ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބޮން ގޮއްވާލުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ބައިވެރިވުމެއް އޮތް ކަން ރައްޔިތުން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން (241 ކޮމިޓީ) އެކުލަވާލި ރިޕޯޓުގައި ނެތް ކަމަށް އެމަނިކުފާނަށް ތާއީދު ކުރައްވާ މެމްބަރުން ވިދާޅުވެއްޖެއެވެ.

ނަޝީދަށް އަމާޒުކޮށް މެއި 6، 2021 ގައި ބޮމުގެ ވަރުގަދަ ހަމަލާއެއް ދިނީ ގ. ކެނެރީގެ ކައިރިންނެވެ. ނަޝީދު ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް މި ހަމަލާ ދިނީ ސައިކަލެއްގައި އައިޑީއެއް ހަރުކޮށްގެންނެވެ. މި ހަމަލާގައި ނަޝީދަށް ސީރިއަސް ޒަހަމްތަކެއް ލިބިވަޑައިގެން އޭޑީކޭ ހޮސްޕިޓަލާއި ޖަރުމަނާއި އިނގިރޭސި ވިލާތުގައި ފަރުވާ ހޯއްދެވިއެވެ. މިއީ ރާއްޖޭގައި މިހާތަނަށް ދިން އެންމެ ނުރައްކާތެރި ބޮމުގެ ހަމަލާއެވެ.

މަޖިލިހުގެ ޖަލްސާގައި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވީ ރާއްޖޭގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިންތިހާ އަށް ނުރައްކާތެރިވެފައިވާ ކަމަށެވެ. މާލޭގެ މަޖީދީ މަގުގައި ރަމަޟާން މަހެއްގެ ރޭގަނޑު 8:30 ހާއިރު ބޮމެއް ގޮވުމުގެ ކުރިން، އެ ބޮމުގެ މައުލޫމާތު ސީދާ ރައީސް ސޯލިހަށް ލިބިވަޑައިގެންފައިވާ ކަމަށް ވެސް ހަސަން ލަތީފް ވިދާޅުވިއެވެ.

"ކެނެރީގެ، ޔާގޫތުގެ، މެރީ ބްރައުން ކައިރިން ބޮމެއް ގޮއްވަން އުޅުނު ކަން ރައީސަށް އެނގޭ"

"އަޅުގަނޑު މި ދަންނަވާ ވާހަކައަކީ 241 ކޮމިޓީން ހެދި އިންކުއަރީގައި ސާފުކޮށް އެނގެން އެބައޮތް ކެނެރީގޭ ހުންނަ ގޯޅީގައި ސައިކަލެއް ބަހައްޓާފައި އެ ސައިކަލްގައި ބޮމެއް ހަރުކޮށްފައި ރައީސް ނަޝީދު ނުކުމެވަޑައިގަންނަވާ ގަޑީގައި އެ ބޮން ގޮއްވާލައިގެން ރައީސް ނަޝީދު މަރާލަން އުޅުނު ކަން ރައީސުލްޖުމްހޫރިއްޔާ އަށް އެނގިވަޑައިގަންނަވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައި،" ދަ ޑިމޮކްރެޓްސްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދެވުމުގައި އެންމެ އިސްކޮށް އުޅުއްވާ ހަސަން ލަތީފް ވިދާޅުވިއެވެ.

"އެކަން އެކަންޏެއް ނޫން. މެރީ ބްރައުން ކައިރީގައި ބޮމެއް ގޮއްވާލަން އުޅުނު ކަމުގެ މައުލޫމާތު ވަނީ ލިބިފައި. އޭގެ އިތުރުން ޔާގޫތުގެ ކައިރީގައި ވެސް ބޮމެއް ބަހައްޓާފައި ގޮއްވާލަން އުޅުނު ކަން އެނގުނު، މިކަންކަމަކާ އަޅައެއް ނުލި،"

އޭގެ ފަހުން، މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވިދާޅުވީ ނަޝީދު އަވަހާރަ ކޮށްލަން އުޅުއްވީ ރައީސް ކަން މިހާރު އޭނާ އަށް ސާފުވެވަޑައިގެންފައިވާ ކަމަށެވެ. މިއީ ސީދާ ރައީސްގެ އިސްތަށިފުޅުގައި އެ ތުހުމަތު އެޅުއްވި ފުރަތަމަ ފަހަރެވެ.

