އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގައި ތަޢުލީމް ޙާޞިލުކުރަމުންދާ އަންހެން ކުދިންގެ ތެރެއިން މޫނު ބުރުގާ އަޅާ ކުދިންނަށް މޫނު ބުރުގާ އަޅައިގެން ސްކޫލަށް ހާޒިރު ނުވެވޭނެ ކަމަށް އެންގި މައްސަލައިގައި މޫނު ބުރުގާ ނެގުން ހުއްޓުވުމަށް ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ނިންމައިފި އެވެ.

މިމައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައިވަނީ ލޯފާމެއް ކަމަށްވާ ރެހެނދި ޗެމްބާސްއިންނެވެ.

އެލޯފާމުން ބުނެފައިވަނީ އަރަބިއްޔާގެ ތަޢުލީމް ޙާޞިލުކުރަމުންދާ އަންހެން ކުދިންގެ ތެރެއިން، މޫނު ކަޝްފުކޮށްގެން މުޖްތަމަޢުގެ ތެރެއަށް ނިކުންނަން ބޭނުންނުވާ ކުދިންނަށް، ސްކޫލުން ދީފައިވާ ހުއްދައެއްގެ ދަށުން ނިޤާބު އަޅައިގެން ސްކޫލަށް ދަނިކޮށް، ނިޤާބު އަޅައިގެން ސްކޫލަށް ޙާޟިރު ނުވެވޭނޭކަން ކުދިންނަށާއި އަދި ބެލެނިވެރިންނަށް އަނގަބަހުންނާއި ލިޔުމުން އަންގައި، އަދި އެޑިޔުކޭޝަން މިނިސްޓްރީން މިދިޔަ މަހުގެ 28 ގައި (ގެޒެޓް ނުކުރައްވާ ޢާންމުކުރައްވާފައިވާ) ސްކޫލްދަރިވަރުންގެ ޢާންމު ގަވާއިދާއި އަދި ސްކޫލްގެ ޔުނިފޯމް ކޯޑުގެ ތެރެއިން އެކުދިން ސްކޫލަށް ދިޔުމުގެ ޙައްޤުން މަޙުރޫމްކުރުވަމުންދާ ކަމަށެވެ.

އަރަބިއްޔާގެ ކުދިންނަށް މޫނު ބުރުގާ އެޅުން މަނާ ކުރުމުން މައްސަލަ ކޯޓަށް

މި މައްސަލައިގައި ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ވަހީދާ ނިންމެވި ނިންމުމުގައި ވިދާޅުވެފައިވަނީ މިނިސްޓްރީއާއި އަރަބިއްޔާ ސްކޫލުގެ މައްޗަށް ވަގުތީ އަމުރެއް ނެރެދިނުމަށް މިމައްސަލައިގައި އެދިފައިވީ ނަމަވެސް ވަގުތީ އަމުރަށް އެދިފައިވަނީ އެފަދަ އަމުރަކަށް އެދުމުގެ ހައިސިއްޔަތު އޮތް ބައެއް ކަމަށް ލިޔެކިޔުންތަކުން އެނގެން ނެތް ކަމަށެވެ.

އަދި ދައުވާ ހުށަހެޅި ފަރާތުން ކޯޓަށް މައްސަަލަ ހުށަހެޅީ ދަރިވަރުންގެ ފަރާތުން ކަމަށް ބުނެފައިވަނީ ނަމަވެސް މައްސަލައިގައި ބުނާ ދަރިވަރުންނަކީ ކޮބައިކަމާއި އެ ކުދިން އަރަބިއްޔާގައި ތައުލީމު ހާސިލްކުރަނީ ކޮން ގްރޭޑެއްގައިކަން އެނގޭނެ އެއްވެސް މައުލޫމާތެއް ނެތް ކަމަށް ބުނެފައި ވެއެވެ.

" އަރަބިއްޔާގެ ދަރިވަރުންގެ ތެރެއިން މޫނު ބުރުގާ އަޅާ ދަރިވަރުން މޫނު ބުރުގާ އަޅަނީ ސްކޫލު ޔުނީފޯމު ކޯޑާއި ހިލާފަށް ކަމަށްވީ ނަމަވެސް ތައުލީމު ލިބުމުގެ ހައްގުން އެ ކުދިން މަހްރޫމްކޮށްފައި ނެތްކަން މައްސަލަ ހުށަހެޅި ފަރާތާއި ދައުލަތުގެ ބަހުން އެނގޭ." ކޯޓުގެ އަމްރުގައި ބުނެފައި ވެއެވެ.

އަމުރުގައި ބުނެފައިވަނީ ވަގުތީ އަމުރަކަށް އެދިފައި ވަނީ ފޫނުބެއްދޭ ވަރުގެއް ގެއްލުމެއް އެ ކުދިންނަށް ލިބޭނެކަން ބަޔާންކޮށް ކަމަށްވާއިރު, އާދައިގެ އިޖުރާއަތްތަކާއި އެއްގޮތަށް މައްސަލަ ނިންމި ކަމުގައިވީ ނަމަވެސް ވަގުތީ އަމުރަށް އެދުނު ފަރާތުން ފޫނުބެއްދޭ ވަރުގެ ގެއްލުމަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ނުދެކޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. މިތުރާ

    މޫނު ބުރުގާ އަޅަޢިގެންދާ ކުދިންގެ މޫނު ނުފެންނުމަކީ ދެރަކަމެ އް، ، ކު އްޖާ ގެ މޫނު ފެނިގެން ކިޔަވަ ދެވޭނީ، ނޫނަސް އަ އުރަ އަކީ މޫނަ ދެ އަތްތިލަ ޏޫންތަންތަން،،

