އަބްދުލްރަހީމް އަބްދުﷲ - ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އިދިކޮޅު ޕާޓީތަކުން މިއަދު ބާއްވާނެކަން އިއުލާނުކުރި އެއްވުމަށް ފައިސާއަށް ވެސް ނުކުންނާނެ ރައްޔިތަކު ވެސް މި ރާއްޖެ އިން ނުވި ކަމަށް ޕީޕީއެމް އިން ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޕީޕީއެމްގެ ނައިބް ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން މިއަދު ބާއްވަން އިއުލާނު ކުރި އެއްވުމަށް ދާނެ ބަޔަކު ނުވިކަމަށާއި، އެހެންވުމުން އެ އެއްވުން ރޫޅިފައިވާކަމަށެވެ.

"ކޮންޓްރެކްޓް އުސޫލުން މުޒާހަރާ ކުރާނެ ބަޔަކު ހޯދުމަށް ޖުމްހޫރީ ޕާޓީގެ ތެރެއިން މަސައްކަތް ކުރާ ކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ލިބެނީ، އެކަމަކު މިކަމުން އެއްވެސް ކަމެއް ކާމިޔާބެއް ނުވި، ފައިސާއަށް ވެސް މުޒާހަރާއަށް ނުކުންނާނެ ރައްޔިތަކު ވެސް މި ރާއްޖެއަކުން ނުވި،" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ، މިކަމުން ދޭހަވަނީ، އިދިކޮޅު ފަރާތްތަކުން ބަލިކަށިވެފައިވާ މިންވަރުކަމަށާއި، ރައީސް ޔާމީނަށް ތާއިދު އިތުރުވަމުންދާ މިންވަރު ކަމަށެވެ.

އިތުރަށް އަދުރޭ ވިދާޅުވީ، އާންމު ރައްޔިތުން މަގު މައްޗަށް ނުކުތުމަށް ގޮވުމަށްފަހު ލީޑަރުން ތިއްބެވީ ފިލާ ކަމަށާއި، މަގުމަތީ ފެންނަން ތިބީ މަދު މަޖިލީސް މެންބަރުންތަކެއް ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުން ބާއްވާފަދަ އެއްވުންތަކަށް ފުލުހުން ފުރުސަތު ނުދޭނެ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. އިދިކޮޅު ފަރާތް ތަަކަށް މެދު ކެނޑުމެއް ނެތި މާލޭގައި އެއްވެ އުޅުން މަނާ ސަރަހައްދެއްގައި އެއް ނުވެވޭނެއޭ އެއީ އޭ އެކަން އޮންނަން ޖެހޭނެ ގޮތަކީ އެއްވެ އުޅުމާއި ބެހޭ ގާނޫނު ގައި މަނާ ކަމެކޭ މާލޭގެ މަގުތަކުގައި މުޒާހަރާ ކުރުމަކީ އެއްވެ އުޅެން އޮންނާނެއޭ ވަކި ތަނެއް ޚާއްސަ ކޮށްފައި އެމެން ކެނެރީގެ ނަޝީދު ހީކުރަނީ މާލޭގެ މަޖީދީ މަގަށް މީހުން އެއް ކުރުމުން މަޖީދީ މަގުގައި ވިޔަފާރި ކުރާ މީހުން ރުޅި އަންނާނީ ސަރުކާރު ދެކެ ކަމަށްތޭ އެކަމަކު އެކަން އެހެން ނުވާނެއޭ ހަމަ ކެނެރީގެ ނަޝީދު އާއި އޭނާގެ ޕާރޓީ ގެ މެމްބަރުން ދެކެއޭ ވިޔަފާރި ވެރިން ރުޅި އަންނާނީ މަމެން ޕިންކީން މިއުޅެނީ މާލެ ސަރަހައްދުގައި ވިޔަފާރި ކުރާ ހުރިހާ ފަރާތް ތަަކަށް އަކަފޫޓަކަށް މަހަކު 1 ރުފިޔާ ސަރުކާރަށް ދައްކާ ގޮތަށް ގުޅި ފަޅުން ކޮންމެ ކުންފުންނަކަށް 5000 އަކަފޫޓްގެ ބިން ދޭން އޭ އެއިރަށް ހުންނާނެ ކެނެރީގެ ނަޝީދަށް ރަނގަޅަށް ރާކަނި މަސްކެވިފައި. މަމެން ދުލެއް ނުދޭނަމޭ ތަމެން ނަށް އެންމެ މިލިމީޓަރެއް ވެސް ދޫ ނުދޭނަމޭ ދޫ ނުދޭނަމޭ.

