ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާ ޖެހުނު މައްސަލަ ހައްލުކޮށް ޕާޓީ އެއްބައި ނުކުރެއްވުނު ކަމަށާއި އެކަމުގައި ފެއިލްވެފައިވާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި މި ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިއަދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޗެއާޕާސަނަކު ކަނޑައެޅުމުގެ އިންތިހާބުގައި ފައްޔާޒް ވެވަޑައިގެންނެވި އެއް ވައުދަކީ ދެ ބަޔަކަށް ބެހިފައި އޮތް އެމްޑީޕީ އެކަތިގަނޑަކަށް ހެދުމުގެ ވައުދެވެ. އެ މަސައްކަތުގައި ކުރެއްވި މަސައްކަތް ނާކާމިޔާބުވެ، އޭނާ ފެއިލްވެފައިވާ ކަމަށް ފައްޔާޒް އެއްބަސްވެވަޑައިގަންނަވައެވެ.

އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފައްޔާޒް ވިދާޅުވީ އެމްޑީޕީ އެއްބައި ކުރެއްވުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި ނަމަވެސް އެކަމެއް ނުކުރެއްވުނު ކަމަށެވެ. ރައީސް ސޯލިހާއި ނަޝީދާ ދެމެދު ޖެހުނު އެންމެ ބޮޑު މައްސަލައަކީ ވެރިކަމުގެ މައްސަލަ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެއް ނުވެވޭ ވަރުގެ ކަންތައްތަކެއް މި ހުރީ އަޅުގަނޑަށް ގަބޫލު ކުރެވޭ ގޮތުގައި. މައިގަނޑު ގޮތެއްގައި މި ހުރީ ވެރިކަމާ ގުޅުން ހުރި ކަންތައްތަކެއް. މި ވާހަކަ ކޮންމެހެން އަޅުގަނޑު ދައްކާކަށް ނުޖެހޭނެ. ބުއްދި ސަލާމަތުން ހުރި ދިވެހި ރައްޔިތަކަށް މި ވާހަކަ ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ. މި މައްސަލައަކީ ވެރިކަމުގެ މައްސަލައެއް،" ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ އެމްޑީޕީގެ މެމްބަރުންގެ ބޮޑު ތާއީދަކާ އެކުގައި ރައީސް ސޯލިހް ވެރިކަމަށް ކުރިމަތިލައްވާފައިވާ ހިނދެއްގައި އެހެން ބޭފުޅަކު އެކަން ބޭނުންވިޔަސް ޓިކެޓު ދޫކޮށްލަން ރައީސް ސޯލިހަށް ދެންނެވުން ދަތިކަމަކަށްވާ ކަމަށެވެ.

"އެއްވާން އޮތީ އެންމެ ގޮތެއް. އެއީ ރައީސް ނަޝީދަށް ޓިކެޓު ދީގެން. އެ ނޫން ގޮތަކަށް އެއްވެވޭކަށް ނެތް." ފައްޔާޒް ވިދާޅުވިއެވެ.

ނަޝީދުގެ ފެކްޝަންގައި އިސްކޮށް އުޅުއްވާ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް މިދިޔަ އަންގާރަ ދުވަހު އެމްޑީޕީން ވަކިކުރިތާ އެއް ދުވަސް ފަހުން، މަޖިލިހުގެ 12 މެމްބަރަކާއި ނަޝީދަށް ވަފާތެރި ބައެއް ބޭފުޅުން އެމްޑީޕީން ވަކިވެވަޑައިގެން އާ ސިޔާސީ ޕާޓީއެއް ހައްދަވަން ވަނީ ނިންމަވައިފައެވެ. އެކަމަކު، ނަޝީދު އަދިވެސް ހުންނެވީ އެމްޑީޕީގައެވެ. "ފިކުރެއްގެ ދިރުން" ނަމުގައި ހަދާ ސިޔާސީ ޕާޓީން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރާނެ ކަން އެ ޕާޓީން އިއްޔެ ވަނީ އިއުލާން ވެސް ކޮށްފައެވެ.