ކުޅެނީ ސިމްޕަތީ ކާޑެއް، އަޅުވަނީ ސަރުކާރު ބޮލުގައި ދޮގު ތުހުމަތެއް: އަލީ ޒާހިރު

"މިއީ ރައީސް ނަޝީދު މަރާލަން ބޮން ގޮއްވާލި ސަރުކާރެއް. އޭގެ އަޑީގައި ހުރީ ރައިސުލްޖުމްހޫރިއްޔާ ކަމަށް މިއަދު އަޅުގަނޑަށް ސާފުވެއްޖެ،" ބޮންޑެ ވިދާޅުވިއެވެ.

ހަސަން ލަތީފާއި ބޮންޑެގެ ވާހަކަތަކަށް ރައްދު ދެއްވައި މަޖިލިހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ) ވިދާޅުވީ ރައީސް ސޯލިހަކީ މީހަކު މަރާލަން މަސައްކަތް ކުރައްވާނެ ބޭފުޅެއް ނޫން ކަން ދިވެހި ހުރިހާ ރައްޔިތުން ގަބޫލު ކުރާ ކަމަށެވެ.

"މިއަދު އެ އިލްޒާމު ވެސް މި ތަނުގައި އަޅުވަމުން ތި ގެންދަނީ. ލަދު ހަޔާތް ކޮބާތޯ؟ ކޮންމެވެސް ގޮތެއް ފޮތެއް ހުންނަން ޖެހޭނެ. ސިޔާސީ މަސައްކަތް ކުރަން ނުކުމެ ތިބެ ރިޔާސީ އިންތިހާބުތަކަށް ވާދަކުރާއިރުގައި އެބަޖެހޭ އިހްލާސްތެރިކަމެއް ހުންނަން. ސިކުނޑީގައި ވިސްނުމެއް ހުންނަން ޖެހޭ،" ގަޕޯ ވިދާޅުވިއެވެ.

"241 ކޮމިޓީގެ ރިޕޯޓުގައި އެއިން އެއްވެސް ކަމެއްގައި ރައީސް ބައިވެރިވި ވާހަކައެއް ނެތް. އަޅުގަނޑަކީ އެ ކޮމިޓީ ހެދީއްސުރެ، އެތަނުގައި އިންނަ މީހެއް. ދޮގު ހަދަން ވެސް އޮންނާނެ ހައްދެއް، ހުދޫދެއް، ތިތިބީ މޮޔަވެފައި ރަނގަޅަށް،"

ގަޕޯ ވިދާޅުވީ ދޮގު ހަދައި އޮޅުވާލާ ބަޔަކަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައްޔިތުން ވޯޓު ނުދޭނެ ކަމަށެވެ. އަދި "ގޮނޑިން ބާލަން" ޖެހޭ މީހަކު އެ ގޮނޑިން ވެސް ބާލައި "އަރުވަން ޖެހޭ މީހަކު އެ ގޮނޑި ވެސް" އަރުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ނިޒާމީ މައްސަލައެއް ނަންގަވައި ވިދާޅުވީ ރައީސްގެ އިސްތަށިފުޅުގައި މަރުގެ ތުހުމަތު އަޅުވާއިރު ވެސް އެ ވާހަކަ ރިޔާސަތުން ވާހަކަ ނުހުއްޓުވާ ކަމަށެވެ. މީހަކަށް މަރުގެ ތުހުމަތު ކުރުމަކީ ދީނާ ހިލާފު ވާހަކައެއް ކަމަށާއި އިސްލާމް ދީނުގެ އަސްލަކާ ހިލާފު ވާހަކައެއް ދެއްކުމަކީ މަޖިލީހުގެ ގަވައިދާ ހިލާފު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ރިޔާސަތުގައި އިންނެވި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ވިދާޅުވީ "ތިއީ އިއްޒަތްތެރި މެންބަރަށް ފެނިވަޑައިގަންނަވާ ގޮތް" ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ކިއްލާ

    ނަޝީދު ޕާޓީން ވަކިކުރޭ. މަރުގެ ތުހުމަތު އަޅުވާއިރު ވެސް އޭނާ ބޭރުކުރަން ނުކެރިފަ ހުރެވޭކަށް ނެތް

    25
    9
  2. ވިކިލީކްސް

    ނަޝީދުއަކީ ފާޅުގަ ދީނަށް ފުރައްސާރަކުރާ މީހެއްވީމާ ދީނަށް ލޯބިކުރާ މީހަކުވެސް ނަޝީދަށް ހަމަލާއެއް ދީފާނެ ކަމަށް ގަބޫލުކުކުރެވޭ!