    5
    20
    • ހަގީގަތް

      ހިލޭ ފިރިހެނުންގެ ކުރިމަތީގައި އަންހެނާގެ އައުރަ އަކީ މުޅި ހަށިގަނޑު. ތައުލީމުދިޔާނާ ކިޔާލިއަސް މިވަރު އިގޭނެ.
      ދީނުގެ ކަންކަން ދަސްކުރީމަ ދީނުގައި އޮންނަ ގޮތް އިގޭނީ

  2. احمد

    ޢަރަބިއްޔާގެ މޫނުއަޅާ ދަރިވަރުން ނަށް އޮތްއަހަރެންގެ ޚިޔާލަކީ ތިހާ މަުނުބުރުގާ އަޅާހިއްވައްޏާ ސްކޫލަށްދާއިރު ޔުނީފޯމު މަތިން ޖިލްބާބު ލަފަ މޫނު އަޅައިގެން ސްކޫލަށްދާނީއެވެ.
    ސްކޫލަށް ވައްނަމުން މޫނުނަގާފަ ޖިލްބާބު ބާލާ ދަބަހަށް ނުވަތަ ބެލެނިވެރިޔާ އާއި ޙަވާލުކުރާނީއެވެ. ޖިލްބާބު ފަހާނީ ތުނި ފޮތްޗަކުން ބޯކޮޅުން ތިރިއަށް ފަސޭހަކަމާއި އެކު ބޭލޭނެހެންނެވެ ނުވަތަ ވިއްސާރަކޯޓެއްހެން ފަސޭހަކަމާއިއެކު ބޭލޭނެހެން ކުރީމަތީގައި ގޮއްލާފަ ނުވަތަ ޒިޕެއްލާފައެވެ. އޭރުން އެތެރެއިން އަޅާއިގެން ހުއްނަ ޔުނީފޯމު ބުރުގާވެސް ނުނެއްޓި ޔުނީފޯމުވެސް ހަޑިނުވެ ސަލާމަތް ވީއެވެ. ނުވަތަ ހަމައެކަނި މޫނުކޮޅު އަޅައްޏާ އަދީ މާފަސޭހަވާނެ ނޫންތޯއެވެ؟
    ޙިކްމަތްތެރި ރިވެތި ގޮތަކީ ކުރިމަތިވާ އިމްތިހާނުތަކުގައި ކެތްތެރިވެ ބުއްދީގެ ބޭނުންކޮށް ބޭނުންވާ މަންޒިލަށް ވާސިލުވުމެވެ. އެއްގޮތް ނެތިއްޔާ އަނެއް ގޮތްވެސް އޮއްނާނެއެވެ.

  3. احمد

    ހާސްނުވޭ ހުދުކުލައިގެ މޫނުކޮޅެއް ސްކޫލު ބުރުގާއާއި އެކު ފަހާލާށެވެ. ނުވަތަ ހުދުކުލައިގެ މޫނުބުރުގާއެއް ވަކިން ދަބަހުގައި ބާއްވާށެވެ.

  4. ސޯދުބެ

    މޫނުބުރުގާ ނެގުން ހުއްޓުވުމަށް )... ޔަޢުނީ ، މޫނު ބުރުގާ އަޅައިގެން ސްކޫލަށް އައުން މަނާކުރި ކުރުން ގޯސްކަމަށް ކޯޓުން އަމުރު ނެރެދޭތޯ ކުރި ދަޢުވާ ބަލައިނުގަތީ

  5. Anonymous

    ސްކޫލްތަކުގެ ހުރިހާ އަންހެން ކުދިން ހެދުން އަޅަންވީ ތޫނުފިލި ޢާއިޝާ ހެދުންއަޅާ ގޮތަށެވެ. އޭރުން ހުރިހާ ކުދިންނަށް ނަރަކަ ކަށަވަރުވާނެއެވެ. އޮރިޔާން ނިވާނުކޮށް ސްކޫލްތަކަށް ދިއުން ހުއްދަ ކަމުގައިވާނަމަ މޫނުބުރުގާ އަޅައިގެން ދިއުން ވެސް ހުއްދަވާން ޖެހޭނެ.

  6. ޝައިޚް

    ދަރިވަރަކަސް ޓީޗަރަކަސް މޫނުނިވައިކޮށްގެންސުކޫލު މާޙާއުލުތެރޭގައި އުޅެވިގެން ނުވާނެ! ގެޔާއި މަގުމަތީގައި މޫނުބުރުގާ ގައި އުޅުނަސް ފަރުވާލެއް ނެތް! ދިރިހުރިޙާލު މާތްﷲ އަށް ތިމާ އެންމެ ކުއްތަންކޮށްދޭ ދެވަގުތުވެސް ( ޙައްޖު ޢުމްރާޔާއި ނަމާދުގައި ) މޫނު ނިވައިނުކުރަން އަންގާފައި އެއޮތީ ޙިކުމަތްވަންތަ ރަސްކަލާންގެ! ދެން ހައްދުންބޭރުވިޔަސް އަހުރެމެންނަށް ދެއްކޭނީ ކޮން ގަދައެއް؟

  7. Anonymous

    ބަލަ މިރާއްޖޭގައި ދެ އަހަރުވަންދެކަށް އެންމެން އުޅުނީ މާސްކު އަޅައިގެން މޫނު ނިވާކޮށްގެން، ދަރިވަރަކު މާސްކުއަޅާ މޫނު ނިވާކޮށްގެން ސްކޫލަށް ދިއުމަކީ މަސައްލަ އުފައްދާންޖެހޭ ކަމެއްތޯ ؟

  8. އިބޫޓް

    ކިއްކުރަން އަޅާލަނީ
    ވޯޓު ލިބެންޔާ އެވީނު