ކައިވެނި ކޮށްގެން އުޅޭ ފިރިމީހާ ކައިރިން ވަރިވާން ރާއްޖޭގެ ރަށެއްގެ ކޯޓަކަށް ދިޔަ އަންހެނަކަށް ކޯޓުގެ ގާޒީ ގުޅާ މައްސަލަ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅައިފިއެވެ.

އެނގިފައިވަ ގޮތުގައި އެފަދަ ހާދިސާއެއް ހިނގާފައިވަނީ ރާއްޖޭގެ އުތުރުގެ ރަށެއްގައެވެ. އެގޮތުން އަންހެން މީހާ ފިރިމީހާ ކައިރިން ވަރިވާން ކޯޓަށް ދިއުމުން އެމައްސަލަ ބަލާ ގާޒީ ވަނީ އަންހެން މީހާއަށް ގުޅާފައެވެ.

ގާޒީ ވަނީ އެ އަންހެން މީހާއަށް ގުޅައި މައްސަލަ ނިންމަން ބޭނުންވާ ގޮތާއި ދެމަފިރިންގެ ޒާތީ ދިރިއުޅުމާއި ބެހޭ ގޮތުން ވާހަކަތައް އޮޅުން ފިލުވަން މަސައްކަތް ކޮށްފައެވެ.

އެ ގާޒީގެ މިފަދަ މައްސަލައެއް ފެންމަތިވެފައިވާއިރު، ޖޭއެސްސީން ވަނީ އެ ގާޒީ ޖަމިއްޔާއެއް އުފައްދައި އެ ޖަމިއްޔާގެ ހަރަކާތްތައް ރާވާ ހިންގުމުގައި އަމަލީގޮތުން ބައިވެރިވާކަމަށް ބުނާ މައްސަލައަކާއި، ތަފްރީގުކޮށްފައިވާ ކައިވެންޏެއް ރުޖޫޢަކޮށްދިން ކަމަށް ބުނާ މައްސަލައަކާއި، މުޒާހަރާތަކުގައި ބައިވެރިވެ ޝުއޫރު ފާޅުކޮށް ސޯޝަލް މީޑިއާގައި ފަނޑިޔާރަކު ހިއްސާކޮށްގެން ނުވާނެފަދަ ހިޔާލުތައް ފާޅުކުރާ މައްސަލައަކާއި ގުޅޭ ގޮތުން ކުރިން ފިޔަވަޅުވެސް އަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޜރ

    މަސައްކަތް ނުކޮއް ބޮޑު މުސާރަކާބައެއް!

    12
    3
  2. ދަރުއްނަދުވާ

    ގަދަ ގޮލައެއް

    9
    4
  3. ރަން ރީނދޫ

    ގާނޫނު ބުނާގޮތުން ވަރިކޮއްދެވޭނީ،ގާޒީ ބުނާ ކަމެއް ކޮއްދީގެން ،ނުވަތަ ފައިސާ ދީގެން. ދެން ކިހިނެއް ނުގުޅާ މި މައްސަލަ ނިންމަނީ. ގާޒީ ބަދުނާމު ކުރުން ހުއްޓާލާ.

    8
    13
  4. މާލެ

    މިކަންކަން ހިނގާނެ،މަދުފަހަރެއްގަ މިހެން ނުހަށް އަރާނި.

    11
    0
  5. ދެބޯގެރި

    ޚަބަރު ކިޔާލުމުން މާޒީގެ މައްސަލަތަކުގެ ވާހަކަޔަށް ބެލުމުން ތިޔައީ އުތުރުސިޓީގެ އިސް މެޖިސްޓްރެޓް ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ. މައްސަލަތައް ހުށަހެޅި ބަލަމުން ދަނިކޮށް އިސް މެޖިސްޓްރޭތްކަންވެސް ދެއްވީ ތިޔަ މައްސަލަވެސް ދާނީ ބޮނޑު ނަގުލަށްވެގެން ޖޭއެސްސީ ގުރޫޕުން ބޭނުން މީހަކު ހިމާޔަތްކުރާނެ މެދުރާއްޖެތެރޭގެ މެޖިސްޓްރޭޓަކު ސަރުކާރަށް ދޮގު މައުލޫމާޓުދީ ދޮގުހެކިދީގެން އަމިއްލަ މަންފާ ހޯދައި މުހިންމު ރަށަކުން ބިން ހޯދީމާވެސް 14 ދުވަހުގެ ޗުއްޓީއެއްދީފަ ނިންމާލީ މާ ބޮޑު ކަމަކަށްނުވި ވީމާ ތިޔަ މައްސަލަވެސް ދާނީ އެކަހަލަ ގޮތަކަށް

    20
  6. އަލިފް ހާ

    ހުސްކޮށްހުންނަ ނުވަތަ ހުސްވާން އުޅޭ ކަނބުލޮއަކަށް ގުޅުމަކީ މައްސަލައެއްތަ؟ އެކަނބުލޭގެ ފަހަތުން ދުވަސްކޮޅަކު އުޅެނިކޮށް ރުހިދާނެ އަދިކައިވެނީގެ އުފަލާ ލައްޒަތު ލިބިދާނެ

    7
    7
    • ހުސޭނުބޭ

      ނޫން! ނޫން! އެހެނަކުން ނޫން! ގާޒީންނަށް އިތުރުކޮށްދިން އިނާޔަތުގެ ތެރޭގައި މީހުންގެ އަބިންނާ ގުޅުމުގެ އެލަވަންސް ދޭތޯ ބަލަންވެއްޖެ!

  7. އުނބުސޭމު

    އެހެންނުވާނީ ސޯލިބޭވެސް ގުޅަނީ އިންޑިއާއަށް ވިއްޔަ.

    10
    2
    • ކުކީސް

      ސޯލިބޭ ގުޅަނީ ފޭރުނު ފޯނުގަހުރި ވީޑިޔޯގަ އުޅޭ އަންހެންމީހާއަށް އިގިއްޖޭ

  8. އަލީއާދަމް

    ތިޔަ ހުރިހައި ހާސަރެއް ނުދަމައި އަލީ އާދަމް އޭ ބުނުނަނީ ކީއްވެ