    17
    3
  3. ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ ޕީ.ޕީ.އެމް 9305205 (ވައިބަރ)

    އެމީހަކަށް ތާޢީދު ކުރާ މީހެއްގެ ޢައިބެއް އެމީހަކަށް ނުފެއްނާނެ އެވެ. ހެކި ފެއްނާނީ ޝަރިއްޔަތް ކުރީމައެވެ. އިބޫ ވެރިކަމުގައި ހުއްޓާ ޝަރިއްޔަތެއް ނުކުރެވޭނެއެވެ. އެދުވަހު ޓީ.ވީ އަށް އިބޫ އެރުމުގެ ކުރިން އުފަލުން ހޭ މަންޒަރު އޮޅިގެން ދެއްކުނެވެ. ނަޝީދު ޖަރުމަނުގެ ބަލި އެނދުގައި އޮއްވާ އިބޫ ގުޅާފަކާއި ނެތެވެ. މި ދެ ހެއްކަކީ އިބޫ ބައިވެރިވާ ކަމުގެ ޝަރިއްޔަތަށް ޤަބޫލު ކުރާނެ ދެ ހެއްކެވެ!

    16
    4
    • ސުކުން

      ކަލޭ ތިޔައީ އެ އަންނިއޭ ކިޔާ ކަލޭގެއަށް ތަބާވާ މީހެއް. އެއީ ކަލޭގެ ބޭބެ ޖުހާ އަންނިގެ ސްޕޯކްސް ޕާސަނަކަށް ހުރީމަ. ކަލޭގެ ޢާއިލާގެ މީހުނަށް ކަމަކު ނުދާނެ އެ ކަލޭގެ ނޫން މީހަކު ވެރިކަމުގައި ހުރެގެނެއް.

      3
      3
  4. ޚޮކި

    ތިފާޑުގެ ވާހަކަ ނަޝީދާއި އޭނާގެ ލާދީނީ ބައިގަނޑު ދައްކާނެ! މިހާރު ދިވެހި ރައްޔިތުންނަށް ވަރަށްސާފު. ކުރީގަ އަލަންގިރި މައްސަލާގައި ވެސް ނަޝީދު ވިދާޅުވި 4 ފޮޓޯގަނޑެއްގެ ވާހަކަ ނަމަވެސް ފަހުން އެ ކަންތައްވީ ކިހިނެއް؟ އިނގިރޭސި ވިލާތުން ޕަރީއެއް އައިސް ނަޝީދުގެ ފޯނު ވަގަށް ގެންގޮސް އެ4 ފޮޓޯގަނޑު އެސޮރުމެން ގެންގުޅޭ ފޮޓޯ އަލްބޮމަށްލީ.މީ ނަޝީދުގެ ވާހަކަ ހުންނަގޮތް.

    12
    3
  5. ކެކެކޭ

    ާލަދު ވާހަކަނުދައްކާ ބޭރުކުރަންޔާ ބޭރުކުރޭ އިބުރާހިންބެ މޑޕ އަކީ އަންނި.ގެ ހައްގެއް..

    16
    4
  6. ޑައެލޯގް

    މީގެ ކުރިން ރޮޒޭނާމެން ގަޕޯމެން ޔާމީނު ބޮލުގައި އަފްރާޝީމުގެ މަރުއެޅުވިއެވެ. އެދުވަހުކޮބާ ކަލޭމެން، މިހާރު ހޯމްމިނިސްޓަރަކަށް އެހުންނަނީ އެކަމުގެ ކިތާބީހެކިދެއްކިމީހާއެވެ. އަދިވެސް ގާތިލެއްނުފެނުނެވެ. 5 އަހަރުވީއެވެ.

