މިއަހަރު އަންނަ އެންމެ ތާރީހް ރީތި އެއްދުވަސް ކަމަށްވާ މިއަދު މާލޭގައި ކުރަނީ 17 ކައިވެންޏެއް ކަމަށް ފެމެލީ ކޯޓުން ބުނެފި އެވެ. މިއަދުގެ ތާރީޚަކީ 12/12/2022 އެވެ.

ފެމެލީ ކޯޓުގެ އޮފިޝަލަކު "ވަގުތަށް" ވިދާޅުވީ މިއަދު މާލޭގައި ކުރަން ހަމަޖެހިފައިވަނީ 17 ކައިވެންޏެއް ކަމަށެވެ.

އެއީ ރަސްމީ ގަޑީގައި ކޯޓުގައި 10 ކައިވެންޏެއް ކަމަށާއި ކޯޓުން ބޭރުގައި 6 ކައިވެނި ކަމަށެވެ. އަދި ނުރަސްމީ ގަޑީގައި ކޯޓުން ބޭރުގައި އެއް ކައިވެނި ކަމަށެވެ.

މިއަދަކީ ރީތި ތާރީހަކަށް ވާއިރު މި އަހަރުގެ ފާހަގަކޮށްލެވޭ އެހެން ތާރީހުތަކަށް ބަލާއިރު ކައިވެނި ކުރާ އަދަދު ބޮޑުތަނުން ވަނީ ދަށްވެފަ އެވެ.

މި އަހަރުގެ ރީތި އެއް ތާރީހެއް ކަމަށްވާ 22-7-7 ގައި ވަނީ 58 ކައިވެނި ކޮށްފަ އެވެ.

މާލޭގައި މިހާތަނަށް އެންމެ ގިނަ ކައިވެނި ކޮށްފައި ވަނީ މިއަހަރުގެ ފެބްރުއަރީ 22 ވަނަ ދުވަހު އެވެ. އެދުވަހު 87 ކައިވެނި ކޮށްފައި ވެއެވެ. އޭގެ ކުރިން އެންމެ ގިނަ މީހުން އެއްދުވަހެއްގައި ކައިވެނި ކޮށްފައި ވަނީ 2020 ވަނަ އަހަރުގެ ފެބްރުއަރީ 20 ވަނަ ދުވަހު އެވެ. އެދުވަހު 66 ކައިވެނި މާލޭގައި ކުރިއެވެ.

ރީތި ތާރީޚްތަކުގައި ކައިވެނި ކުރުމަކީ ރާއްޖޭގެ އިތުރުން ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި އާއްމު ކަމެކެވެ. އަންނަ އަހަރު އަންނާނެ ރީތި ތާރީޚްތަކުގެ ތެރޭގައި 01/02/2023 އާއި 20/03/2023 ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޕޮގުބާ

    3މަހަށް ވިސާ ޖަހައިގެން ކުރާ 17 ކައިވެނި

  2. ހުވަދު

    ދިވެހިން ކައިވެނި ކުރަނީ ތާރީޚް ރީތިވެގެން. ރީތި ދިރިއުޅުމެއް އުޅޭކަށްނޫން.

    13
    • އާނއެ

      ދިވެހިން ޚިޔާލީ ދުނިޔެއެއްގަ އުޅުން މާ ބޮޑީ. ފާޑުފާޑުގެ ފިލްމުތަކާ ޑްރާމާތަކާ ލަވަތަކާ ބަލަބަލައިގެން ދިރިއުޅުމުގެ ބޮޑެތި ކަންކަމުގެ މާނަ މުޅިން ނުބައިކޮށް ނެގިފަ އޮންނަނީ. ދެން ކޮންމެ ކަމެއްގަ ތިމާ ކަންކުރަންވީ ގޮތުގެ ޚިޔާލު ހާހެއްހާ ރައްޓެހިންގެ ފަރާތުން ހޯދައިގެން ތިމާ ހަގީގަތުގަ ބޭނުންވާ ގޮތް ތިމާއަށްވެސް ނޭނގޭ. ތަނެއްގަ އިނދެ ރަގަޅަށް އަޅުކަންކޮށް ދުއާކޮށް ހަދައިގެން ދުނިޔޭގެ ކަންކަމާ ކުރިމަތިލާނަމަ މާ ކާމިޔާބު ލިބޭނެ.

