ސްރީ ލަންކާ ސިފައިންގެ ޔުނީފޯމުގެ ބައިތައް އެކި އެކި ފަހަރުމަތިން ގަންނަމުންދާ ދިވެއްސެއްގެ މައްސަލައެއް ސަމާލުކަމަށް އައުމުން ސްރީލަންކާގެ ކަމާބެހޭ ފަރާތްތަކުން އެމައްސަލަ ބަލަން ފަށައިފިއެވެ.

މީޑިޔާ ރިޕޯޓްތައް ބުނާގޮތުގައި ލަންކާ ސިފައިންގެ ޔުނީފޯމްގެ ބައިތައް ގަންނަމުންދާ ދިވެއްސެއްގެ މައްސަލަ ދަ ކޮލޮމްބޯ ކްރައިމް ޑިވިސަން، ސީސީޑީއިން ވަނީ ބަލަން ފަށާފައެވެ.

ސީސީޑީއާއި ހަވާލާދީ ރިޕޯޓްތައް ބުނާގޮތުން މިމައްސަލަ ސީސީޑީގެ ސަމާލުކަމަށް އައީ ދިވެއްސަކު މަހަކު ދެކޮޅު ލަންކާއަށް ގޮސް އެޤައުމުގެ ސިފައިން ބޭނުންކުރާ ޔުނީފޯމްގެ ބައިތައް ގަންނަކަމުގެ ރިޕޯޓެއް ލިބުމާއި ގުޅިގެންނެވެ.

މިކަމަކީ ޓެރަރިޒަމްގެ އަމަލަކަށް ތައްޔާރުވުމަށް ކުރަމުން އަންނަ ކަމެއް ކަމަށް ލަފާކޮށް މިމައްސަލަ އިއްޔެ ވަނީ ލަންކާގެ މެޖިސްޓްރޭޓް ކޯޓަކަށް ހުށަހަޅާފައެވެ. އަދި އެކަމަށް ބޭނުންވާ ކޯޓު އަމުރު ލަންކާގެ އެޑިޝަނަލް މެޖިސްޓްރޭޓް ޓީ.އެން.އެލް މަހަވައްޓަ މިހާރުވަނީ ސީޑީސީއަށް ދީފައެވެ.

ދިވެއްސަކު މަހަކު ދެފަހަރު ލަންކާއަށް ގޮސް ލަންކާ ސިފައިންގެ ޔުނީފޯމްގެ ބައިތައް ގަނެގެންދާ ކަމުގެ މައުލޫމާތު ލަންކާގެ ވިޔަފާރިވެރިޔަކު ވަނީ ދީފައެވެ. ވިޔަފާރިވެރިޔާ އާ ހަވާލާދީ ރިޕޯޓްތައް ބުނާގޮތުން ދިވެހި މީހާ އެއެއްޗެހި ގަންނަނީ ސްކޫލް ހަރަކާތްތަކަށް ކަމަށް ބުނެއެވެ.

ދިވެހި މީހާ ގަނެފައިވާ ތަކެތީގެ ތެރޭގައި ލަންކާ ސިފައިން އަރާފަދަ ބޫޓާއި ބެލްޓާއި ޔުނީފޯމުގެ ބައިތަކާއި ލަންކާ ސިފައިންގެ ލޯގޯ ޖެހި ބައެއް އާލާތްތައް ހިމެނެއެވެ.

މިމައްސަލަ ލަންކާގެ ފުލުހުން ތަހްގީގު ކުރަމުން ދިޔަ ނަމަވެސް މިމައްސަލައިގައި ހިމެނޭ ދިވެހި މީހާ އާއި ފުލުހުން އަދި ސުވާލެއް ކުރިކަމެއް ނުވަތަ ނޫންކަމެއް ސްރީލަންކާގެ މީޑިއާތަކުން ކަށަވަރު ކޮށެއް ނުދެއެވެ. އޭނާ މިހާރު ސްރީލަންކާގައި ކަމެއް ނުވަތަ ނޫން ކަމެއް ވެސް ސްރީލަންކާ ފުލުހުން ކަށަވަރު ކޮށެއް ނުދެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. Anonymous

    ވަޓް އަޖޯކު

    15
  2. ކޮންތާކު

    ތީ ރާއްޖެޔާ ޓެރަރިޒަމާ ގުޅުވަގެން ރާއްޖޭގެ ޓޫރިޒަމް ވައްޓަގެން ނޫނީ ލަންކާ ޓޫރިޒަމް ކުރި ނުއަރާނޭ ކިޔަގެން ހަދާ ހިންތާއެއް!

    29
  3. އިޔާޒް

    އަހަރެމެން ކީއްކުރަން ހޯދާ އެއްޗެއް..

    22
    1
  4. އާންތު

    އެއީ އިންޑިޔާ މީހުން ބޭނުން ވެގެން ކުރާ ކަމެއްތޯވެސް ޝަމާލް ސަރ ބައްލަވަން ޖެހޭނެ މިހާރު އިންޑިޔާ ސިފފައިން ދިވެހިން ލައްވާ ކުރުވާނެ ކަންކަން ވިސްނާންވާނެ.

    17
  5. ކޮއްޔާ

    ހަމަ ހޭގައިބާ //. ،

  6. ޟަގަރޭ

    ވިއްކަން ހުންނަންޏާ ގަތުމަކީ މައްސަލައެއްތަ