    27
    2
  7. ޑިމޮކްރަޓިކްސް

    ރަނގަޅު ތަޚްޤީގެއްކޮއްފިނަމަ އީވާއާމެދު ޝައްކުކުރެވޭ ބައިވަރުސަބަބުތައްއެބަހުރި، ފުރަތަމަކަމަކީ އީވާއޮފީސް ހުންނަމަގުގަ ބޮންގޮއްވުން. މަޖިލީސްގެރައީސަށް ކަމެއްދިމާވެއްޖެ ހާލަތުގަ ނައިބުރައީސަށް ބާރުތައްލިބުން އަދި ރައީސްނަޝީދުކުރައްވާ ގިނަކަންކަމުގެ އަޕްޑޭޓުސްހޯދައި އަދި ވަޑައިގަންނަވާތަންތަނުން އީވާގިނައިންފެނުން. ނޯޓް: ދިވެހިރާއްޖޭގެތާރީޚްގަ ގިނަފަހަރަށް ވެރިކަމުގެ ބޭނުމުގަ ވެރިންނަށް ހަމަލާދީފަވަނީ ސިޔާސީގޮތުންކުރިއަރަންބޭނުންވާ ޢާއިލީމީހުން.

    11
    3
  8. ރަދީފް

    241 ކޮމިޓީ ގެ ރިޕޯޓް ލީކުކޮށްލާ. އޭރުން އެގޭނެ ތެދުހަދަނީ ކޮންބައެއްކަން. ދޮގުހަދަނީ ކޮންބައެއްކަން

    17
    1
    • ޜައްޔިތުމީހާ

      ތިޔަޒާތުކަންކަންބެލުމުގެ ތަޖުރިބާހުރި މިނިވަން ކޮމިޓީއަކުން މައްސަލަ ބަލާފާނެތޯ މީއުފެދޭސުވާލެއް؟ އަދިއަދައްވެސް ތިޔަކަމުގެ ފަހަތުގަތިބިބަޔަކު ހޯދާކައް އެއްވެސް މަސައްކަތެއްނުކުރޭ

    • ލޮލް

      241 ކޮމިޓީއަކީ އަންނި. ދިވެހި ރައްޔަތުން ތިޔަކޮމިޓީގެ ބަހެއް ގަބޫލެއްނުކުރާނެ. ތީމަގުމަތީގަ އުަޅެބޮޑުވިބައެއް އުޅޭ ކޮމިޓިއެއް.

  9. ރިތާ

    ރޮޒޭ މިމައްސަލަ ސީރިޔަސް މައްސަލައެއް ގޮތުގައި ބަލަންޖެހޭ.

    13
    2
  10. ބަބުރު

    ތިކަން ރ ޔާމީން ވެރިކަމަށް އަރާފަ ބަލާނެ އެދުވަހުން ސޯލިހަށް ހަށްގު އަދަބު ލިބޭނެ.

  11. ހަންޑިކުޑަ

    ކޮބާހޭ ރިޕޯރޓް! ރިޕޯރޓް! ރިޕޯރޓް! ރައްޔިތުން މިހާރު ތި ރިޕޯރޓެއް ބަލަން ބޭނުމޭ! ބޭނުމޭ! ބޭނުމޭ!

  12. ބޯދިގުޒައީމް

    ތިމާމެން އެހެންމީހުންގެ ބޮލުގައަޅުވަމުންދިޔަ ހުރިހާކަމެއް ދެކަފިވެ ކަރުގައެޅުނީ މަރުތަކާ ވައްކަމާ ހުރަގެއާ ކޮރަޕްށަން ޑުރަގް ކަނޑު ވިއްކުމާ ގައުމުވިއްކުމާ ރޭޕް ގިރިތަކާ މަސާޖް ޕާލާތަކާ ސްޓިކާޖެހުމާ ދަރިންގެބޮލައް ދަރަނި ލޯންތަކާ ޅިއަނާ ބޭބޭ ކޮއްކޮ ވެރިކަމާތޮޅުމާ ކަޑަޖެހުމާ ދައުލަތުގެ ބާރުބޭނުންކޮއް ވޯޓްއޮޅުވާ ލުމާތިންބާރު މުޝުތެރެއައްލާބިމާޖައްވާފަޒާހަޑިވެ ދުނިޔެއައް ބޭޒާރުވީ އެމޮޅުޑިމޮގްރަތީ ތެޔޮފުޅިން ތެޔޮދަމަން އުޅުނުގުރޫޕް މިހާރު މެންދުރަކައް ހާރަކައްވެސްހުރީޖާބެ ޑަންޕަރުމަގުމައްޗައް ނެރެގެންވެސް އެއަޑު އަހާނެބައެއްނުވިމިާރު ކިނބުނިޒަމްއައްވީމާ

  13. މަރީ

    ރައްޔިތުންނަށް ރިޕޯޓު ހާމަކުރުން މުހިންމު. އޭރުން އެގޭނީ ތެދުދޮގު.