ފުޅާ ދާއިރާއެއްގައި ޤުރުއާނާއި ޢަރަބި ތަޢުލީމު ދެމުން އަންނަ އަމިއްލަ އިންސްޓިޓިއުޓެއް ކަމުގައިވާ "ޢިލްމު އިންސްޓިޓިއުޓް" ގެ މައި މަރުކަޒު މާފަންނު މަދަރުސާގެ 2 ވަނަ ފަންގިފިލާއަށް ބަދަލުވެއްޖެކަމަށް ޢިލްމު އިންސްޓިޓިއުޓުން ވަނީ ހާމަކޮށްފައެވެ.

"މާފަންނު މަދަރުސާގެ 2 ވަނަ ފަންގިފިލާއަށް ޢިލްމު އިންސްޓިޓިއުޓް ވަނީ ބަދަލުވެފައި. ތަނަވަސް ކުލާސްތަކެއްގައި މިހާރު ކުރިއަށްދާނީ ކުލާސްތައް. ހާފިޒުންގެ މަޝްރޫޢުގެ އިތުރުން ޢަރަބި ބަސް އުނގަންނައިދިނުމުގެ މަޝްރޫޢުވެސް މިހާރު ކުރިއަށް ދާނެ ޢިލްމު އިންސްޓިޓިއުޓް. އަދިވެސް އިތުރު ޕްރޮގްރާމްތައް ވަރަށް އަވަހަށް އިއުލާން ކުރެވޭނެ." ޢިލްމު އިންސްޓިޓިއުޓްގެ އޮފިޝަލަކު ވިދާޅުވިއެވެ.

"މިގެނެވުނު ބަދަލާއި އެކު ޢިލްމު އިންސްޓިޓިއުޓް އިތުރަށް ފުޅާވެގެންދާނެ. މި ސަރަހައްދަށް ބަދަލުވުމުން ގިނަ ބަޔަކަށް ފަސޭހަވެގެންދާނެ ދަރިވަރުން ގެނެސް ހެދުމަށް." އިތުރަށް އޮފިޝާލު ވިދާޅުވިއެވެ.

ހާފިޒުންގެ މަޝްރޫޢު:

އިލްމު އިންސްޓިޓިއުޓްގެ ފަރާތުން ކުރިއަށް ގެންދާ ޙާފިޒުން އުފެއްދުމުގެ މަޝްރޫޢުގައި މިހާރު 200 އަށް ވުރެ ގިނަ ދަރިވަރުން ކަމިޔަވަމުންދާކަމަށާއި ހަފްތާގެ 5 ދުވަހުގައި ކުރިއަށްދާ މިޕްރޮގްރާމްގެ އިތުރުން ހަފްތާ ބަންދުގެ ތެރޭގައި ކްލާސްތަކެއް ކުރިއަށްދާކަމަށް އެއިންސްޓިޓިއުޓް ހާމަކުރެއެވެ.

"ކުލާސްތައް ބޭއްވިގެންދާނީ ފުރިހަމަ މާޙައުލެއްގައި. އޭސީ ކުރެވިފައިވާ ކުލާސްރޫމްތައް. ޤުރުއާންގެ ޢިލްމު އުނގެނުމަށް ރާއްޖޭގައި މިހާތަނަށް ޤާއިމުކުރެވޭ އެންމެ ފުރިހަމަ މާޙައުލަށް ޢިލްމު އިންސްޓިޓިއުޓް ވެގެން ދިއުމަކީ އައުންމީދު." ކަމަށް ޢިލްމު އިންސްޓިޓިއުޓް ގެ އޮފިޝަލަކު ވިދާޅުވިއެވެ.

ޢަރަބި ބަސް އުނގަންނައިދިނުމުގެ މަޝްރޫޢު:
ރާއްޖޭގެ މުޖުތަމައުގައި އަރަބި ބަހަށް އަހައްމިއްޔަތުކަން ދޭ މިންވަރު އިތުރުކޮށް، މަދަރުސީ ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް ފޭރާންހެޔޮ އަދި ނަތީޖާ ނެރެދެވެނިވި ގޮތެއްގައި އަރަބި ބަސް އުނގަންނައިދިނުމުގެ މަގުސަދުގައި މަޝްރޫޢު ދަނީކުރިއަށެވެ.

ޢިލްމު އިންސްޓިޓިއުޓުގައި ކްލަހެއް ކުރިއަށް ދަނީ

އެމްކިއުއޭ ގަބޫލުކުރާ ކޯސްތައް:

ޢަރަބި އަދި ޤުރުއާނާއި ގުޅުންހުރި އެމްކިއުއޭ ބަަލައިގަންނަ ކޯސްތައް މިހާރުވެސް ޢިލްމު އިންސްޓިޓިއުޓް ކުރިއަށް އަބަގެންދެއެވެ. އެގޮތުން މެއި މަހުގެ އިންޓޭކަށް ވަނީ ހުޅުވާލާފައެވެ.

ކުރިއަށް އޮތްތާނގައިވެސް އެހެނިގެން ދާއިރާތަކުންވެސް އެމްކިއުއޭ އެޕްރޫއު ކޯސްތައް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ޢިލްމު އިންސްޓިޓިއުޓުން ހާމަކުރެއެވެ. އަދި ވަރަށް އަވަހަށް ހުޅުމާލޭގައިވެސް ޢިލްމު އިންސްޓިޓިއުޓް ގެ ގޮތްޕެއް ހުޅުވިގެންދާނެކަމަށެވެ.

މަޝްހޫރު ދީނި އިލްމުވެރިޔާ އަލްހާފިޒް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ ބެލުމުގެ ދަށުން ހިންގަމުންދާ އިންސްޓިޓިއުޓް އަކީ ކުރުމުއްދަތެއްގެ ތެރޭގައި ކުރިއެރުންތަކެއް ހޯދަމުން އަންނަ އިންސްޓިޓިއުޓްއެކެވެ. މިއީ އިސްލާމީ ތަރުބިއްޔަތާ ތައުލީމާ ކީރިތި ޤުރުއާނުގެ ޢިލްމު ދިވެހި މުޖުތަމައުގައި ފެތުރުމަށްޓަކާ ޤާއިމުކޮށްފައިވާ އިންސްޓިޓިއުޓްއެއްކަމަށް ޢިލްމު އިންސްޓިޓިއުޓް ހާމަކުރެއެވެ.

ޢިލްމު އިންސްޓިޓިއުޓް އިން ގެންދާ ޕްރޮގްރާމްތަކަށް ގިނަ ބައެއްގެ ތަރުހީބު ލިބެމުންދާކަން ފާހަގަކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސަރީ

    ވަރަށް ރަނގަޅު މަސައްކަތެއް. ދެމެހެއްޓެނިވި ގޮތެއްގައި އިޚްލާސްތެރި ނިޔަތެއްގައި ކުރެވެންޏާ ފައިދާ ކުރާނެ.

    11
  2. ދަރަނި ދަންތުރަ

    ޔާ ﷲ މިބޭފުޅުންގެ މި މަސައްކަތުގައި ބަރަކާތް ލައްވާށި

    14