ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިސްވެ ހުންނަވައި އުފެއްދެވި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އުވާލީ ގަވައިދާ ހިލާފަށް ކަމަށް އެމަނިކުފާނު މިއަދު ވިދާޅުވެއްޖެއެވެ.

މައުމޫން އެފަދައިން ވިދާޅުވީ އެމްއާރުއެމް އުވާލުމާ ގުޅިގެން ދަރިކަލުން އަދި އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫން ކުރެއްވި ޓުވީޓަކަށް ރައްދު ދެއްވަމުން ނެވެ.

ފާރިސް ވަނީ މި އުނދަގޫ ވަގުތަކީ އެމްއާރުއެމްގެ ސަޕޯޓަރުން ކެތްތެރިކަން އިސްކުރުމަށް ގޮވާލައްވައިފަ އެވެ. އަދި އެމްއާރުއެމް އުވާލަން އިލެކްޝަން ކޮމިޝަނުން ނިންމީ ކޮރަޕްޝަންގެ ނުފޫޒުން ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި އިލެކްޝަންގެ ނިންމުމާ ދެކޮޅަށް މަސައްކަތް ކުރައްވާނެ ކަމަށާއި އަދި އާހިރުގައި ކާމިޔާބު ހޯއްދަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ފާރިސްގެ ޓުވީޓަށް ރައްދު ދެއްވައި މައުމޫން ވެސް ވިދާޅުވީ ދަރިކަލުން ދެއްކެވި ވާހަކަތަކަކީ ހަގީގަތެއް ކަމަށެވެ.

"ގާނޫނާ ހިލާފު އަދި ކޮރަޕްޓް ނިންމުމާ ދެކޮޅަށް ތެދުވެ ކާމިޔާބު ހޯދާނަން" ރައީސް މައުމޫން ވިދާޅުވި އެވެ.

އިލެކްޝަންސްގެ ނިންމުމަށް އެމްއާރުއެމްގެ ނާއިބު ރައީސް ނާދިރާވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ދޫ ނުދެއްވާނެ ކަމަށާއި އާހިރުގައި ކާމިޔާބު ހޯދާނެ ކަމަށެވެ.

"ޕާޓީ އުވާލައިގެން އެމްއާރުއެމް ހުއްޓުވޭނެ ކަމަށް އިލެކްޝަންސްއަށް ހީވާނަމަ އަޅުގަނޑު ދަންނަވާނީ ވަރަށް ބޮޑަށް ސޮރީއޭ" ނާދިރާ ވިދާޅުވިއެވެ.

ގާނޫނު ބުނާ ގޮތުން ސިޔާސީ ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރިވެވޭނީ 3000 މެންބަރުން ހަމަވާ ޕާޓީތަކަށް އެކަންޏެވެ.

މީގެ ކުރިން ދެ ފަހަރެއްގެ މަތިން އެ ޕާޓީއަށް އީސީން ނޯޓިސްވެސް ދިނެވެ. އީސީން 2022ގެ މާރިޗް މަސް ތެރޭގައި އެ ޕާޓީއަށް ނޯޓިސް ދިންއިރު، އީސީން އެންމެ ފަހުން ނޯޓިސް ދީފައި ވަނީ މިދިޔަ ފެބްރުވަރީ މަސް ތެރޭގައެވެ.

ފަހުން ނޯޓިސް ދީފައި ވަނިކޮށް އެމްއާރްއެމްއިން 3000 މެމްބަރުން ހަމަކޮށް ފޯމްތައް ފެބްރުވަރީ މަސް ތެރޭގައި ހުށަހެޅިއެވެ.

ނަމަވެސް ދާދި ފަހުން ގިނަ އަދަދެއްގެ ބަޔަކު އެ ޕާޓީން ވަނީ ވަކިވެފައެވެ.

މެންބަރުން ހަމަނުވާ ޕާޓީތަކަށް ނޯޓިސް ދިނުމަށް ފަހު، ތިން މަސް ދުވަހުގެ ތެރޭގައި މެމްބަރުން ހަމަނުވުމުން، އިލެކްޝަންސް ކޮމިޝަނުން އެމްއާރުއެމް މިއަދު ވަނީ އުވާލައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. ނަމަސްތޭ

    މީގަވެސް ގޯސްވާނީ ފުވާދުބެ . . . މީހުން ނުވަންޏާ ކޮންމެސް ރާޒުވާ ކުލަބެއް ހިންގަބަލަ . . . ހަމަ ޕާޓީ ތަކަށްދޭ ލާރިކޮޅުގެ ދަހިވެތިކަމުގަ

    49
    2
    • އަހަންމަދު

      ފުއާދު ކިތަންމެހާވެސް ކެތްގަދަ.
      ތިޕާޓީ އުވާލަންވިތާ ކިތަންމެ ދުވަހެއް!
      އެހެންނޫނަސް ފުއާދުވެސް ހަދާންހުންނާނެތާ!

