ރ. ފުއްގިރި މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރާ ދައުވާއާ ގުޅިގެން އެ މަނިކުފާނުގެ ފަރާތްޕުޅުން އިސްތިއުނާފްކުރި ކްރިމިނަލް ކޯޓުގެ ނިންމުމަށް ބަދަލެއް ގެންނަން ނުޖެހޭ ކަމަށް ހައިކޯޓުން ދެންމެ ހުކުމް ކޮށްފިއެވެ.

އެގޮތައް ހައިކޯޓުން ހުކުމް ކުރީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން ދެފަނޑިޔާރުންގެ އަޣުލަބިއްޔަތުންނެވެ. އަޣުލަބިއްޔަތު ރައުޔު ނެރުއްވީ ފަނޑިޔާރު ދީބަނާޒް ފަހްމީ އާއި ފަނޑިޔާރު މުހައްމަދު ފައިސަލް އެވެ.

ފުއްގިރި މައްސަލާގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ދައުވާކުރާ މައްސަލާގައި ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ މެދު ނިންމި ނިންމުންތަކުގެ ތެރެއިން ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފު ކަންކަމުގެ ތެރޭގައި އަހްމަދު އަދީބު އާއި އަބްދުﷲ ޒިޔަތުގެ ހެކިބަސް ބަލައިގަތުމަށް ނިންމި ނިންމުން ވެސް ހިމެނެއެވެ.

އޭގެ އިތުރުން މައްސަލަ އާއި ގުޅުން ނެތް ހެކިތަކެއް ބަލައި ގަތުމަށް ނިންމާފައިވާ ކަމަށް ވެސް ޔާމީންގެ ފަރާތުން ވިދާޅުވެއެވެ.

ހެއްކާއި ބެހޭ އާގާނޫނު މިމައްސަލައިގެ މައްޗަށް ހިނގާނެ ކަމަށާއި އެހެންކަމުން އެގާނޫނުގެ ދަށުން ހުށަހެޅުންތައް ހުށަހެޅުމުގެ ފުރުސަތަކަށް ޔާމީންގެ ފަރާތުން އެދުނެވެ.

މައްސަލައިގެ ރިޔާސަތު ބެލެހެއްޓެވި ހަސަން ޝަފީއު ވަނީ ހެއްކާއި ބެހޭ ގާނޫނު މިމައްސަލައިގެ މައްޗަށް ހިނގާނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ދައުލަތުން އިސްތިއުނާފު ނުކުރާކަން ފާހަގަކޮށް އެހެންވެ އެގާނޫނު މައްސަލައިގެ މައްޗަށް ހިނގާނެ ކަމަށް ނިންމަވާފައެވެ.

އެހެންކަމުން ޝަރީއަތުގެ ކުރިން ހުށަހަޅާ ކަންކަން ހުށަހެޅުމަށް ޔާމީނަށް ހަތް ދުވަހުގެ މުހުލަތެއް ދިނުމަށް ފަނޑިޔާރު ހަސަން ޝަފީއު ރައުޔު ނެރުއްވިއެވެ. ނަމަވެސް އޭނާގެ ފައުޔަށް އަޣުލަބިއްޔަތު ނުލިބުމުން އެރައުޔާއި އެއްގޮތައް ހުކުމެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ފަހަރި

    ޢިބޫއަތުގަ 3 ބާރުއޮތީމަ ބޭނުންބަދެލެއްގެނަސް ބޭނުންއެއްޗެއްހަދަނީކަން މިއަދުގެހުކުމުންވެސް ސާފުވޭ ރޮބަޓްމުގާބެގެ ވެރިކަމަކީކީވެސް ހިަޑިގޮތަކައްވެއްޓުނު ވެރިކަމެއް މިހާރުގަޔައްދޯލި ކުރާރައީސަކުވެސް ފެނިއްޖެ ކިހާވަރެއްވާނެބާ އިންތިހާބު ކާމިޔާބުނުވެއްޖެނަމަ

    26
    1
  2. އހ

    ތިއީ އިސްލާމްދީނާ ހިލާފު ކަމެއް ޤާޒީއެއް ނޫން އެހެން މީހެއް ކިޔާނެ ކަމެއްނެތް މަރު ވާނެ އެދުވަހުން ތި ބާތިލްވާނެ ކަން ކަށަވަރު އޭރުން ވަގުތު ފާއިތުވެފައިވާނީ.
    އަޅުގަނޑުމެން ރައްޔިތުންގެ އެދުމަކީ ހައްގައް ހުކުމް ކުރައްވާށޭ ބާތިލް އެއީ ނެތިދާނެ އެއްޗެކޭ

