ޢިލްމު އިންސްޓިއުޓް ފޯ އިސްލާމިކް ސްޓަޑީޒްއާއި އިސްލާމިކް އޮގަނައިޒޭޝަން ފޯ ކަލްޗަރ އެންޑް ސިވިލައިޒޭޝަން (އައިއޯސީސީ) އާ ގުޅިގެން ޕްރީ ސްކޫލް މަރުޙަލާގައި ކިޔަވައިދޭން ޚާއްޞަކޮށްގެން ފޮތް ސެޓެއް އެކުލަވާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ޢިލްމު އިންސްޓިއުޓް ފޯ އިސްލާމިކް ސްޓަޑީޒް އިން ބުނީ މި ފޮތް ސެޓްގައި ހިމެނެނީ ޖުމުލަ 40 ފޮތެއް ކަމަށެވެ. މި ފޮތްތަކަކީ، ބޭބީ ނާސަރީ، ނާސަރީ، ޖޭކޭޖީ، އެސްކޭޖީ މި ހަތަރު މަރުޙަލާގެ ފޮތްތަކެއް ކަމަށް ވެސް އެއިންސްޓިއުޓުން ބުނެއެވެ.

މިފޮތްތައް ތައްޔާރުކުރެވޭ ދާއިރާތަކަކީ، (އިސްލާމް، ދިވެހި، ޤުުރުއާން، ހިސާބު، އިނގިރޭސި، ސޯޝަލް ސްޓަޑީސް، ސައެންސް އެންޑް ޓެކްނޮލެޖީ، ކްރިއޭޓިވް އާރޓްސް، ހެލްތު އެންޑް ވެލްބީން، ވެލިއުސް އެންޑް އެތިކްސް) އެވެ.

މި އިން ކޮންމެ ދާއިރާއަކުން ހަތަރު މަރުޙަލާގެ ފޮތް ހިމެނޭނެ ކަމަށާއި މި ފޮތްތައް އެކުލަވާލެވެނީ ނޭޝަނަލް އިންސްޓިޓިއުޓް ފޯ އެޑިއުކޭޝަނުން ކަނޑައަޅާފައިވާ މަންހަޖަށް ރިޢާޔަތްކޮށް، އެ އިންސްޓިއުޓްގެ ކުރީގެ އެޑިއުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރު، އަދި ކަރިކިއުލަމް ޑިވެލޮޕަރ އަލްފާޟިލާ މަރިޔަމް ޝަޒްނާ ކަމަށް ވެސް ޢިލްމު އިންސްޓިއުޓް ފޯ އިސްލާމިކް ސްޓަޑީޒް އިން ބުނެއެވެ.

މަރިޔަމް ޝަޒްނާއަކީ އިސްލާމިކް އޮގަނައިޒޭޝަންފޯ ކަލްޗަރ އެންޑް ސިވިލައިޒޭޝަންގެ ތިންކު ޓޭންކުގެ މެންބަރެކެވެ.

މިދިޔަ އަހަރު އުފެއްދި ޢިލްމު އިންސްޓިއުޓް ފޯ އިސްލާމިކް ސްޓަޑީޒް އިން ގެންދަނީ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަމުންނެވެ. އެއިންސްޓިއުޓް އިން ޕްރީ ސްކޫލެއް ވެސް ދަނީ ހިންގަމުންނެވެ. އަދި ކީރިތި ޤުރުއާން ކިޔަވައި ދިނުމަށް ވެސް ވަނީ ކްލާސްތަކެއް ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އިބްރާހިމް

    މަރުޙަބާ. ރާއްޖޭގައި ކިޔަވައިދޭ ހުރިހައި ގްރޭޑެއްގެ ހުރިހައި މާއްދާއެއްގައިވެސް އިސްލާމީ ވަންތަކަން ހުންނަންޖެހޭ. ރަނގަޅު ދަރިންތަކެއް ބިނާކުރަން ބޭނުމިއްޔާ ޤުރްއާނާއި ސުންނަތް ކިޔަވައިދޭންޖެހޭނެ ހުރިހައި ގްރޭޑަކަށްވެސް.

    14
    1