތް. މަގު މަތީ ކުނި ބެހެއްޓުން މަނާ. ފުލޯއިން ކުނި ނަގަންޏާ އިތުރަށް 5 ރ ޗާރޖް ކުރޭ. ކިހާބޮޑު ބަލާއެއްތަ މީދެން.

    12
  6. ނާތަހުޒީބު

    ދިވެހިންްގެ ނާތަހުޒީބުކަމާއި، އަޚުލާގެއް ނެތްކަމާއި ވެއްޓަށް ހުރުމަތްތެރިކޮށް ނުހިތާކަމާއި ބޮޑާވެރިކަމާއި ކިބުރުވެރިކަމުގެ ބޮޑުކަމުން އެއްވެސް ކަމެއް މި ގައުމުގަ ރަނގަޅެއް ނުކުރެވޭނެ... ކޮންްމެ މީހަކަށްވެސް ހީވަނީ މަވަރު މޮޅު މީހެއް ނެތޭ، އަދި ވަކިން ގާނޫނެއް ގަވައިދެއް ނުވަތަ އުސޫލަކާ ޚިލާފަށް ކަމެއް ކޮށްލެވިއްޖެ މީހަކު ވ ގައްޑާވެފަ ހުންނާނީ މަ ގަދަ ހީވެފަ... އެއީ އެކަމަކު އަސްލު އެންމެ ތާކުންތާކު ނުޖެހޭ މޮޔައިން...

    10
    4
  7. ޙަސީނާ ނައުމާ

    ކުނި އުކާލުން ބޮޑު ތަކުލީފަކަަށްވެ ހެސްކިޔާފަ އަގުބޮޑުކުރީމަ ދެން ޖެހުނުތާކަށްވެސް އުކާނެ ލާރި ނެތްމިހުން. ކުޑަ ޕިކަޕަކަށް ކުނި ކޮތަޅެއްލައިގެން ގޮނޑަށް އެއްލާލަންވެސް 650ރ، ކުޑަ ގޮދަޑިއެއް އިއްޔެ މި އެއްލާލީ އެވަރު ދީގެން. ވެމްކޯއަށް ގުަޅައިގެން 3 ދުވަސްވީއިރުވެސް އެމީހުން ނާދޭ! ވެމްކޯއެއް އައިފަހުން ކުނިގޮނޑަށް ޕިކަޕެއްވެސް ދަނީ 650ރ 700ރ އަށް.

    14
  8. ސުންޕާ ސިސްޓަމް

    މަލްޓި ޕާޓީ ޑިމޮކްރަސީ އަކީ އެއް ވެރިކަމުން އަނެއް ވެރިކަމަށް ދުއްޕާންކުރުމުގެ ސިޔާސީ ނިޒާމެކެވެ. އެހެންވެ ރައްޔިތުންގެ މަސްލަހަތަށް ބެލުމެއްނެތި ވީވަރަކުން ބަލާނީ ނިމިދިޔަ ސަރުކާރުގެ ޕްރޮޖެކްޓްތައް ފެނަށް ދުއްވާލުމެވެ.

    • ކަހުރަބު

      ތެދުފުޅެއް

  9. އަހައްމަދޫ

    އަޅެ މި އަކުރަމު ކަމާލުއްދީނު މީ ކިތައް ކަންތަކާއި ހަވާލުވެގެން އުޅޭ މީހެއްތަ. މަގެއް ހެދިޔަަސް މީނަ. ފްލެޓެއް ގުރުއަތު ލިޔަސް މީނަ، ތަނެއް ގޮނޑުވިޔަސް މީނަ. ކޮބާތަ ދެންތިބި ސިޔާސީ މީހުންތައް

  10. ޢަބްދުﷲ

    އަޅުގަނޑު ދެކޭ ގޮތުގައި ތިތަނަށް މީހުން ކުނި އަޅަނީ، ކުރިން އޮތް ނިޒާމްގެ ދަށުން އަމިއްލައަށް ގޮސް ކުނި ގޮނޑަށް ނުވަތަ ކުނި ބާޖަށް ކުނި އެޅޭނެ އިންތިޒާމް އުވާލި ފަހުން. މިހާރު އަމިއްލަ އަށް ކުނި އުކާލަން ދިޔަޔަސް ކޮންމެ ކޮތަޅަކަށް، ކޮންމެ ކުނި ފުކަކަށް އެބަ ޖެހޭ ލާރި ދައްކަން. އެންމެންނަކީ އެހާ ފުދިގެން އުޅޭނެ ބައެއް ނޫން. ހިލޭ ކުނި އުކާލެވޭނެ ގޮތެއް އޮތިއްޔާ، އަމިއްލައަށް ގޭގައި އުފެދޭ ކުނި އުކާލަން ދާނެ އެތައްބަޔަކު އުޅޭނެ.

  11. ސާ

    މާލެތެރެ ގޮނޑު ވުމަކީ މާޒީއަށް ބަލާއިރު އެމްޑީޕީ ސަރުކާރެއް އޮންނައިރު ފެނިގެންދާމަންޒަރެއް.

    8
    1
  12. ސާފުކުރޭ

    ތިތަނަކީ ގައުމުގެ ކުދިން ކަޓަށާއި ފެގަށް ދާތަން... އަންހެންކުދިން ޚާއްސަކޮށް...

  13. ނައިބު ތުއްތު

    މާލެއަކީ ގޮޑުތަނަކަށް ހެދީ ހަމަ ދިވެހިން ރަށްތަކުން އެތަނަށް ގޮސް

  14. ގުއިބަންގާޅީން.

    މިމާލޭގަ ގޮނޑުނުކޮށް އޮތް މަގެއް ތަނެއް ދައްކަބަލަ. ފަކުރުން ހަލާކު. ބަންގާޅިންގެ ބޮޑުގޮޑު މާލެ.

  15. ދަރަނި ދަންތުރަ

    އަކުރަމް މެނަން މޮޅުވާހަކަ ދެއްކޭނީ އަތުން ފައިން ހަމަ އެއްކަމެއްވެސް ނުކުރެވޭނެ ، އަމިއްލަޔަށް ހިނައި ތޯހިރު ނުވެވޭ ބަޔަކަށް ކިހެނެއް މާލޭތެރެ ސާފުކުރެވޭނީ ، އަކުރަމް ކަލޭ ލަދުކޮބައި

  16. އހ

    ސަޓީ ކައުންސިލްއައް ދިންނަމަކާ ތިހިނެއް ނުވީސް

  17. މަ

    ގޮނޑު ސަރުކާރެއްގަ މުޅި ޤަޢުމުގަ އޮންނާނީ ހުސް ގޮނޑު.