    41
  3. އިބޫޓް

    އިބޫ އަކަށް ނުކެރޭނެ ޔާންޓެ މިނިވަން ކުރާކަށް

    21
  4. އަންނަނީ އަންނަނީ

    އަރާލާ ބިމުން ނޫރު ފަތިހުގެ އުޖާލާ
    މި ޕާޓީގެ ކުރިމަގު ގެ ބެބުޅުން އޮތީތާ

    16
  5. މަލައިކާ

    ބްރޯ ގާޒީ. އޭގެ ދެމީހުންނަކީ ފާސިގުން ނޫންތޯ

    25
  6. Anonymous

    މިހިރީ ތިޔަ ވިދާޅުވާ ތަރައްޤީ ގެނައި ވެރިން އުޅޭ ހާލު. ފަސްބައިގައި ލައްޖެހި، އާންމު ރައްޔިތަކަށް ވުރެން ހާލު ބޮޑުކޮށް އުޅެނީ. ވައްކަމާއި އެތައް ތުހުމަތުތަކެއްގެ ތެރޭގައި. އެހެންވީމާ ކަމުގެ ޢިލްމު ނެތް ނާޤާބިލް މީހުން ތަންތަނުގެ ވެރިންނަށް ނާރަންވީ.

    7
    7
  7. ހެހެހ

    ހާދަހެއްވާ ގޮތެއްތީ ، ތިހެންވީމަ ޖަލުގައި ތިބި އެތައްކުށްވެރިއަކު ހެކިވެރިންގޮތުގައި ބޭނުންކުރެވިދާނެ ، އަދީބުއަކީ ގޭގައި ހުއްޓަސް ހުކުމް ކޮށްފައި ހުރިމީހެއް ، ރާއްޖެގެ ކޮން ޤާނޫނެއްގައިތޯ އޮތީ ކުށްސާބިތުވެފައިވާ މީހަކަށް ހެކިބަސްދެވިދާނެކަމަށް ، އެންމެ އާދައިގެ ރައްޔިތުމީހާވެސް ތިކަން ޤަބޫލެއް ނުކުރާނެ

  8. ޝައިޚް

    ފާސިޤުންނަކަސް ހެކިބަސްދޭން ބުނީމާ ހެކިބަސް ދެވިދާނެ! އެހެނަސް އެ ހެކިބަސް ޤަބޫލު ނުކުރެވޭނެ! އެ ހެކިބަސް ޤަބޫލުކުރެވޭނީ އެ ހެކިބަހުގެމައްޗަށް ބާރުދޭ އެހެން ހެކި ބަހެއް ލިބިގެން! ފުށްގިރި މައްސަލާގައި ދައުލަތުން ޔާމީންއާ ދެކޮޅަށް އަދީބާއި ޒީޢަތުގެ ހެކިބަސް ހޯދުމަށްފަހު އެ ހެކިބަހަށް ބަރުދޭން ގެނައި ހެކިވެރިޔާ ކޯޓުރޫމުގައި ބުނެފައިވަނީ ތިމަން ނުދެނަހުރީމޭ! ދައުލަތުން އެވިދާޅުވާ ދުވަސްވަރު ތިމަން ހުރީ ޗުއްޓީގަޔޭ! މއީ ސާފުކޮށް އެނގޭކަމެއް! ދެން އެއްވެސް ޝަރީޢަތެއްގައި ކުށުގައި ތުހުމަތުކުރެވޭމީހުން އެކަކު އަނެކެއްގެމައްޗަށް ދެކޮޅަށް ދޭހެކިބަސް ބަލައެއް ނުގަންނާނެ! އެހެނަސް ހެކިވެރިޔާ ބަލައިގަންނާނެ! އިންޝާއަﷲ ޔާމީން މިނިވަންވާނެ!

  9. އަލީ

    ފަނޑިޔާރު މަނިކުފާނު އަދީބާއި ޒިޔަތަކީ ރައީސްޔާމީނާ އަދާވާތްތެރި ދެފާސިގުންނޫންތޯ؟ މާތްﷲއައް ބިރުވެތިވޭ ފާސިގުންގެ ހެކިބަހެއް ނުނުގޭނެ.