  3. ލަވް

    ކިތަށް ވަރި މިއަދު ؟

  4. Anonymous

    އިރުވަރު ބަލައިގެން ކައިވެނި ކުރާހެން ރީތި ތާރީޚަށް ބަލައިގެން ކައިވެނިކުރާ ދިވެހީންގެ އަދަދު ދުވަހުން ދުވަހަކަށް ދަނީ ގިނަވަމުން. މިއީވެސް ކަށަވަރުން ހުޅަނގުން އައި ސަޤާފަތެއް. އެމީހުންގެ ކޮންމެ ކަމެއް މިޒަމާނުގާ އަހަރުމެން ކޮޕީކުރުމަކީ އާދައެއް

    5
    1
  5. އަކަ

    މިދުވަސްކޮޅު މުހިންމީ ވޯލްޑްކަޕް އެހެންވީމަ ކައިވެނި މަދުވާނެ، އެކަމަކު ވަރި ގިނަވެދާނެ.

  6. ހިސާބު

    22.2.2022 ނޫނީ 22.2.22 މާ ރީތިވާނެ

  7. Anonymous

    ކުރިން ކޮންމެ ކައިވެންޏެއްގެ ފަހަތުގައި އިބްލީސް ހުރެގެން އަނބިމީހާއަށް ވަސްވާސްދެއެވެ. ކަލޭގެ ފިރިމީހާއަކީ ފަގީރެކެވެ. އޭނާއަކީ ކަލެއާ ކުފޫ ހަމަވާ މީހެއް ނޫނެވެ. ދެން ފިރިމީހާއަށް އިބްލީސް ވަސްވާސްދެއެވެ. ކަލޭނގެ އަނބިމީހާއަކީ ނުތާހިރު އަންހެނެކެވެ. އޭނާގެ ގައިން ނުބައި ވަސް ދުވައެވެ. އެއަށްވުރެ ވަސްމީރު ރީތި މަލެއް ތިބާއަށް ލިބިދާނެއެވެ. ދެން ކުދިކުދި ކަންކަން ބޮޑެތި ކަންކަމަށް ހަދައިގެން ދެމަފިރިން ޒުވާބުކުރަން ފަށައެވެ. ދެން އަނބިމީހާ ނުވަތަ ފިރިމީހާ ވަރިވާން ކޯޓަށް ދެއެވެ. މިހާރު އިބްލީހުގެ ބައި ކުޅެނީ ބައެއް ލާދީނީ މީހުންނެވެ. ޒިނޭކުރުމާއި ލިވާޠުކުރުން އާންމުކުރުމަށްޓަކައި ކޮންމެވެސް ގޮތަކުން ދެމަފިރިންގެ ދެމެދަށް ވަދެ ވަރިކުރުމުގެ މަސައްކަތް އިބްލީހަށްވުރެ މާމޮޅަށް ލާދީނީމީހުން ކުރެއެވެ.

  8. ކައްކާ

    ވަރިވާން ޖެހިދާނެތީ ނުކުރާގޮތަށް މިހާރު މިހުރީ މަވެސް.

  9. ފ

    ކޯޓުގަ ތިބޭ މުވައްޒަފުންގެ ޒާތީ ކަންކަން ކޮއްފަ ހިދުމަތް ދޭން ވަގުތުނުވަނީ. ކައިވެނި ކުރަން ފޯމުލީތާ މަސްދުވަސްވަނީމި. އެމީހުންގެ ގާނޫނަށް އަހަރުމެން ނުފެތިގެން ކައިވެނި ނުކޮށްދެވިފަ..އެމީހުންނަށް ގަވައިދުގެ ތެރޭން ކުރެވުނު ކަމެއްނެތް އެއްކަމެއްވެސް. ގުޅީމަ ފޯނެއްނުނަގާ. މައޫލޫމާތު ދޭން އެނގޭމީހެއް ނެތް.