  2. އެހެންވެ ދޯ ޕޮލިހުން ގޮސް މީހުން ހައްޔަރު ކުރަނީ؟ އެމީހުން ހައްޔަރު ކުރަނީ ގޭގަ ތިއްބާ ދޯ

  3. ކޮބާ ރަންރީނދޫ ޓްވިޓަރޭ ރަންރީނދޫ ބޮޑޭގެ މާދަރޭ ނެެރެގެން އެއްވެ އުޅުމާއި ބެހޭ ގާނޫނާއި ޚިލާފަށް ތަމެން މަޖީދީ މަގަށް އެއްވެ މުޒާހަރާ ކޮށް ކްރޭޒީ ވިމެންސް ތަކެއް ފުލުހުންނާއި ދިމާލަށް އައުގުރާނަ ގޮވަމުން ދިއުމުން އެއިން ކެއްކުނު ޑޮންޑޮނެއް އެބަހުރިތޭ. މަމެން ބޭނުން ގޮތަށޭ މިހާރު އެދަނީ މަމެން ކެޗް ކުރަން ބޭނުންވާ ބިގް ފިޝް ތައް ރެޑް ހޭންޑް ކޮށް އެވަނީ ކެޗް ކޮށް ފައޭ ދެން މަމެން ދުލެއް ނުދޭނަމޭ ނުދޭނަމޭ އައި ރިއަލީ ނީޑް ޓު ކީޕް ދެމް ބިހައިންޑް ބާރސް ފޯރ އެވަރ. އެއިރުން މަމެންނަށް މަޖްލީހުގެ މެޖޯރިޓީވެސް ހުންނާނީ މާރޗް މަސް ނިމޭއިރު ލިބިފައޭ ގާނޫނު އަސާސީ އިސްލާހު ކުރެވޭ ވަރަށް އެއިރުން ދެން މަމެން ގާނޫނު އަސާސީން އިސްލާހު ކުރާނަމޭ ރައްޔިތުންގެ މަޖްލީހުގެ ބާބު ވަރަށް ބިއުޓިފުލް ކޮށް އެެއިރުން ހުންނާނީ ރަނގަޅަށް ތަމެންނަށް ރާކަނި މަސް ކެވިފައި ދޯ. އަދި ވަރަށް އަވަހަށް ފްލޯރ ކްރޮސް ކުރުމާއި ބެހޭ ގާނޫނު ވެސް މަމެން ފާސް ކުރާނަމޭ މަޖްލީހުން. މަމެން މީ ހާކިމާ އިންނޭ އިނގޭ ތަމެން ނޮން ހާކިމާ ދޯ

  4. އުސްއިމާރާތް ތަކުން ފޭބި މީހުންނައިގެން މަހީކުރީ މަގުތައް ތޮއްޖެހޭނެ ކަމަށް. އެކަމަކު ހައެއްކަ ކެނަ ތިބީ. ހެހެ

  5. ކަލޭ މޮޔަވީތަ މުސްކުޅިވީމަވެސް ތިހެންވެދާނެ ލޮލުގެ ބާރު ދެރައީދޯމިހާރުހަމަ ހަހަަހަ

  6. ތާއީދު އިތުރުވަނީ އަދުރޭއަށް..ޔާންބެއަކަށްނޫން.....

  7. ކަލޯ ފެނޭތަ! މަމެންނަށް ފެންނަނީ ލޮލޮގެ ޑޮކްޓަރަކަށް ދައްކަން.

