މާލޭ ސަރަހައްދުގެ މަގުމަތީގައި ކުނި މަގުމައްޗަށް ނެރެފައި ބަހައްޓަން އެއްވެސް އިރަކު އަންގާފައިނުވާނެ ކަމަށް ވެމްކޯ އިން މިއަދު ބުނެފި އެވެ.

ވެމްކޯ އިން މިހެން ވިދާޅުވީ، އެކުންފުނިން ދޭ ހިދުމަތްތަކުގެ އަގު ބޮޑުކޮށްފައިވާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ ކުންފުނިތަކާ ބެހޭ ކޮމެޓީއަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން، އެކުންފުނީގެ އިސްވެރިންނާ ބައްދަލުކޮށް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވެމްކޯގެ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖު ވިދާޅުވީ އެޕާޓްމަންޓުތަކުގެ ދޮރުމަތިން ކުނި ނަގާނެ ދެގޮތެއް އެކުންފުނިން ނެރޭ އިއުލާންތަކުގައި އޮންނާނެ ކަމަށެވެ.

އެއީ އެޕާޓްމަންޓްގެ ދޮރު މަތިން ކުނި ނެގުމާއި ގޭގެ އެންމެ ތިރީ ފުލޯއިން ކުނި ނެގުން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެއްވެސް ހާލެއްގައި މަގުމައްޗަށް ކުނި ނެރެން އަންގާފައިނުވާނެ ކަމަށްވެސް ސިރާޖް ވިދާޅުވިއެވެ.

މާލެ ސަރަހައްދުގެ މަގުތަކަށް ކުނި ނުނެރެން އަންގާފައިނުވާނެ ކަމަށް ވެމްކޯއިން ވިދާޅުވެފައިވާއިރު، އީޕީއޭއިން ވަނީ މަގުތަކަށް ކުނި ނުނެރުމަށް އަންގައިފައެވެ.

އީޕީއޭއިން ބުނީ ކުނި ނެގުމުގެ ހިދުމަތްދޭ ފަރާތްތަކުން ކުނިގެންދާ ވެހިކަލްތަކަށް ކުނި އެޅުމުގެ ބޭނުމަށް ކަންކަންމައްޗަށާއި މަގުތަކުގެ އެކި ތަންތަނަށް ކުނި އަޅާފައި ބެހައްޓާކަން ވެސް ފާހަގަވެފައިވާ ކަމަށެވެ.

އެފަދަ ކަންކަމަކީ ކުނި މެނޭޖުކުރުމުގެ ގާނޫނޫގެ ކުނި މެނޭޖުކުރުމުގެ ގަވާއިދުން ހުއްދަކުރާ ކަންކަމަށް ނުވާތީވެ އެފަދަ އަމަލުތައް ނުކުރުމަށް ނަސޭހަތްތެރިވާ ކަމަށް އީޕީއޭއިން ބުނެ އެވެ.

އަދި އެއްވެސް ސަބަބަކާހުރެ ކުނިވާ ޒާތުގެ ކުނިކޮތަޅުތަކާއި އެހެނިހެން ކުނި މަގުތަކާއި ދުވާރުމަތީގައާއި ކަންކަންމަތީގައާއި ހުސްތަންތަނަށް ނެރިފައި ބެހެއްޓުމަކީ ގަވާއިދާ ހިލާފު ކަންކަމަށާއި ކުނި އުކާލުމުގެ ހިދުމަތްދޭ ފަރާތެއްގެ މުވައްޒަފަކު މިގޮތަށް ކުނި ނެރިފައި ބަހައްޓަން އަންގައިގެން ނުވާނެ ކަމަށެވެ. އެންގިކަމުގައި ވިޔަސް އެގޮތަށް ކުނި ކޮތަޅުތައް ނެރި މަގުމަތީގައި ބަހައްޓައިގެން ނުވާނެ ކަމަށެވެ.

އީޕީއޭއިން ބުނީ ކުނިބުނީގެ ސަބަބުން މާލެ ސަރަހައްދުގެ މަގުތަކާއި ދުވާރުތަކާއި ހުސްތަންތަން ހަޑިވެ ތަގައްޔަރުވުން ހުއްޓުވުމަށްޓަކައި އެންމެހާ ފަރާތްތަކުގެ އެއްބާރުލުން ބޭނުންވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ސްތެލްކޯއަކުން ކުނީގެ ހިދުމަތެއްނުދޭ ސްތެލްކޯގެ ބިލްގަ ކުނީގެ ފައިސާ ހިމެނެނެ އެއްވެސް ހައިސިއްޔަތެއްނެތް .ވީމާ ކުނީގެ ބާރު މަގުމަތިން ފެނުނީމަ ވެމްކޯހޭލެވުނީބާ؟

  2. އައިމަން

    އެހެންވިއްޔާ ކުންޏަށް ހަދަންވީ ކިހިނެއްކަން ބުނެދީބަލަ ވަރަ އަވަހަށް ގިނަވަނީއޭ.

  3. ހުސެން803

    މާލޭފިޔަވައި ރާއްޖޭގެ އެއްވެސް ރަށެއް ނޯންނާނެ ގޭދޮރުމައްޗަށް ކުނިއުކާ ރަށެއް. ތަހްޒީބުޔަކަށް ވަނީ ޖަހާސެންޓާއި ލާހެދުމަކުންނޫން، ވަގުތުން ވަގުތައް މަގުމައްޗަށް އުނިކޮތަޅުއުކާލުން މަނާކޮށް ފިޔަވަޅުއަޅަންޖެހޭ. މުސްކުޅި ތިންވަރަކަށް އަންހެނުންނުކުމެ ދޫކޮށްލާ ކޮށްލާ ކޮވާލާއިރަށް އެކަން ހުއްޓުވަން ރައިޓްގިޔަރުގައި ފުލުހުންވެސް އެބަނުކުމޭ، މާލޭގެ އެންމެން މަގުމައްޗަށް ކުނިއުކާލަންޔާ ސަލާމަތެއް ނޯންނާނެއެވެ،