  2. ނުރަބޯ

    ދެން ކޮން ވާހަކައެއް ދައްކާކަށް. ގާނޫނުގަ ބުނާވަރަށް މެމްބަރުން ތިބިނަމަ ތިހުރިހާ އަނގައެއް ތަޅާކަށް ނުޖެހުނިސް ދޯ.

    49
    2
  3. ާަމަރީ

    މިސަރުކާރުގެ 15 ޕަސެންޓް 3000 ހަމަ ނުވާ ބަޔަކަށްދީގެންނޭ އިބޫމެން ހޭބަލިވަނީ

    43
    1
  4. އަބްދޫ

    ތިޔައީވެސް ދިވެހި ގައުމަށް ލިބުނު ނަސީބެއް.

    37
  5. ޖާބެ

    މައުމޫންދެން ތިޔައީ އަމިއްލަ އެދުމިންވެސް ބޮޑުވަރު ބަލިއެދުގަ އޮވެގެންވެސް ސިޔާސީކަންކަމާ ދުރުނުވާތި އެއްމެފަހަރަކު އިލެކްޝަނަކުން ބަލިވީމަ ތިޔަ މުސްކުޅި އުމުރު ކާފަދަރިންނާ އަލުކަމާ އާއިލާ އަދި ރައްޓެހިންނާއެކު ވަގުތުހޭދަކުރުމެއްނެތި އަދިވެސް ވެރިކަމުގެ ހުވަފެނުގަ ނުވިތާކަ ދަރިފަސްކޮޅައްވެސް އެކަންވާރުތަކުރަން މިމަސައްކަތްކުރަނީ

    30
    1
  6. ސައްޕު

    އިބޫއާއެކު ކޯލިޝަން ހަދަން އެއްބަސް ނުވީމަ ދިން ކެއްސެއް މީ.

    26
    4
  7. ބެއްޔާ

    ދެން މިނިސްޓަރުން ވަކިކުރޭ

    28
    1
  8. ކޮވިޑް

    މައުމޫނާ ދެކޮޅަށް ނިމިފަ އެބައޮތްތޯ ޤާނޫނާ އެއްގޮތަށް ނިމިފަ؟ ތިދެން ފުކެއް ބޮޑުވަރު ދޯ؟ އަމިއްލަ އެދުމައިގެން ހޭބަލި ވެފަވިއްޔަ ތިހުރީ.

    26
  9. އެލެކްސް

    1978ން ފެށިގެން %100 ނޫނީ %99 އިން ރައްޔިތުންގެ ތާއީދު އޮތްކަމަށް ބުނި ބޭގެ ގާތުގައި ހުރެލާނެ މީހަކު ނުވި. 40 ހަމަވެގެން ހުކުރު ވެސް ކުރެވޭނީ.

    22
    1
  10. ސިމާ

    ސަރުކާރަށް އެއްޗެތި ނުކިޔާ ސަރުކާރު ތެރެއިން ދެންވެސް ނުކުމެބަލަ.

    15
  11. ތުއްތުނާ

    ޕާޓީއުވާލިއަސް އަހަރެންގެނަން އަންނިޕާޓީގަނުހިމަނާތި !!

    14
  12. ސަންފަ

    މައުމޫނު މިހާރު ޕާރޓީގެ ކަންތަކާ ނޫޅެ
    މިސްކިތަށް ނަމާދަށް ދެވޭތޯއާ ހުކުރު ނަމާދުގައި ބައިވެރި ވެވޭތޯ ބަލަންވީ.

    24
  13. ހުސޭނުބޭ

    ބަލަގަ ބެއްޔާ! ޤާނާުނަކީ ބެއްޔަ ބޭނުންވާހާ ގޮތެއްކަމަށް އޮތް ދުވަސްތައް މިހާރު ފާއިތުވެގެބް ދިޔަކަން ބެއްޔަ ހަދާންނެތީތަ؟

  14. ސުބްޙާނަﷲ

    ނުބައި ނުލަފާ ވެރިންގެ ނިމުން ވަރަށް ހިތިވާނެ. އިހަކަށްދުވަހާ ހަމަޔަށް ބޮޑާކަމާ ކިބުރުވެރިކަމާއެކު ފިރުއައުނު ހެދިގެން އުޅުނު މީހާގެ ކައިރީގަ މިއަދު އެއްވެސް ބަޔަކު ނެތް. އަމިއްލަ ދަރިންވެސް އޭނާ މަގުމަތިކޮށް ފިލައިފި. މާތްﷲ ނުބައި ވެރިންނަށް ދުނިޔެމަތީ ސަޒާ ދައްކަވާނީ އެކި ގޮތްގޮތަށް. މިފެންނަ ކަންކަމުން ޢިބްރަތް ލިބިގަންނަން އެންމެހާ އަޚުންނަށް އިލްތިމާސް ކުރަން.