ފައްޔާޒް ވިދާޅުވީ އެމްޑީޕީގެ މެމްބަރުންތަކެއް އެ ޕާޓީން ވަކިވެވަޑައިގަތީމަ، އެކަމާ ހިތާމަ ކުރައްވާ ކަމަށެވެ. އެއީ ވަރަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅުންތަކެއް ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

"އަޅުގަނޑަށް އިހްސާސްއަކީ ވަރަށް ބޮޑަށް ރިހޭ ދަތެއް ހެނދުނު ހޭލިއިރު ވެއްޓިފައި އޮތް އިހްސާސް. އެހެންވީމަ އަޅުގަނޑުމެންގެ މާ ބޮޑު ކަންބޮޑުވުމެއް ނެތް އެކަމުގައި،" ފައްޔާޒް ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ޔާންޔާ

    ތީ ކޮންބައެއްތޯ އަމިއްލަޔައްވިސްނާލާފަ ، ހިނދިރުވާލާ .

    26
    4
  2. އަހުނަސް

    އެހެންވީމަ އިސް ތިއުފާ ދެއްވާ

    35
    4
  3. އަހައްމަދު

    ބަންގާޅީ ކަންތަކުގަވެސް ވީ ފެއިލް

    ރާއްޖޭގެ އިކޮނޮމީ ކަންތަކުގަވެސް ވީ ފެއިލް

    މިފަހަރު ރިޔާސީ އިންތިޚާބުގެ ވެސް ވަނީ ފެއިލް.

    44
    7
    • އަހަންމަދު

      ބަންގާޅީންނާއި އިންޑިޔާ މީހުން އެތިބީ ހެވިދިލިފަ. ވާނީ އެހެންތާ. އެއްވެސް ހުއްދައެއް ނެގުމެއްނެތި ބޭނުން ވިޔަފާރީއެއް ކުރުމުގެ ފުރުސަތު އެބައޮތް! ގަވާއިދާ ޚިލާފު ކިތަންމެވަރަކަށްވިޔަސް އެމިހުންނަށް ވާނެ އެއްވެސް ކަމެއް ނޯންނާނެކަން
      ޢެމީހުންނަށް ޔަގީންވޭ! ފައްޔާޒޫ ކަލޭގެ ލަދުހަޔާތް ކޮބާ
      ސޯލިހުގެ ފެއިލްވުމުގެ އެންމެ ބޮޑު ސަބަބަކީ ފައްޔާޒު، އިމުރާނު، ޝިއުނާ،
      ޢާއިސައިދީ ކަހަލަ އަގަގަދަ ކަމެއް ކުރަން ނޭގޭ ބަޔަކު މާ އަރިސްކުރުން! އެކަމުގެ ހިތިރަހަ ސޯލިހުގެ ކަރުބުޑުގަ މިހާރު ހުންނާނެ.
      އަދި ހިޔެއްނުވޭ ދުވަހަކުވެސް ފިލާނެހެނެއް.

      8
      2
  4. Anonymous

    އާނ ތިޔަހަރީ ހިންގާލެވިފައި.
    އަދި ހިންގާލާށޭ ކިއެއްނު.
    އިސްތިއުފާ

    32
    5
  5. މަކަރާހީ

    ޕުރައިމަރީގައި އަންނިއަށް ވޯޓު ލާނެ ގިނަބަޔަކު ދަފުތަރުން އުނިކުރީމަ އަންނި ނުހޮވުނީ. ހުރިހާ މަސްއަލައެއްގެ ފެށުން. ރަނގަޅަށް ފޭލުވެއްޖެ. މިހާރު ތިއުޅެނީ އަންނި ފަޅިއަށްއަރަން ..

    2
    1
  6. ހަންޑިކުޑަ

    ކިހިނެއްތޯ އެއްބައި ވެވޭނީ! އިބަމެން އައި ގޮތަކަށް އައިސް ބެހީ ރައްޔިތުންގެ ފައިސާ ތައް. ބަދަލު ދެނީޔޭ ކިޔާފައި. ތިމާމެނަށް ފެނުނު ގޮތަކަށް ކަންތައްތައް ކޮއްފާ ތިޔަ ބުނަނީ އެއްބައެއް ނުކުރެވުނޭ. މަނަމެވެސް އެއްބައެއް ނުވާނަން. ބޯންއުލޭ ބޮނޑި މިހާރު ތި ތިބީ ބޮއެގެން. ވ ވެދުން.