  8. ހެހެހެ... ގައިމުވެސް ހިތުން ރުހުމުން ދިޔަ މީހުން ތިމީހުންގެ އެއްވުންތަކަށް ވުރެ ގިނަވާނެ!

  9. ހުކުރު ދުވަހެއްގައި މަޖީދީ މަގުގައި މުޒާހަރާއަށް ނުކުތުމުން ދޮންމީހުންނަށް ދައްކަން ގިނަ މޫނުތަކެއް ފޮޓޯއަށް އަރާފާނެއެވެ. އެހެނަސް މުޒާހަރާގެ ހަގީގީ ބައިވެރިންނަކީ ކުރީގެ ވެސް ބައިވެރިންނެވެ. އައު މޫނެއް އިތުރެއް ނުވެއެވެ.

  10. ބަލަކަލޯމެން ގަންނަގަޑެކޭތީ ވަޒީފާގެ ބިރުދައްކައިގެން އެވަރުންނުވެގެން ގޭގެއަށްގުޅާ އާދޭސް ކޮއްގެން ނުވިތާކަށް ލާރިބޮނޑިއާއި ފުލެޓުދީގެން

  11. އަދުރޭ މީހުން ތިބިގޮތް އެނގޭނީ ހަމަ ޥޯޓުން.ވަޒީފާ ގެއްލިދާނެތީ ގިނަމީހުން މުޒާހަރާ އަށް ނުދަނީ!
    އަދުރޭ ކަލޭ ހާދަ މޮޔައޭ.

  12. ފައިސާ ދީގެން ތަންތަނަށް މީހުން ގެންދަނީ ޕީޕީ މީހުން. މީ ދިވެހިން ވަރަށް ރަނގަޅަށް ދަންނަކަމެއް

  13. އަދުރޭޔާމީނަށްވުރެމިހާރުކުރީގަ ހަގީގަތައްވާހަކަދައްކާތީ.

  14. ކަލޭދެންއުފަލުންހުންނަންވީނުން

  15. އެހެން މީހުން ފައިސާ އަށް ނުގަނެވުނަސް.. ފައިސާ އަށް ބުނި ކޮންމެ ވާހަކައެއް ދައްކަން އަދި ބުހުތާނު ދޮގުހަދަން ތިޔަބޭފުޅުން ތިޔަ ތިއްބެވީ ނޫންތޯ؟

    ތިޔަގޮތަށް އެންމެން ފައިސާ އަށް ނުގަނެވޭނެ... ތީ ހަމަ އޮޅިވަޑައިގެން ވިޔަސް ތެދުފުޅެއް...

    އަދި ވެސް އިއްޒަތް ތެރި މެމްބަރުން ނޭ ކިޔާތީ ވަރަށް ހިނި އާދޭ.. ކުލީ މީހުންނޭ ކިޔާނަމަ މާރީތި

  16. އަދުރޭ.. ފުލުހުންނަށް އަންގާބަލަ އިދިކޮޅު މީހުން ނުނިކުންނައިރު ކީއްވެތޯ ރައްޔިތުލްގެ ފައިސާއިން ގަނެފަހުރި ޕެޕަރސްޕޭ ތިޖަހަނީ މެއްސަށާއު މަދިރިއަށް.. މެހި މަދިރި ފަދަ ތަކެތި މަރަން ބޮބް ސްޕޭޖެހޭނެ. ބޮބް ސްޕްރޭ މާ އަގުވެސް ހެޔޮވާނެ..

  17. ޢަދުރޭ ކޮން ތެޅުމެއް ތިޔަ ތެޅެނީ މީހުން ނިކުތަސް އަދި ނުނިކުތަސް ކަލޭ ބުންޏަސް ނުބުންޏަސް މީހުނަނަށް ފެންނާނެ ހަމަ އެއްވެލާއިރަށް ފަޔަށް ހިނިއަރައިގެން އުޅޭހެން ތިޔަ ތެޅި ފޮޅެނީ މަމެން ތާއިދު ދައްކާނީ ވޯޓުން ްއިންޝާ ﷲ