  15. Anonymous

    މައުމޫނު އުފެއްދި ސިޔާސީ ތިން ހަރަކާތް ވެސް އޭނާގެ އަތުން ބީވެގެންދިޔައިމާ ވަރަށް ބޮޑަށް އުފާވެއްޖެ. މައުމޫނަކީ ގިނަ ބަޔަކަށް އަނިޔާވެރިވެފައިވާ ޖައްބާރެއް. އޭނާއަށް ޙައްޤު ޖަޒާ މާތްﷲ އޭނާއަށް ދެއްވާށި. އާމީން.

  16. ޜޮވޭ

    މިބޭގެ ދައުރުގައި އެގޮތައް ކޮރަޕްޓޭ ބުނެފިނަމަ ކިހިނެއް އެމީހަކަށް ހަދާނެ ބާ..އެހެން ހިތަށް އަރާފަވެސް ރޮވޭ!

    5
    1
  17. ދިވެހި މުސްކުޅިން

    40 މީހުން ހަމަ ނުވާ ރަށްރަށުގާ ހުކުރު ކުރުވިޔަ ނުދިން ދުވަސްމަތިން ހަނދާން ވޭތޯ

  18. ތތ

    މީ އެއްދުވަހު ދައްކާ މަންޒަރު އަނެއްދުވަހު ބަދަލުވާ ތަނެއް!! 100 % ހޯދަން ކަތީބުން ވޯޓުފޮށިމަތީ ބަނޑުއަޅައިގެން ތިބިޒަމާން ..... އިންސާފު!!؟؟؟؟؟!!!!!

  19. 1111

    ގާވާއިދާ ޙިލާފުނުވާ ވޮތަކަށް މީނައާމެދު ކަންކުރެވޭ އެއްގޮތެއްވެސް އޮވޭތަ ؟މިނައަށް ހީވަނީ މީނައޭ ޤަވާއިދަކީ. މީނައާ ޚިލާފުވީމަ އެވީ ޤަވާއިދާ ޚިލާފޭ.

  20. އާދަނު

    މައުމޫނު އެމަނުިކުފާނުގެ ސިޔާސީ ކުރިމަގު ކަފުންކޮށް ވަޅުލައި ޖަނާޒާ ބާއްވާފިއެވެ. މިއީ އެމަނިކުފާނު އަމިއްލަފުޅަށް ހޭވި ހަޑީގެ ފޮނި ނުވަތަ ހިތި ނަތީޖާއެވެ. ފަހުން އެމަނިކުފާނު ގުޅުންބަދަހިކުރެއްވީ އެމަނިކުފަނުގެ ފެނިހުރި ޙަޤީޤީ ހަތުރުންނާއެވެ. ގުޅުން ކަނޑައިލީ އެމަނިކުފަނުގެ ޙާޤީޤީ މިތުރުންނާއެވެ. މިއީ ނާދިރާ ކިޔުނު އަންހެނަކުގެ ގުއި ހިތްވަރެވެ. ޞާލިޙްގެ ކުރިމަތިން މި ނާދިރާ ތުއިދެއްކި ދުވަސް ހަމަ ހަނދާންވަނީއެވެ. ސާބަސް ދެމެވެ.

  21. އާދަނު

    އަޅުގަނޑަށް ފެނޭ އަލުންވެސް ނަޞްރީނާގެ އަސަރުހުރި ބަލިއަޑުން ވީޑިޔޯއެއްހަދާ ފޭސްބުްކުގައި ޢާއްމުކުރަން. މި ފަހަރުގެ ވީޑިޔޯގައި ކިޔަންވާނީ ތިމާމެން ހަދައިގެންތިބި އެތީގެ ނުރައްކާތެރިކަމާ ގެއްލުމުގެވާހަކަ! ކުރިނ ކިޔާފައިވަނީ ހަދަންއުޅޭއެތީގެ މޮޅުކަމާ ފައިދާގެ ވާހަކަ.