    1
    2
  7. ނައީމައްތަ

    ކޮންކަމެއްތޯ މަނިކުފާނަށް ކުރެވުނީ؟
    1. ބިދޭސީން މަދުކުރެވުނުތޯ؟
    2. ރިސޯޓް މުއައްޒަފުންނަށް ދޭންބުނި މިނިމަމް ވޭޖް 10000ރ ދެވުނުތޯ؟
    3. ޕާޓީ ހިންގާލާނަމޭ ކިޔާފަ މަޤާމައްހޮވުނީމަ ޕާޓީ ހިންގާލެވުނުތޯ؟
    4. ރަށްރަަށުގެ ޖަގަހަތައް ހިންގާލެވުނުތޯ، އެތަންތައް މިހާރުހުރީ ފަޅުވެފަ
    5. ޕާޓީއަށް މެމްބަރުން އިތުރުކުރެވުނުތޯ؟ އޭގެބަދަލުގަ 39000 މެމްބަރުން ވަކިކުރެވުނީ ދެއްތޯ؟
    6. ތަކެތީގެ އަގު ހެޔޮކުރެވުނުތޯ؟
    7. ދިވެހިންނަށް ވަޒީފާގެ ފުރުސަތު ތަނަވަސްކޮށްދެވުނުތޯ؟
    8. ރިސޯޓްތަކުގަ ދިވެހިންގެ ޕަސެންޓް މަތިކުރެވުނުތޯ؟
    9. ވަގުންނާ ކޮރަޕްސަން ހިންގާމީހުންނަށް ހައްޤް އަދަބުދެވުނުތޯ؟

  8. ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ ޕީ.ޕީ.އެމް 9305205 (ވައިބަރ)

    ބަދަލުގެ ގޮތުގައޭ ކިޔައިގެން ރައްޔިތުން ގެ ލާރި މުޅި ޢާއިލާ އަށް މިލިއަނުން މިލިއަނުން ބެހި ކަންތައް ވެސް-ވީ ފެއިލް!!! ވަގެއް-ކަން ފަޅާ އެރީމާ ފެއިލް-ވީ.

    6
    2
  9. މަޑުއްވަރި އައްޔަބޭ

    ރައްޔިތުންނަށް ވުރި އިސްކުރީ ދައުލަތުން ވައްކަން ކުރަން ދެން ވާނީ ފެއިލް ތާދޯ ... ވައްކަންވެސް ކުރާކަށް ނޭންގޭ އެކަމުންވެސް ވީ ފެއިލް

    2
    1
  10. ޕީޕީ

    ވަށްކަންކުރަންއެނގުނީމާ 11އަހަރުޖަަލުހުކުންދެންލަލަލާ

    1
    1
  11. އާދަނު އަލީ

    ވަރަށް ހިންގާލާނަމޭކިޔާފަ ޗެއާޕާސަން ކަމަށް ކުރިމަތިލައި ކެމްޕޭން ކުރީ، ވަރަށް ހިންގާލެވިއްޖެ އެއްނު، މަށަށް ޙަމަ ޔަގީން، އިބޫސޯލިޙް އަށް ވެރިކަން ގެއްލޭ އިރަށް ނަޝީދު ފަހަތުން މި ބައިގަނޑު ދުވާނެ، ޤަބޫލުކުރިޔަސް ނުކުރިޔަސް އިބޫސޯލިހް އެއީ ރައީސް ނަޝީދުގެ ހިޔަނިން ނިކުމެހުރި މީހެއް، ވެރިކަމުގެ ތާޖު ބޮލުގަ އޮތީމަ މަޤާމުގެ ދަހިވެތިކަމުގައި އިބޫސޯލިހަށް ތާއީދު އެކުރަނީ، މާބޮޑު އުރުއްޕަތެއް ނޫނީ ޕޮޕިއުލާރިޓީ އެއް އޮވެގެންނޫން، ޝާޙިދުމެން ސަލާމަތްވާން އޮތީ ދެއިރު ދެދަޅައަށް އިބޯ ސޯލިޙް އަށް ސަނާ ކިޔާގެން..